ޕާކިސްތާނުގެ ކުއެޓާގައި ރޭލަކަށް ދިން ބޮމުގެ ހަމަލާއަކާ )ގޮއްވުމަކާ( ގުޅިގެން، ރޭލު މަގުން ކަސިޔާރުވެ ގެއްލުންވި ބޮގީތައް ސަލާމަތީ ބާރުތަކުން ފާސްކުރަނީ / ފޮޓޯ: އަލްޖަޒީރާ
ޕާކިސްތާނުގެ ކުއެޓާގައި ރޭލަކަށް ދިން ބޮމުގެ ހަމަލާއަކާ )ގޮއްވުމަކާ( ގުޅިގެން، ރޭލު މަގުން ކަސިޔާރުވެ ގެއްލުންވި ބޮގީތައް ސަލާމަތީ ބާރުތަކުން ފާސްކުރަނީ / ފޮޓޯ: އަލްޖަޒީރާ

ޕާކިސްތާނުގެ ކުއެޓާގައި ރޭލަކަށް އަމާޒުކޮށް ދިން ހަމަލާއެއްގައި 24 މީހުން މަރުވެއްޖެ

އ އައިމިނަތުު މުޙައްމަދު
ދުނިޔެ 25 May 2026

ޕާކިސްތާނުގެ ހުޅަނގު ދެކުނު ޕްރޮވިންސެއް ކަމަށްވާ ބަލޯޗިސްތާނުގެ ވެރިރަށް ކުއެޓާގައި، ސިފައިން ދަތުރުކުރި ރޭލަކަށް އަމާޒުކޮށް ދިން ބާރުގަދަ ގޮއްވުމެއްގައި މަދުވެގެން 24 މީހުން މަރުވެއްޖެއެވެ.

އާދީއްތަ ދުވަހު ދިން މި ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ޕާކިސްތާނު ސިފައިންގެ މީހުން ހިމެނޭއިރު، މި ހާދިސާގައި 50 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވާ ކަމަށް އެ ގައުމުގެ އިސް އޮފިޝަލުން މައުލޫމާތު ދެއެވެ.

ސަރުކާރުގެ އޮފިޝަލަކު މީޑިއާއަށް މައުލޫމާތު ދެމުން ވިދާޅުވީ، މި ހާދިސާ ހިނގާފައިވަނީ ކުއެޓާގެ "ޗަމަން ޕައްޓަކް" ސިގްނަލާ ދިމާލުން ރޭލު ދަތުރުކުރަމުން ދަނިކޮށް، ގޮވާތަކެތި ފުރާފައިވާ ކާރަކުން ރޭލުގެ ބޯގީއެއްގައި ޖައްސައި ގޮއްވާލައިގެންނެވެ. މި ގޮއްވުމުގެ ބާރުގަދަކަމުން ރޭލުގެ ދެ ބޯގީއެއް ފުރޮޅާލައި، އޭގައި އަލިފާން ރޯވުމުގެ ސަބަބުން މުޅި ސަރަހައްދު ވަނީ ކަޅު ދުމުން ފުރިފައެވެ.

މި ހަމަލާ ދީފައިވަނީ އާންމުކޮށް ސަލާމަތީ ބާރުތައް ހަރަކާތްތެރިވާ ސަރަހައްދެއްގައެވެ. މި ގޮއްވުމުގެ ސަބަބުން ކައިރީގައި ހުރި ބައެއް އިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، މަގުމަތީގައި ޕާކުކޮށްފައި އޮތް 12 އަށްވުރެ ގިނަ އުޅަނދު ވަނީ ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައެވެ.

