ކައުންސިލްތަކަށް ދޫކުރުމަށް ނިންމާފައިވާ ފަޅުރަށްތަކާ ގުޅޭ ތަމްރީން ޕްރޮގްރާމެއް ބާއްވައިފި

ކައުންސިލްތަކަށް ދޫކުރުމަށް ނިންމާފައިވާ ފަޅުރަށްތަކާ ގުޅޭ ތަމްރީން ޕްރޮގްރާމެއް ބާއްވައިފި

ހ ހަޅަ
ޚަބަރު 09 Aug 2024

ކައުންސިލްތަކަށް ދޫކުރުމަށް ނިންމާފައިވާ ފަޅުރަށްތަކާ ގުޅޭ ތަމްރީން ޕްރޮގްރާމެއް ބާއްވައިފިއެވެ. އިއްޔެ މެންދުރުފަހު މި ވުޒާރާގެ ޕަބްލިކް ވާރކްސްބައިގައި ބޭއްވި މި ޕްރޮގްރާމް ކުރިއަށް ގެންގޮސްދެއްވީ ޕާރމަނެންޓް ސެކްރެޓަރީ ޢަބްދުﷲ ރަޝީދެވެ.

އިއްޔެ ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި ފަޅުރަށް ހޯދުމަށް އެދި ހުށަހަޅައި ޕްރޮޕޯޝަލްގައި ހިމަނަން ޖެހޭ ބައިތައް ވަރަށް ތަފްޞީލުކޮށް ވަނީ އޮޅުން ފިލުވައިދެވިފައެވެ. އަދި އެ ޕްރޮޕޯޝަލްގައި ހިމެނޭ ބައިތައް ފުރިހަމަކުރަން ޖެހޭ ގޮތްތައް ވެސް މިސާލާއެކު ޕްރޮގްރާމުގެ ބައިވެރިންނަށް އިއްޔެގެ ސެޝަންގައި އޮޅުންފިލުވައިދެވިފައި ވެއެވެ.

މި ވުޒާރާއިން ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވާ ގޮތުގައި ކައުންސިލުތަކަށް ޖުމްލަ 28 ރަށެއް 25 އަހަރުގެ މުއްދަތަށް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މި 28 ރަށަކީ:

