ޔޫއެން އަށް މާނަހުރި އިޞްލާޙުތައް ގެނައުމަށާއި ހަމަހަމަ ތަމްސީލުވުމަށް ވަކާލާތުކުރުމުގައި ދިވެހިރާއްޖެއިން ދެމިއޮންނާނެ: ރައީސް

ހ ހަޅަ
ޚަބަރު 22 Sep 2026

އެކުވެރި ދައުލަތްތަކުގެ ޖަމުޢިއްޔާ (އދ.) އަށް މާނަހުރި އިޞްލާޙުތައް ގެނައުމަށާއި އެ ޖަމުޢިއްޔާގެ ތެރޭގައި އެންމެހާ ޤައުމުތަކަށް ހަމަހަމަ ތަމްސީލުވުން ލިބިދިނުމަށް ވަކާލާތުކުރުމުގައި ދިވެހިރާއްޖެއިން ދެމިއޮންނާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، ދިވެހިރާއްޖެ އދ. ގެ މެންބަރަކަށް ވިތާ 61 އަހަރު ފުރުމުގެ މުނާސަބަތުގައި ފޮނުއްވި ޚާއްޞަ މެސެޖުގައެވެ. އދ. ގެ މެންބަރުކަން ދިވެހިރާއްޖެއަށް ލިބިފައިވަނީ، 21 ސެޕްޓެމްބަރު 1965 ގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުން (ސިޑްސް) އިސްކަންދޭ ކަންކަން ކުރިއެރުވުމަށާއި، ހަމަހަމަ ބައިވެރިންގެ ގޮތުގައި އެ ޤައުމުތަކުގެ މާނަހުރި ބައިވެރިވުން ކަށަވަރުކުރުމަށް ރާއްޖެއިން މަސައްކަތްކުރާނެ ކަމުގައިވެސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ދެމެހެއްޓެނިވި ތަރައްޤީ ކުރިއެރުވުމަށާއި، ހަމަހަމަ އަދި މޫސުމީ ވިލުންތެރިކަން ލިބިފައިވާ ބައިނަލްއަގުވާމީ އިޤްތިޞާދެއް ބިނާކުރުމުގައި ސިޑްސްގެ ޤައުމުތަކުގެ އަޑު މާނަހުރި ގޮތެއްގައި އިއްވުމަށްޓަކައި، އދ. އާއެކު އޮތް ގާތް ގުޅުން ރާއްޖެއިން ކުރިއަށްގެންދާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ. މޫސުމީ ވިލުންތެރިކަމަށް ވަކާލާތުކުރުމާއި، ދަރަންޏަށް ދެމެހެއްޓެނިވި ޙައްލުތައް ހޯދައި ދަރަނީގެ ދެމެހެއްޓެނިވިކަން ކަށަވަރުކުރުމާއި، މޫސުމަށް ހޭނުމަށް ބޭނުންވާ ފައިސާ ހިމެނޭހެން އެކަށީގެންވާ އަދި ލުއި މާލީ އެހީތެރިކަން ހޯދުމުގެ ފުރުޞަތުތައް ފަހިކުރުމަށާއި، ސިޑްސްގެ ޤައުމުތަކުގެ ޤާބިލުކަން އިތުރުކުރުމަށް ފުރުޞަތުތައް ފަހިކޮށްދިނުމަށް ރާއްޖެއިން މެދުކެނޑުމެއްނެތި ވަކާލާތުކުރަމުން ގެންދާނެކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އދ. ގެ މެންބަރެއްގެ ގޮތުގައި ދިވެހިރާއްޖެއިން ހޭދަކުރި 60 އަހަރަށްވުރެ ދިގު މާޒީގެ މައްޗަށް އަލިއަޅުއްވާލައްވަމުން، ރައީސުލްޖުމްހޫރިއްޔާ ވަނީ އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ ލިސްޓުން އަރައިގަތުމަށް ދިވެހިރާއްޖެއިން ކުރި މަސައްކަތް ހިމެނޭހެން، ދިވެހިރާއްޖޭގެ ތަރައްޤީއަށް އެ ޖަމުޢިއްޔާއިން ވެދެއްވާފައިވާ އެހީތެރިކަން ފާހަގަކުރައްވާފައެވެ. އަދި 2040 ވަނަ އަހަރުގެ ނިޔަލަށް ދިވެހިރާއްޖެއަކީ ފުރިހަމައަށް ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަށް