އިނގިރޭސިވިލާތުން ދިވެހި މަހުގެ ޓެރިފް ކަނޑައިލުމުން ޕީއެންސީއިން ރައީސް މުޢިއްޒަށް މަރުޙަބާ ދަންނަވައިފި

އ އައިމިނަތުު މުޙައްމަދު
ޚަބަރު 20 May 2026

ދިވެހިރާއްޖެއިން އިނގިރޭސިވިލާތަށް އެކްސްޕޯޓުކުރާ މަހާއި މަހުގެ އުފެއްދުންތަކުން ނަގަމުން އައި ޓެރިފް ކަނޑައިލުމަށް އެ ޤައުމުގެ ސަރުކާރުން ނިންމުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށާއި ދިވެހި ސަރުކާރަށް، ވެރިކަން ކުރާ ޕީޕަލްްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން މަރުޙަބާ ކިޔައިފިއެވެ.

ޕީއެންސީން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ޙަވާލުވެވަޑައިގެން އެންމެ ބޮޑު އިސްކަމެއް ދެއްވައިގެން ކުރައްވަމުންދާ މަސައްކަތްޕުޅަކީ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް ވެއްޓިފައި އޮތް އަނދަވަޅުން ސަލާމަތްކުރެއްވުން ކަމަށެވެ. އަދި އެ ސިނާއަތަށް އައު ފަހިކަމާއި ކުރިއެރުން ހޯއްދަވައިދެއްވުމަށްޓަކައި އެމަނިކުފާނު ގިނަގުނަ މަސައްކަތްޕުޅުތަކެއް ފައްޓަވާފައިވާތީ، ދިވެހި މަސްވެރިންނާއި މަސްވެރި އާއިލާތަކުގެ ނަމުގައި އެ ޕާޓީން ވަނީ ޝުކުރު އަދާކޮށްފައެވެ.

މި ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، ރައީސްގެ އެންމެ އިސް އެއް އަމާޒަކީ ދިވެހި މަސްވެރިން ބާނާ މަހަށް އެކަށީގެންވާ ރަނގަޅު އަގެއް ހޯދައިދެއްވުމެވެ. އެގޮތުން ބައިނަލްއަޤުވާމީ އައު ބާޒާރުތަކުން ދިވެހި މަހަށް ޖާގަ ހޯދައިދެއްވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ޕީއެންސީން ފާހަގަކުރެއެވެ.

އިނގިރޭސިވިލާތަކީ ރާއްޖެއިން މިހާރުވެސް ގިނަ އަދަދަކަށް މަހުގެ އުފެއްދުންތައް ބޭރުކުރާ ޤައުމަކަށްވާއިރު، އެ ޤައުމުގެ ސަރުކާރާއެކު ރައީސް ކުރެއްވި މަޝްވަރާތަކުގެ ނަތީޖާއެއްގެ ގޮތުން 20 މޭ 2026 އިން ފެށިގެން ޓެރިފް ނުނަގާ ގޮތަށް ހަމަޖެހުމަކީ މަސްވެރިންނަށާއި ވިޔަފާރިތަކަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ. ރައީސް ޑރ. މުޢިއްޒު އިނގިރޭސިވިލާތަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެ ޤައުމުގެ ރަސްގެފާނު، ޗާލްސް ތިންވަނައާއި ސަރުކާރުގެ އިސްވެރިންނާ ބައްދަލުކުރައްވައި އެންމެ ބޮޑަށް އެދިވަޑައިގަތީވެސް މި ޓެރިފް ކަނޑައިދިނުމަށެވެ.

ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ރާއްޖެއަކީ އިނގިރޭސިވިލާތަށް އެންމެ ގިނައިން މަސް ބޭރުކުރާ ޤައުމުތަކުގެ ލިސްޓުގެ 9 ވަނައިގައި އޮތް ޤައުމެވެ. އަހަރެއްގެ މައްޗަށް އެވްރެޖުކޮށް 16 އާއި 18 މިލިއަން ޕައުންޑާ ދެމެދުގެ އަދަދަކަށް މަހުގެ އުފެއްދުންތައް އެ ޤައުމަށް ބޭރުކުރެއެވެ. މިހާތަނަށް މިކަމުގައި އޮތް އެންމެ ބޮޑު ހުރަހަކީ ބޮޑު ޓެރިފެއް ނެގުން ކަމަށްވާއިރު، އެ ހުރަސް ނެތިދިއުމަކީ މަސްވެރިކަމުގެ ސިނާއަތުގެ އާމްދަނީ އިތުރުކުރުމަށް ލިބުނު "ރަނުގެ ފުރުސަތެއް" ކަމަށް ޕީއެންސީން ސިފަކުރެއެވެ.

