ގެއެއްގެ ތިޖޫރީ ފަޅާލައި 4 މިލިއަން ރުފިޔާ ވަގަށްނެގި މައްސަލާގައި 5 މީހަކަށް ދަޢުވާ އުފުލައިފި

އ އައިމިނަތުު މުޙައްމަދު
ޚަބަރު 12 Jul 2026

މާލޭގެ ގެއެއްގެ އެޕާޓްމަންޓަކުން ދެ ތިޖޫރީ ފަޅާލައި، ގާތްގަނޑަކަށް 4 މިލިއަން ރުފިޔާ ވަގަށްނެގި މައްސަލާގައި ފަސް މީހެއްގެ މައްޗަށް ދަޢުވާކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ.

މި ހާދިސާ ހިނގާފައިވަނީ 15 މާރިޗު 2026 ދުވަހުގެ ރޭ 21:02 އެހައިކަށްހައިއިރު، މ. ނަލަހިޔާ ރެސިޑެންސްގެ އެޕާޓްމަންޓެއްގައެވެ. މި މައްސަލާގައި ތުހުމަތުކުރެވޭ ފަސް މީހުންގެ މައްޗަށް ދަޢުވާކުރުމަށް ކޯޓަށް ހުށަހަޅާފައިވަނީ 25 ޖޫން 2026 ގައެވެ.

މި މައްސަލާގައި ދަޢުވާ އުފުލާފައިވާ ފަރާތްތަކަކީ:

  1. އަޙްމަދު ފާރިސް (މ. އޭސިޔާ)

  2. ޖަޒީލު މުޙައްމަދު (ހދ. ނޮޅިވަރަންފަރު، ޖަޒީލާމަންޒިލް)

  3. މުޙައްމަދު އަފްރާޙް (ސ. މީދޫ، މޫންލައިޓްވިލާ)

  4. އިސްމާޢީލް ޢާޞިފް (ރ. މަޑުއްވަރި، ދާރުލް އައްވަލް)

  5. މުޙައްމަދު ނޫރު އަޙްމަދު (ޅ. ނައިފަރު، ކަސްތޫރިމާގެ)

މި ފަސް މީހުންގެ މައްޗަށްވެސް އުފުލާފައިވަނީ ޤާނޫނުލްޢުޤޫބާތުގެ 211 ވަނަ މާއްދާގެ ދަށުން، އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގެ ދަޢުވާއެވެ. މިއީ އެ އެޕާޓްމަންޓުގައި ހުރި ދެ ތިޖޫރީއަށް ގެއްލުންދީ، އޭގައި ހުރި 3,992,000 (ތިންމިލިއަން ނުވަލައްކަ ނުވަދިހަ ދެހާސް) ރުފިޔާ ވަގަށް ނަގާފައިވާތީ ކުރާ ދަޢުވާއެކެވެ. މި ކުށުގެ އަސާސީ އަދަބަކީ 3 އަހަރާއި 2 މަހާއި 12 ދުވަހުގެ ޖަލު ހުކުމެކެވެ.

މީގެ އިތުރުން، އަޙްމަދު ފާރިސް، ޖަޒީލު މުޙައްމަދު އަދި މުޙައްމަދު ނޫރު އަޙްމަދުގެ މައްޗަށް އިތުރު ދެ ދަޢުވާއެއް ވަނީ އުފުލާފައެވެ. އެއީ އެނގިހުރެ ހުއްދަނޫން ތަނަކަށް ވަނުމުގެ ދަޢުވާއާއި، މުދަލަށް ގެއްލުން ދިނުމުގެ ދަޢުވާއެވެ. މި މީހުން ވަނީ އެޕާޓްމަންޓުގެ ވެރިފަރާތުގެ ހުއްދަނެތި އެތަނަށް ވަދެ، ކޮޓަރިތަކުގެ ދޮރުތަކަށާއި ތިޖޫރީތަކަށް ބޮޑެތި ގެއްލުންތަކެއް ދީފައެވެ. މި ކޮންމެ ކުށެއްގެ އަސާސީ އަދަބަކީ 4 މަހާއި 24 ދުވަހުގެ ޖަލު ހުކުމެކެވެ.

މި މައްސަލާގައި ދަޢުވާލިބޭ މީހުން އަތުން ވަގަށްނެގި ފައިސާ އަނބުރާ ހޯދައި، ބަދަލުލިބޭ ފަރާތަށް ނަގައިދިނުމަށްވެސް ދަޢުލަތުން ވަނީ ކޯޓުގައި އެދިފައެވެ. މި ބޮޑު ވައްކަމުގެ މައްސަލައަކީ ފަހުގެ ތާރީޚެއްގައި މާލޭގައި ހިނގި މިފަދަ އެންމެ ބޮޑު އެއް ހާދިސާއެވެ.


ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ޤައުމީ ތަރައްޤީގެ ބިންގަލަކީ އަންހެނުން ބާރުވެރިކުރުވުން: ފަސްޓްލޭޑީ
ޤައުމީ ތަރައްޤީގެ ބިންގަލަކީ އަންހެނުން ބާރުވެރިކުރުވުން: ފަސްޓްލޭޑީ
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ، އަންހެނުންނަކީ ޤައުމުގެ އިޖުތިމާޢީ ހަށިގަނޑުގެ އެއްބައި ކަމުގައި ސިފަކުރައްވައި، ޤައުމު ބިނާކުރުމުގެ ވިސްނުމާއި އެ މަސައްކަތުގައި ހުރިހާ ދަރަޖައެއްގައި، އަދި ހުރިހާ ދާއިރާއެއްގައި އަންހެނުންގެ ބައިވެރިވުން އޮންނަންވާނެ ކަމުގައި ވިދާޅުވެފައެވެ. އަދި އެކަމަށް މަގުތައް ތަނަވަސްވެ ފުރުޞަތުތައް ފަހިވާނެ މި ފަދަ ޕްރޮގްރާމުތައް ހިންގެންވާނެކަމުގައި އެކަމަނާ ވިދާޅުވިއެވެ.
ޚަބަރު 27 Aug 2026
ނޭޕާލްގައި ހިނގި ފްލޭޝް ފްލަޑް ސަރަހައްދުގައި ދިވެއްސަކު ނޫޅޭ
ނޭޕާލްގައި ހިނގި ފްލޭޝް ފްލަޑް ސަރަހައްދުގައި ދިވެއްސަކު ނޫޅޭ
އަދި އިންޑިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނާއި ކަތުމަންޑޫގައި ހުންނަ ދިވެހިރާއްޖޭގެ އޮނޮރަރީ ކޮންސުލް މެދުވެރިކޮށް ބެލިބެލުމުން ނޭޕާލްގައި ދިރިއުޅޭ އެއްވެސް ދިވެހި ރައްޔިތަކަށް މިހާދިސާގައި އަސަރުކޮށްފައި ނުވެއެވެ.
ޚަބަރު 27 Aug 2026
އެމްއައިބީ އޭދަފުށި ބްރާންޗުން ބ. އަތޮޅަށް މާލީ ޚިދުމަތްތައް ފަހިވާނެ: މިނިސްޓަރ ޒަރީރު
އެމްއައިބީ އޭދަފުށި ބްރާންޗުން ބ. އަތޮޅަށް މާލީ ޚިދުމަތްތައް ފަހިވާނެ: މިނިސްޓަރ ޒަރީރު
ޝަރީޢާ ހުއްދަ ބޭންކިން ޚިދުމަތްތައް ރަށަށް ތަޢާރަފްވުމުން، ވިޔަފާރިވެރިންނާއި މަސްވެރިންގެ އިތުރުން، ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް، އަދި ޢާންމު ރައްޔިތުންނަށް ފައިދާ ކުރާނެ ކަމަށާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފައިނޭންސިން ހޯދައި ވިޔަފާރި ފުޅާ ކުރުމުގެ ފުރުސަތު ތަނަވަސްވެގެންދާނެ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.
ޚަބަރު 27 Aug 2026
އެމް.އައި.ބީ އޭޓީއެމްގެ ސަބަބުން ގޮއިދޫގެ މާލީ ދާއިރާ ފުޅާވެ، ފަތުރުވެރިކަމަށް ކުރިއެރުން ލިބޭނެ: މިނިސްޓަރ ޒަރީރު
އެމް.އައި.ބީ އޭޓީއެމްގެ ސަބަބުން ގޮއިދޫގެ މާލީ ދާއިރާ ފުޅާވެ، ފަތުރުވެރިކަމަށް ކުރިއެރުން ލިބޭނެ: މިނިސްޓަރ ޒަރީރު
މިނިސްޓަރ ޒަރީރު މިހެން ވިދާޅުވީ ރާއްޖޭގައި އެމް.އައި.ބީ.އިން ބެހެއްޓި 62 ވަނަ އޭޓީއެމް ރަސްމީކޮށް ހުޅުވައިދެއްވާ އެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޚަބަރު 27 Aug 2026