ސަމިޓުން ހާމަވީ ޓެކްނޮލޮޖީގެ ނިޒާމު ބަދަލުކުރަން ބޭނުންވާ މިންވަރު: ޑރ. ކިނާނަތު
ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވުޒާރާ
03 މެއި 2026



ސަލާމަތާއި ރައްކާތެރިކަން
މޯލްޑިވްސް ޑިޖިޓަލް ސަމިޓުގެ ތެރެއިން
ސަމިޓުން ހާމަވީ ޓެކްނޮލޮޖީގެ ނިޒާމު ބަދަލުކުރަން ބޭނުންވާ މިންވަރު: ޑރ. ކިނާނަތު ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވުޒާރާ 03 މެއި 2026 ސަލާމަތާއި ރައްކާތެރިކަން މޯލްޑިވްސް ޑިޖިޓަލް ސަމިޓުގެ ތެރެއިން

މޯލްޑިވްސް ޑިޖިޓަލް ސަމިޓުން ހާމަވީ ޓެކްނޮލޮޖީގެ ނިޒާމު ބަދަލުކުރަން ބޭނުންވާ މިންވަރު: ޑރ. ކިނާނަތު

ހ ހަޅަ
ޚަބަރު 03 May 2026

މޯލްޑިވްސް ޑިޖިޓަލް ސަމިޓް 2026އިން ހާމަކޮށްދިނީ ޓެކްނޮލޮޖީ އާއި ގުޅިގެން މަސައްކަތްކުރުމުގެ ތެރެއިން އާންމު ޚިދުމަތްތައް ފޯރުކޮށްދިނުމުގެ ނިޒާމު ބަދަލުކުރުމަށް ސަރުކާރުން ދެމިތިބި ކަމުގެ ފުރިހަމަ ޔަގީންކަން ކަމަށް މިނިސްޓަރ އޮފް ސްޓޭޓް ފޯރ ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީ އަދި މޯލްޑިވްސް ޑިޖިޓަލް ސަރވިސްގެ އިސްވެރިޔާ ޑރ. މުޙައްމަދު ކިނާނަތު ވިދާޅުވެއްޖެއެވެ.

"މޯލްޑިވްސް ޑިޖިޓަލް ސަމިޓް 2026" ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސްޓޭޓް މިނިސްޓަރ ޑރ. ކިނާނަތު ވިދާޅުވީ މޯލްޑިވްސް ޑިޖިޓަލް ސަމިޓް 2026 އިން ހާމަކޮށްދެނީ ޓެކްނޮލޮޖީ އާއި، އީޖާދީ އުފެއްދުންތެރިކަމާއި، އަދި ގުޅިގެން މަސައްކަތްކުރުމުގެ ތެރެއިން އާންމު ޚިދުމަތްތައް ފޯރުކޮށްދިނުމުގެ ނިޒާމު ބަދަލުކުރުމަށް ސަރުކާރުން ދެމިތިބި ކަމުގެ ފުރިހަމަ ހެއްކެއް ކަމަށެވެ.

ދުނިޔޭގެ ފެންވަރުގެ ތަޖުރިބާއާއި ޤައުމީ ލީޑަރޝިޕް ގުޅުވާލައިގެން، ސަމިޓުން ވަނީ ޓެކްނޮލޮޖީގެ ތަޞައްވުރު ޢަމަލީ ސިފައަކަށް ބަދަލުކޮށްފައިކަން ފާހަގަކުރައްވާ ޑރ. ކިނާނަތު ވިދާޅުވީ މިއީ ދިވެހިރާއްޖެއަށް ވިލުންތެރި، ޑޭޓާއަށް ބިނާކޮށްފައިވާ، އަދި ރައްޔިތުންނަށް އިސްކަންދޭ ޑިޖިޓަލް މުސްތަޤުބަލެއްގެ ބިންގާ އެޅުން ކަމަށެވެ.

މި ސަމިޓަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ "މޯލްޑިވްސް 2.0"ގެ ތަޞައްވުރު ކުރިއެރުވުމަށްޓަކައި ބައިނަލްއަޤްވާމީ ތަޖުރިބާ އާއި، ރަނގަޅު އުސޫލުތަކާއި، ޢަމަލީ ފިލާވަޅުތައް ޙިއްޞާކުރުމަށް ބޭއްވި ސަމިޓެއްކަން ސްޓޭޓް ވަނީ ފާހަގަކުރައްވާފައެވެ.

