ގޮންޖެހުންތަކާ އެކުގައިވެސް ދިވެހި ރައްޔިތުންނަށް ޚިދުމަތްކުރުމުގައި މި ސަރުކާރު ދެމިއޮންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވެއްޖެ

ގޮންޖެހުންތަކާ އެކުގައިވެސް ދިވެހި ރައްޔިތުންނަށް ޚިދުމަތްކުރުމުގައި މި ސަރުކާރު ދެމިއޮންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވެއްޖެ

ހ ހަޅަ
ޚަބަރު 17 Nov 2025

ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރިޔާސަތާ ހަވާލުވެ ވަޑައިގެންނެވީ އިޤުތިސާދީ ގޮތުން ވަރަށް އުނދަގޫ ވަގުތެއްގައި ކަމަށާއި، އެހެންނަމަވެސް ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތައް ދިނުމުގައި މިސަރުކާރު ދެމިއޮންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ސަރުކާރަށް ދެއަހަރު ފުރުމުގެ މުނާސަބަތުގައި ސަންގު ޓިވީއަށް ދެއްވި ޚާއްޞަ ބަސްދީގަތުމެއްގައެވެ.

މިސަރުކާރު ފެށިގެން އައިއިރު ރާއްޖެ އޮތީ ދަރަނިވެރި ވެފައި ކަމަށާއި، ރާއްޖެއަށް ފުދޭވަރަށް ބޭރުފައިސާވެސް އޭރު ނެތްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެހެންނަމަވެސް، ދަތިތަކާ އެކުގައިވެސް ރާއްޖޭގެ ދަރަނި ދެއްކޭނެގޮތް ހަމަޖެއްސުމާ، އިޤުތިސާދު ހަމަމަގަށް އެޅުވުމުގެ މަސައްކަތް ރައީސުލްޖުމުހޫރިއްޔާ ކުރައްވަމުން ގެންދަވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އިޤުތިސާދީގޮތުން ދައުލަތް ބާރުވެރި ކުރުވުމަށްޓަކައި، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓާމިނަލް ނިންމައި، ހުޅުއްވައިދެއްވުމަކީ ދިވެހިރާއްޖެއަށް އަންނަ ފަތުރުވެރިން އިތުރުކުރުމަށްޓަކައި އެޅުއްވި މުހިންމު ފިޔަވަޅެއްކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފާހަގަ ކުރެއްވިއެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާގައި، ކުރީގައި ނުހެދި މަސައްކަތް ހުއްޓިފައި ހުރި ރަށްތަކަށް ލުއިތަކެއް ދެއްވުމުގެ ސަބަބުން، އޭގެތެރެއިން ބައެއް ރަށްރަށް މިހާރު ފަތުރުވެރިކަމަށް ހުޅުވާލެވިފައިވާ ކަމަށާއި ބައެއް ރަށްރަށް ކައިރި މުސްތަޤުބަލެއްގައި ހުޅުވިގެން ދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އޭގެ ސަބަބުން ރައްޔިތުންނަށް ޑޮލަރު ލިބުމުގައި މިހާރު ހުރި ލިމިޓު ހަމަމަގަށް ގެނެވި، އަދި އިޤުތިސާދު ހަމަމަގަށް އެޅެމުންދާ ވަރަކަށް އެ ލިމިޓު ބޮޑުވެގެން ދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.މަސްވެރިކަން އިތުރަށް ތަރައްޤީ ކުރެއްވުމަށްޓަކައި މަސްވެރިންނަށް ނުލިބިހުރި ފައިސާ ދެއްވުމާއެކު، މިހާރު ދުވަހުން ދުވަހަށް މަސްވެރިންނަށް ފައިސާ ލިބޭނެ ގޮތް ހަމަޖައްސަވައި ދެއްވާފައި ވާކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އިޤުތިސާދު ހަމަމަގަށް އެޅެމުންދާ މިންވަރަކުން މަސްގަންނަ އަގު ބޮޑުކޮށްދެއްވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށްޓަކައި ވޭޕް މަނާކުރުމާ، ޖެނެރޭޝަނަލް ބޭން ތަންފީޒު ކުރައްވަން ފެއްޓެވުމަކީ، މިސަރުކާރުން އެޅުއްވި ވަރަށް މުހިންމު ފިޔަވަޅެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ. އަދި މަސްތުވާ ތަކެތިން ސަލާމަތްވެފައިވާ މުޖުތަމަޢެއް ބިނާކުރުމަށްޓަކައި ރީހެބިލިޓޭޝަންދޭ މަރުކަޒުތައް ޤާއިމުކުރެއްވުމާއި، ޑްރަގު ނެޓްވޯރކުގެ ތެރެއިން ހައްޔަރު ކުރެވޭ މީހުންނަށް ޝަރީއަތް ކުރެވި ހައްޤު އަދަބު ލިބޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އިޖުތިމާޢީ ހަމަހަމަކަން އިތުރަށް ފުޅާ ކުރެއްވުމަށްޓަކައި، ތެލަސީމިއާ ކުދިންނާ އެކަނިވެރި މައިންނަށް، އިތުރު ޢިނާޔަތްތައް މިސަރުކާރުން ހަމަޖައްސަވައި ދެއްވާފައިވާ ކަންވެސް އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.