1. ހދ. ފަރިދޫ 11. ރ. ކުޑަތުޅާދޫ 20. ތ. ކަކޮޅަސް

2. ހދ. ހިރިނައިދޫ 12. ބ. މާއްޑޫހުޅުދޫ 21. ލ. ކަނޑަރު

3. ށ. ނަރުރިނބުދޫ 13. ބ. ގާވިލިނގިލި 22. ލ. ބޮޑުމާބުޅަލި

4. ށ. މިގޫދޫ 14. ބ. ދަކަންދޫ 23. ގއ. ވިލިގަލާ

5. ށ. ގައްލައިދޫ 15. މ. މާހުރާ 24. ގއ. މުނަންދުވާ

6. ނ. ދީފުރަމް 16. ފ. މަކުނުއެރި 25. ގދ. މާނައިދޫ

7. ނ. އިނގުރައިދޫ 17. ދ. ފެންފުށި 26. ގދ. އާކިރަހުއްޓާ

8. ރ. ހިބޫދޫ 18. ދ. މިނިމަސްގަލި 27. ގދ. ވާރެޔަދުވާ

9. ރ. ހުޅުދޫ 18. ދ. މިނިމަސްގަލި 28. ގދ. ލޮނުދޫ

10. ރ. ނެޔޮ 19. ތ. ފެންމީރުފުށި

މި ރަށްތައް ހޯދުމަށް އެދި ހުށަހަޅައި ފޯމުގައި ހުށަހަޅައި ފަރާތުގެ މަޢުލޫމާތާއި، އެއް ކައުންސިލަށް ވުރެ ގިނަ ކައުންސިލުތައް ބައިވެރިވެގެން ހުށަހަޅައި ނަމަ އެ ކަމަކާއި، ހޯދުމަށްއެދޭ ރަށުގެ މަޢުލޫމާތާއި، ހުށަހަޅައި ބޭނުމާއި މުއްދަތާއި، އިޤްރާރުގެ ބައެއް ހިމެނިފައި ވެއެވެ. މި ރަށްތައް ދޫކުރަނީ ޤަވާއިދު ނަންބަރު 2024/R-8 (މަސްވެރިކަމާއި ދަނޑުވެރިކަމާއި އިޤުތިޞާދީ ބޭނުންތައް ފިޔަވައި އެ ނޫން ބޭނުންތަކަށް ފަޅުރަށްރަށް ދޫކުރުމާބެހޭ ގަވާއިދު) ގެ 5 ވަނަ މާއްދާގެ (ށ) ގެ 3 ވަނަ ނަންބަރުގެ ދަށުންނެވެ.

މި ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތަކުގެ ތެރޭގައި މި ފޯމުގެ ޖަދުވަލު 1 ގައިވާ ގައިޑްލައިނާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ތަފްސީލު ރިޕޯޓާއި، ހުށަހަޅައި ރަށެއްގައި ނުވަތަ ރަށުގެ ބައެއްގައި ކުރަން ނިންމާ ބޭނުމަކާ ގުޅޭގޮތުން ރަށުގެ ރައްޔިތުންނާއި މަޝްވަރާކޮށް ރައްޔިތުންގެ ބައްދަލުވުމަކުން ނިންމާފައިވާ ނިންމުމާއި، ހުށަހަޅައި ރަށެއްގައި ނުވަތަ ރަށުގެ ބައެއްގައި ކުރަން ނިންމާ ބޭނުމަކަށް ކައުންސިލަށް ރަށް ދޫކުރުމާ ގުޅޭގޮތުން، ހުށަހަޅައި ރަށުގެ އިދާރީ ދާއިރާއެއްގެ އަތޮޅު ކައުންސިލުގެ އަޣުލަބިއްޔަތުން ނިންމައި، ދީފައިވާ ހުއްދައާއި، ހޯދަން ހުށަހަޅައި ރަށް ނުވަތަ ސަރަޙައްދު ބޭނުންކުރާނެ ގޮތުގެ ކުރެހުމާއި، ހުށަހަޅައި ފަރާތުގެ މާލީ ތަނަވަސްކަން އަންގައިދޭ ލިޔުން (ބޭންކަކުން ނުވަތަ މާލީ އިދާރާއަކުން ދޫކުރާ، މާލީ ހާލަތު ބަޔާންކޮށްދޭ ލިޔުން)އާއި، ކައުންސިލުތަކުން ގުޅިގެން ހުށަހަޅައި ތަފްޞީލީ ރިޕޯޓެއްނަމަ، ޖަދުވަލު 3 ގައި ބަޔާންކޮށްފައިވާ ކަންކަން ހިމެނޭނެހެން، ރަށުގައި ކުރަން ހުށަހަޅައި މަސައްކަތެއް ކުރުމަށް ކައުންސިލުތަކުގެ މެދުގައި ވެވޭ އެއްބަސްވުމާއި، ކައުންސިލް ނިސްބަތްވާ ރަށުގެ ފާސްކޮށްފައިވާ ލޭންޑް ޔޫސް ޕްލޭނާއި، ލޭންޑް ޔޫސް ޕްލޭން ފާސްނުކުރާ ރަށްރަށުގެ ބިމުގެ ޙާލަތު ބަޔާންކޮށްފައިވާ ލިޔުން ހިމަން ޖެހެއެވެ.

