ވަށާޖެހޭ ބޮޑެތި މައްސަލަތަކަށް ހައްލު ހޯދައިދެއްވާނެކަމުގެ ޔަގީންކަން ރައީސް ޑރ. މުޢިއްޒު ދެއްވައިފި

ހ ހަޅަ
ޚަބަރު 03 Sep 2026

"ރައްޔިތުންގެ އަޑު" ޕްރޮގްރާމުގެ ހަތަރުވަނަ އެޑިޝަންގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާ ބައްދަލުކުރި ގިނަ ރައްޔިތުން ވަނީ ބޯހިޔާވަހިކަމާ ގުޅުންހުރި މައްސަލަތައް ފާހަގަކޮށްފައެވެ. އޭގެ ތެރޭގައި ފިރިމީހާ ނިޔާވުމުގެ ކުރިން ހިޔާ ފްލެޓް ލިބުނުކަމުގެ ލިޔުން ލިބި، ފިރިމީހާ ނިޔާވުމުން ފްލެޓް ނުލިބުނު މައްސަލަތަކާއި، މާލޭގައި ގިނަ ދުވަހު ދިރިއުޅެ އެކި ސަބަބުތަކާހުރެ ބޯހިޔާވަހިކަމުގެ ސްކީމްތަކަށް ޝަރުތު ހަމަނުވާ މައްސަލަތައް ހިމެނެއެވެ.

ރައްޔިތުން ފާހަގަކުރި ކަންކަމަށް ރިއާޔަތްކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެ މައްސަލަތައް ބައްލަވާނެ ކަމަށާއި، ބޯހިޔާވަހިކަމުގެ މައްސަލައާއި ރައްޔިތުންނަށް ދިމާވެފައިވާ އެހެނިހެން ގޮންޖެހުންތަކަށް ވަށާޖެހޭ ހައްލެއް ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އެގޮތުން، "އިރާދަކުރެއްވިއްޔާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ގެނައުމުގެ މަސައްކަތް އެބަދޭ. ރަނގަޅު ހައްލެއް އިރާދަކުރެއްވިއްޔާ ލިބިގެންދާނެ. އެ މަސައްކަތް އެބަދޭ. ގޯތި ވިޔަސް ފްލެޓް ވިޔަސް، ކުރިއަށް އޮތް ދެ އަހަރާއި ބައިގެ ތެރޭގައި އެތައް ޕްރޮޖެކްޓަކުން ރަނގަޅު ނަތީޖާއެއް ފެންނާނެ ކަމަށް އުންމީދު ކުރަން،" ކަމަށް ރައީސް ވިދާޅުވިއެވެ.

ބޯހިޔާވަހިކަމުގެ އިތުރުން ސިއްހީ ދާއިރާއާ ގުޅޭގޮތުން ވެސް ބައެއް ފަރާތްތަކުން ވަނީ ކަންބޮޑުވުންތައް ހިއްސާކޮށްފައެވެ. އެގޮތުން ގްރޭޓާ މާލެ ސަރަހައްދުގެ އާބާދީއާ އެކަށޭނަ ގޮތެއްގައި ސިއްހީ ޚިދުމަތްތައް ފުޅާކުރުމުގެ މުހިންމުކަމާއި، އާސަންދަ ނިޒާމާ ގުޅޭ ކަންބޮޑުވުންތައް ފާހަގަކުރިއެވެ. މިކަމާ ގުޅިގެން ރައީސް ވިދާޅުވީ ސިއްހީ ދާއިރާއަކީ އެމަނިކުފާނު ވަރަށް ބޮޑު އިސްކަމެއް ދެއްވާ ދާއިރާއެއް ކަމަށާއި، ސިއްހީ ދާއިރާގެ މުވައްޒަފުން އިތުރުކުރުމާއި، ޖީޕީ ކްލިނިކްތައް ތައާރަފްކޮށްގެން ދާއިރާ ކުރިއެރުވުމުގެ މަސައްކަތްތައް ކުރެވެމުންދާ ކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވީ، "އާސަންދައަށް މިހާ ބޮޑު ޚަރަދެއް ކުރަން މިޖެހެނީ ރާއްޖޭގެ އެންމެންނަށް އެއް ފެންވަރެއްގައި އެއްފަހަރާ ހުރިހާ މީހުންނަށް ޚިދުމަތްދެވޭނެ ގޮތް، ކޮލިޓީ ނުވަތަ ކެޕޭސިޓީ ނެތުން. އެހެންވެގެން އަޅުގަނޑު ވަރަށް ބޮޑު އިސްކަމެއް މިދެނީ ހެލްތު ސެކްޓަރއަށް. އިރާދަކުރެއްވިއްޔާ މި ދައުރުގެ ތެރޭގައި ތިފާހަގަކުރެއްވީ ށ. އަތޮޅުގައިވެސް ފުނަދޫ އަދި އުނގޫފާރުވެސް ފާހަގަކުރެއްވި. މިހެން ގޮސް އެކި ރަށްރަށުގައި މުހިންމު ގިނަ ބަލިތަކަށް ބޭސްކުރެވޭ ގޮތް ހަދައިދިނުމާއި މިހެން ގޮސް ބައިވަރު ކަންކަން އެބަކުރެވޭ. މީގެ އެންމެ މުހިންމު ބޭނުމަކީ ބޭރަށް ނުގޮސް ރާއްޖޭން އެ ޚިދުމަތް ހޯދަދިނުން،" ކަމަށެވެ.