ކުރަމުންދާ އުންމީދީ ޤައުމީ މަސައްކަތުގައި ވެސް މި ބައިވެރިވުން މުހިންމު ދައުރެއް އަދާކުރާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، އދ. ގެ ނިޒާމުގެ ތެރޭގައި ދިވެހިރާއްޖޭގެ ދައުރާއި ލީޑަރޝިޕް ފުޅާވަމުން އަންނަކަން ފާހަގަކުރައްވައި، އދ. ގެ ޢާންމު މަޖިލީހާއި އިންސާނީ ޙައްޤުތަކާ ބެހޭ މަޖިލީހުގެ ނައިބު ރައީސްކަން މީގެ ކުރިން ރާއްޖެއިން އަދާކޮށްފައިވާ ކަމާއި، ކޮމިޝަން އޮން ދަ ސްޓޭޓަސް އޮފް ވިމެން އަދި އިކޮނޮމިކް އެންޑް ސޯޝަލް ކައުންސިލްގެ މެންބަރުކަން ރާއްޖެއިން އަދާ ކުރަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ހަމައެއާއެކު، އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހަށާއި އދ. ގެ ސަލާމަތީ މަޖިލީހުގެ މެންބަރުކަމަށް ރާއްޖެއިން ވާދަކުރަމުންދާކަންވެސް އެމަނިކުފާނު ހާމަކުރެއްވިއެވެ.

ބައިނަލްއަޤްވާމީ ޤާނޫނުތަކަށާއި އދ. ގެ ޗާޓަރަށް ދިވެހިރާއްޖެއިން ދޭ އަހަންމިއްޔަތުކަން އަލުން ކަށަވަރުކޮށްދެއްވަމުން، ރައީސުލްޖުމްހޫރިއްޔާ ވަނީ ބައިނަލްއަޤްވާމީ މުޖުތަމަޢަށް ކުރިމަތިވަމުންދާ ގޮންޖެހުންބޮޑު މައްސަލަތަކަށް ޙައްލު ހޯދުމުގައި ޑިޕްލޮމެސީއާއި، މަޝްވަރާއާއި، އެންމެންގެ ބައިވެރިވުން ހިމެނޭ ގިނަ ފަރާތްތައް އެކުލެވޭ ބައިނަލްއަޤްވާމީ ނިޒާމެއްގެ މުހިންމުކަމުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ އަލިއަޅުއްވާލެއްވިއެވެ.

މެސެޖު ނިންމަވާލައްވަމުން، އދ. ގެ ތެރޭގައި ދިވެހިރާއްޖޭގެ ދައުރު ބަދަލުވަމުން އައިސްފައިވާ ގޮތުގެ މައްޗަށް އަލިއަޅުއްވާލައްވައި، 1965 ގައި ރާއްޖެއިން އދ. އާ ގުޅުނީ ބައިނަލްއަޤްވާމީ ދުނިޔޭގެ ބަލައިގަތުމާއި ބައިވެރިވުން ހޯދުމަށް ކަމަށް ވިޔަސް، މިއަދު ރާއްޖެ އޮތީ އެ ޖަމުޢިއްޔާ ބައްޓަންކުރުމުގައާއި، ތަރައްޤީގައި އެއްވެސް މީހަކު ބާކީނުވާ ފަދަ ވިލުންތެރި މުސްތަޤްބަލެއް ބިނާކުރުމަށް އެންމެ އިސް ސަފުގައި ބޮޑެތި ޒިންމާތައް އުފުލުމަށް ފުރިހަމައަށް ތައްޔާރަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ވިމެން އިން ޕޮލިސިންގ ޑޭ ގެ ޚާއްސަ ފޯރަމް ބާއްވައިފި
ވިމެން އިން ޕޮލިސިންގ ޑޭ ގެ ޚާއްސަ ފޯރަމް ބާއްވައިފި
މި ފޯރަމްގެ ތެރެއިން، ވަޒީރު ޢަލީ އިހުސާންގެ ޚާއްސާ މޯޓިވޭޝަނަލް ސެޝަނެއް ކުރިއަށް ގެންގޮސްފައިވެއެވެ. މި ސެޝަންގައި، ފުލުހުންގެ މުއައްސަސާގައި އަންހެނުން އަދާކުރާ މުހިންމު ދައުރަށް އަލިއަޅުވާލައްވައި، އަންހެން މުވައްޒަފުން ކުރިއެރުވުމަށް ވަޒީރު ގެންގުޅުއްވާ ތަސައްވުރު ހިއްސާކުރެއްވިއެވެ.
