އެމް.އައި.ބީގެ ރުފިޔާ ކާޑުން ޑޮލަރު މުޢާމަލާތް ކުރެވޭ ސައިޓްތަކަށް ބަދަލު ގެނެސްފި

އ އައިމިނަތުު މުޙައްމަދު
ވިޔަފާރި 24 Jun 2026

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމް.އައި.ބީ) ގެ ރުފިޔާ ޑެބިޓް ކާޑުތަކުން ބައެއް އީ-ކޮމާސް ވެބްސައިޓްތަކުގައި ޑޮލަރުން މުޢާމަލާތްކުރުން އެ ބޭންކުން މިއަދު ހަނިކޮށްފިއެވެ.

މިކަމާ ގުޅޭގޮތުން އެމް.އައި.ބީ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރުފިޔާ ކާޑުތަކަށް ދީފައިވާ މަހަކު 250 ޑޮލަރުގެ ލިމިޓަކީ ކަސްޓަމަރުންގެ ޒަރޫރީ ބޭނުންތަކަށް ޚާއްޞަކޮށްފައިވާ މިންވަރެއް ކަމަށެވެ. ނަމަވެސް، ފަހަކަށް އައިސް ބައެއް ކަސްޓަމަރުން މި ޚިދުމަތުގެ ބޭނުން ހިފަމުންދަނީ އެހެނިހެން ކަންކަމުގައިކަން ފާހަގަކުރެވިފައިވާ ކަމަށް އެ ބޭންކުން ބުނެއެވެ.

އެ ބޭންކުން ހާމަކުރި ގޮތުގައި، މި ޚިދުމަތަކީ ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދެވޭ ޚިދުމަތަކަށް ހެދުމަށާއި، ކަސްޓަމަރުންގެ އެންމެ މުހިންމު ޒަރޫރީ ބޭނުންތަކަށް އިސްކަންދިނުމުގެ ގޮތުން، ބައެއް ވިޔަފާރި ވެބްސައިޓްތަކުގައި ޑޮލަރު ލިމިޓް ބޭނުންކުރުން ވަގުތީ ގޮތުން ވަނީ ހުއްޓާލާފައެވެ.

މި ބަދަލާއެކު، އީ-ކޮމާސް ވެބްސައިޓްތަކުގައި މަހެއްގެ މައްޗަށް އެންމެ ގިނަވެގެން ކުރެވޭނީ 10 މުޢާމަލާތް ކަމަށްވެސް އެމް.އައި.ބީ އިން ބުނެފައިވެއެވެ.

ނަމަވެސް، މި ބަދަލު ގެނައި ކަމުގައިވިޔަސް، އާންމުކޮށް ބޭނުންކުރާ ސަބްސްކްރިޕްޝަން ޚިދުމަތްތަކަށާއި، ރާއްޖޭން ބޭރުގެ ޕީ.އޯ.އެސް (POS) ޓާމިނަލްތަކުން ކުރާ ވިޔަފާރިތަކަށާއި، ސިއްޙީ ބޭނުންތަކަށާއި ދަތުރުފަތުރުގެ ޚަރަދުތަކަށް 250 ޑޮލަރުގެ ލިމިޓް ބޭނުންކުރެވޭނެ ކަމަށް އެ ބޭންކުން ޔަގީންކޮށްދެއެވެ.

އެމް.އައި.ބީ އިން ބުނި ގޮތުގައި މި ނިންމުން ނިންމީ ޑޮލަރުގެ ލިމިޓަކީ ކަސްޓަމަރުންގެ އެންމެ މުހިންމު ބޭނުންތަކަށް ބޭނުންކުރެވޭ އެއްޗަކަށް ހެދުމަށާއި، ވީހާވެސް ގިނަ ކަސްޓަމަރުންނަށް މި ލުއިފަސޭހަކަން ފޯރުކޮށްދިނުމުގެ މަޤްޞަދުގައެވެ.


ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ގުރައިދޫ ޚާއްޞަ އެހީއަށް ބޭނުންވާ މަރުކަޒު ޒަމާނީ ފެންވަރަކަށް ތަރައްޤީކުރަން ވަޒީރުންގެ މަޖިލީހުން ނިންމައިފި
ގުރައިދޫ ޚާއްޞަ އެހީއަށް ބޭނުންވާ މަރުކަޒު ޒަމާނީ ފެންވަރަކަށް ތަރައްޤީކުރަން ވަޒީރުންގެ މަޖިލީހުން ނިންމައިފި
ކ. ގުރައިދޫގައި ހުންނަ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު، ހުރިހާ ޚިދުމަތްތަކެއް ފުރިހަމައަށް ލިބޭނެ ޒަމާނީ ފެންވަރުގެ މަރުކަޒަކަށް ބަދަލުކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމައިފިއެވެ. މި މަޝްރޫޢުގެ ޢަމަލީ މަސައްކަތްތައް ކުރިއަށް އޮތް ދުވަސްތަކުގައި ފެށުމަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ.
ޚަބަރު 19 Aug 2026
މާލޭ ވެޓް މާކެޓް ކޮމްޕްލެކްސް އެޅުމަށް ލޯކަލް މާރުކޭޓު އެއްމަސް ދުވަހުގެ ތެރޭގައި ހުސްކުރަނީ
މާލޭ ވެޓް މާކެޓް ކޮމްޕްލެކްސް އެޅުމަށް ލޯކަލް މާރުކޭޓު އެއްމަސް ދުވަހުގެ ތެރޭގައި ހުސްކުރަނީ
މާލޭގައި ޒަމާނީ ފެންވަރުގެ "މާލޭ ވެޓް މާކެޓް ކޮމްޕްލެކްސް" އެޅުމުގެ މަޝްރޫޢު ފެށުމަށްޓަކައި، މިހާރުގެ ލޯކަލް މާރުކޭޓުގައި ވިޔަފާރިކުރާ ފަރާތްތަކަށް ވަގުތީ އިންތިޒާމުތަކެއް ހަމަޖައްސައި އެއްމަސް ދުވަހުގެ ތެރޭގައި އެ ބިން ހުސްކުރުމުގެ މަސައްކަތް މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސްއިން ފަށައިފިއެވެ.
ޚަބަރު 19 Aug 2026
ދުންފަތާއި ނިކޮޓިންގެ ނުރައްކަލާ ގުޅުންހުރި މުހިންމު ނިންމެވުންތަކަކާއި، ސަރުކާރުން ކުރިއަށްގެންދާ އެހެނިހެން މަޝްރޫޢުތަކާ ގުޅޭ މުހިންމު ނިންމެވުންތަކެއް ވަޒީރުންގެ މަޖިލީހުން ނިންމަވައިފި
ދުންފަތާއި ނިކޮޓިންގެ ނުރައްކަލާ ގުޅުންހުރި މުހިންމު ނިންމެވުންތަކަކާއި، ސަރުކާރުން ކުރިއަށްގެންދާ އެހެނިހެން މަޝްރޫޢުތަކާ ގުޅޭ މުހިންމު ނިންމެވުންތަކެއް ވަޒީރުންގެ މަޖިލީހުން ނިންމަވައިފި
ދުންފަތާއި ނިކޮޓިންގެ ނުރައްކަލާމެދު ޢާންމުން ހޭލުންތެރިކުރުމާއި، ޖެނެރޭޝަނަލް ބޭން ތަންފީޒުކުރުމާ ގުޅުންހުރި މުހިންމު ނިންމެވުންތަކަކާއި، ސަރުކާރުން ކުރިއަށްގެންދާ އެހެނިހެން މަޝްރޫޢުތަކާ ގުޅޭ މުހިންމު ނިންމެވުންތަކެއް، ވަޒީރުންގެ މަޖިލީހުން ނިންމަވައިފިއެވެ.
ޚަބަރު 19 Aug 2026
ނޭކުރެންދޫގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމްކުރުމުގެ މަޝްރޫޢު ނިމިއްޖެ
ނޭކުރެންދޫގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމްކުރުމުގެ މަޝްރޫޢު ނިމިއްޖެ
ނޭކުރެންދޫގައި ޤާއިމުކުރެވިފައިވާ ފެނާއި ނަރުދަމާ ނިޒާމަކީ އޯޕެކް ފަންޑް ފޯރ އިންޓަނޭޝަނަލް ޑިވެލޮޕްމެންޓްގެ ލޯނު އެހީ އަދި ދިވެހި ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން، މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓްއިން، އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އަދި ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ ޖޮއިންޓް ވެންޗަރ އާއި ޙަވާލުކޮށްގެން ނިންމާފައިވާ މަސައްކަތެކެވެ.
ޚަބަރު 18 Aug 2026