ފަހި ފްލެޓްތައް ކައިރީގައި 18 ބުރީގެ ކޮމާޝަލް ބިލްޑިންގެއް އަޅަނީ

އ އައިމިނަތުު މުޙައްމަދު
ޚަބަރު 18 Jun 2026

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ތަރައްގީކުރާ ފަހި ފްލެޓްތައް ކައިރީގައި 18 ބުރީގެ ކޮމާޝަލް ބިލްޑިންގެއް އެޅުމަށް އެ ކޯޕަރޭޝަނުން ނިންމައިފިއެވެ.

މި މަޝްރޫއާ ގުޅޭގޮތުން އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ނޫހަކަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، އަމާން ދޯދި ޓަވަރު 16 ކައިރީގައި މި އިމާރާތް އެޅުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ކަންދޫފާ އިންވެސްޓްމަންޓްސްއާ ކަމަށެވެ.

ހަމްދާން ވިދާޅުވި ގޮތުގައި، މި 18 ބުރީގެ އިމާރާތުގެ ހުރިހާ ހަރަދެއް ކުރާނީ އެ މަސައްކަތް ހަވާލުކުރި ކުންފުނިންނެވެ. ނަމަވެސް، މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާނެ ތާރީޚެއް އަދި ކަނޑައެޅިފައެއް ނުވެއެވެ.

އިންޑިއާގެ ދެ ކުންފުންޏަކާ ހަވާލުކޮށްގެން އެފްޑީސީން ކުރިއަށްގެންދާ 4,000 ފްލެޓްގެ މަޝްރޫއުގެ ދަށުން އަޅާފައިވާ ޓަވަރުތަކުގެ ތިރީގައި ޕާކިން އަށް ޖާގަ ހާއްސަކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް، އަލަށް މި އަޅާ ކޮމާޝަލް ބިލްޑިންގުގެ ސަބަބުން އެ ސަރަހައްދަށް ބޭނުންވާ ޕާކިންގެ ދަތިކަމަށް ހައްލެއް ލިބިގެންދާނެ ކަމަށް ހަމްދާން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، މި އިމާރާތް ނިމުމުން އެފްޑީސީގެ ހެޑް އޮފީސް ވެސް އެ ތަނަށް ބަދަލުކުރުމަށް ވަނީ ނިންމާފައެވެ. އަދި މި އިމާރާތުގައި އޮފީސްތަކަށް ބޭނުންވާ ކޮމާޝަލް ޖާގަތައް ލިބެން ހުންނާނެއެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަނުން ތަރައްގީކުރާ މި ފްލެޓްތަކުގެ ގްރައުންޑް ފްލޯ ފަރުމާކޮށްފައިވަނީ ފިހާރަތަކާއި ރެސްޓޯރެންޓްތަކަށް ޖާގަ ނުހިމެނޭ ގޮތަށް ކަމަށްވާތީ، މި އާ އިމާރާތަކީ އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުމަށް މުހިންމު ބިނާއަކަށް ވެގެންދާނެއެވެ.


ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ގުރައިދޫ ޚާއްޞަ އެހީއަށް ބޭނުންވާ މަރުކަޒު ޒަމާނީ ފެންވަރަކަށް ތަރައްޤީކުރަން ވަޒީރުންގެ މަޖިލީހުން ނިންމައިފި
ގުރައިދޫ ޚާއްޞަ އެހީއަށް ބޭނުންވާ މަރުކަޒު ޒަމާނީ ފެންވަރަކަށް ތަރައްޤީކުރަން ވަޒީރުންގެ މަޖިލީހުން ނިންމައިފި
ކ. ގުރައިދޫގައި ހުންނަ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު، ހުރިހާ ޚިދުމަތްތަކެއް ފުރިހަމައަށް ލިބޭނެ ޒަމާނީ ފެންވަރުގެ މަރުކަޒަކަށް ބަދަލުކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމައިފިއެވެ. މި މަޝްރޫޢުގެ ޢަމަލީ މަސައްކަތްތައް ކުރިއަށް އޮތް ދުވަސްތަކުގައި ފެށުމަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ.
ޚަބަރު 19 Aug 2026
މާލޭ ވެޓް މާކެޓް ކޮމްޕްލެކްސް އެޅުމަށް ލޯކަލް މާރުކޭޓު އެއްމަސް ދުވަހުގެ ތެރޭގައި ހުސްކުރަނީ
މާލޭ ވެޓް މާކެޓް ކޮމްޕްލެކްސް އެޅުމަށް ލޯކަލް މާރުކޭޓު އެއްމަސް ދުވަހުގެ ތެރޭގައި ހުސްކުރަނީ
މާލޭގައި ޒަމާނީ ފެންވަރުގެ "މާލޭ ވެޓް މާކެޓް ކޮމްޕްލެކްސް" އެޅުމުގެ މަޝްރޫޢު ފެށުމަށްޓަކައި، މިހާރުގެ ލޯކަލް މާރުކޭޓުގައި ވިޔަފާރިކުރާ ފަރާތްތަކަށް ވަގުތީ އިންތިޒާމުތަކެއް ހަމަޖައްސައި އެއްމަސް ދުވަހުގެ ތެރޭގައި އެ ބިން ހުސްކުރުމުގެ މަސައްކަތް މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސްއިން ފަށައިފިއެވެ.
ޚަބަރު 19 Aug 2026
ދުންފަތާއި ނިކޮޓިންގެ ނުރައްކަލާ ގުޅުންހުރި މުހިންމު ނިންމެވުންތަކަކާއި، ސަރުކާރުން ކުރިއަށްގެންދާ އެހެނިހެން މަޝްރޫޢުތަކާ ގުޅޭ މުހިންމު ނިންމެވުންތަކެއް ވަޒީރުންގެ މަޖިލީހުން ނިންމަވައިފި
ދުންފަތާއި ނިކޮޓިންގެ ނުރައްކަލާ ގުޅުންހުރި މުހިންމު ނިންމެވުންތަކަކާއި، ސަރުކާރުން ކުރިއަށްގެންދާ އެހެނިހެން މަޝްރޫޢުތަކާ ގުޅޭ މުހިންމު ނިންމެވުންތަކެއް ވަޒީރުންގެ މަޖިލީހުން ނިންމަވައިފި
ދުންފަތާއި ނިކޮޓިންގެ ނުރައްކަލާމެދު ޢާންމުން ހޭލުންތެރިކުރުމާއި، ޖެނެރޭޝަނަލް ބޭން ތަންފީޒުކުރުމާ ގުޅުންހުރި މުހިންމު ނިންމެވުންތަކަކާއި، ސަރުކާރުން ކުރިއަށްގެންދާ އެހެނިހެން މަޝްރޫޢުތަކާ ގުޅޭ މުހިންމު ނިންމެވުންތަކެއް، ވަޒީރުންގެ މަޖިލީހުން ނިންމަވައިފިއެވެ.
ޚަބަރު 19 Aug 2026
ނޭކުރެންދޫގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމްކުރުމުގެ މަޝްރޫޢު ނިމިއްޖެ
ނޭކުރެންދޫގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމްކުރުމުގެ މަޝްރޫޢު ނިމިއްޖެ
ނޭކުރެންދޫގައި ޤާއިމުކުރެވިފައިވާ ފެނާއި ނަރުދަމާ ނިޒާމަކީ އޯޕެކް ފަންޑް ފޯރ އިންޓަނޭޝަނަލް ޑިވެލޮޕްމެންޓްގެ ލޯނު އެހީ އަދި ދިވެހި ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން، މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓްއިން، އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އަދި ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ ޖޮއިންޓް ވެންޗަރ އާއި ޙަވާލުކޮށްގެން ނިންމާފައިވާ މަސައްކަތެކެވެ.
ޚަބަރު 18 Aug 2026