މާލޭގެ ތަރައްޤީއަށް ބޭނުންވާ މުހިންމު ކަންކަން ނިމިފައިވާ ކަމަށާއި، މިހާރު އޮތީ ބެލެހެއްޓުން ކަމަށް އަރީޝް ވިދާޅުވެއްޖެ

އ އައިމިނަތުު މުޙައްމަދު
ޚަބަރު 03 Jun 2026

މާލެ ސިޓީގެ ޒީނަތްތެރިކަމަށްޓަކައި ހަދަންޖެހޭ ޕާކްތަކާއި، މައިޒާންތަކާއި، ބަސް ސްޓޭންޑްތަކުގެ އިތުރުން މާލެއަށް ދިމާވެފައިވާ ފެންބޮޑުވުމުގެ މައްސަލަ ޙައްލުކުރުމުގެ މުހިންމު މަސައްކަތްތައް ނިންމާފައިވާ ކަމަށް މާލެ ސިޓީ ކައުންސިލްގެ ކުރީގެ ޑެޕިއުޓީ މޭޔަރު އަޙްމަދު އަރީޝް ވިދާޅުވެއްޖެއެވެ.

އަޙްމަދު އަރީޝް މިހެން ވިދާޅުވީ، މާލޭގެ ތަރައްޤީއާ ގުޅޭގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، މާލެ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގައި މި ހުރިހާ މުހިންމު ކަންކަމެއް ވަނީ ނިންމާފައެވެ. އެހެންކަމުން، މިހާރު ހިނގަމުންދާ 5 ވަނަ ދައުރުގައި އަލަށް ކުރަންޖެހޭނެ މާ ބޮޑު ކަމެއް އޮންނާނެ ކަމަށް ޤަބޫލުފުޅު ނުކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އަރީޝްގެ ޕޯސްޓުގައި އިތުރަށް ވިދާޅުވީ، ޕީއެންސީގެ މެޖޯރިޓީ އޮތް ކައުންސިލުން ނިންމާފައިވާ މި މަޝްރޫޢުތަކާއި ކަންކަން 5 ވަނަ ދައުރުގެ ކައުންސިލުން ހަމައެކަނި މެއިންޓެއިންކޮށް، ރަނގަޅަށް ބަލަހައްޓައިދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ތިބޭފުޅުންނަށް އޮތީ މެއިންޓެނަންސް،

އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، އިދިކޮޅު އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން އަރީޝް ވިދާޅުވީ، އެމްޑީޕީއަކީ މިހާތަނަށް ޤައުމަށްޓަކައި އެއްވެސް އުއްމީދީ މަސައްކަތެއް ކުރި ބައެއް ނޫން ކަމަށެވެ. އަދި މިހާރުގެ ސަރުކާރާއި ކައުންސިލާ މި މަސައްކަތްތައް ހަވާލުކުރީ، މާލެއަށް ގެނައި ތަރައްޤީ ދެމެހެއްޓެނިވި ގޮތެއްގައި ބަލަހައްޓައި ކުރިއަށް ގެންދިއުމަށް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

