ރައީސް މުޢިއްޒުގެ ފޭވަރިޓަކީ އާޖެންޓީނާ؛ ވޯލްޑްކަޕްގެ ފޯރި މުޅި ރާއްޖެއަށް

އ އައިމިނަތުު މުޙައްމަދު
ޚަބަރު 10 Jun 2026

މުޅި ދުނިޔެ ސިއްސުވާލާ ފީފާ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތް މާދަމާ ރޭ ފެށުމަށް ތައްޔާރުވަމުންދާއިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތާއީދުކުރައްވާ ޓީމަކީ އާޖެންޓީނާކަން ހާމަކުރައްވައިފިއެވެ.

މި މުބާރާތުގެ ފޯރި މުޅި ދުނިޔޭގައި ގަދަވެފައިވާއިރު، ފުޓްބޯޅައަށް އިންތިހާއަށް ލޯބިކުރާ ދިވެހި ރައްޔިތުން ވެސް އަންނަނީ މި ބޮޑު އީދަށް ކުލަގަދަ ތައްޔާރީތަކެއް ވަމުންނެވެ. އެގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސަޕޯޓްކުރާ ޓީމުތަކުގެ ދިދަފަތިތައް ދެމުމާއި، ބޮޑެތި ސްކްރީންތަކުގައި މެޗު ބެލޭނެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ބާރުސްޕީޑުގައި ދަނީ ކުރިއަށެވެ.

ވޯލްޑްކަޕާ ގުޅިގެން މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނެސް އިން ވަނީ ޚާއްޞަ ހަރަކާތްތަކެއް ރާވާފައެވެ. މިކަމާ ގުޅޭގޮތުން ޔޫތު މިނިސްޓަރ އިބްރާހީމް ރާފިޢުއާއެކު ބޭއްވި ބައްދަލުވުމެއްގައި، ރައީސް މުޢިއްޒު ވަނީ މުބާރާތަށް ތައްޔާރުކޮށްފައިވާ ޚާއްޞަ ބޯޅަތަކެއްގައި ސޮއިކުރައްވާފައެވެ. މި ބޯޅަތަކަކީ ރާއްޖޭގެ ފުޓްބޯޅަ ލެޖެންޑުންގެ އަގުވަޒަންކުރުމުގެ ގޮތުން އެ ބޭފުޅުންނަށް ހަދިޔާކުރަން ނިންމާފައިވާ ބޯޅަތަކެކެވެ.

މި ބައްދަލުވުމުގެ ތެރެއިން މިނިސްޓަރ ރާފިޢު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، އެމަނިކުފާނަކީ ވަރަށް ކުޑައިރުއްސުރެ އާޖެންޓީނާގެ ސަޕޯޓަރެއް ކަމަށެވެ. "އަޅުގަނޑު މިއީ ވަރަށް ކުޑައިރުއްސުރެ އާޖެންޓީނާގެ ސަޕޯޓަރެއް. އެ ޓީމަށް ތާއީދުކުރަން ފެށުނީ އާޖެންޓީނާގެ ލެޖެންޑް މެރެޑޯނާގެ ކުޅުމަށް އުފެދުނު ލޯތްބެއްގެ ސަބަބުން،" ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން، އާޖެންޓީނާ ނޫން ދެން އެންމެ ބޮޑަށް ގަޔާވާ ޓީމަކީ އިނގިރޭސިވިލާތް (އިންގްލެންޑް) ކަން ވެސް ރައީސް ހާމަކުރެއްވިއެވެ. އިނގިރޭސި ޕްރިމިއާ ލީގުގެ މެންޗެސްޓަރ ޔުނައިޓެޑަށް ސަޕޯޓްކުރައްވާ ރައީސް ވިދާޅުވީ، އިނގިރޭސި ޓީމަށް ލޯބި ޖެހުނީ އެ ޤައުމުގައި މަތީ ތަޢުލީމު ހާސިލުކުރެއްވި ދުވަސްވަރު ކަމަށެވެ.

