ޙަސަން ނަޞްރުﷲގެ ފަހުން ޙިޒްބުﷲގެ ވެރިކަމަށް އަންނާނީ ކާކު؟

ޙަސަން ނަޞްރުﷲގެ ފަހުން ޙިޒްބުﷲގެ ވެރިކަމަށް އަންނާނީ ކާކު؟

ހ ހަޅަ
ރިޕޯޓް 29 Sep 2024

ޙިޒްބުﷲގެ ސެކްރެޓަރީ ޖެނެރަލް ޙަސަން ނަޞްރުﷲ އަވަހާރަކޮށްލުމާއެކު، މަސްތަކެއްގެ ތެރޭގައި އިސްރާއީލުން ކުރި ޣައްދާރު ޙަމަލާތަކުގެ ސަބަބުން ވެރިންގެ ބޮޑު ބައެއް ގެއްލިފައިވާ ޙަރަކާތެއްގެ ތެރޭގައި ހުސްކަމެއް އުފެދިއްޖެއެވެ.

ނަމަވެސް ހުކުރު ދުވަހުގެ ރޭ ބެއިރޫޓުގެ ދެކުނަށް އިސްރާއީލުން ދިން ބޮޑު ޙަމަލާއެއްގައި ނަޞްރުﷲ މަރުވުމަކީ ހަމައެކަނި އިސްވެރިއެއް ގެއްލުން ނޫނެވެ. އޭނާއަކީ އެ ޙަރަކާތުގެ ތާއީދުކުރާ މީހުންނާއި މުޅި ސަރަޙައްދުގެ ނަޒަރުގައި ލުބުނާނުގެ ޝީޢާ ޙަރަކާތް ތަމްސީލުކުރި މީހާއެވެ.

ނަޞްރުﷲ ވަނީ 1992 ގައި 30 އަހަރުގެ އުމުރުގައި ޙިޒްބުﷲގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް އައިސް، އެ ޙަރަކާތް ވުޖޫދުގައި އޮތް ގިނަ ދުވަސްތަކުގައި އެ ޙަރަކާތް ވަނީ ވެރިކަން ކޮށްފައެވެ. އިސްރާއީލުގެ ޙަމަލާތައް ކުރިއަށްދާއިރު އަދި ލުބުނާނުގެ ދެކުނަށް އެޅިދާނެ ސިފައިންގެ ފައިމަގު ޙަމަލާއަކަށް ތައްޔާރުވާއިރު، ޙިޒްބުﷲއަށް އެފަދަ ދަރަޖައެއްގެ ބަދަލު މީހަކު ހޯދުމަކީ އުނދަގޫ ކަމަކަށް ވާނެއެވެ.

ނަމަވެސް، ނަޞްރުﷲގެ ޖާގައަށް އަންނާނެ ކަމަށް ބެލެވޭ ދެ އިސް ފަރާތެއް ވެއެވެ. އެއީ ހާޝިމް ޞަފިއްއުއްދީނާއި ނަޢީމް ޤާސިމްއެވެ. މި ދެ މީހުންނާ ބެހޭ ގޮތުން ތިޔަ ބޭފުޅުން އެނގެން ޖެހޭ މަޢުލޫމާތު ތިރީގައި މިވަނީއެވެ.

ހާޝިމް ސަފީއުއްދީން

ހިޒްބުއްލާގެ އެގްޒެކެޓިވް ކައުންސިލްގެ އިސްވެރިޔާ އަދި ނަސްރުއްލާގެ ކޮއްކޮޮ ކަމަށްވާ ސަފީއުއްދީނަކީ، ޙަރަކާތުގެ ދެން އަންނާނެ ސެކްރެޓަރީ ޖެނެރަލް ކަމަށް ވުމަށް އެންމެ ގާތް މީހާ ކަމަށް ފުޅާ ދާއިރާއެއްގައި ޤަބޫލުކުރެވެއެވެ.

1964 ގައި ޓަޔަރ ކައިރީގައިވާ ދެއިރު ޤާނޫން އެން-ނަހްރު ނަމަކަށް ކިޔާ ދެކުނުގެ ރަށެއްގައި އުފަން ސަފީއުއްދީން، ޝިއާ މުސްލިމުންގެ ދީނީ ތަޢުލީމުގެ މައި ދެ މަރުކަޒު ކަމަށްވާ އިރާޤުގެ ނަޖަފް އަދި އީރާނުގެ ޤުމް ގައި ނަސްރުއްލާއާ އެކު ދީނީ ތަޢުލީމު ޙާޞިލުކުރިއެވެ. މި ދެމީހުންވެސް ހިޒްބުއްލާގެ ފެށުމުގެ ދުވަސްވަރު އެ ޖަމާޢަތާ ގުޅުނެވެ.

