ރައީސް ޑރ. މުހައްމަދު މުއިއްޒު
ރައީސް ޑރ. މުހައްމަދު މުއިއްޒު

ލަންކާގައި ދިރިއުޅޭ ދިވެހިންނަށް ވިސާ ލިބުމުގައި ހުރި ދަތިތަކަށް ދާއިމީ ޙައްލެއް ގެނެސްދެވޭނެ ކަމުގެ ޔަޤީންކަން ލިބިފައިވޭ: ރައީސް މުއިއްޒު

ހ ހަޅަ
ޚަބަރު 05 May 2026

ސްރީލަންކާގައި ދިރިއުޅޭ ދިވެހިންނަށް ވިސާ ލިބުމުގައި ހުރި ދަތިތަކަށް ދާއިމީ ޙައްލެއް ގެނެސްދެވޭނެ ކަމުގެ ޔަޤީންކަން ލިބިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ސްރީލަންކާގައި ދިރިއުޅެމުންދާ ދިވެހިންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް މިހެން ވިދާޅުވީ، ސްރީލަންކާގެ ރައީސްއާއެކު ބޭއްވި ބައްދަލުކުރެއްވުންތަކުގައި ސްރީލަންކާގައި ދިރިއުޅޭ ދިވެހިންނަށް ވިސާ ލިބުމުގައި ހުރި ދަތިތަކަށް ދާއިމީ ޙައްލެއް ގެނައުމަށް މަޝްވަރާކުރެއްވި ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެމަނިކުފާނު ސްރީލަންކާއަށް ކުރެއްވި މި ދަތުރުފުޅުގައި ދެ ޤައުމުގެ ރައްޔިތުންނަށްވެސް ރަނގަޅު ޚިދުމަތްތަކެއް ފޯރުކޮށްދިނުމާއި، ގުޅުންތައް ވަރުގަދަ ކުރުމަށްޓަކައި މަސައްކަތް ކުރެވުނު ކަމަށެވެ. ޚާއްސަކޮށް ވިޔަފާރިއާއި، އިންވެސްޓްމަންޓާއި، ތަރައްޤީގެ އެކި ކަންކަން ކުރިއަށް ގެންދިޔުމަށް އެއްބަސްވެވޭނެ ގޮތްތައް ބައްލަވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

މި ދަތުރުފުޅުގައި ސްރީލަންކާ ސަރުކާރާއެކު މުހިއްމު އެއްބަސްވުންތަކެއް އެކުލަވާލާފައިވާ ކަމަށާއި، ވެފައިވާ އެއްބަސްވުންތަކާއެކު ރަނގަޅު ގޮތްތަކެއްވާނެ ކަމަށް ރައީސް ޤަބޫލުކުރައްވާ ކަމަށް ވިދާޅުވިއެވެ.

މިދަތުރުފުޅުގެ ކުރިންވެސް މި ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި ވިސާގެ ކަންކަމަށް ލުޔެއް ހޯދުމަށް މަސައްކަތް ކުރެއްވިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ވިސާގެ ކަންކަމަށް ޙައްލެއް ގެނައުމަށް ސްރީލަންކާގެ ސަރުކާރުން އިސްކަމެއް ދެއްވާ ކަމަށާއި، ވިސާގެ ކަންކަމަށް ދާއިމީ ޙައްލެއް ލިބޭނެ ކަމުގެ ޔަޤީންކަން ސްރީލަންކާގެ ރައީސް ދެއްވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ވިސާ ލިބުމުގައި ހުރި ކަންކަން ޙައްލުވެގެން ގޮސް މުޅި މައްސަލައަށް ދާއިމީ ޙައްލެއް އަންނާނެކަމުގެ އުންމީދު ބޮޑު ކަމަށާއި، މީގެ ކުރިން އޮތް ހާލަތަށްވުރެވެސް ރަނގަޅު ޙައްލެއް ލިބޭނެކަމުގެ ޔަޤީންކަން އެބައޮތް ކަމަށް ރައީސް ވިދާޅުވިއެވެ. އެކަން ކުރުމަށް އަމަލީ މަސައްކަތް ކުރެވިގެންދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ވިސާގެ ކަންކަން ޙައްލު ކުރުމަށްޓަކައި ކުރައްވަމުންދާ މަސައްކަތްތަކުގެ އިތުރުން ބޭންކް އޮފް މޯލްޑިވްސްގެ ބްރާންޗެއް ލަންކާގައި ހުޅުވުމުގެ އުންމީދީ މަގެއް ފެނިފައިވާ ކަމަށާއި، ލަސްތަކެއްނުވެ އެކަންވެސް ހަމަޖެހިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މިއާއެކު ސްރީލަންކާގައި ދިރިއުޅޭ ދިވެހިންނަށާއި ރާއްޖޭގައި ދިރިއުޅޭ ސްރީލަންކާގެ ރައްޔިތުންނަށްވެސް ފަސޭހަވާނެކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ، ސްރީލަންކާގައި ހުންނަ ދިވެހިންގެ ސަޤާފީ މަރުކަޒު ނުވަތަ ސޯސަންވިލާގެ ވަރަށް ގިނަ ކަންކަން ރަނގަޅު ކުރަންޖެހޭކަންވެސް ފާހަގަކުރައްވާފައެވެ. އެގޮތުން އެތަނުގެ އިމާރާތަށް ބަދަލުތައް ގެނައުމަށާއި، ވަޞީލަތްތައް ރަނގަޅު ކުރަންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.

