ދައުލަތުގެ ބޭރުގެ ދަރަނި ދެވަނަ ކުއާޓަރުގައި %18 ދަށަށް ހިނގައްޖެ

އ އައިމިނަތުު މުޙައްމަދު
ޚަބަރު 20 Aug 2026

މި އަހަރުގެ ދެވަނަ ކުއާޓަރުގައި ދިވެހި ސަރުކާރުން އެއް ކުއާޓަރެއްގެ ތެރޭގައި ދަރަނި އަދާކުރުމަށް އެންމެ ބޮޑު ހޭދައެއް ކުރުމާ ގުޅިގެން، ރާއްޖޭގެ ބޭރުގެ ދަރަނި ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު 18 އިންސައްތަ ދަށަށް ގޮސްފިއެވެ.

މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސަސްއިން އާންމުކޮށްފައިވާ ދަރަނީގެ ހިސާބުތަކުން ދައްކާ ގޮތުގައި، މި އަހަރުގެ ފުރަތަމަ ކުއާޓަރު ނިމުނުއިރު ސަރުކާރުގެ ސީދާ ދަރަންޏާއި ގެރެންޓީ ދީފައިވާ ދަރަނީގެ ޖުމްލަ އަދަދު ހުރީ 67.7 ބިލިއަން ރުފިޔާގައެވެ. ނަމަވެސް ދެވަނަ ކުއާޓަރު ނިމުނުއިރު ބޭރުގެ ޖުމްލަ ދަރަނި ވަނީ 55.4 ބިލިއަން ރުފިޔާއަށް ތިރިވެފައެވެ. މިއީ 12.3 ބިލިއަން ރުފިޔާގެ ބޮޑު ދަށްވުމެކެވެ.

ދެވަނަ ކުއާޓަރުގެ ތެރޭގައި ސަރުކާރުން ވަނީ ބޭރުގެ ސީދާ ދަރަނީގެ ގޮތުގައި 8.3 ބިލިއަން ރުފިޔާ ދައްކާފައެވެ. މީގެ ތެރޭގައި އަސްލު ދަރަނީގެ (ޕްރިންސިޕަލް) ގޮތުގައި ދެއްކި 7.8 ބިލިއަން ރުފިޔާ އާއި އިންޓްރެސްޓްގެ ގޮތުގައި ދެއްކި 516.7 މިލިއަން ރުފިޔާ ހިމެނެއެވެ. މީގެ އިތުރުން ގެރެންޓީ ދީފައިވާ ބޭރުގެ ދަރަނި އަދާކުރުމަށް 6.8 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، އޭގެ ތެރެއިން 6.4 ބިލިއަން ރުފިޔާއަކީ ޕްރިންސިޕަލް އަދި 374 މިލިއަން ރުފިޔާއަކީ އިންޓްރެސްޓެވެ. މިއާއެކު މި ކުއާޓަރުގައި ބޭރުގެ ދަރަނި ދެއްކުމަށް ޖުމްލަ 15.16 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ. މިއީ މިހާތަނަށް އެއް ކުއާޓަރެއްގެ ތެރޭގައި ދަރަނި އަދާކުރުމަށް ދައުލަތުން ކުރި އެންމެ ބޮޑު ހޭދައެވެ.

މި ބޮޑު އަދަދު ދެއްކުމާ ގުޅިގެން ސަރުކާރުގެ ބޭރުގެ ސީދާ ދަރަނި ވަނީ ފުރަތަމަ ކުއާޓަރުގައި ހުރި 43.2 ބިލިއަން ރުފިޔާއިން ދެވަނަ ކުއާޓަރުގައި 36.8 ބިލިއަން ރުފިޔާއަށް ދަށްވެފައެވެ. އަދި ޖީޑީޕީގެ ނިސްބަތުން ބޭރުގެ ސީދާ ދަރަނި ހުރި މިންވަރު ވަނީ 34.8 އިންސައްތައިން 29.6 އިންސައްތައަށް ތިރިވެފައެވެ.

މި ކުއާޓަރުގައި ދެއްކި މުހިންމު ދަރަނިތަކުގެ ތެރޭގައި، ކުރީގެ ސަރުކާރުން ވިއްކާފައިވާ 500 މިލިއަން ޑޮލަރުގެ ސުކޫކު އެއްކޮށް ދައްކައި ޚަލާޞްކުރުން ހިމެނެއެވެ. އަދި މީގެ އިތުރުން ކުރީގެ ސަރުކާރުން އިންޑިއާ ސަރުކާރު މެދުވެރިކޮށް ނަގާފައިވާ 200 މިލިއަން ޑޮލަރުގެ ލޯނުގެ 50 އިންސައްތަ ވެސް ސަރުކާރުން ވަނީ މި މުއްދަތުގައި ދައްކާފައެވެ.

