ފާޠިމަތު އަމީޒާ
ފާޠިމަތު އަމީޒާ

ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް ފާޠިމަތު އަމީޒާ ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވައިފި

އ އައިމިނަތުު މުޙައްމަދު
ޚަބަރު 19 Jul 2026

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް، ގދ. ގައްދޫ، ކޯޒީރައުންޑް، ފާޠިމަތު އަމީޒާ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ޢައްޔަންކުރައްވައިފިއެވެ.

މި މަޤާމަށް އަމީޒާ ޢައްޔަންކުރައްވާފައިވަނީ 16 ޖުލައި 2026 ވީ ބުރާސްފަތި ދުވަހުއެވެ. މި އައްޔަންކުރެއްވުމަކީ ރާއްޖޭގެ ޓެކްސްގެ ނިޒާމު އިތުރަށް ހަރުދަނާކޮށް، ދައުލަތަށް ލިބެންޖެހޭ އާމްދަނީ ހޯދުމުގެ މަސައްކަތްތައް ހަލުވިކުރުމުގެ މަޤްޞަދުގައި ކުރެއްވި އައްޔަންކުރެއްވުމެކެވެ.

ފާޠިމަތު އަމީޒާއަކީ މީރާގައި 16 އަހަރަށްވުރެ ދިގު މުއްދަތެއްގައި އިޚްލާޞްތެރިކަމާއެކު ޚިދުމަތްކުރައްވާފައިވާ، ތަޖުރިބާކާރު ބޭފުޅެކެވެ. މި މަޤާމަށް އައްޔަންކުރެއްވުމުގެ ކުރިން އޭނާ ހުންނެވީ އެ އޮތޯރިޓީގެ ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލްގެ މަޤާމުގައެވެ. އަމީޒާވަނީ ޓެކްސްގެ ސިޔާސަތުތައް އިޞްލާޙުކުރުމާއި، މުއައްސަސާ ހިންގުމުގެ ނިޒާމު ހަރުދަނާކުރުމުގެ އިތުރުން، މުޅި މުއައްސަސާގެ ފެންވަރުގައި އާމްދަނީ އިތުރުކުރުމުގެ ރޮނގުން ފާހަގަކޮށްލެވޭ ފަދަ ސާބިތު މަސައްކަތްތަކެއް ކުރައްވާފައެވެ.

ޚާއްޞަކޮށް، މީރާގެ އެންފޯސްމަންޓް ޑިވިޜަންގެ އިސްވެރިއެއްގެ ހައިސިއްޔަތުން އަމީޒާ ކުރެއްވި މަސައްކަތްތައް ފާހަގަކޮށްލެވެއެވެ. އެގޮތުން، ޑޭޓާ އެނަލިޓިކްސް އަދި ހެކީގެ މައްޗަށް ބިނާވެފައިވާ ސިޔާސަތުތައް ބޭނުންކުރައްވައިގެން، ދައުލަތަށް ނުލިބި ހުރި ޓެކްސް އަދި ޓެކްސް ނޫން އާމްދަނީ ހޯދުމުގެ މަސައްކަތް އެންމެ މަތީ ދަރަޖައަކަށް ގެންގޮސްދެއްވުމުގައި އޭނާ ވަނީ މުހިންމު ދައުރެއް އަދާކުރައްވާފައެވެ.

ތަޢުލީމީ ދާއިރާއަށް ބަލާއިރު، ފާޠިމަތު އަމީޒާއަކީ މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީން މާސްޓަރ އޮފް ސައިންސް އިން އެކައުންޓިންގ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އަދި އޭނާ ވަނީ އިނގިރޭސިވިލާތުގެ އޮކްސްފޯޑް ބްރޫކްސް ޔުނިވަރސިޓީން ބެޗެލަރސް ޑިގްރީ އިން އެޕްލައިޑް އެކައުންޓިންގ ވެސް ހާސިލުކުރައްވާފައެވެ.


ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ޕީއެންސީގެ މެންބަރުންގެ އަދަދު 77،000 އަށް އަރައިފި: މަޖިލިސް މެންބަރުން ތިއްބެވީ ރައީސް މުޢިއްޒުއާއެކު ސާބިތުކަމާއެކު - ފަލާޙް
ޕީއެންސީގެ މެންބަރުންގެ އަދަދު 77،000 އަށް އަރައިފި: މަޖިލިސް މެންބަރުން ތިއްބެވީ ރައީސް މުޢިއްޒުއާއެކު ސާބިތުކަމާއެކު - ފަލާޙް
ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަކީ މިހާރު ރާއްޖޭގައި އޮތް އެންމެ މެންބަރުން ގިނަ ސިޔާސީ ޕާޓީ ކަމަށާއި، އެ ޕާޓީގެ މެންބަރުންގެ އަދަދު 77،000 އަށް އަރައިފި ކަމަށް ޕީއެންސީގެ ޕާލިމަންޓަރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙް ވިދާޅުވެއްޖެއެވެ.
ޚަބަރު 05 Sep 2026
 ޕީއެންސީ އެންމެ ކުރީގައި އޮތީ ރައްޔިތުންނާއެކު ވާތީ، ޔާމީން އުޅުއްވަނީ ފިތުނަ އުފައްދަން: މުހައްމަދު އިސްމާއީލް
ޕީއެންސީ އެންމެ ކުރީގައި އޮތީ ރައްޔިތުންނާއެކު ވާތީ، ޔާމީން އުޅުއްވަނީ ފިތުނަ އުފައްދަން: މުހައްމަދު އިސްމާއީލް
ސިޔާސީ މައިދާނުގެ އެންމެ އުހުގައި ޕީއެންސީ މިއަދު ފައިތިލަ ސާބިތުކޮށްފައިވަނީ އާންމު ރައްޔިތުންގެ އިހުސާސްތައް ދަންނަ އިޚްލާސްތެރި ލީޑަޝިޕެއް އޮތުމުން ކަމަށާއި، އިދިކޮޅުގައި ހުންނަވައިގެން ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް މަސައްކަތްޕުޅު ކުރައްވަނީ މުޖުތަމައު ފަސާދަކުރަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕީޖީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު މުހައްމަދު އިސްމާއީލް ވިދާޅުވެއްޖެއެވެ.
ޚަބަރު 05 Sep 2026
"ޕީއެންސީން ތާއީދުކުރަނީ މޫނަކަށް ނޫން އުސޫލަށް، ރައީސް މުޢިއްޒު ގެންދަވަނީ ފުނޑިފައިވާ އިޤްތިޞާދު ކޮޅަށް ޖައްސަވަމުން" - ޝުޖާޢު
"ޕީއެންސީން ތާއީދުކުރަނީ މޫނަކަށް ނޫން އުސޫލަށް، ރައީސް މުޢިއްޒު ގެންދަވަނީ ފުނޑިފައިވާ އިޤްތިޞާދު ކޮޅަށް ޖައްސަވަމުން" - ޝުޖާޢު
ޤައުމަށް ދިމާވެފައިވާ ބޮޑެތި މައްސަލަތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޙައްލުކުރައްވަމުން ގެންދަވަނީ ކެތްތެރިކަމާއި ސާބިތުކަމާއެކު ކަމަށާއި، ގަސްދުގައި ރޭވިގެން ފުނޑާލާފައި އޮތް ރާއްޖޭގެ އިޤްތިޞާދު އެމަނިކުފާނު އަލުން ކޮޅަށް ޖައްސަވަމުން ގެންދަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.
ޚަބަރު 05 Sep 2026
ޕީއެންސީ ފޫއަޅުވައެއް ނުލެވޭނެ، ޔާމީންގެ ވެރިކަން ނިމުނީ ބޮޑާކަމާއި ޚިޔާނާތުން: ޢަބްދުއްރަޙީމް
ޕީއެންސީ ފޫއަޅުވައެއް ނުލެވޭނެ، ޔާމީންގެ ވެރިކަން ނިމުނީ ބޮޑާކަމާއި ޚިޔާނާތުން: ޢަބްދުއްރަޙީމް
ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ސަފުތައް ބައިބައިކޮށް، ފޫއަޅުވާލުމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ކުރެއްވޭނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށާއި، ޕާޓީގެ މެންބަރުން ތިބީ ސާބިތުކަމާއެކު ސަރުކާރުގެ ފަހަތުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއާޕާސަން ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ޚަބަރު 05 Sep 2026