މި ފަހަރުގެ މުބާރާތުގެ ފޯވަރިކާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މުބާރާތުގެ ވަގުތުތައް ހުރި ގޮތުން ހުރިހާ މެޗެއް ބަލައިނުލެވުނު ނަމަވެސް، މުހިންމު މެޗުތައް ބެއްލެވުމަށް ވަގުތު ހޯއްދަވާނެ ކަމަށެވެ. އަދި މި ފަހަރުގެ މުބާރާތަކީ ހައިރާންކުރުވަނިވި ނަތީޖާތަކެއް ފެނިގެންދާނެ މުބާރާތަކަށް ވެދާނެ ކަމަށް ލަފާކުރައްވަމުން، ފްރާންސްގެ ވަރުގަދަކަމާއި ހޮލެންޑުން ތަށި ހޯދުމުގެ ފުރުޞަތު އޮތްކަން ވެސް ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގެ ޒުވާނުންނާއި ހުރިހާ ރައްޔިތުންނަށް ފަސޭހަކަމާއެކު ވޯލްޑްކަޕް ބެލޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް މިނިސްޓަރ ރާފިޢުއަށް އިރުޝާދު ދެއްވާފައެވެ. އެގޮތުން ގިނަ ބަޔަކު އެއްވެގެން މެޗު ބެލޭނެ މާހައުލުތައް ޤާއިމުކުރުމަކީ އެމަނިކުފާނު ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެއްކަމަށް ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ރައީސުލްޖުމްހޫރިއްޔާގެ ދަޢުވަތަކަށް، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ދިވެހިރާއްޖެއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިއްޖެ
ރައީސުލްޖުމްހޫރިއްޔާގެ ދަޢުވަތަކަށް، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ދިވެހިރާއްޖެއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިއްޖެ
މެލޭޝިއާގެ ބޮޑުވަޒީރަށް ރާއްޖެ ވަޑައިގަތުމުގެ މި ދަޢުވަތު އަރުވާފައިވަނީ، 2025 ވަނަ އަހަރުގެ އޭޕްރީލް މަހު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. މިއީ ބޮޑުވަޒީރު އަންވަރު އިބްރާހީމް، މެލޭޝިއާގެ ބޮޑުވަޒީރުކަމުގެ މަޤާމާ 2022 ވަނަ އަހަރުގެ ނޮވެންބަރު މަހު ޙަވާލުވެވަޑައިގަތުމަށްފަހު، ދިވެހިރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.
ޚަބަރު 11 Sep 2026
އޮގަސްޓު މަހު މީރާއިން 2.42 ބިލިއަން ރުފިޔާ ބަލައިގަނެފި
އޮގަސްޓު މަހު މީރާއިން 2.42 ބިލިއަން ރުފިޔާ ބަލައިގަނެފި
އޮގަސްޓު 2025 ގައި ލިބުނު އާމްދަނީ އާ އަޅާބަލާއިރު އޮގަސްޓު 2026 ގައި ލިބިފައިވާ އާމްދަނީ %14 އިތުރުވި މައިގަނޑު ސަބަބަކީ، 2026 ވަނަ އަހަރުގެ އިންކަމް ޓެކްސް ނެގުމުގެ ސުންގަޑި ރަސްމީ ބަންދު ދުވަހަކާ ދިމާވުމުގެ ސަބަބުން 02 އޮގަސްޓް 2026 އަށް މުއްދަތު އިތުރު ކޮށްފައިވުމެވެ. މީގެ ސަބަބުން، ކުންފުނިތަކާއި އަމިއްލަ ފަރުދުން ނޫން ފަރާތްތަކުގެ ޓެކްސް، ބޭންކް އިންކަމް ޓެކްސް، އަދި ފަރުދުންގެ އާމްދަނީން ނެގޭ ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ ވަނީ އިތުރުވެފައެވެ.
ޚަބަރު 10 Sep 2026
ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތް ރަސްމީކޮށް ފަށައިފި
ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތް ރަސްމީކޮށް ފަށައިފި
މި މުބާރާތް ރަސްމީކޮށް ފައްޓަވައިދެއްވީ މިރޭ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވުނު ހާއްސަ ރަސްމިއްޔާތެެއްގައި ރައީސުލްޖުމުހޫރިއްޔާގެ ނައިބު އަލްއުސްތާޛް ޙުސައިން މުޙައްމަދު ލަޠީފްއެވެ. މި ރަސްމިއްޔާތުގައި އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުގެ އިތުރުން ތަޢުލީމާ ބެހޭ ވަޒީރު ޑރ. އިސްމާޢިލް ޝަފީޢުގެ އިތުރުން ވުޒާރާގެ އިސްވެރިންނާއި ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުގެ އިސްވެރިން ވަނީ ބައިވެރިވެލައްވާފައެވެ.
ޚަބަރު 10 Sep 2026
ސަރުކާރުން މިފަހަރު ހުޅުވާލާފައިވާ ހައުސިން ސްކީމަކީ ދެފުއްފެންނަ، އިންސާފުވެރި ސްކީމަކަށްވާނެކަމުގެ ޔަގީންކަން އެބައޮތް: ރައީސް
ސަރުކާރުން މިފަހަރު ހުޅުވާލާފައިވާ ހައުސިން ސްކީމަކީ ދެފުއްފެންނަ، އިންސާފުވެރި ސްކީމަކަށްވާނެކަމުގެ ޔަގީންކަން އެބައޮތް: ރައީސް
ރައްޔިތުންގެ ބައްދަލުވުމުގެ މި ހަފުތާ ތެރޭގައި ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރި ގިނަ އާންމުންގެ މައިގަނޑު ކަންބޮޑުވުމަކަށް ވެފައިވަނީ ގެދޮރުވެރިކަމުގެ ދަތިތަކެވެ. މިގޮތުން އެ ފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތު ހުރިގޮތުންނާއި މީގެ ކުރިން ހިންގި މަޝްރޫޢުތަކުން ބޯހިޔާވަހިކަން ލިބޭގޮތް ނުވުމުގެ ކަންބޮޑުވުންތައް ވަނީ އެމަނިކުފާނާ ހިއްސާކޮށްފައެވެ. މި ޝަކުވާތަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ، ޕޮއިންޓް ދިނުމުގެ އެންމެހައި ކަންކަން ކުރިއަށް ގެންދަނީ އެންމެ އެކަށޭނަ، ހައްގުވެރި ފަރާތްތަކަށް ފުރުސަތު ކަށަވަރުވާނޭ ފަދަ އުސޫލަކުން ކަމަށެވެ.
ޚަބަރު 10 Sep 2026