ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު / ފޮޓޯ: ޕީއެންސީ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު / ފޮޓޯ: ޕީއެންސީ

ހުރިހާ ކަމެއްގައިވެސް ޤައުމު އިސްކުރުމަށް ރައީސް ޑރ. މުޢިއްޒު ގޮވާލައްވައިފި

އ އައިމިނަތުު މުޙައްމަދު
ޚަބަރު 15 Sep 2026

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ސިޔާސަތުތަކާއި ހަރަކާތްތައް އަބަދުވެސް ބިނާވެގެންދާނީ އަމަންއަމާންކަމާއި، ޤައުމީ ތަރައްޤީ އަދި ސަލާމަތާއި ރައްކާތެރިކަމުގެ މައްޗަށް ކަމަށް ވިދާޅުވެ، ހުރިހާ ދިވެހި ރައްޔިތުންވެސް "ޤައުމު އިސްކުރުމުގެ" ވިސްނުން އިސްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ.

ރައީސް މިކަމަށް ގޮވާލެއްވީ ޕީއެންސީގެ ކޮންގްރެސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ، މާޒީގައި ބައެއް ސިޔާސީ ލީޑަރުންނާއި ޕާޓީތަކުން ކަންކަން ކޮށްފައިވާ ގޮތުގެ ސަބަބުން، ޚާއްޞަކޮށް ޒުވާނުންގެ މެދުގައި ސިޔާސީ މަސައްކަތްތަކާމެދު ނޭދެވޭ ތަޞައްވުރެއް އުފެދިފައިވާ ކަމަށެވެ. އަދި މި ވިސްނުން ބަދަލުކުރެވެން އޮތީ "ޤައުމު އިސްކުރުމުގެ" އުޞޫލު ޚިޔާރުކޮށްގެން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަމިއްލަ މަޞްލަޙަތާއި ޕާޓީގެ މަޞްލަޙަތަށްވުރެ ޤައުމީ މަޞްލަޙަތު އިސްކޮށްފިނަމަ ސިޔާސީ މަސައްކަތަކީ އިޚްލާޞްތެރި އަދި ސާފު ކަމަކަށް ވެގެންދާނެ ކަމަށާއި، އެއްވެސް ސިޔާސީ ލީޑަރަކު ޖަލަށްލައި ސިޔާސީ ބަދަލުހިފުމުގެ ޝިކާރައަކަށް ހަދައިގެން ނުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން، ސިޔާސީ ލީޑަރުންނަށް އެއްވެސް ބިރުވެރިކަމެއް ނެތި ސިޔާސީ ހަރަކާތްތައް ހިންގުމުގެ ފުރުޞަތު އޮންނަންޖެހޭނެ ކަމަށާއި، ޤައުމު ކުރިއަށްދާންވާނީ ޤައުމީ އެއްބައިވަންތަކަމާއި ޤައުމީ ލޯތްބާއެކު ކަމަށް ވިދާޅުވިއެވެ. އަދި މި ކޮންގްރެސްއިން އެއްބައިވަންތަކަން ދައްކުވައިދިނުމަށް ޕީއެންސީގެ މެންބަރުންގެ ކިބައިން އެދިވަޑައިގަންނަވަމުން، ކޮންމެ އިންތިޚާބެއްގައިވެސް މޮޅުވާ ބަޔަކާއި ބަލިވާ ބަޔަކު ތިބޭނެ ކަމަށާއި، އިންތިޚާބަށްފަހު ބައިބައިވުމެއް ނެތި އެންމެން އެކުގައި ކުރިއަށްދިއުމަށް ރައީސް އިލްތިމާސްކުރެއްވިއެވެ.

ރައީސް ޑރ. މުޢިއްޒު އިތުރަށް ވިދާޅުވީ، ސަރުކާރުގެ ސިޔާސީ އެޖެންޑާއަކީ ހަމައެކަނި ޤައުމަށް ފައިދާހުރި ނަތީޖާތަކެއް ހޯދައިދިނުމަށް އޮތް ޤައުމީ އެޖެންޑާއެއް ކަމަށެވެ. އަދި ސިޔާސީ ފިކުރު ކޮންމެ ގޮތަކަށް ހުރި ނަމަވެސް، އެންމެންނަކީވެސް އެއް ޤައުމިއްޔަތެއް ހިއްސާކުރާ، އަދި އަންނަން އޮތް ޖީލުތަކުގެ މުސްތަޤްބަލަށް ޒިންމާވާންޖެހޭ ބައެއްކަން ހަނދާން ބެހެއްޓުމަށް ހުރިހާ ރައްޔިތުންނަށް ގޮވާލެއްވިއެވެ. އަދި ކޮންމެ ޕާޓީއަކުން ހުށަހެޅި ނަމަވެސް، ޤައުމަށް ފައިދާހުރި ކަންކަމަށް އެއްބާރުލުން ދިނުމަކީ ޤައުމު އިސްކުރުން ކަމުގައި ފާހަގަކުރެއްވިއެވެ.

