ދިވެހި ދަރިވަރުންނަށް ދޭ ފުރުސަތަކީ އެކި ސަޤާފަތްތަކާއި އާދަކާދަ އާއި އަމަލީ ތަޖުރިބާ ހާޞިލުކުރުމަށް ލިބޭ ފުރުސަތެއް: ސަފީރު

ދިވެހި ދަރިވަރުންނަށް ދޭ ފުރުސަތަކީ އެކި ސަޤާފަތްތަކާއި އާދަކާދަ އާއި އަމަލީ ތަޖުރިބާ ހާޞިލުކުރުމަށް ލިބޭ ފުރުސަތެއް: ސަފީރު

ހ ހަޅަ
ޚަބަރު 15 Aug 2024

އިނގިރޭސިވިލާތުން ދިވެހި ދަރިވަރުންނަށް ދޭ ސްކޮލަޝިޕްގެ ފުރުސަތަކީ ދިވެހި ދަރިވަރުންނަށް އެކި ސަޤާފަތްތަކާއި އާދަކާދައިގެ އިތުރުން އަމަލީ ތަޖުރިބާ ހާޞިލުކުރުމަށް ލިބޭ ފުރުސަތެއްކަމަށް އިނގިރޭސި ވިލާތުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު، ހާރ އެކްސެލެންސީ، ކެރޮން ރޮސްލާ ވިދާޅުވެއްޖެއެވެ.

ސަފީރު މިހެންވިދާޅުވީ ޝިވްނިންގ،މޯލްޑިވިސް ސްކޮލަރޝިޕްގެ އެއްބަސްވުމުގައި ސޮއި ކުރެއްވުމަށް މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގައި ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.

ޝިވްނިންގ/މޯލްޑިވިސް ސްކޮލަރޝިޕްގެ ދަށުން، އިނގިރޭސި ވިލާތް (ޔޫކޭ)ގެ ޚަރަދުގައި 4 ދިވެހި ދަރިވަރުންނަށް ޔޫކޭ ޔުނިވާސިޓީތަކުގައި މާސްޓަރސް ޕްރޮގްރާމް ފުރިހަމަކުރުމުގެ ފުރުސަތު ފޯރުކޮއްދޭނެއެވެ.

އިނގިރޭސި ސަފީރު ހާރ އެކްސެލެންސީ، ކެރޮން ރޮސްލާ ވިދާޅުވީ ދެ ޤައުމުން ވެސް މަސައްކަތްކުރަމުން ދަނީ ޒުވާނުން ބާރުވެރިކުރުވައި، ހުނަރުވެރިކަން އިތުރުކުރުމާއި، އެޒުވާނުންނަކީ އެކި ދާއިރާތަކުގައި ދިވެހިރާއްޖެއަށް ޚިދުމަތްކޮށް، ޤައުމުގެ މުސްތަޤްބަލް ބިނާކުރާ ބަޔަކަށް ހެދުމަށްކަމަށެވެ. އެގޮތުން މި ސްކޮލަޝިޕްތަކަކީ ދިވެހިރާއްޖޭގެ ތަރައްޤީއަށް އެންމެ މުހިއްމު ދާއިރާތަކުން ދޫކުރާ ސްކޮލަޝިޕްތަކެއްކަމަށެވެ.

މި ސްކޮލަޝިޕްގެ ފުރުސަތަކީ ދިވެހި ދަރިވަރުންނަށް އެކި ސަޤާފަތްތަކާއި އާދަކާދައިގެ އިތުރުން އަމަލީ ތަޖުރިބާ ހާޞިލުކުރުމަށް ލިބޭ ރަނުގެ ފުރުސަތެއް