އިއްޔެ ބޭއްވުނު މި ތަމްރީން ޕްރޮގްރާމުގައި އަތޮޅު ކައުންސިލުތަކާއި، ރަށު ކައުންސިލުތަކުގެ އިސްވެރިންގެ އިތުރުން ވަޒީރު އާދަމް ޝަރީފު ޢުމަރު ބައިވެރިވެވަޑައިގެންނެވިއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ގްރޫޕް އީ އަދި އެފްގެ ކުރިމަތިލުންތައް: އަށް ގައުމެއްގެ ވޯލްޑް ކަޕްގެ ދަތުރު މިއަދު ފެށެނީ
ގްރޫޕް އީ އަދި އެފްގެ ކުރިމަތިލުންތައް: އަށް ގައުމެއްގެ ވޯލްޑް ކަޕްގެ ދަތުރު މިއަދު ފެށެނީ
2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގެ ފޯރިގަދަ މެޗުތަކެއް މިއަދު ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ގްރޫޕް އީ އަދި ގްރޫޕް އެފް ގެ މެޗުތައް މިއަދު ކުރިއަށްދާއިރު، ދުނިޔޭގެ ފުޓްބޯޅައިގެ ބޮޑެތި ބާރުތަކަކުން މުބާރާތުގެ ފުރަތަމަ މެޗުތަކަށް މިއަދު ނުކުންނާނެއެވެ.
ކުޅިވަރު 14 Jun 2026
ގދ. ތިނަދޫ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފުރަތަމަ ފަހަރަށް ކާމިޔާބު އަންހެނުންގެ ޚާއްޞަ ސާޖަރީއެއް ހަދައިފި
ގދ. ތިނަދޫ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފުރަތަމަ ފަހަރަށް ކާމިޔާބު އަންހެނުންގެ ޚާއްޞަ ސާޖަރީއެއް ހަދައިފި
ގދ. ތިނަދޫ ސިޓީގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި، އަންހެނުންގެ ބަލިތަކާ ގުޅޭ ޚާއްޞަ ސާޖަރީއެއް ފުރަތަމަ ފަހަރަށް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
ޚަބަރު 14 Jun 2026
ލޭ ހަދިޔާކުރާ ފަރާތްތަކުން ވަނީ ފުރާނަ ސަލާމަތްކުރުމުގައި އަގުނުކުރެވޭފަދަ ޚިދުމަތެއް ކޮށްދީފައި: ރައީސް މުޢިއްޒު
ލޭ ހަދިޔާކުރާ ފަރާތްތަކުން ވަނީ ފުރާނަ ސަލާމަތްކުރުމުގައި އަގުނުކުރެވޭފަދަ ޚިދުމަތެއް ކޮށްދީފައި: ރައީސް މުޢިއްޒު
ދުނިޔޭގެ ލޭ ހަދިޔާކުރާ މީހުންގެ ދުވަހުގެ މުނާސަބަތުގައި، އެއްވެސް ބަދަލަކާ ނުލައި ދީލަތިކަމާއެކު ލޭ ހަދިޔާކުރާ ފަރާތްތަކުން ކުރާ އަގުނުކުރެވޭފަދަ ޚިދުމަތްތަކުގެ އަގު ވަޒަންކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ޚާއްޞަ މެސެޖެއް ދެއްވައިފިއެވެ.
ޚަބަރު 14 Jun 2026
އޮސްޓްރޭލިއާއިން ތުރުކީ ސިއްސުވާލުމަށްފަހު، 2-0 އިން ކުރި ހޯދައިފި
އޮސްޓްރޭލިއާއިން ތުރުކީ ސިއްސުވާލުމަށްފަހު، 2-0 އިން ކުރި ހޯދައިފި
ވޯލްޑް ކަޕް ގްރޫޕް 'ޑީ' ގައި ރޭ ކުޅުނު ފޯރިގަދަ މެޗުގައި، ހީކުރި ގޮތާ ޚިލާފަށް އޮސްޓްރޭލިއާއިން 2-0 ގެ ނަތީޖާއަކުން ތުރުކީ ބަލިކޮށް މުބާރާތުގެ ފެށުން ވަރަށް ވަރުގަދަކޮށްފިއެވެ.
ކުޅިވަރު 14 Jun 2026