ހިޒްބުﷲގެ
ހިޒްބުﷲގެ އެގްޒެކެޓިވް ކައުންސިލްގެ ވެރިޔާ ހާޝިމް ސަފިއެއްދީން (ކަނާތްފަރާތުގައި) އަކީ މަރުޙޫމް ޙަސަން ނަޞްރުﷲގެ ކޮއްކޮއެވެ. އަދި އޭނާއަކީ މި ޙަރަކާތުގެ ވެރިޔާގެ ގޮތުގައި ވާރުތަވެދާނެ ވަރުގަދަ ކެންޑިޑޭޓެކެވެ. (ފައިލް ފޮޓޯ: މުޙައްމަދު އަޒާކިރު/ރޮއިޓަރސް)

ސަފީއުއްދީންއަކީ ދީނީ ޢިލްމުވެރިންނާއި ލުބުނާނުގެ ޕާލިމެންޓް މެންބަރުން އުފެދިފައިވާ ޝިއާ އާއިލާއަކުން އައި މީހެކެވެ. އޭނާގެ އަޚް އަބްދުއްލާ އަކީ އީރާނުގައި ހިޒްބުއްލާގެ މަންދޫބެވެ. ސަފީއުއްދީންގެ އަމިއްލަ ގުޅުންތަކެއްވެސް އީރާނާ އެކު ވެއެވެ. އޭނާގެ ދަރިފުޅު ރިޟާ، 2020 ގައި އެމެރިކާގެ ހަމަލާއެއްގައި މަރުވި އީރާނުގެ އިސް ޖެނެރަލް ޤާސިމް ސުލައިމާނީގެ ދަރިފުޅާ ކައިވެނިކޮށްގެން އުޅެއެވެ.

އެގްޒެކެޓިވް ކައުންސިލް އިސްކޮށް ހިންގުމުގެ ދައުރުގެ އިތުރުން، ސަފީއުއްދީނަކީ ޖަމާޢަތުގެ ޝޫރާ ކައުންސިލްގެ މުހިންމު މެންބަރެއް އަދި ޖިހާދީ ކައުންސިލްގެ އިސްވެރިޔާވެސް މެއެވެ. މި މުހިންމުކަމުގެ ސަބަބުން އޭނާއަކީ ހިޒްބުއްލާގެ ބޭރުގެ އަދާވާތްތެރިންގެ ދުޝްމަނަކަށް ވެފައިވެއެވެ. އެމެރިކާ އާއި ސަޢޫދީ ޢަރަބިއްޔާ ވަނީ ސަފީއުއްދީން ޓެރަރިސްޓެއްގެ ގޮތުގައި ކަނޑައަޅައި، އޭނާގެ މުދާ ހިފަހައްޓާފައެވެ.

ނައީމް ޤާސިމް

71 އަހަރުގެ މި ބޭފުޅާއަކީ ހިޒްބުﷲގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލްއެވެ. އަދި ގިނަ ފަހަރު މި ޖަމާޢަތުގެ ނަންބަރު ދޭއް ގެ ގޮތުގައި މުޚާތަބުކުރެވެއެވެ.

އޭނާ އުފަންވެފައިވަނީ ނަބަތިއްޔާ ގަވަރނޯރޭޓްގެ ކަފަރް ކިލާގައެވެ. މިއީ ލުބުނާނުގެ ދެކުނުގައި އޮންނަ ރަށެކެވެ. މި ރަށަކީ އިޒްރޭލުގެ ގިނަ ހަމަލާތަކަށް ހުށަހެޅިފައިވާ ރަށެކެވެ. ޚާއްޞަކޮށް ފާއިތުވި އޮކްޓޯބަރު މަހުން ފެށިގެންނެވެ.