އިޤްތިޞާދީ މާހިރުން ދެކެވަޑައިގަންނަވާ ގޮތުގައި، ބޭރުގެ ދަރަނީގެ ބުރަ މިފަދައިން ކުޑަކުރެވުމަކީ ކުރިއަށް އޮތް އަހަރުތަކުގައި ބޭރު ފައިސާ ހޯދުމަށް ސަރުކާރަށް ކުރިމަތިވާ ޕްރެޝަރު ކުޑަވެ، ރާއްޖޭގެ އިޤްތިޞާދުގެ ތެރޭގައި ދައުރުވާ ބޭރު ފައިސާގެ މިންވަރު އިތުރުވެގެންދާނެ ކަމެކެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ކުށް ކޮށްގެން ހޯދާ މުދަލާގުޅޭ ބިލެއް އެކުލަވާލައި މަޖިލީހަށް ހުށަހަޅައިފި
ކުށް ކޮށްގެން ހޯދާ މުދަލާގުޅޭ ބިލެއް އެކުލަވާލައި މަޖިލީހަށް ހުށަހަޅައިފި
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ މި ބިލު ހުށަހެޅުމުގެ މައިގަނޑު އެއް ބޭނުމަކީ، ޖިނާއީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން ނުޙައްޤުން ހޯދާ މުދާ އެ ފަރާތްތަކުގެ ކިބައިން ނަގައި، އެ މުދަލުން އިތުރު މަންފާ ހޯދޭނެ މަގުތައް ބަންދުކުރުމަށްޓަކައި، ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާބެހޭ ޤާނޫނީ އޮނިގަނޑެއް ތަޢާރުފުކުރެއްވުމެވެ.
ޚަބަރު 25 Aug 2026
އޮޑިޓަރ ޖެނެރަލް ތިލަފުށީ ކުނި މެނޭޖްކުރާ މަރުކަޒަށް ޒިޔާރަތްކުރައްވައިފި
އޮޑިޓަރ ޖެނެރަލް ތިލަފުށީ ކުނި މެނޭޖްކުރާ މަރުކަޒަށް ޒިޔާރަތްކުރައްވައިފި
މި ޒިޔާރަތަކީ ތިލަފުށީގައި މިހާރު ކުރިއަށްދާ ކުނި މެނޭޖްކުރުމުގެ މަސައްކަތްތައް ބައްލަވާލެއްވުމަށާއި، ކުންޏާއި ވަސީލަތްތައް ބެލެހެއްޓުމުގައި ބޭނުންކުރަމުންދާ ނިޒާމުތަކާއި އިޖުރާއަތްތައް ގާތުން ބައްލަވައި، އެކަންކަމާ ގުޅޭ މަޢުލޫމާތު ހޯއްދެވުމުގެ މަޤްޞަދުގައި ކުރެއްވި ޒިޔާރަތެކެވެ.
ޚަބަރު 25 Aug 2026
ހަވާލުކުރާ ކޮންމެ ރޭންކަކާއެކު އޮތީ އެއަށްވުރެ ބޮޑު މަސްއޫލިއްޔަތަކާއި ޒިންމާއެއް: ސީޕީ
ހަވާލުކުރާ ކޮންމެ ރޭންކަކާއެކު އޮތީ އެއަށްވުރެ ބޮޑު މަސްއޫލިއްޔަތަކާއި ޒިންމާއެއް: ސީޕީ
އަދި ޕްރޮމޯޝަނަށް ފަހު މަސައްކަތުގެ މާހައުލަށް ނުކުންނައިރު، ހަވާލުކުރެވުނު ރޭންކާ އެއްވަރަށް ހިދުމަތުގެ ފެންވަރު ހިފެހެއްޓޭތޯ ބަލާނެ ފަރާތްތައް ގިނަވާނެކަން ފާހަގަކުރައްވައި، މުއައްސަސާގެ އެތެރެއިންނާއި ބޭރުން ވެސް ސުވާލު ނުއުފެދޭނެ ފަދަ ގޮތަކަށް، ލިބުނު މަގާމާ އެއްވަރަށް މަސައްކަތުގެ ނަތީޖާ ނެރެދީ، ދަށުން މަސައްކަތްކުރާ މުވައްޒަފުންނަށް ރިވެތި ނަމޫނާއެއް ދެއްކުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.
ޚަބަރު 24 Aug 2026
ދިވެހިރާއްޖޭގައި ބިނާ ކުރެވޭ އެންމެ ބޮޑު ވަޤްފު ޢިމާރާތް، ދާރުއްސަލާމްގެ ޢަމަލީ މަސައްކަތް ފަށައިފި
ދިވެހިރާއްޖޭގައި ބިނާ ކުރެވޭ އެންމެ ބޮޑު ވަޤްފު ޢިމާރާތް، ދާރުއްސަލާމްގެ ޢަމަލީ މަސައްކަތް ފަށައިފި
ހުޅުމާލޭގައި ޢިމާރާތް ކުރާ ދާރުއްސަލާމް ވަޤްފް ޢިމާރާތުގެ ބިންގާ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އަޅުއްވައިދެއްވީ 26 ނޮވެމްބަރު 2026 ގައެވެ. އިމާރާތް ކުރިއަށްދަނީ ހުޅުމާލޭ ޕްލޮޓް ނަންބަރު 11646 ގައެވެ.
ޚަބަރު 24 Aug 2026