މާލެ ސިޓީގެ ތަރައްޤީގެ ބިންގާ އެޅިގެންދިޔައީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މާލޭގެ މޭޔަރުކަމުގައި ހުންނެވި ދުވަސްވަރުކަން ފާހަގަކުރެވެއެވެ. އަރީޝްގެ މި ވާހަކަތަކަކީ މާލޭގެ މުސްތަޤްބަލަށްޓަކައި ކުރެވިފައިވާ މަސައްކަތްތައް ހިމާޔަތްކޮށް، އެ ކަންކަން ކުރިއަށް ގެންދިއުމަށް މިހާރުގެ ކައުންސިލަށް ދެއްވި ބާރެއް ކަމަށް ބެލެވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުން – ހިދާޔަތުގެ މަތިވެރި ނޫރުން ދިއްލުނު ޤަރުނުތައް
ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުން – ހިދާޔަތުގެ މަތިވެރި ނޫރުން ދިއްލުނު ޤަރުނުތައް
ދިވެހިރާއްޖޭގެ ދިގު ތާރީޚުގައި ފެންނަން އޮތް އެންމެ މަތިވެރި، އެންމެ ބާއްޖަވެރި އަދި މުޅި ޤައުމުގެ މިސްރާބު ބަދަލުކޮށްލި ތާރީޚީ ހާދިސާއަކީ ދިވެހިން އިސްލާމްދީނުގެ ހިދާޔަތް ޤަބޫލުކުރި ހާދިސާއެވެ. މިއަދު އަޅުގަނޑުމެން މި ގުނަމުންދަނީ އެ މަތިވެރި ނިޢުމަތުގައި ދިވެހި އުންމަތް ވޭތުކުރި ފަޚުރުވެރި 900 އަހަރުގެ މުއްދަތެވެ. މި ދިގު މާޒީއަކީ އެއްބައިވަންތަކަމާއި، ޙަޟާރަތާއި، ދިވެހިވަންތަކަމުގެ މައިބަދަ ބައްޓަންވެގެން ދިޔަ އަގުހުރި ދައުރެކެވެ.
ޚަބަރު 13 Sep 2026
ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގެ ގޮތުގައި 9 ޤަރުނު ހޭދަކުރުމަކީ ރާއްޖެއަށް ލިބުނު ބޮޑު ފަޚުރެއް: މެޑަމް ސާޖިދާ
ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގެ ގޮތުގައި 9 ޤަރުނު ހޭދަކުރުމަކީ ރާއްޖެއަށް ލިބުނު ބޮޑު ފަޚުރެއް: މެޑަމް ސާޖިދާ
ދިވެހިރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުޙައްމަދު ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުންނަށް ދުވަހުގެ ތަހުނިޔާ އަރިސްކުރައްވައިފިއެވެ.
ޚަބަރު 13 Sep 2026
ރައީސުލްޖުމްހޫރިއްޔާ "މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރު ކުންފުންޏެއް އުފައްދަވައިފި
ރައީސުލްޖުމްހޫރިއްޔާ "މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރު ކުންފުންޏެއް އުފައްދަވައިފި
މިކުންފުންޏަކީ ދިވެހި ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ދީނީ ކަންކަމަށް ހޭދަކުރުމަށްޓަކައި ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަޤުފުތައް ބިނާކުރުމާއި، އެފަދަ ވަޤުފު ބިނާތައް މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތްތައް ކުރުމަށާއި، ދިވެހިރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިސްކިތްތައް ބިނާކުރުމާއި، އެ މިސްކިތްތައް މަރާމާތުކުރުމާއި އާބާތުރަ ފިލުވުމުގެ އެންމެހައި މަސައްކަތްކުރުމާއި، މިސްކިތްތަކަށް ބޭނުންވާ އެންމެހައި ވަސީލަތްތައް ގާއިމުކޮށް ތަރައްޤީކުރުމުގެ މަސައްކަތާއި، އިސްލާމީ ޝަރީޢަތް ހުއްދަކުރާ ވިޔަފާރީގެ ހަރަކާތްތައް ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމަށް ޓަކައި، އުފެއްދެވި ކުންފުންޏެކެވެ.
ޚަބަރު 12 Sep 2026
ދިވެހި ޤައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބަކީ އިސްލާމްދީންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
ދިވެހި ޤައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބަކީ އިސްލާމްދީންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
އެމަނިކުފާނުގެ މެސެޖުގައި ފާހަގަކުރައްވާފައިވާ ގޮތުގައި، ދިވެހި ޤައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބަކީ މާތްވެގެންވާ އިސްލާމްދީނެވެ. އަދި ތާރީޚުގެ ތެރޭގައި ދިވެހިން ހާސިލުކުރި ކޮންމެ ނަޞްރަކާއި، ޤައުމަށް ލިބުނު ކޮންމެ ތަމައްދުނަކާއި ފާގަތިކަމެއްގެ އަސްލަކީވެސް، މާތްވެގެންވާ އިސްލާމްދީން ކަމުގައި އެމަނިކުފާނު ބަޔާންކުރައްވާފައިވެއެވެ.
ޚަބަރު 12 Sep 2026