ޤާސިމްއަކީ ޝިޔާ ސިޔާސީ އެކްޓިވިޒަމްގައި ދިގު ތާރީޚެއް އޮތް ބޭފުޅެކެވެ. 1970 ގެ އަހަރުތަކުގައި އޭނާ ބައިވެރިވެފައިވަނީ މަރުޙޫމް އިމާމް މޫސާ އައް-ސަދުރުގެ މޫވްމަންޓް އޮފް ދަ ޑިސްޕޮސެސްޑްގައެވެ. މިއީ ފަހުން އަމަލް މޫވްމަންޓްގެ ބައެއް ކަމުގައި ވެގެން ދިޔަ ޖަމާޢަތެކެވެ. އަމަލް މޫވްމަންޓަކީ ލުބުނާނުގެ ޝިޔާ ޖަމާޢަތެކެވެ. އޭނާ ފަހުން އަމަލް ދޫކޮށް 1980 ގެ އަހަރުތަކުގެ ކުރީކޮޅު ހިޒްބުﷲ އުފެއްދުމުގައި އެހީތެރިވެފައިވެއެވެ. އަދި މި ޖަމާޢަތުގެ އަސާސީ ދީނީ ޢިލްމުވެރިންގެ ތެރެއިން ބޭފުޅަކަށް ވެގެން ދިޔައެވެ.

ހިޒްބުﷲގެ
ހިޒްބުﷲގެ ޑެޕިއުޓީ ލީޑަރު ނައީމް ޤާސިމްއަކީ 1970 ގެ އަހަރުތަކުން ފެށިގެން ލުބުނާނުގެ ޝިޔާ ސިޔާސީ އެކްްޓިވިޒަމްގެ އިސް ބޭފުޅެކެވެ. (ފައިލް ފޮޓޯ: މުޙައްމަދު އަޒާކިރު/ރޮއިޓަރސް)

ޤާސިމްގެ ދީނީ އުސްތާޛުންގެ ތެރޭގައި ހިމެނޭ އެއް ބޭފުޅަކީ ވަރަށް އިޙްތިރާމް ލިބިވަޑައިގެންފައިވާ އާޔަތުﷲ މުޙައްމަދު ޙުސައިން ފަދުﷲއެވެ. އަދި ޤާސިމް އަމިއްލައަށްވެސް ބައިރޫތުގައި އެތައް ދުވަހެއްގައި ދީނީ ކްލާސްތައް ނަންގަވާފައިވެއެވެ.

ހިޒްބުﷲ ފަދަ ސިއްރު ޖަމާޢަތެއްގެ ސަބަބުން އޭނާގެ ހުރިހާ މަޤާމުތަކަކީ ޢާންމުކޮށް އެނގޭ ކަންތައްތަކެއް ނޫނެވެ. ނަމަވެސް، އެއް ވަގުތެއްގައި އޭނާ ބަލަހައްޓަވާފައިވަނީ ހިޒްބުﷲގެ ތަޢުލީމީ ވިއުގައިގެ ބައެކެވެ. އަދި މީގެ އިތުރުން އޭނާ ޖަމާޢަތުގެ ޕާލިމެންޓަރީ ޙަރަކާތްތައް ބެލެހެއްޓެވުމުގައިވެސް ޝާމިލްވެވަޑައިގެންފައިވެއެވެ.

ޤާސިމް ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް އިންތިޚާބުވެފައިވަނީ 1991 ގައެވެ. އެއީ އޭރުގެ ސެކްރެޓަރީ ޖެނެރަލް ޢައްބާސް އަލް-މޫސަވީގެ ދަށުންނެވެ. މޫސަވީއަކީވީވެސް އިޒްރޭލުން އަވަހާރަކޮށްލި ބޭފުޅެކެވެ.

އޭނާ ވަނީ އެތައް އަހަރެއްގައި ހިޒްބުﷲގެ މުހިންމު ޢާންމު ދައުރެއް އަދާކުރައްވާފައެވެ. އަދި މީގެ އިތުރުން އޭނާއަކީ ޖަމާޢަތުގެ ޝޫރާ ކައުންސިލްގެ މެންބަރެކެވެ.