މޯލްޑިވްސް ޑިޖިޓަލް ސަމިޓް 2026ގައި ޤައުމީ އިސްވެރިންނާއި، ބައިނަލްއަޤްވާމީ ސިޔާސަތު އެކުލަވާލާ ފަރާތްތަކާއި، އަދި ދުނިޔޭގެ ޑިޖިޓަލް ޓްރާންސްފޯމޭޝަން ތަޖުރިބާކާރުން އެއްތަނަކަށް ޖަމާވެ، މުހިންމު ޑިޖިޓަލް ޕަބްލިކް އިންފްރާސްޓްރަކްޗަރ އިސްނެގުންތަކުގެ ކުރިއެރުން ހަލުވިކުރުމަށް މަސައްކަތްކޮށްފައިވޭ. ސްޓޭޓް ޑރ. ކިނާނަތު

ޑރ. ކިނާނަތު ވިދާޅުވީ ސަމިޓް ފަރުމާކުރީ މުއައްސަސާތަކުގެ މެދުގައިވާ ގުޅުން ހަރުދަނާކުރުމަށާއި، އާންމު ޚިދުމަތްތައް ޒަމާނީކުރުމަށާއި، އަދި ޑޭޓާއަށް ބިނާކޮށް ވެރިކަން ހިންގުމަށް މަގުފަހިކުރުމަށް މަތީ ފެންވަރުގެ މަޝްވަރާތަކާއި ޢަމަލީ ބައިވެރިވުން އިތުރުކުރުމަށް ކަމަށެވެ.

މޯލްޑިވްސް 2.0ގެ ތަޞައްވުރުގައި ކަނޑައަޅާފައިވަނީ ރައްޔިތުންނަށް އަވަސް އަދި ހާމަކަން ބޮޑު ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް ކަމަށާއި މިއީ ހަމަގައިމުވެސް ޤައުމުގެ މިސްރާބު އަލުން ކަނޑައަޅައިދޭނެ މުހިންމު އިސްނެގުމެއްކަން ސްޓޭޓްގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.

އަދި މީގެ ސަބަބުން 2040 ވަނަ އަހަރު އަންނަންވާއިރަށް ތަރައްޤީވެފައިވާ ޤައުމެއްގެ ދަރަޖަ ހާސިލުކުރުމަށް ސަރުކާރުން ގެންގުޅޭ ފުޅާ ތަޞައްވުރަށްވެސް އެހީތެރިވެދޭނެ ކަމަށް ޑރ. ކިނާނަތު ވިދާޅުވިއެވެ.

"މޯލްޑިވްސް ޑިޖިޓަލް ސަމިޓް 2026"ގައި ބައިވެރިވި މުހިންމު މުއައްސަސާތަކަކުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީސް، ކަމާގުޅޭ ވުޒާރާތައް، މޯލްޑިވްސް ޑިޖިޓަލް ސަރވިސް (އެމް.ޑީ.އެސް)، މައިންޑްކޯ (MINDCo)، އެން.ސީ.އެސް.އޭ (NCSA)، ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީ.އެން.އާރު)، އަދި ވޯލްޑް ބޭންކްގެ މަންދޫބުން ހިމެނެއެވެ.

ސަމިޓްގެ މަޝްވަރާތަކާއި ސެޝަންތައް މައިގަނޑު ގޮތެއްގައި އަމާޒުކުރީ ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޯމޭޝަން ދަތުރުގެ މުހިންމު ތަނބުތަކުގެ މައްޗަށް:

• ޑިޖިޓަލް ޓްރާންސްފޯމޭޝަނަށް ބޭނުންވާ ވެރިކަން ހިންގުމުގެ ނިޒާމާއި މުއައްސަސާތަކުގެ ގުޅުން

• ނޭޝަނަލް ޑޭޓާ އެކްސްޗޭންޖް ޕްލެޓްފޯމެއް މެދުވެރިކޮށް ރައްކާތެރި އަދި ގުޅިފައިވާ ޑޭޓާ ޙިއްޞާކުރުން

• ޚިދުމަތްތައް ހޯދުމަށް ފަސޭހަކޮށްދިނުމަށާއި ހަލުވިކުރުމަށްޓަކައި ރައްޔިތުންނަށް އަމާޒުކޮށްގެން ޚިދުމަތްތައް ފަރުމާކުރުން

• ޑިޖިޓަލް އައިޑެންޓިޓީ ނިޒާމުތައް

• ޒިންމާދާރުކަމާއެކު އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އަދި ކުރިއަރަމުން އަންނަ ޓެކްނޮލޮޖީތައް ބޭނުންކުރުން

