މާލޭގެ ތިން ސަރަހައްދެއްގައި އަލިފާނުގެ ހާދިސާތަކެއް ހިނގައިފި

އ އައިމިނަތުު މުޙައްމަދު
ޚަބަރު 09 Jul 2026

މިއަދު ހެނދުނުގެ ވަގުތެއްގައި މާލޭގެ ތިން ސަރަހައްދެއްގައި ވަކިވަކިން އަލިފާނުގެ ތިން ހާދިސާއެއް ހިނގައިގެން ރިޕޯޓްކޮށްފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ. މި ހުރިހާ ހާދިސާތަކެއްގައި އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ޓީމުތަކުން ދަނީ ހަރަކާތްތެރިވަމުންނެވެ.

ފުރަތަމަ ހާދިސާ ރިޕޯޓްކޮށްފައިވަނީ ކަލާފާނު ސްކޫލް ކައިރީގައި ހުރި ގެއަކުން ބޯކޮށް ދުން އަރަމުންދާ ކަމަށެވެ. އެ ސަރަހައްދުގައި ފަޔަރ ފައިޓަރުން ހަރަކާތްތެރިވެ، ހާލަތު ކޮންޓްރޯލް ކުރުމުގެ މަސައްކަތް ވަނީ ކޮށްފައެވެ.

ދެވަނަ ހާދިސާ ހިނގާފައިވަނީ ގ. ހުދުރުވާގޭގައެވެ. މި ހާދިސާގައި އެގޭގެ އެޕާޓްމަންޓެއްގެ އެއް ކޮޓަރި ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައެވެ. އާންމުވެފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި، ކޮޓަރީގައި ހުރި އެއަރކޮންޑިޝަނާއި އެނދު ވަނީ ވަރަށް ބޮޑަށް އަނދާ ހަލާކުވެފައެވެ. އަދި ދުމުގެ އަސަރުކޮށްގެން މުޅި ކޮޓަރީގެ ފާރުތައް ވަނީ ކަޅުވެފައެވެ. މި އެޕާޓްމަންޓަކީ ހަތަރު މީހުން ދިރިއުޅެމުންދާ ތަނެކެވެ.

މީގެ އިތުރުން، މާފަންނު "ޖަޔާ ކުޝަން" ކައިރީގައި ހުރި އިމާރާތެއްގައިވެސް އަލިފާނުގެ ހާދިސާއެއް ވަނީ ހިނގާފައެވެ. މުނިޔާ މަގުގައި ހުރި މި އިމާރާތަކީ ފޮތި ގުދަން ކުރަން ބޭނުންކުރާ ތަނެކެވެ. އަލިފާންގަނޑު ކޮންޓްރޯލް ކުރެވުނު ނަމަވެސް، އެ ސަރަހައްދުން ބޯކޮށް ދުން އަރަމުން ދިޔުމުގެ ސަބަބުން ފަޔަރ ޓީމުތަކުން ވަނީ އެ ސަރަހައްދުގައި ގިނަ ވަގުތުތަކެއް ވަންދެން ހަރަކާތްތެރިވެފައެވެ.

މި ހާދިސާ ހިނގި ސަރަހައްދުގެ ހަނި ގޯޅިތަކުގައި ބޯކޮށް ދުން ފެތުރިފައިވާ މަންޒަރު ފެންނަ ވީޑިއޯތައް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ. މިއީ ބިދޭސީން ދިރިއުޅޭ ތަނެއް ކަމަށް މައުލޫމާތު ލިބިފައިވާއިރު، އަލިފާން ރޯވުމާއެކު އެތަނުގައި ތިބި މީހުން ވަނީ ފޮށިތަކާއި އަންނައުނު ހިފައިގެން މަގުމައްޗަށް ނުކުމެފައެވެ.

މި ހާދިސާތައް ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކުން މިހާރު ދަނީ ކުރަމުންނެވެ. އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބުނު ކަމުގެ ރިޕޯޓެއް މިހާތަނަށް ލިބިފައެއް ނުވެއެވެ.



ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ޤައުމީ ތަރައްޤީގެ ބިންގަލަކީ އަންހެނުން ބާރުވެރިކުރުވުން: ފަސްޓްލޭޑީ
ޤައުމީ ތަރައްޤީގެ ބިންގަލަކީ އަންހެނުން ބާރުވެރިކުރުވުން: ފަސްޓްލޭޑީ
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ، އަންހެނުންނަކީ ޤައުމުގެ އިޖުތިމާޢީ ހަށިގަނޑުގެ އެއްބައި ކަމުގައި ސިފަކުރައްވައި، ޤައުމު ބިނާކުރުމުގެ ވިސްނުމާއި އެ މަސައްކަތުގައި ހުރިހާ ދަރަޖައެއްގައި، އަދި ހުރިހާ ދާއިރާއެއްގައި އަންހެނުންގެ ބައިވެރިވުން އޮންނަންވާނެ ކަމުގައި ވިދާޅުވެފައެވެ. އަދި އެކަމަށް މަގުތައް ތަނަވަސްވެ ފުރުޞަތުތައް ފަހިވާނެ މި ފަދަ ޕްރޮގްރާމުތައް ހިންގެންވާނެކަމުގައި އެކަމަނާ ވިދާޅުވިއެވެ.
ޚަބަރު 27 Aug 2026
ނޭޕާލްގައި ހިނގި ފްލޭޝް ފްލަޑް ސަރަހައްދުގައި ދިވެއްސަކު ނޫޅޭ
ނޭޕާލްގައި ހިނގި ފްލޭޝް ފްލަޑް ސަރަހައްދުގައި ދިވެއްސަކު ނޫޅޭ
އަދި އިންޑިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނާއި ކަތުމަންޑޫގައި ހުންނަ ދިވެހިރާއްޖޭގެ އޮނޮރަރީ ކޮންސުލް މެދުވެރިކޮށް ބެލިބެލުމުން ނޭޕާލްގައި ދިރިއުޅޭ އެއްވެސް ދިވެހި ރައްޔިތަކަށް މިހާދިސާގައި އަސަރުކޮށްފައި ނުވެއެވެ.
ޚަބަރު 27 Aug 2026
އެމްއައިބީ އޭދަފުށި ބްރާންޗުން ބ. އަތޮޅަށް މާލީ ޚިދުމަތްތައް ފަހިވާނެ: މިނިސްޓަރ ޒަރީރު
އެމްއައިބީ އޭދަފުށި ބްރާންޗުން ބ. އަތޮޅަށް މާލީ ޚިދުމަތްތައް ފަހިވާނެ: މިނިސްޓަރ ޒަރީރު
ޝަރީޢާ ހުއްދަ ބޭންކިން ޚިދުމަތްތައް ރަށަށް ތަޢާރަފްވުމުން، ވިޔަފާރިވެރިންނާއި މަސްވެރިންގެ އިތުރުން، ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް، އަދި ޢާންމު ރައްޔިތުންނަށް ފައިދާ ކުރާނެ ކަމަށާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފައިނޭންސިން ހޯދައި ވިޔަފާރި ފުޅާ ކުރުމުގެ ފުރުސަތު ތަނަވަސްވެގެންދާނެ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.
ޚަބަރު 27 Aug 2026
އެމް.އައި.ބީ އޭޓީއެމްގެ ސަބަބުން ގޮއިދޫގެ މާލީ ދާއިރާ ފުޅާވެ، ފަތުރުވެރިކަމަށް ކުރިއެރުން ލިބޭނެ: މިނިސްޓަރ ޒަރީރު
އެމް.އައި.ބީ އޭޓީއެމްގެ ސަބަބުން ގޮއިދޫގެ މާލީ ދާއިރާ ފުޅާވެ، ފަތުރުވެރިކަމަށް ކުރިއެރުން ލިބޭނެ: މިނިސްޓަރ ޒަރީރު
މިނިސްޓަރ ޒަރީރު މިހެން ވިދާޅުވީ ރާއްޖޭގައި އެމް.އައި.ބީ.އިން ބެހެއްޓި 62 ވަނަ އޭޓީއެމް ރަސްމީކޮށް ހުޅުވައިދެއްވާ އެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޚަބަރު 27 Aug 2026