އޭނާ މަޝްހޫރުވެފައިވަނީ 2005 ގައި ހިޒްބުﷲ، ދަ ސްޓޯރީ ފްރޮމް ވިދިން މި ނަމުގައި ފޮތެއް ޝާއިޢުކުރެއްވުމުންނެވެ. މި ފޮތް ވަނީ އެތައް ބަހަކަށް ތަރުޖަމާކުރެވިފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ރައީސުލްޖުމްހޫރިއްޔާ "މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރު ކުންފުންޏެއް އުފައްދަވައިފި
ރައީސުލްޖުމްހޫރިއްޔާ "މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރު ކުންފުންޏެއް އުފައްދަވައިފި
މިކުންފުންޏަކީ ދިވެހި ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ދީނީ ކަންކަމަށް ހޭދަކުރުމަށްޓަކައި ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަޤުފުތައް ބިނާކުރުމާއި، އެފަދަ ވަޤުފު ބިނާތައް މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތްތައް ކުރުމަށާއި، ދިވެހިރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިސްކިތްތައް ބިނާކުރުމާއި، އެ މިސްކިތްތައް މަރާމާތުކުރުމާއި އާބާތުރަ ފިލުވުމުގެ އެންމެހައި މަސައްކަތްކުރުމާއި، މިސްކިތްތަކަށް ބޭނުންވާ އެންމެހައި ވަސީލަތްތައް ގާއިމުކޮށް ތަރައްޤީކުރުމުގެ މަސައްކަތާއި، އިސްލާމީ ޝަރީޢަތް ހުއްދަކުރާ ވިޔަފާރީގެ ހަރަކާތްތައް ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމަށް ޓަކައި، އުފެއްދެވި ކުންފުންޏެކެވެ.
ޚަބަރު 12 Sep 2026
ދިވެހި ޤައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބަކީ އިސްލާމްދީންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
ދިވެހި ޤައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބަކީ އިސްލާމްދީންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
އެމަނިކުފާނުގެ މެސެޖުގައި ފާހަގަކުރައްވާފައިވާ ގޮތުގައި، ދިވެހި ޤައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބަކީ މާތްވެގެންވާ އިސްލާމްދީނެވެ. އަދި ތާރީޚުގެ ތެރޭގައި ދިވެހިން ހާސިލުކުރި ކޮންމެ ނަޞްރަކާއި، ޤައުމަށް ލިބުނު ކޮންމެ ތަމައްދުނަކާއި ފާގަތިކަމެއްގެ އަސްލަކީވެސް، މާތްވެގެންވާ އިސްލާމްދީން ކަމުގައި އެމަނިކުފާނު ބަޔާންކުރައްވާފައިވެއެވެ.
ޚަބަރު 12 Sep 2026
ޤައުމަށް އޮތް އެންމެ ރައްކާތެރި އައްޑަނައަކީ ސައްތަ އިންސައްތަ އިސްލާމީ ދައުލަތެއްގެ ގޮތުގައި ދެމިއޮތުން - ރައީސް
ޤައުމަށް އޮތް އެންމެ ރައްކާތެރި އައްޑަނައަކީ ސައްތަ އިންސައްތަ އިސްލާމީ ދައުލަތެއްގެ ގޮތުގައި ދެމިއޮތުން - ރައީސް
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދިވެހީންގެ ފަރުދީ، އިޖުތިމާޢީ އަދި ޤައުމީ ޙަޔާތަށް އިސްލާމްދީން ގެނެސްދިން ރައްކާތެރިކަމަކީ ދަރީންނަށް ފޯރުވައިދޭންޖެހޭ މުހިންމު ޙަޤީޤަތްތަކެއް ކަމަށެވެ. އިސްލާމީ ޝަރީޢަތުގެ މައިގަނޑު ފަސް މަޤުޞަދުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، ދިވެހީންގެ ފަރުދީ، އިޖުތިމާޢީ އަދި ޤައުމީ ޙަޔާތަށް އިސްލާމްދީން ގެނެސްދިން ރައްކާތެރިކަމުގެ ސަބަބުން ދިވެހި މުޖުތަމަޢަކީ އަމާން، އިތުބާރު ބޮޑު މުޖުތަމަޢަކަށް ބަދަލުވެގެންދިޔަ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ޚަބަރު 12 Sep 2026
ރައީސުލްޖުމްހޫރިއްޔާގެ ދަޢުވަތަކަށް، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ދިވެހިރާއްޖެއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިއްޖެ
ރައީސުލްޖުމްހޫރިއްޔާގެ ދަޢުވަތަކަށް، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ދިވެހިރާއްޖެއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިއްޖެ
މެލޭޝިއާގެ ބޮޑުވަޒީރަށް ރާއްޖެ ވަޑައިގަތުމުގެ މި ދަޢުވަތު އަރުވާފައިވަނީ، 2025 ވަނަ އަހަރުގެ އޭޕްރީލް މަހު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. މިއީ ބޮޑުވަޒީރު އަންވަރު އިބްރާހީމް، މެލޭޝިއާގެ ބޮޑުވަޒީރުކަމުގެ މަޤާމާ 2022 ވަނަ އަހަރުގެ ނޮވެންބަރު މަހު ޙަވާލުވެވަޑައިގަތުމަށްފަހު، ދިވެހިރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.
ޚަބަރު 11 Sep 2026