މީގެ އިތުރުން، ކުދި ވިޔަފާރިތައް ކުރިއެރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ކާމިޔާބީއާއި، ވަޒީފާ ހޯދުމުގައި ދިމާވާ ދަތިތަކާއި، އީ-ސްޕޯޓްސްއާ ގުޅުންހުރި ކަންބޮޑުވުންތައް ވެސް ރައްޔިތުން ވަނީ ހިއްސާކޮށްފައެވެ. ރައީސް ޑރ. މުޢިއްޒު ވަނީ ކޮންމެ ރައްޔިތަކު ހިއްސާކުރި ކަންބޮޑުވުމަކަށް ވެސް ހައްލު ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވައި، ކުރިއަށް އޮތް ތަނުގައި އެކި ދާއިރާތަކުން ކުރިއެރުންތައް ހޯއްދަވައިދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ޕީއެންސީގެ މެންބަރުންގެ އަދަދު 77،000 އަށް އަރައިފި: މަޖިލިސް މެންބަރުން ތިއްބެވީ ރައީސް މުޢިއްޒުއާއެކު ސާބިތުކަމާއެކު - ފަލާޙް
ޕީއެންސީގެ މެންބަރުންގެ އަދަދު 77،000 އަށް އަރައިފި: މަޖިލިސް މެންބަރުން ތިއްބެވީ ރައީސް މުޢިއްޒުއާއެކު ސާބިތުކަމާއެކު - ފަލާޙް
ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަކީ މިހާރު ރާއްޖޭގައި އޮތް އެންމެ މެންބަރުން ގިނަ ސިޔާސީ ޕާޓީ ކަމަށާއި، އެ ޕާޓީގެ މެންބަރުންގެ އަދަދު 77،000 އަށް އަރައިފި ކަމަށް ޕީއެންސީގެ ޕާލިމަންޓަރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙް ވިދާޅުވެއްޖެއެވެ.
ޚަބަރު 05 Sep 2026
 ޕީއެންސީ އެންމެ ކުރީގައި އޮތީ ރައްޔިތުންނާއެކު ވާތީ، ޔާމީން އުޅުއްވަނީ ފިތުނަ އުފައްދަން: މުހައްމަދު އިސްމާއީލް
ޕީއެންސީ އެންމެ ކުރީގައި އޮތީ ރައްޔިތުންނާއެކު ވާތީ، ޔާމީން އުޅުއްވަނީ ފިތުނަ އުފައްދަން: މުހައްމަދު އިސްމާއީލް
ސިޔާސީ މައިދާނުގެ އެންމެ އުހުގައި ޕީއެންސީ މިއަދު ފައިތިލަ ސާބިތުކޮށްފައިވަނީ އާންމު ރައްޔިތުންގެ އިހުސާސްތައް ދަންނަ އިޚްލާސްތެރި ލީޑަޝިޕެއް އޮތުމުން ކަމަށާއި، އިދިކޮޅުގައި ހުންނަވައިގެން ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް މަސައްކަތްޕުޅު ކުރައްވަނީ މުޖުތަމައު ފަސާދަކުރަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕީޖީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު މުހައްމަދު އިސްމާއީލް ވިދާޅުވެއްޖެއެވެ.
ޚަބަރު 05 Sep 2026
"ޕީއެންސީން ތާއީދުކުރަނީ މޫނަކަށް ނޫން އުސޫލަށް، ރައީސް މުޢިއްޒު ގެންދަވަނީ ފުނޑިފައިވާ އިޤްތިޞާދު ކޮޅަށް ޖައްސަވަމުން" - ޝުޖާޢު
"ޕީއެންސީން ތާއީދުކުރަނީ މޫނަކަށް ނޫން އުސޫލަށް، ރައީސް މުޢިއްޒު ގެންދަވަނީ ފުނޑިފައިވާ އިޤްތިޞާދު ކޮޅަށް ޖައްސަވަމުން" - ޝުޖާޢު
ޤައުމަށް ދިމާވެފައިވާ ބޮޑެތި މައްސަލަތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޙައްލުކުރައްވަމުން ގެންދަވަނީ ކެތްތެރިކަމާއި ސާބިތުކަމާއެކު ކަމަށާއި، ގަސްދުގައި ރޭވިގެން ފުނޑާލާފައި އޮތް ރާއްޖޭގެ އިޤްތިޞާދު އެމަނިކުފާނު އަލުން ކޮޅަށް ޖައްސަވަމުން ގެންދަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.
ޚަބަރު 05 Sep 2026
ޕީއެންސީ ފޫއަޅުވައެއް ނުލެވޭނެ، ޔާމީންގެ ވެރިކަން ނިމުނީ ބޮޑާކަމާއި ޚިޔާނާތުން: ޢަބްދުއްރަޙީމް
ޕީއެންސީ ފޫއަޅުވައެއް ނުލެވޭނެ، ޔާމީންގެ ވެރިކަން ނިމުނީ ބޮޑާކަމާއި ޚިޔާނާތުން: ޢަބްދުއްރަޙީމް
ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ސަފުތައް ބައިބައިކޮށް، ފޫއަޅުވާލުމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ކުރެއްވޭނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށާއި، ޕާޓީގެ މެންބަރުން ތިބީ ސާބިތުކަމާއެކު ސަރުކާރުގެ ފަހަތުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއާޕާސަން ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ޚަބަރު 05 Sep 2026