ޢުމްރާނީ ތަރައްޤީއާއެކު އިޖުތިމާޢީ ތަރައްޤީގެ މުހިންމުކަމަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ޢިއްޒަތާއި، ޤައުމީ ފަޚުރާއި، ޤައުމުދެކެ ލޯބިވުމާއި، އިޖުތިމާޢީ އަގުތައް ގެއްލިގެންދާނަމަ، ހަމައެކަނި ބޮޑެތި ޢިމާރާތްތަކާއި ޢުމްރާނީ ވަސީލަތްތަކުން ޤައުމަށް ފައިދާއެއް ނުކުރާނެ ކަމަށެވެ. ދެމެހެއްޓެނިވި އަދި މާނަހުރި ތަރައްޤީއެއް ޙާޞިލުކުރެވޭނީ ޢުމްރާނީ ތަރައްޤީއާއެކު މީހުންގެ ވިސްނުމާއި އަޚްލާޤީ ސިފަތައް ތަރައްޤީކޮށްގެން ކަމަށާއި، ޤައުމުގެ އިޖުތިމާޢީ ފޭރާން ރަނގަޅުކުރުމަކީ ހަމައެކަނި ޕީއެންސީގެ ނޫން، އެންމެންގެ އިޚްލާޞްތެރި މަސައްކަތް ބޭނުންވާ ކަމެއް ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
25ވަނަ ނޭޝަނަލް ޕެޓްރޯލް ލީޑަރސް ޓްރޭނިންގ ކޭމްޕް ނިންމުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ޝަރަފުވެރި ކޮށްދެއްވައިފި
25ވަނަ ނޭޝަނަލް ޕެޓްރޯލް ލީޑަރސް ޓްރޭނިންގ ކޭމްޕް ނިންމުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ޝަރަފުވެރި ކޮށްދެއްވައިފި
25 ވަނަ ނޭޝަނަލް ޕެޓްރޯލް ލީޑަރސް ޓްރޭނިންގ ކޭމްޕް ނިންމުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، އަދި ޗީފް ގައިޑް ސާޖިދާ މުޙައްމަދު ޝަރަފުވެރި ކޮށްދެއްވައިފިއެވެ.
ޚަބަރު 16 Sep 2026
މައްކާއަށް އަމާޒުކޮށް ހޫޘީން ޑްރޯން ބޭނުންކޮށްގެން ދޭން އުޅުނު ޙަމަލާ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކުށްވެރިކުރައްވައިފި
މައްކާއަށް އަމާޒުކޮށް ހޫޘީން ޑްރޯން ބޭނުންކޮށްގެން ދޭން އުޅުނު ޙަމަލާ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކުށްވެރިކުރައްވައިފި
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ މާތްވެގެންވާ މައްކާއަށް އަމާޒުކޮށް ހޫޘީން ޑްރޯން ބޭނުންކޮށްގެން ދޭން އުޅުނު ޙަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާ ކަމަށެވެ. އިސްލާމްދީނުގެ އެންމެ މާތްވެގެންވާ މުޤައްދަސް ސިޓީގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވާ ފަދަ ކޮންމެ ޢަމަލަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، އެއީ މުޅި އިސްލާމީ އުންމަތުގެ ހިތްތަކަށް ލިބޭ ފުން އަނިޔާއެކެވެ.
ޚަބަރު 16 Sep 2026
ޕީއެންސީގެ ވެރިންނަށް ސަރުކާރުގެ އަދާހަމަތައް އެނގުން މުހިންމު: މުންދު
ޕީއެންސީގެ ވެރިންނަށް ސަރުކާރުގެ އަދާހަމަތައް އެނގުން މުހިންމު: މުންދު
ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ލީޑަރޝިޕާއި އެކި ދާއިރާތަކުގެ އިސްވެރިންނަށް ސަރުކާރުގެ މަޝްރޫޢުތަކުގެ އަދާހަމަތަކާއި ރައްޔިތުންގެ ކަންބޮޑުވުންތައް އެނގުމަކީ ނުހަނު މުހިންމު ކަމެއް ކަމަށް އެ ޕާޓީގެ ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.
ޚަބަރު 16 Sep 2026
ޤާނޫނާޚިލާފަށް މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ މަސްބޯޓެއް، އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފި
ޤާނޫނާޚިލާފަށް މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ މަސްބޯޓެއް، އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފި
އެމްއެންޑީއެފުން ބުނީ ރާއްޖޭގެ ސަރަހައްދު ބެލެހެއްޓުމަށް ކޯސްޓުގާޑުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަހައްދުގައި ޤާނޫނާއި ޚިލާފަށް މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ މަސްބޯޓެއް، 16 ސެޕްޓެމްބަރު 2026 ގައި އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެދަށަށް ވަނީ ގެނެސްފައެވެ.
ޚަބަރު 16 Sep 2026