މިތުރު ގޭގައި ރޯވި އަލިފާން، މާލެ ފަޔަރ ސްޓޭޝަނުން ނިއްވާލައިފި

ހ ހުސައިން އިސްމާއިލް
ޚަބަރު 09 Jul 2026

ގ. މިތުރު ގޭގައި ރޯވި އަލިފާން، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސް، މާލެ ފަޔަރ ސްޓޭޝަނުން ނިއްވާލައިފިއެވެ.

މި ހާދިސާގެ މަޢުލޫމާތު މިއަދު 08:39 ހާއިރު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސް، މާލެ ފަޔަރ ސްޓޭޝަނަށް ލިބުމާ އެކު، އެ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތްކޮށްފައެވެ. މިގޮތުން، ފަޔަރ ފައިޓަރުން ކުރި މަސައްކަތުން އަލިފާން ނިއްވާލެވުނީ މިއަދު  09:08 ހާއިރުއެވެ.

އެ ގޭގެ ތިންވަނަ ފަންގިފިލާގެ އެޕާޓްމަންޓެއްގެ ކޮޓަރިއެއްގެ ސޮކެޓެއްގައި ރޯވެ ހިނގި މި ހާދިސާގައި، އެ އެޕާޓްމަންޓަށް އެކި ވަރުގެ ގެއްލުންވެފައިވެއެވެ. އެހެނަސް، މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުވިކަމުގެ މައުލޫމާތެއް ލިބިފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ޗީފް އިންސްޕެކްޓަރ ސާމިހު އަނެއްކާވެސް ހޮމިސައިޑް ޔުނިޓުގެ އިސްވެރިޔަކަށް އައްޔަންކޮށްފި
ޗީފް އިންސްޕެކްޓަރ ސާމިހު އަނެއްކާވެސް ހޮމިސައިޑް ޔުނިޓުގެ އިސްވެރިޔަކަށް އައްޔަންކޮށްފި
ފުލުހުންގެ އިދާރީ އޮނިގަނޑަށް ގެނައި ބަދަލުތަކާއެކު، މަރުގެ މައްސަލަތައް ތަހުގީގުކުރާ ހޮމިސައިޑް އެންޑް ޑެތު އިންވެސްޓިގޭޝަން ޔުނިޓުގެ އެންމެ އިސްވެރިޔާގެ މަގާމަށް ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ސާމިހު އަލުން އައްޔަންކޮށްފިއެވެ.
ޚަބަރު 13 Jul 2026
ސަރުކާރުގެ މަޝްރޫޢުތައް 2028 ވަނަ އަހަރުގެ މެދާ ހަމައަށް ނިންމާލެވޭނެ: މިނިސްޓަރ މުއްތަލިބު
ސަރުކާރުގެ މަޝްރޫޢުތައް 2028 ވަނަ އަހަރުގެ މެދާ ހަމައަށް ނިންމާލެވޭނެ: މިނިސްޓަރ މުއްތަލިބު
ސަރުކާރުން ކުރިއަށްގެންދާ ތަރައްޤީގެ ހުރިހާ މަޝްރޫޢުތަކެއް 2028 ވަނަ އަހަރުގެ މެދާ ހަމައަށް ނިންމާލެވޭނެ ކަމަށް މިނިސްޓަރ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓް ޑރ. ޢަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
ޚަބަރު 13 Jul 2026
ޤަޠަރުގެ ކުރީގެ އަމީރު، ހިޒްހައިނަސް ޙަމަދު ބިން ޚަލީފާ އާލް ޘާނީ އަވަހާރަވުމާ ގުޅިގެން ރަސްމީ ގޮތުން ހިތާމަ ފާޅުކުރުމަށް، އެއް ދުވަސް ވަންދެން ދިވެހި ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފި

ޤަޠަރުގެ ކުރީގެ އަމީރު، ހިޒް ހައިނަސް ޝައިޚް ޙަމަދު ބިން ޚަލީފާ އާލް ޘާނީ އަވަހާރަވުމުގެ ހިތާމައިގައި، 2026ޖުލައި 13 ވާ ހޯމަ ދުވަހުގެ މެންދުރު 12:00އިން ފެށިގެން 2026 ޖުލައި 14 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00ގެ ނިޔަލަށް، (އެއް ދުވަސް ވަންދެން) ދިވެހި ޤައުމީ ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
ޚަބަރު 13 Jul 2026
ރައީސުލްޖުމްހޫރިއްޔާ، ރަސްމީ ދަތުރުފުޅެއްގައި ޤަތަރަށް ފުރާވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާ، ރަސްމީ ދަތުރުފުޅެއްގައި ޤަތަރަށް ފުރާވަޑައިގެންފި
ޤަތަރަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ހެނދުނު ފުރާވަޑައިގަންނަވައިފިއެވެ.
ޚަބަރު 13 Jul 2026