ސޯސަން ވިލާގެ އިމާރާތް މަރާމާތުކުރުން ނުވަތަ އެތަނަށް ރަނގަޅު ޙައްލެއް ގެނައުމަށް މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކުޅިވަރުގެ ވަޞީލަތްތަކާއި، ކްލާސްރޫމް ފަދަ ތަންތަން ރަނގަޅު ކުރަންޖެހޭކަން ފާހަގަކުރައްވާ ރައީސް ވަނީ، ރާއްޖެއަށް ދިއުމަށްފަހު އެކަންކަން ރަނގަޅު ކުރުމަށް އިސްކަމެއް ދެއްވާނެކަމަށް ވިދާޅުވެފައެވެ.

ރާއްޖޭގެ އެހެން ރަށްރަށުގައިވެސް ތަރައްޤީ ކުރަމުންދާ އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސްއެއް ފަދަ ތަނެއް ސޯސަން ވިލާގައި ތަރައްޤީ ކުރުމުގެ ވިސްނުން އެބަހުރި ކަމަށާއި، މިހާރު ދެމުންދާ ޚިދުމަތްތައް އިތުރަށް ވަރުގަދަ ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރާ ރާއްޖޭގެ އެންމެ ބޮޑު މިސްކިތް “ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުالله”ގެ ބިންގާ އަޅުއްވައިދެއްވައިފި
ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރާ ރާއްޖޭގެ އެންމެ ބޮޑު މިސްކިތް “ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުالله”ގެ ބިންގާ އަޅުއްވައިދެއްވައިފި
ގާތްގަނޑަކަށް 10،000 މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭނެ ތަނަވަސް މައި ހޯލެއް ހިމެނޭ ގޮތަށް ޤާއިމްކުރާ މި ބިނާގައި ނަމާދު ކުރާނެ ތަނަވަސް ސަރަޙައްދު ހިމެނޭހެން އިސްލާމީ ތަޢުލީމާއި، ޘަޤާފަތް އާލާކޮށް އިޖުތިމާޢީ ގުޅުން ބަދަހިކުރުމަށް ގިނަ ވަސީލަތްތަކެއް ވަނީ ފަރުމާކޮށްފައެވެ.
ޚަބަރު 13 Sep 2026
ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުން – ހިދާޔަތުގެ މަތިވެރި ނޫރުން ދިއްލުނު ޤަރުނުތައް
ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުން – ހިދާޔަތުގެ މަތިވެރި ނޫރުން ދިއްލުނު ޤަރުނުތައް
ދިވެހިރާއްޖޭގެ ދިގު ތާރީޚުގައި ފެންނަން އޮތް އެންމެ މަތިވެރި، އެންމެ ބާއްޖަވެރި އަދި މުޅި ޤައުމުގެ މިސްރާބު ބަދަލުކޮށްލި ތާރީޚީ ހާދިސާއަކީ ދިވެހިން އިސްލާމްދީނުގެ ހިދާޔަތް ޤަބޫލުކުރި ހާދިސާއެވެ. މިއަދު އަޅުގަނޑުމެން މި ގުނަމުންދަނީ އެ މަތިވެރި ނިޢުމަތުގައި ދިވެހި އުންމަތް ވޭތުކުރި ފަޚުރުވެރި 900 އަހަރުގެ މުއްދަތެވެ. މި ދިގު މާޒީއަކީ އެއްބައިވަންތަކަމާއި، ޙަޟާރަތާއި، ދިވެހިވަންތަކަމުގެ މައިބަދަ ބައްޓަންވެގެން ދިޔަ އަގުހުރި ދައުރެކެވެ.
ޚަބަރު 13 Sep 2026
ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގެ ގޮތުގައި 9 ޤަރުނު ހޭދަކުރުމަކީ ރާއްޖެއަށް ލިބުނު ބޮޑު ފަޚުރެއް: މެޑަމް ސާޖިދާ
ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގެ ގޮތުގައި 9 ޤަރުނު ހޭދަކުރުމަކީ ރާއްޖެއަށް ލިބުނު ބޮޑު ފަޚުރެއް: މެޑަމް ސާޖިދާ
ދިވެހިރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުޙައްމަދު ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުންނަށް ދުވަހުގެ ތަހުނިޔާ އަރިސްކުރައްވައިފިއެވެ.
ޚަބަރު 13 Sep 2026
ރައީސުލްޖުމްހޫރިއްޔާ "މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރު ކުންފުންޏެއް އުފައްދަވައިފި
ރައީސުލްޖުމްހޫރިއްޔާ "މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރު ކުންފުންޏެއް އުފައްދަވައިފި
މިކުންފުންޏަކީ ދިވެހި ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ދީނީ ކަންކަމަށް ހޭދަކުރުމަށްޓަކައި ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަޤުފުތައް ބިނާކުރުމާއި، އެފަދަ ވަޤުފު ބިނާތައް މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތްތައް ކުރުމަށާއި، ދިވެހިރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިސްކިތްތައް ބިނާކުރުމާއި، އެ މިސްކިތްތައް މަރާމާތުކުރުމާއި އާބާތުރަ ފިލުވުމުގެ އެންމެހައި މަސައްކަތްކުރުމާއި، މިސްކިތްތަކަށް ބޭނުންވާ އެންމެހައި ވަސީލަތްތައް ގާއިމުކޮށް ތަރައްޤީކުރުމުގެ މަސައްކަތާއި، އިސްލާމީ ޝަރީޢަތް ހުއްދަކުރާ ވިޔަފާރީގެ ހަރަކާތްތައް ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމަށް ޓަކައި، އުފެއްދެވި ކުންފުންޏެކެވެ.
ޚަބަރު 12 Sep 2026