މާލޭގެ ތޮއްޖެހުން ހައްލުކުރުމަށް ސަރަޙައްދީ ތަރައްޤީގެ މަޝްރޫޢުތައް ރައީސް އިޢުލާނުކުރައްވައިފި

އ އައިމިނަތުު މުޙައްމަދު
ޚަބަރު 19 Jul 2026

މާލޭ ސިޓީއަށް ދިމާވެފައިވާ ތޮއްޖެހުމުގެ ބޮޑު މައްސަލައަށް ދާއިމީ ހައްލެއް ލިބޭނީ ސަރުކާރުން ފަށާފައިވާ ސަރަޙައްދީ ތަރައްޤީގެ މަޝްރޫޢުތައް ފުރިހަމައަށް ތަންފީޒުކޮށް ނިމުމުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ގެނެސްދޭ 'ދަ ޕަލްސް' ޕޮޑްކާސްޓްގެ ހަތަރުވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މާލެ އާދަޔާ ހިލާފަށް ތޮއްޖެހެން މެދުވެރިވި މައިގަނޑު ސަބަބަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުން ރައްޔިތުން މާލެއަށް ހިޖުރަކުރަން ޖެހުމެވެ. މިއީ މީގެ ކުރީގެ ސަރުކާރުތަކުން ގެންގުޅުނު ތަރައްޤީގެ ސިޔާސަތުތަކުގެ ސަބަބުން ކުރިމަތިވެފައިވާ މައްސަލައެއްކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވީ މިކަން އިސްލާހުކުރުމަށްޓަކައި މުޅި ރާއްޖެ ހަތް ޒޯނަކަށް ބަހާލައިގެން ވަރުގަދަ އަރބަން ސެންޓަރުތަކެއް ކުރިއަށް ގެންދަވާނެ ކަމަށެވެ.

"އަޅުގަނޑުމެން މިހާރު މިދަނީ ރާއްޖޭގެ އުތުރުގައި އިންޓެގްރޭޓެޑް ޑިވެލޮޕްމަންޓް ޒޯނެއްގެ މަސައްކަތް ކުރަމުން،" ރައީސް މުޢިއްޒު ފާހަގަކުރެއްވިއެވެ. ރައީސް ވިދާޅުވި ގޮތުގައި، މިގޮތަށް ކަނޑައެޅޭ ހަތް އަރބަން ސެންޓަރުގައި ފެންވަރު ރަނގަޅު ހޮސްޕިޓަލްތަކާއި، ވަޒީފާގެ ފުރުޞަތުތައް ޤާއިމުކުރެވޭނެއެވެ. މީގެ ބޭނުމަކީ ބޯހިޔާވަހިކަމާއި، ވަޒީފާ އަދި ތަޢުލީމު ހޯދުމަށް މާލެއަށް ބަރޯސާވާ މިންވަރު ކުޑަކުރުމެވެ. މިހާރު ރާއްޖޭގެ އާބާދީގެ 40 އިންސައްތަ މާލޭގައި ދިރިއުޅެމުންދާއިރު، މި ނިސްބަތް ދަށްކުރުމަކީ ސަރުކާރުގެ މައިގަނޑު އެއް ސްޓްރެޓެޖީއެވެ.

މީގެ އިތުރުން، މާލޭގެ އިންފްރާސްޓްރަކްޗަރަށް ދިމާވެފައިވާ، ގިނަ ދުވަސްވީ މައްސަލަތައް ހައްލުކުރުމަށްވެސް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން، މާލޭގެ ޕާކިންގ މައްސަލައަށް ހައްލެއް ހޯދުމަށް މަދުވެގެން ދެ ޕާކިންގ އިމާރާތުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށޭނެކަން ރައީސް ކަށަވަރުކޮށްދެއްވިއެވެ. މި މަޝްރޫޢުތަކާ ގުޅޭގޮތުން ރައީސް ވިދާޅުވީ، މިއީ ބޭރުގެ އެހީއަށް ބަރޯސާވެގެން ކުރިއަށްގެންދަން ބޭނުންފުޅުވާ ކަމެއް ނޫން ކަމަށާއި، އެމަނިކުފާނުގެ ވިސްނުންފުޅަކީ އަމިއްލަ ފައިމައްޗަށް ތެދުވެ މިކަންކަން ނިންމުން ކަމަށެވެ.

ހަމައެއާއެކު، ހުޅުމާލޭގައިވެސް މިހާރު ބައެއް ޕާކިންގ އިމާރާތްތަކުގެ މަސައްކަތް ފެށިފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. ސަރުކާރުގެ އަމާޒަކީ މި ހުރިހާ މަސައްކަތްތަކެއްގެ އެހީގައި މާލޭގެ ހަނި މަގުތަކަށް ދިމާވެފައިވާ ތޮއްޖެހުން ކުޑަކޮށް، ރައްޔިތުންނަށް ފަސޭހަ އަދި ދާއިމީ ހައްލެއް ހޯދައިދިނުމެވެ.


ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ޕީއެންސީގެ މެންބަރުންގެ އަދަދު 77،000 އަށް އަރައިފި: މަޖިލިސް މެންބަރުން ތިއްބެވީ ރައީސް މުޢިއްޒުއާއެކު ސާބިތުކަމާއެކު - ފަލާޙް
ޕީއެންސީގެ މެންބަރުންގެ އަދަދު 77،000 އަށް އަރައިފި: މަޖިލިސް މެންބަރުން ތިއްބެވީ ރައީސް މުޢިއްޒުއާއެކު ސާބިތުކަމާއެކު - ފަލާޙް
ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަކީ މިހާރު ރާއްޖޭގައި އޮތް އެންމެ މެންބަރުން ގިނަ ސިޔާސީ ޕާޓީ ކަމަށާއި، އެ ޕާޓީގެ މެންބަރުންގެ އަދަދު 77،000 އަށް އަރައިފި ކަމަށް ޕީއެންސީގެ ޕާލިމަންޓަރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙް ވިދާޅުވެއްޖެއެވެ.
ޚަބަރު 05 Sep 2026
 ޕީއެންސީ އެންމެ ކުރީގައި އޮތީ ރައްޔިތުންނާއެކު ވާތީ، ޔާމީން އުޅުއްވަނީ ފިތުނަ އުފައްދަން: މުހައްމަދު އިސްމާއީލް
ޕީއެންސީ އެންމެ ކުރީގައި އޮތީ ރައްޔިތުންނާއެކު ވާތީ، ޔާމީން އުޅުއްވަނީ ފިތުނަ އުފައްދަން: މުހައްމަދު އިސްމާއީލް
ސިޔާސީ މައިދާނުގެ އެންމެ އުހުގައި ޕީއެންސީ މިއަދު ފައިތިލަ ސާބިތުކޮށްފައިވަނީ އާންމު ރައްޔިތުންގެ އިހުސާސްތައް ދަންނަ އިޚްލާސްތެރި ލީޑަޝިޕެއް އޮތުމުން ކަމަށާއި، އިދިކޮޅުގައި ހުންނަވައިގެން ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް މަސައްކަތްޕުޅު ކުރައްވަނީ މުޖުތަމައު ފަސާދަކުރަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕީޖީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު މުހައްމަދު އިސްމާއީލް ވިދާޅުވެއްޖެއެވެ.
ޚަބަރު 05 Sep 2026
"ޕީއެންސީން ތާއީދުކުރަނީ މޫނަކަށް ނޫން އުސޫލަށް، ރައީސް މުޢިއްޒު ގެންދަވަނީ ފުނޑިފައިވާ އިޤްތިޞާދު ކޮޅަށް ޖައްސަވަމުން" - ޝުޖާޢު
"ޕީއެންސީން ތާއީދުކުރަނީ މޫނަކަށް ނޫން އުސޫލަށް، ރައީސް މުޢިއްޒު ގެންދަވަނީ ފުނޑިފައިވާ އިޤްތިޞާދު ކޮޅަށް ޖައްސަވަމުން" - ޝުޖާޢު
ޤައުމަށް ދިމާވެފައިވާ ބޮޑެތި މައްސަލަތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޙައްލުކުރައްވަމުން ގެންދަވަނީ ކެތްތެރިކަމާއި ސާބިތުކަމާއެކު ކަމަށާއި، ގަސްދުގައި ރޭވިގެން ފުނޑާލާފައި އޮތް ރާއްޖޭގެ އިޤްތިޞާދު އެމަނިކުފާނު އަލުން ކޮޅަށް ޖައްސަވަމުން ގެންދަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.
ޚަބަރު 05 Sep 2026
ޕީއެންސީ ފޫއަޅުވައެއް ނުލެވޭނެ، ޔާމީންގެ ވެރިކަން ނިމުނީ ބޮޑާކަމާއި ޚިޔާނާތުން: ޢަބްދުއްރަޙީމް
ޕީއެންސީ ފޫއަޅުވައެއް ނުލެވޭނެ، ޔާމީންގެ ވެރިކަން ނިމުނީ ބޮޑާކަމާއި ޚިޔާނާތުން: ޢަބްދުއްރަޙީމް
ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ސަފުތައް ބައިބައިކޮށް، ފޫއަޅުވާލުމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ކުރެއްވޭނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށާއި، ޕާޓީގެ މެންބަރުން ތިބީ ސާބިތުކަމާއެކު ސަރުކާރުގެ ފަހަތުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއާޕާސަން ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ޚަބަރު 05 Sep 2026