މީގެ އިތުރުން، މަސްވެރިން ކިރުވާ މަހަށް 48 ގަޑިއިރު ތެރޭ ފައިސާ ލިބޭނެ އިންތިޒާމު ހަމަޖެއްސެވުމާއި، ހެޔޮ އަގުގައި ތެޔޮ ލިބޭނެ ގޮތް ހެއްދެވުމާއި، އޮޑިފަހަރުގައި ލޮނުން ގަނޑުފެން އުފެއްދޭނެ ނިޒާމު ޤާއިމުކުރުމަށް މާލީ އެހީ ދެއްވުން ފަދަ ކަންކަން ރައީސް ކުރައްވަމުން ގެންދަވާކަން ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އަދި ދިވެހި މަސްވެރިކަން ޕްރޮމޯޓުކުރުމަށް ވަކި ކުންފުންޏެއް އުފައްދަވައި، މި ސިނާއަތް މުޅިން އައު ޒަމާނަކަށް ގެންދިއުމަށް ކުރައްވާ މަސައްކަތްތަކަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށާއި އެމަނިކުފާނުގެ ސަރުކާރަށް ޕީއެންސީން ވަނީ އަނެއްކާވެސް މަރުޙަބާ ދަންނަވާފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުން – ހިދާޔަތުގެ މަތިވެރި ނޫރުން ދިއްލުނު ޤަރުނުތައް
ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުން – ހިދާޔަތުގެ މަތިވެރި ނޫރުން ދިއްލުނު ޤަރުނުތައް
ދިވެހިރާއްޖޭގެ ދިގު ތާރީޚުގައި ފެންނަން އޮތް އެންމެ މަތިވެރި، އެންމެ ބާއްޖަވެރި އަދި މުޅި ޤައުމުގެ މިސްރާބު ބަދަލުކޮށްލި ތާރީޚީ ހާދިސާއަކީ ދިވެހިން އިސްލާމްދީނުގެ ހިދާޔަތް ޤަބޫލުކުރި ހާދިސާއެވެ. މިއަދު އަޅުގަނޑުމެން މި ގުނަމުންދަނީ އެ މަތިވެރި ނިޢުމަތުގައި ދިވެހި އުންމަތް ވޭތުކުރި ފަޚުރުވެރި 900 އަހަރުގެ މުއްދަތެވެ. މި ދިގު މާޒީއަކީ އެއްބައިވަންތަކަމާއި، ޙަޟާރަތާއި، ދިވެހިވަންތަކަމުގެ މައިބަދަ ބައްޓަންވެގެން ދިޔަ އަގުހުރި ދައުރެކެވެ.
ޚަބަރު 13 Sep 2026
ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގެ ގޮތުގައި 9 ޤަރުނު ހޭދަކުރުމަކީ ރާއްޖެއަށް ލިބުނު ބޮޑު ފަޚުރެއް: މެޑަމް ސާޖިދާ
ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގެ ގޮތުގައި 9 ޤަރުނު ހޭދަކުރުމަކީ ރާއްޖެއަށް ލިބުނު ބޮޑު ފަޚުރެއް: މެޑަމް ސާޖިދާ
ދިވެހިރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުޙައްމަދު ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުންނަށް ދުވަހުގެ ތަހުނިޔާ އަރިސްކުރައްވައިފިއެވެ.
ޚަބަރު 13 Sep 2026
ރައީސުލްޖުމްހޫރިއްޔާ "މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރު ކުންފުންޏެއް އުފައްދަވައިފި
ރައީސުލްޖުމްހޫރިއްޔާ "މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރު ކުންފުންޏެއް އުފައްދަވައިފި
މިކުންފުންޏަކީ ދިވެހި ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ދީނީ ކަންކަމަށް ހޭދަކުރުމަށްޓަކައި ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަޤުފުތައް ބިނާކުރުމާއި، އެފަދަ ވަޤުފު ބިނާތައް މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތްތައް ކުރުމަށާއި، ދިވެހިރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިސްކިތްތައް ބިނާކުރުމާއި، އެ މިސްކިތްތައް މަރާމާތުކުރުމާއި އާބާތުރަ ފިލުވުމުގެ އެންމެހައި މަސައްކަތްކުރުމާއި، މިސްކިތްތަކަށް ބޭނުންވާ އެންމެހައި ވަސީލަތްތައް ގާއިމުކޮށް ތަރައްޤީކުރުމުގެ މަސައްކަތާއި، އިސްލާމީ ޝަރީޢަތް ހުއްދަކުރާ ވިޔަފާރީގެ ހަރަކާތްތައް ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމަށް ޓަކައި، އުފެއްދެވި ކުންފުންޏެކެވެ.
ޚަބަރު 12 Sep 2026
ދިވެހި ޤައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބަކީ އިސްލާމްދީންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
ދިވެހި ޤައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބަކީ އިސްލާމްދީންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
އެމަނިކުފާނުގެ މެސެޖުގައި ފާހަގަކުރައްވާފައިވާ ގޮތުގައި، ދިވެހި ޤައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބަކީ މާތްވެގެންވާ އިސްލާމްދީނެވެ. އަދި ތާރީޚުގެ ތެރޭގައި ދިވެހިން ހާސިލުކުރި ކޮންމެ ނަޞްރަކާއި، ޤައުމަށް ލިބުނު ކޮންމެ ތަމައްދުނަކާއި ފާގަތިކަމެއްގެ އަސްލަކީވެސް، މާތްވެގެންވާ އިސްލާމްދީން ކަމުގައި އެމަނިކުފާނު ބަޔާންކުރައްވާފައިވެއެވެ.
ޚަބަރު 12 Sep 2026