ޔަމަހާ މިސްޓަރ ޕޮލިސް ސްޕޯޓްސް ފިޒީކް ޗެމްޕިއަންޝިޕް އޮކްޓޯބަރު މަހު ބާއްވަނީ

ޔަމަހާ މިސްޓަރ ޕޮލިސް ސްޕޯޓްސް ފިޒީކް ޗެމްޕިއަންޝިޕް އޮކްޓޯބަރު މަހު ބާއްވަނީ

ހ ހަޅަ
ޚަބަރު 18 Aug 2024

ޕޮލިސް ކުލަބުން އިންތިޒާމްކޮށްގެން ދިވެހި ފުލުހުންގެ ޚިދުމަތުގެ އެކި ޑިޕާޓްމަންޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ހުޅުވާލައިގެން ބާއްވާ “މިސްޓަރ ޕޮލިސް 2024-  މެންސް ސްޕޯޓްސް ފިޒީކް ޗެމްޕިއަންޝިޕް”  އަންނަ އޮކްޓޯބަރު މަހުގެ ފެށުމަށްވަނީ ހަމަޖެހިފައެވެ. 

ފުލުހުންގެ މުއައްސަސާގައި މަސައްކަތްކުރާ މުވައްޒަފުންގެ މެދުގައި އެކުވެރިކަން އާލާކޮށް ކުޅިވަރުގެ ރޫހު ދިރުވައި، ދިވެހި ފުލުހުންނަކީ ދުޅަހެޔޮ ސިއްހަތެއްގައި ތިބ ބައެއްގެ ގޮތުގައި ދެމެހެއްޓުމުގެ އިތުރުން ފިޓްނަސް އަށް އަހުލުވެރި ކުރުމުގެ މަގުސަތުގައި ބާއްވާ މި މުބާރާތުގައި ދިވެހި ފުލުހުންގެ ޚިދުމަތުގައި މަސައްކަތްކުރާ ފިރިހެން މުވައްޒަފުންނަށް ބައިވެރިވުމުގެ ފުރުސަތުވަނީ ހުޅުވާލާފާއެވެ. 

އޮކްޓޯބަރު 18 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތް ކުރިއަށް ގެންދަނީ ހަތަރު ކެޓަގަރީއަކަށެވެ. އެއީ މެންސް ސްޕޯޓް ފިޒީކް CM 170 TO UP އާއި   މެންސް ސްޕޯޓް ފިޒީކް CM 175 TO UP އާއި މެންސް ސްޕޯޓް ފިޒީކް CM 180 TO UP ގެ އިތުރުން މެންސް ސްޕޯޓް ފިޒީކް CM 180 OVER އެވެ. 

މި މުބާރާތުގައި ފަޑިޔާރުކަން ކުރާގޮތަށް ހަމަޖެހިފައިވަނީ މޯލްޑިވްސް ބޮޑީ ބިލްޑިންގ އެސޯސިއޭޝަންގެ ޑަބްލިއު.ބީ.ޕީ.އެފް.އޭ އަދި އޭ.ބީ.ބީ.އެފް.އޭ ގެ ސެޓިފައިޑް ފަޑިޔާރުންނެވެ. 

މިސްޓަރ ޕޮލިސް މެންސް ސްޕޯޓްސް ފިޒީކް ޗެމްޕިއަންޝިޕްގައި ހަތަރު ކެޓަގަރީންވެސް އެއްވަނަ، ދެވަނަ އަދި ތިން ވަނައިގެ އިތުރުން މުޅި މުބާރާތުގެ އޯވަރޯލް ވިނަރ ހޮވުމަށްވަނީ ހަމަޖެހިފައެވެ. މި މުބާރާތް ކާމިޔާބުކުރާ މުވައްޒަފަށް މުބާރާތުގެ މެއިން ސްޕޮންސަރކަމަށްވާ އެލިއާ އިން ހުށަހަޅާފައިވާ އެންމެކްސް 155 ގެ ސައިކަލެއް ދިނުމަށްވަނީ ހަމަޖެހިފައެވެ.