މި ހަމަލާގެ ޒިންމާ މިހާރު ވަނީ ބަލޯޗިސްތާނުގެ ވަކިވެގަންނަން މަސައްކަތްކުރާ ޖަމާއަތެއް ކަމަށްވާ "ބަލޯޗިސްތާން ލިބަރޭޝަން އާމީ" (ބީ.އެލް.އޭ) އިން އުފުލާފައެވެ. ސަލާމަތީ ބާރުތަކުން މިހާރު ދަނީ މި ހާދިސާ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ރައީސުލްޖުމްހޫރިއްޔާ "މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރު ކުންފުންޏެއް އުފައްދަވައިފި
ރައީސުލްޖުމްހޫރިއްޔާ "މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރު ކުންފުންޏެއް އުފައްދަވައިފި
މިކުންފުންޏަކީ ދިވެހި ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ދީނީ ކަންކަމަށް ހޭދަކުރުމަށްޓަކައި ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަޤުފުތައް ބިނާކުރުމާއި، އެފަދަ ވަޤުފު ބިނާތައް މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތްތައް ކުރުމަށާއި، ދިވެހިރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިސްކިތްތައް ބިނާކުރުމާއި، އެ މިސްކިތްތައް މަރާމާތުކުރުމާއި އާބާތުރަ ފިލުވުމުގެ އެންމެހައި މަސައްކަތްކުރުމާއި، މިސްކިތްތަކަށް ބޭނުންވާ އެންމެހައި ވަސީލަތްތައް ގާއިމުކޮށް ތަރައްޤީކުރުމުގެ މަސައްކަތާއި، އިސްލާމީ ޝަރީޢަތް ހުއްދަކުރާ ވިޔަފާރީގެ ހަރަކާތްތައް ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމަށް ޓަކައި، އުފެއްދެވި ކުންފުންޏެކެވެ.
ޚަބަރު 12 Sep 2026
ދިވެހި ޤައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބަކީ އިސްލާމްދީންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
ދިވެހި ޤައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބަކީ އިސްލާމްދީންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
އެމަނިކުފާނުގެ މެސެޖުގައި ފާހަގަކުރައްވާފައިވާ ގޮތުގައި، ދިވެހި ޤައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބަކީ މާތްވެގެންވާ އިސްލާމްދީނެވެ. އަދި ތާރީޚުގެ ތެރޭގައި ދިވެހިން ހާސިލުކުރި ކޮންމެ ނަޞްރަކާއި، ޤައުމަށް ލިބުނު ކޮންމެ ތަމައްދުނަކާއި ފާގަތިކަމެއްގެ އަސްލަކީވެސް، މާތްވެގެންވާ އިސްލާމްދީން ކަމުގައި އެމަނިކުފާނު ބަޔާންކުރައްވާފައިވެއެވެ.
ޚަބަރު 12 Sep 2026
ޤައުމަށް އޮތް އެންމެ ރައްކާތެރި އައްޑަނައަކީ ސައްތަ އިންސައްތަ އިސްލާމީ ދައުލަތެއްގެ ގޮތުގައި ދެމިއޮތުން - ރައީސް
ޤައުމަށް އޮތް އެންމެ ރައްކާތެރި އައްޑަނައަކީ ސައްތަ އިންސައްތަ އިސްލާމީ ދައުލަތެއްގެ ގޮތުގައި ދެމިއޮތުން - ރައީސް
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދިވެހީންގެ ފަރުދީ، އިޖުތިމާޢީ އަދި ޤައުމީ ޙަޔާތަށް އިސްލާމްދީން ގެނެސްދިން ރައްކާތެރިކަމަކީ ދަރީންނަށް ފޯރުވައިދޭންޖެހޭ މުހިންމު ޙަޤީޤަތްތަކެއް ކަމަށެވެ. އިސްލާމީ ޝަރީޢަތުގެ މައިގަނޑު ފަސް މަޤުޞަދުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، ދިވެހީންގެ ފަރުދީ، އިޖުތިމާޢީ އަދި ޤައުމީ ޙަޔާތަށް އިސްލާމްދީން ގެނެސްދިން ރައްކާތެރިކަމުގެ ސަބަބުން ދިވެހި މުޖުތަމަޢަކީ އަމާން، އިތުބާރު ބޮޑު މުޖުތަމަޢަކަށް ބަދަލުވެގެންދިޔަ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ޚަބަރު 12 Sep 2026
ރައީސުލްޖުމްހޫރިއްޔާގެ ދަޢުވަތަކަށް، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ދިވެހިރާއްޖެއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިއްޖެ
ރައީސުލްޖުމްހޫރިއްޔާގެ ދަޢުވަތަކަށް، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ދިވެހިރާއްޖެއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިއްޖެ
މެލޭޝިއާގެ ބޮޑުވަޒީރަށް ރާއްޖެ ވަޑައިގަތުމުގެ މި ދަޢުވަތު އަރުވާފައިވަނީ، 2025 ވަނަ އަހަރުގެ އޭޕްރީލް މަހު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. މިއީ ބޮޑުވަޒީރު އަންވަރު އިބްރާހީމް، މެލޭޝިއާގެ ބޮޑުވަޒީރުކަމުގެ މަޤާމާ 2022 ވަނަ އަހަރުގެ ނޮވެންބަރު މަހު ޙަވާލުވެވަޑައިގަތުމަށްފަހު، ދިވެހިރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.
ޚަބަރު 11 Sep 2026