މިއަދުގެ ޖަލްސާގައި މިނިސްޓަރ / ފޮޓޯ: ރައްޔިތުންގެ މަޖިލިސް
މިއަދުގެ ޖަލްސާގައި މިނިސްޓަރ / ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ސަރުކާރުގެ މަޝްރޫޢުތައް 2028 ވަނަ އަހަރުގެ މެދާ ހަމައަށް ނިންމާލެވޭނެ: މިނިސްޓަރ މުއްތަލިބު

އ އައިމިނަތުު މުޙައްމަދު
ޚަބަރު 13 Jul 2026

ސަރުކާރުން ކުރިއަށްގެންދާ ތަރައްޤީގެ ހުރިހާ މަޝްރޫޢުތަކެއް 2028 ވަނަ އަހަރުގެ މެދާ ހަމައަށް ނިންމާލެވޭނެ ކަމަށް މިނިސްޓަރ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓް ޑރ. ޢަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

މިދިޔަ ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ، ކުރީގެ ސަރުކާރުން މި ސަރުކާރަށް ވާރުތަވެފައިވާ މަޝްރޫޢުތަކާއި އަދި އަލަށް ފަށާފައިވާ މަޝްރޫޢުތައް ތަންފީޒު ކުރުމުގައި ގޮންޖެހުންތަކެއް ހުރި ނަމަވެސް، ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް މަސައްކަތްތައް ނިންމުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ.

މިނިސްޓަރ މުއްތަލިބު ފާހަގަކުރެއްވި ގޮތުގައި، އެމްޑީޕީގެ ކުރީގެ ސަރުކާރުން ކޮންޓްރެކްޓް ނުކޮށް ހުރި، ނުވަތަ ހުއްޓިފައިވާ އަދި ބޮޑެތި ލަސްތަކެއް ކުރިމަތިވެފައިވާ ގާތްގަނޑަކަށް 40 ބިލިއަން ރުފިޔާގެ މަޝްރޫޢުތަކެއް މި ސަރުކާރަށް ވަނީ ވާރުތަވެފައެވެ. ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވާފައިވަނީ އެ މަޝްރޫޢުތައް ހުއްޓާނުލައި، މި ސަރުކާރުން ވެފައިވާ ވަޢުދުތަކާ އެކު ކުރިއަށް ގެންދިއުމަށެވެ.