• މޯލްޑިވްސް 2.0 ތަންފީޒުކުރުމަށް ސާފު އަދި ޢަމަލީ ރޯޑްމެޕެއް އެކުލަވާލުން

މި ސަމިޓަކީ މޯލްޑިވްސް ޑިޖިޓަލް ސަރވިސް (އެމް.ޑީ.އެސް) އާއި ވޯލްޑްބޭންކް ގުޅިގެން ބޭއްވި ސަމިޓެކެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރާ ރާއްޖޭގެ އެންމެ ބޮޑު މިސްކިތް “ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުالله”ގެ ބިންގާ އަޅުއްވައިދެއްވައިފި
ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރާ ރާއްޖޭގެ އެންމެ ބޮޑު މިސްކިތް “ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުالله”ގެ ބިންގާ އަޅުއްވައިދެއްވައިފި
ގާތްގަނޑަކަށް 10،000 މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭނެ ތަނަވަސް މައި ހޯލެއް ހިމެނޭ ގޮތަށް ޤާއިމްކުރާ މި ބިނާގައި ނަމާދު ކުރާނެ ތަނަވަސް ސަރަޙައްދު ހިމެނޭހެން އިސްލާމީ ތަޢުލީމާއި، ޘަޤާފަތް އާލާކޮށް އިޖުތިމާޢީ ގުޅުން ބަދަހިކުރުމަށް ގިނަ ވަސީލަތްތަކެއް ވަނީ ފަރުމާކޮށްފައެވެ.
ޚަބަރު 13 Sep 2026
ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުން – ހިދާޔަތުގެ މަތިވެރި ނޫރުން ދިއްލުނު ޤަރުނުތައް
ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުން – ހިދާޔަތުގެ މަތިވެރި ނޫރުން ދިއްލުނު ޤަރުނުތައް
ދިވެހިރާއްޖޭގެ ދިގު ތާރީޚުގައި ފެންނަން އޮތް އެންމެ މަތިވެރި، އެންމެ ބާއްޖަވެރި އަދި މުޅި ޤައުމުގެ މިސްރާބު ބަދަލުކޮށްލި ތާރީޚީ ހާދިސާއަކީ ދިވެހިން އިސްލާމްދީނުގެ ހިދާޔަތް ޤަބޫލުކުރި ހާދިސާއެވެ. މިއަދު އަޅުގަނޑުމެން މި ގުނަމުންދަނީ އެ މަތިވެރި ނިޢުމަތުގައި ދިވެހި އުންމަތް ވޭތުކުރި ފަޚުރުވެރި 900 އަހަރުގެ މުއްދަތެވެ. މި ދިގު މާޒީއަކީ އެއްބައިވަންތަކަމާއި، ޙަޟާރަތާއި، ދިވެހިވަންތަކަމުގެ މައިބަދަ ބައްޓަންވެގެން ދިޔަ އަގުހުރި ދައުރެކެވެ.
ޚަބަރު 13 Sep 2026
ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގެ ގޮތުގައި 9 ޤަރުނު ހޭދަކުރުމަކީ ރާއްޖެއަށް ލިބުނު ބޮޑު ފަޚުރެއް: މެޑަމް ސާޖިދާ
ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގެ ގޮތުގައި 9 ޤަރުނު ހޭދަކުރުމަކީ ރާއްޖެއަށް ލިބުނު ބޮޑު ފަޚުރެއް: މެޑަމް ސާޖިދާ
ދިވެހިރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުޙައްމަދު ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުންނަށް ދުވަހުގެ ތަހުނިޔާ އަރިސްކުރައްވައިފިއެވެ.
ޚަބަރު 13 Sep 2026
ރައީސުލްޖުމްހޫރިއްޔާ "މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރު ކުންފުންޏެއް އުފައްދަވައިފި
ރައީސުލްޖުމްހޫރިއްޔާ "މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރު ކުންފުންޏެއް އުފައްދަވައިފި
މިކުންފުންޏަކީ ދިވެހި ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ދީނީ ކަންކަމަށް ހޭދަކުރުމަށްޓަކައި ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަޤުފުތައް ބިނާކުރުމާއި، އެފަދަ ވަޤުފު ބިނާތައް މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތްތައް ކުރުމަށާއި، ދިވެހިރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިސްކިތްތައް ބިނާކުރުމާއި، އެ މިސްކިތްތައް މަރާމާތުކުރުމާއި އާބާތުރަ ފިލުވުމުގެ އެންމެހައި މަސައްކަތްކުރުމާއި، މިސްކިތްތަކަށް ބޭނުންވާ އެންމެހައި ވަސީލަތްތައް ގާއިމުކޮށް ތަރައްޤީކުރުމުގެ މަސައްކަތާއި، އިސްލާމީ ޝަރީޢަތް ހުއްދަކުރާ ވިޔަފާރީގެ ހަރަކާތްތައް ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމަށް ޓަކައި، އުފެއްދެވި ކުންފުންޏެކެވެ.
ޚަބަރު 12 Sep 2026