ޚަބަރު 23 Sep 2026
ހަގީގީ ލީޑަރުންނަކީ ތިމާ ވަށައިގެން ތިބި މީހުންނަށް ނަމޫނާ ދައްކާ ހިއްވަރު ގަދަ ބައެއް: އިޙްސާން
ހަގީގީ ލީޑަރުންނަކީ ތިމާ ވަށައިގެން ތިބި މީހުންނަށް ނަމޫނާ ދައްކާ ހިއްވަރު ގަދަ ބައެއް: އިޙްސާން
ވިމެން އިން ޕޮލިސިންގ ޑޭ ފާހަގަކުރުމަށް ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން، މާލެ ސަރަހައްދުގެ އަންހެން މުވައްޒަފުންނަށް ހާއްސަކޮށްގެން ކުރިއަށްގެންދިޔަ ފޯރަމުގައި ވާހަކަ ދައްކަވަމުން ވަޒީރު ވަނީ ހަޤީޤީ ލީޑަރުންނަކީ ތިމާވަށައިގެން ތިބި މީހުންނަށް ނަމޫނާ ދައްކާ ހިއްވަރު ގަދަ ބައެއްކަން ފާހަގަކުރައްވާ އަދި އެފަދަ ބަޔަކަށް ދިވެހި ފުލުހުންގެ ޚިދުމަތުގައި މަސައްކަތް ކުރާ އަންހެނުން މަސައްކަތް ކުރުމަށް އަންހެން ފުލުހުންނަށް ގޮވާލައްވާފައެވެ.
ޚަބަރު 23 Sep 2026
ޖަލުތަކަށް މިހާތަނަށް 400 އެއްހާ ޖާގަ އިތުރުކުރެވިއްޖެ: ސީޕީ ޒަރީރު
ޖަލުތަކަށް މިހާތަނަށް 400 އެއްހާ ޖާގަ އިތުރުކުރެވިއްޖެ: ސީޕީ ޒަރީރު
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ހިންގި "އިންޑަކްޝަން ޓްރޭނިންގ ޕްރޮގްރާމް"ގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޒަރީރު ވަނީ ޖަލުތަކުގައި ޖާގަ އިތުރުކުރަމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން 400 އެއްހާ ޖާގަ އިތުރުކުރެވިފައިވާ ކަމަށާއި އަދި ކައިރި މުސްތަޤްބަލެއްގައި 300އަށް ވުރެ ގިނަ ޖާގަ އިތުރު ނުކުރެއްވިއްޖެނަމަ ދަތިތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ވިދާޅުވެފައެވެ.
ޚަބަރު 23 Sep 2026
ދައުލަތުގެ އެއްވެސް ފައިނޭންޝަލް ކޮމިޓްމަންޓެއް ނެތި ހުޅުމާލޭގައި ހިލޭ 5،000 ހައުސިންގ ޔުނިޓް އަޅައިދެނީ: މާލީ ވަޒީރު
ދައުލަތުގެ އެއްވެސް ފައިނޭންޝަލް ކޮމިޓްމަންޓެއް ނެތި ހުޅުމާލޭގައި ހިލޭ 5،000 ހައުސިންގ ޔުނިޓް އަޅައިދެނީ: މާލީ ވަޒީރު
ރަސްމާލެ ޕްރޮޖެކްޓުގެ އިނިޝިއަލް ކޮމިޓްމަންޓްގެ ގޮތުގައި 500 މިލިއަން ޑޮލަރުގެ ހައުސިންގ ދިވެހި ސަރުކާރުގެ އެއްވެސް ފައިނޭންޝަލް ކޮމިޓްމަންޓެއް ނެތި، ދިވެހި ރައްޔިތުންނަށް އެކި ފެންވަރުގައި ބޭނުންކުރެވޭނެ ގޮތަށް އީގަލް ހިލްސްއިން ތަރައްޤީކޮށްދޭނެ ކަމަށެވެ. އެގޮތުން، ސަރުކާރުން ހުޅުމާލޭގައި ކަނޑައަޅާ ތަނެއްގައި 5،000 ހައުސިންގ ޔުނިޓް އީގަލް ހިލްސްއިން ތަރައްޤީކޮށްދޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ޚަބަރު 23 Sep 2026