އިނގިރޭސި ސަފީރު: ހާރ އެކްސެލެންސީ، ކެރޮން ރޮސްލާ

ސަފީރު އިތުރަށް ވިދާޅުވީ އިނގިރޭސި ދަޢުލަތުން ދިވެހިރާއްޖެއަށް ދޫކުރާ ސްކޮލަޝިޕްތަކުގެ އަދަދު އިތުރުވެފައިވުމަކީ އުފާކުރާ ކަމެއްކަމަށެވެ. އަދި ވޭތުވެދިޔަ އަހަރުތަކުގައި މި ސްކޮލަޝިޕްގެ ދަށުން ތަމްރީން ވި ދަރިވަރުންނަށް އެލުމްނާއި ޕްރޮޖެކްޓްގެ ނަމުގައި ގްރާންޓެއް ދެވޭކަމަށާއި، މި ގްރާންޓް އިން ލިބޭ ފައިސާ އަކީ އެ ދަރިވަރަކު ތަޢުލީމު ހާޞިލުކުރި ދާއިރާއެއްގެ ތަރައްޤީއަށްޓަކައި ދެވޭ ގްރާންޓެއްކަން ވެސް ސަފީރުގެ ވާހަކަ ފުޅުގައި ފާހަގަކުރެއްވިއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުން – ހިދާޔަތުގެ މަތިވެރި ނޫރުން ދިއްލުނު ޤަރުނުތައް
ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުން – ހިދާޔަތުގެ މަތިވެރި ނޫރުން ދިއްލުނު ޤަރުނުތައް
ދިވެހިރާއްޖޭގެ ދިގު ތާރީޚުގައި ފެންނަން އޮތް އެންމެ މަތިވެރި، އެންމެ ބާއްޖަވެރި އަދި މުޅި ޤައުމުގެ މިސްރާބު ބަދަލުކޮށްލި ތާރީޚީ ހާދިސާއަކީ ދިވެހިން އިސްލާމްދީނުގެ ހިދާޔަތް ޤަބޫލުކުރި ހާދިސާއެވެ. މިއަދު އަޅުގަނޑުމެން މި ގުނަމުންދަނީ އެ މަތިވެރި ނިޢުމަތުގައި ދިވެހި އުންމަތް ވޭތުކުރި ފަޚުރުވެރި 900 އަހަރުގެ މުއްދަތެވެ. މި ދިގު މާޒީއަކީ އެއްބައިވަންތަކަމާއި، ޙަޟާރަތާއި، ދިވެހިވަންތަކަމުގެ މައިބަދަ ބައްޓަންވެގެން ދިޔަ އަގުހުރި ދައުރެކެވެ.
ޚަބަރު 13 Sep 2026
ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގެ ގޮތުގައި 9 ޤަރުނު ހޭދަކުރުމަކީ ރާއްޖެއަށް ލިބުނު ބޮޑު ފަޚުރެއް: މެޑަމް ސާޖިދާ
ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގެ ގޮތުގައި 9 ޤަރުނު ހޭދަކުރުމަކީ ރާއްޖެއަށް ލިބުނު ބޮޑު ފަޚުރެއް: މެޑަމް ސާޖިދާ
ދިވެހިރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުޙައްމަދު ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުންނަށް ދުވަހުގެ ތަހުނިޔާ އަރިސްކުރައްވައިފިއެވެ.
ޚަބަރު 13 Sep 2026
ރައީސުލްޖުމްހޫރިއްޔާ "މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރު ކުންފުންޏެއް އުފައްދަވައިފި
ރައީސުލްޖުމްހޫރިއްޔާ "މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރު ކުންފުންޏެއް އުފައްދަވައިފި
މިކުންފުންޏަކީ ދިވެހި ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ދީނީ ކަންކަމަށް ހޭދަކުރުމަށްޓަކައި ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަޤުފުތައް ބިނާކުރުމާއި، އެފަދަ ވަޤުފު ބިނާތައް މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތްތައް ކުރުމަށާއި، ދިވެހިރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިސްކިތްތައް ބިނާކުރުމާއި، އެ މިސްކިތްތައް މަރާމާތުކުރުމާއި އާބާތުރަ ފިލުވުމުގެ އެންމެހައި މަސައްކަތްކުރުމާއި، މިސްކިތްތަކަށް ބޭނުންވާ އެންމެހައި ވަސީލަތްތައް ގާއިމުކޮށް ތަރައްޤީކުރުމުގެ މަސައްކަތާއި، އިސްލާމީ ޝަރީޢަތް ހުއްދަކުރާ ވިޔަފާރީގެ ހަރަކާތްތައް ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމަށް ޓަކައި، އުފެއްދެވި ކުންފުންޏެކެވެ.
ޚަބަރު 12 Sep 2026
ދިވެހި ޤައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބަކީ އިސްލާމްދީންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
ދިވެހި ޤައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބަކީ އިސްލާމްދީންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
އެމަނިކުފާނުގެ މެސެޖުގައި ފާހަގަކުރައްވާފައިވާ ގޮތުގައި، ދިވެހި ޤައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބަކީ މާތްވެގެންވާ އިސްލާމްދީނެވެ. އަދި ތާރީޚުގެ ތެރޭގައި ދިވެހިން ހާސިލުކުރި ކޮންމެ ނަޞްރަކާއި، ޤައުމަށް ލިބުނު ކޮންމެ ތަމައްދުނަކާއި ފާގަތިކަމެއްގެ އަސްލަކީވެސް، މާތްވެގެންވާ އިސްލާމްދީން ކަމުގައި އެމަނިކުފާނު ބަޔާންކުރައްވާފައިވެއެވެ.
ޚަބަރު 12 Sep 2026