ވަށާޖެހޭ ނިޒާމެއްގެ ތެރެއިން ރައްޔިތުންނަށް ސިއްޙީ ފަރުވާ ލިބިދިނުމަށްޓަކައި އަތޮޅުތެރޭގައި ހުރި ބޮޑެތި ހޮސްޕިޓަލްތައް އައި.ޖީ.އެމް.އެޗާއި އެއްފެންވަރަކަށް ތަރައްޤީ ކުރެއްވުމަށް 2026ގެ ބަޖެޓުގައި ކަނޑައަޅުއްވާފައި ވާނެ ކަމަށާއި، އެގޮތަށް އެ ހޮސްޕިޓަލުތައް ތަރައްޤީ ކުރެވުމުން ސިއްޙީފަރުވާއަށް ބޭރަށް މީހުން ފޮނުވަން ޖެހޭ ޢަދަދު މަދުވެގެން ދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖެއިން ބޭރުގެ ޤައުމުތަކަށް ދައްކަން ޖެހޭ ދަރަނި ދެއްކުމަށްޓަކައި އެޤައުމުތަކާއެކު މަޝްވަރާ ކުރެވިގެން ލޯނުތައް ދެއްކުމަށް ބޮޑެތި ލުއިތަކެއް އެ ޤައުމުތަކުން ދެއްވާފައިވާތީ، 2026 ގައި ރާއްޖެއިން ދައްކަން ޖެހޭ ލޯނުތައް ދެއްކުމަށް ދަތިކަމެއް ނެތްކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ފަންނުވެރިކަން ތަރައްޤީ ކުރެއްވުމަށްޓަކައި ފަންނުވެރިންނަށް ކުރެވިދާނެ މަސައްކަތްތައް ބަލައި، ބޭރު ގައުމުތަކުގެ ފަންނީ މާހިރުންގެ އެހީއާއެކު އެކަން ކުރިޔަށް ގެންދެވުމަށް ނިންމަވާފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުންވެސް މަސްވެރިކަމާ ދަނޑުވެރިކަމުގެ ސިނާޢަތުވެސް އިތުރަށް ފުޅާކުރެއްވުމަށްޓަކައި ސަރުކާރުން ލުއިލޯނު ދެއްވާނެ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ. މިހުރިހާ ކަންކަމާއެކު އިތުރަށް އިޤުތިސާދު ސިންދަފާތުވެގެން ދާނެކަންވެސް، އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ބަސްދީގަތުން ނިންމަވާލެއްވީ، ރައީސުލްޖުމުހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ވެރިކަމުގައި ދިވެހީންނަށް ފާގަތި މުސްތަޤްބަލެއް އޮތްކަމުގެ ޔަޤީންކަން ދެއްވަމުންނެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
އޮސްޓްރޭލިއާއިން ދިވެހިރާއްޖެއަށް ހަދިޔާކުރި މަނަވަރު "ކޯސްޓްގާޑް ޝިޕް އިމާދުއްދީން" ކޮމިޝަން ކޮށްފި
އޮސްޓްރޭލިއާއިން ދިވެހިރާއްޖެއަށް ހަދިޔާކުރި މަނަވަރު "ކޯސްޓްގާޑް ޝިޕް އިމާދުއްދީން" ކޮމިޝަން ކޮށްފި