ދައުލަތުގެ ބަޖެޓުގެ ތެރެއިން މިހާ ގިނަ މަޝްރޫޢުތަކެއް އެއްފަހަރާ ކުރިއަށް ގެންދިއުމަކީ ބޮޑު ގޮންޖެހުމެއްކަން ފާހަގަކުރައްވަމުން މިނިސްޓަރ ވިދާޅުވީ، މަސައްކަތްތައް ބޭނުންވި ބާރުމިނުގައި ކުރިއަށް ނުދާކަން ސަރުކާރުން ވެސް ގަބޫލުކުރާ ކަމަށެވެ. އަދި ބައެއް މަޝްރޫޢުތަކަށް މިކަމުގެ ސަބަބުން ލަސްތަކެއް ކުރިމަތިވެފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ނަމަވެސް، މިހާރު މަޝްރޫޢުތައް ކުރިއަށް ގެންދާނެ ފުރިހަމަ ތާވަލެއް އެކުލަވާލެވިފައިވާ ކަމަށާއި، 2028 ވަނަ އަހަރުގެ މެދާ ހަމައަށް ހުރިހާ މަޝްރޫޢުތަކެއް ނިންމާލެވޭނެ ކަމުގެ ފުރިހަމަ އިތުބާރު އެބައޮތް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ސަރުކާރުގެ އަމާޒަކީ އެ މުއްދަތުގެ ތެރޭގައި މަޝްރޫޢުތައް ނިންމައި، އޭގެ މަންފާ ރައްޔިތުންނަށް ލިބެން ފެށުން ކަމަށްވެސް މިނިސްޓަރ މުއްތަލިބު ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ޤައުމީ ތަރައްޤީގެ ބިންގަލަކީ އަންހެނުން ބާރުވެރިކުރުވުން: ފަސްޓްލޭޑީ
ޤައުމީ ތަރައްޤީގެ ބިންގަލަކީ އަންހެނުން ބާރުވެރިކުރުވުން: ފަސްޓްލޭޑީ
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ، އަންހެނުންނަކީ ޤައުމުގެ އިޖުތިމާޢީ ހަށިގަނޑުގެ އެއްބައި ކަމުގައި ސިފަކުރައްވައި، ޤައުމު ބިނާކުރުމުގެ ވިސްނުމާއި އެ މަސައްކަތުގައި ހުރިހާ ދަރަޖައެއްގައި، އަދި ހުރިހާ ދާއިރާއެއްގައި އަންހެނުންގެ ބައިވެރިވުން އޮންނަންވާނެ ކަމުގައި ވިދާޅުވެފައެވެ. އަދި އެކަމަށް މަގުތައް ތަނަވަސްވެ ފުރުޞަތުތައް ފަހިވާނެ މި ފަދަ ޕްރޮގްރާމުތައް ހިންގެންވާނެކަމުގައި އެކަމަނާ ވިދާޅުވިއެވެ.
ޚަބަރު 27 Aug 2026
ނޭޕާލްގައި ހިނގި ފްލޭޝް ފްލަޑް ސަރަހައްދުގައި ދިވެއްސަކު ނޫޅޭ
ނޭޕާލްގައި ހިނގި ފްލޭޝް ފްލަޑް ސަރަހައްދުގައި ދިވެއްސަކު ނޫޅޭ
އަދި އިންޑިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނާއި ކަތުމަންޑޫގައި ހުންނަ ދިވެހިރާއްޖޭގެ އޮނޮރަރީ ކޮންސުލް މެދުވެރިކޮށް ބެލިބެލުމުން ނޭޕާލްގައި ދިރިއުޅޭ އެއްވެސް ދިވެހި ރައްޔިތަކަށް މިހާދިސާގައި އަސަރުކޮށްފައި ނުވެއެވެ.
ޚަބަރު 27 Aug 2026
އެމްއައިބީ އޭދަފުށި ބްރާންޗުން ބ. އަތޮޅަށް މާލީ ޚިދުމަތްތައް ފަހިވާނެ: މިނިސްޓަރ ޒަރީރު
އެމްއައިބީ އޭދަފުށި ބްރާންޗުން ބ. އަތޮޅަށް މާލީ ޚިދުމަތްތައް ފަހިވާނެ: މިނިސްޓަރ ޒަރީރު
ޝަރީޢާ ހުއްދަ ބޭންކިން ޚިދުމަތްތައް ރަށަށް ތަޢާރަފްވުމުން، ވިޔަފާރިވެރިންނާއި މަސްވެރިންގެ އިތުރުން، ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް، އަދި ޢާންމު ރައްޔިތުންނަށް ފައިދާ ކުރާނެ ކަމަށާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފައިނޭންސިން ހޯދައި ވިޔަފާރި ފުޅާ ކުރުމުގެ ފުރުސަތު ތަނަވަސްވެގެންދާނެ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.
ޚަބަރު 27 Aug 2026
އެމް.އައި.ބީ އޭޓީއެމްގެ ސަބަބުން ގޮއިދޫގެ މާލީ ދާއިރާ ފުޅާވެ، ފަތުރުވެރިކަމަށް ކުރިއެރުން ލިބޭނެ: މިނިސްޓަރ ޒަރީރު
އެމް.އައި.ބީ އޭޓީއެމްގެ ސަބަބުން ގޮއިދޫގެ މާލީ ދާއިރާ ފުޅާވެ، ފަތުރުވެރިކަމަށް ކުރިއެރުން ލިބޭނެ: މިނިސްޓަރ ޒަރީރު
މިނިސްޓަރ ޒަރީރު މިހެން ވިދާޅުވީ ރާއްޖޭގައި އެމް.އައި.ބީ.އިން ބެހެއްޓި 62 ވަނަ އޭޓީއެމް ރަސްމީކޮށް ހުޅުވައިދެއްވާ އެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޚަބަރު 27 Aug 2026