 މިސްޓަރ ޕޮލިސް ސްޕޯޓްސް ފިޒީކް ޗެމްޕިއަންޝިޕްގެ ޓައިޓްލް ސްޕޮންސަރަކީ އެލިއާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްއެވެ. ދެން ސްޕޮންސަރުންގެ ތެރޭގައި ހިމެނެނީ އެމްއެޗްއޭ، އޮބިއޮން، އޮފިޝަލް އިވެންޓްސްއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުން – ހިދާޔަތުގެ މަތިވެރި ނޫރުން ދިއްލުނު ޤަރުނުތައް
ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުން – ހިދާޔަތުގެ މަތިވެރި ނޫރުން ދިއްލުނު ޤަރުނުތައް
ދިވެހިރާއްޖޭގެ ދިގު ތާރީޚުގައި ފެންނަން އޮތް އެންމެ މަތިވެރި، އެންމެ ބާއްޖަވެރި އަދި މުޅި ޤައުމުގެ މިސްރާބު ބަދަލުކޮށްލި ތާރީޚީ ހާދިސާއަކީ ދިވެހިން އިސްލާމްދީނުގެ ހިދާޔަތް ޤަބޫލުކުރި ހާދިސާއެވެ. މިއަދު އަޅުގަނޑުމެން މި ގުނަމުންދަނީ އެ މަތިވެރި ނިޢުމަތުގައި ދިވެހި އުންމަތް ވޭތުކުރި ފަޚުރުވެރި 900 އަހަރުގެ މުއްދަތެވެ. މި ދިގު މާޒީއަކީ އެއްބައިވަންތަކަމާއި، ޙަޟާރަތާއި، ދިވެހިވަންތަކަމުގެ މައިބަދަ ބައްޓަންވެގެން ދިޔަ އަގުހުރި ދައުރެކެވެ.
ޚަބަރު 13 Sep 2026
ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގެ ގޮތުގައި 9 ޤަރުނު ހޭދަކުރުމަކީ ރާއްޖެއަށް ލިބުނު ބޮޑު ފަޚުރެއް: މެޑަމް ސާޖިދާ
ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގެ ގޮތުގައި 9 ޤަރުނު ހޭދަކުރުމަކީ ރާއްޖެއަށް ލިބުނު ބޮޑު ފަޚުރެއް: މެޑަމް ސާޖިދާ
ދިވެހިރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުޙައްމަދު ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުންނަށް ދުވަހުގެ ތަހުނިޔާ އަރިސްކުރައްވައިފިއެވެ.
ޚަބަރު 13 Sep 2026
ރައީސުލްޖުމްހޫރިއްޔާ "މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރު ކުންފުންޏެއް އުފައްދަވައިފި
ރައީސުލްޖުމްހޫރިއްޔާ "މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރު ކުންފުންޏެއް އުފައްދަވައިފި
މިކުންފުންޏަކީ ދިވެހި ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ދީނީ ކަންކަމަށް ހޭދަކުރުމަށްޓަކައި ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަޤުފުތައް ބިނާކުރުމާއި، އެފަދަ ވަޤުފު ބިނާތައް މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތްތައް ކުރުމަށާއި، ދިވެހިރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިސްކިތްތައް ބިނާކުރުމާއި، އެ މިސްކިތްތައް މަރާމާތުކުރުމާއި އާބާތުރަ ފިލުވުމުގެ އެންމެހައި މަސައްކަތްކުރުމާއި، މިސްކިތްތަކަށް ބޭނުންވާ އެންމެހައި ވަސީލަތްތައް ގާއިމުކޮށް ތަރައްޤީކުރުމުގެ މަސައްކަތާއި، އިސްލާމީ ޝަރީޢަތް ހުއްދަކުރާ ވިޔަފާރީގެ ހަރަކާތްތައް ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމަށް ޓަކައި، އުފެއްދެވި ކުންފުންޏެކެވެ.
ޚަބަރު 12 Sep 2026
ދިވެހި ޤައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބަކީ އިސްލާމްދީންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
ދިވެހި ޤައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބަކީ އިސްލާމްދީންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
އެމަނިކުފާނުގެ މެސެޖުގައި ފާހަގަކުރައްވާފައިވާ ގޮތުގައި، ދިވެހި ޤައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބަކީ މާތްވެގެންވާ އިސްލާމްދީނެވެ. އަދި ތާރީޚުގެ ތެރޭގައި ދިވެހިން ހާސިލުކުރި ކޮންމެ ނަޞްރަކާއި، ޤައުމަށް ލިބުނު ކޮންމެ ތަމައްދުނަކާއި ފާގަތިކަމެއްގެ އަސްލަކީވެސް، މާތްވެގެންވާ އިސްލާމްދީން ކަމުގައި އެމަނިކުފާނު ބަޔާންކުރައްވާފައިވެއެވެ.
ޚަބަރު 12 Sep 2026