ހުޅުމާލޭ ވިޔަފާރި ބަނދަރުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ޝިޕް ކޮމިޝަންކޮށްދެެއްވީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ ޑރ. މުހައްމަދު މުއިއްޒުއެވެ. އޮސްޓްރޭލިޔާ ސަރުކާރުން ރާއްޖެއަށް ހިލޭއެހީގެ ގޮތުގައި ހަދިޔާކުރި ނޭވީ މަނަވަރަށް ނަންދީފައިވަނީ "ކޯސްޓްގާޑް ޝިޕް އިމާދުއްދީން" ގެ ނަމުންނެވެ.
ޚަބަރު 27 Jul 2026
ރާއްޖޭގެ ހުރިހާ ރަށެއްގައި ފިޓްނަސް މަރުކަޒުތަކާއި އިންޑޯ ކޮމްޕްލެކްސްތައް އެޅުމުގެ މަސައްކަތް ބާރުދުވެލީގައި
ރާއްޖޭގެ ހުރިހާ ރަށެއްގައި ފިޓްނަސް މަރުކަޒުތަކާއި އިންޑޯ ކޮމްޕްލެކްސްތައް އެޅުމުގެ މަސައްކަތް ބާރުދުވެލީގައި
ރާއްޖޭގެ އެއްވެސް ރަށެއް ބާކީނުކޮށް، ކޮންމެ ރަށެއްގައި އެންމެ ޒަމާނީ ފެންވަރުގެ ފިޓްނަސް ރެކްރިއޭޝަން މަރުކަޒުތަކާއި އައުޓްޑޯ ޖިމްތައް ގާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ޚަބަރު 24 Jul 2026
މާލެއެކޭ އެއްފަދަ 'ޔޫތު ހަބް' ތަކާއި ސޯޝަލް ސެންޓަރުތައް އަތޮޅުތެރޭގައިވެސް ގާއިމުކުރަނީ
މާލެއެކޭ އެއްފަދަ 'ޔޫތު ހަބް' ތަކާއި ސޯޝަލް ސެންޓަރުތައް އަތޮޅުތެރޭގައިވެސް ގާއިމުކުރަނީ
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އަލަށް ފެށި "ދަ ޕަލްސް" ޕޮޑްކާސްޓް ސިލްސިލާގައި ވާހަކަފުޅު ދައްކަވަމުން، މާލޭގައި ހުންނަ ސޯޝަލް ސެންޓަރުގެ ކޮންސެޕްޓަށް ރާއްޖޭގެ އެކި ސިޓީތަކާއި އަތޮޅުތަކުގައި ޒަމާނީ 'ޔޫތު ހަބް' ތައް ގާއިމުކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރައްވައިފިއެވެ.
ޚަބަރު 24 Jul 2026
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޯޑަށް 7 ބޭފުޅަކު އައްޔަންކޮށްފި
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޯޑަށް 7 ބޭފުޅަކު އައްޔަންކޮށްފި
ސަރުކާރު ހިއްސާވާ އެކި ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށްޓަކައި، އެ ކުންފުނިތަކުގެ ޑިރެކްޓަރުންގެ ބޯޑަށް އައު މެންބަރުން އައްޔަންކޮށްފިއެވެ. ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އިއްޔެ އާއި މިއަދު ވަނީ މި އައްޔަންކުރުންތަކުގެ ތަފްސީލު ހާމަކޮށްފައެވެ.
ޚަބަރު 24 Jul 2026