އޭޑީބީގެ ޑިރެކްޓަރ ރާއްޖެއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި

އޭޑީބީގެ ޑިރެކްޓަރ ރާއްޖެއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި

ހ ހަޅަ
ޚަބަރު 13 Sep 2024

އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭ.ޑީ.ބީ)ގެ އެގްޒެކެޓިވް ޑިރެކްޓަރ ހާ އެކްސެލެންސީ ޑރ. ޖަސްޓީން ޑިއޮކްނޯ-ސިކާޓް ދިވެހިރާއްޖެއަށް ކުރެއްވި ތިން ދުވަހުގެ ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފިއެވެ.

2024 ސެޕްޓެންބަރު 8 އިން 10 އަށް އެގްޒެކެޓިވް ޑިރެކްޓަރ ރާއްޖެއަށް ކުރެއްވި މިދަތުރުފުޅުގައި އެކަމަނާގެ އަރިހުގައި އެގްޒެކެޓިވް ޑިރެކްޓަރގެ އެޑްވައިޒަރ މިސް ޖުވީ ޑަނޯފްރާޓާ އަދި ސީނިއަރ އިކޮނޮމިސްޓް ޑރ. އެލިޒަބެތާ ޖެންޓީލް ބައިވެރިވެ ވަޑައިގެންނެވިއެވެ. އެގްޒެކެޓިވް ޑިރެކްޓަރގެ މި ދަތުރުފުޅުގެ މަޤުޞަދަކީ، އޭ.ޑީ.ބީއިން ދިވެހިރާއްޖެއަށް އެހީ ދެއްވާ ދާއިރާތަކާ މެދު މަޝްވަރާކުރެއްވުމާއި، މިހާރު އޭ.ޑީ.ބީގެ ހިލޭ އަދި ލޯނު އެހީގައި ހިންގާ މަޝްރޫޢުތަކާއި އަދި އޭ.ޑީ.ބީގެ ތަސައްވުރާއި ބެހޭގޮތުން މަޝްވަރާކުރެއްވުމެވެ.

މި ދަތުރުފުޅުގައި އެގްޒެކެޓިވް ޑިރެކްޓަރ ވަނީ ސަރުކާރުގެ އިސްވެރިންނާ ބައްދަލުކުރައްވައި، ރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ އެހީތެރިކަމާ ގުޅޭ ގޮތުންނާއި، ރާއްޖޭގައި ހިންގާ ބައެއް މަޝްރޫޢުތަކުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވައިލެއްވުމަށް ހުޅުމާލެ އަދި ކ. ތިލަފުއްޓަށް ޒިޔާރަތް ކުރައްވާފައެވެ. މިގޮތުން އެކަމަނާ ވަނީ މާލީ ވުޒާރާގެ އިތުރުން އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާއާއި، ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއާއި، މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއާއި، ފަތުރުވެރިކަމާ ބެހޭ ވުޒާރާ އަދި އޮޑިޓަރ ޖެނެރަލްގެ އޮފީހާ ބައްދަލުކުރައްވައިފައެވެ.

މާލީ ވުޒާރާއާއެކު ބޭއްވި ބައްދަލުވުން

މި ބައްދަލުވުމުގެ މަޝްވަރާތަކުގައި ބޮޑަށް އަލިއަޅުވާލާފައިވަނީ ސަރުކާރުގެ މާލީ އިސްލާހުތަކާއި އޭ.ޑީ.ބީ އާއެކު އިތުރަށް ގުޅިގެން މަސައްކަތް ކުރެވޭނެ މަގުތައް ހޯދުމަށެވެ. އޭގެ އިތުރުން، ދިވެހިރާއްޖޭގައި އޭ.ޑީ.ބީގެ ރެޒިޑެންޓް މިޝަނެއް ގާއިމްކުރުމާ ބެހޭ ގޮތުން ވެސް ވަނީ މަޝްވަރާކޮށްފަ އެވެ.

އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާއާއެކު ބޭއްވި ބައްދަލުވުން

މި ބައްދަލުވުމުގައި މިނިސްޓަރ ޑރ. ޢަބްދުﷲ މުއްޠަލިބު ވަނީ ބިނާރާބެހޭ މަޝްރޫޢުތައް ނިންމުމުގައި ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުތަކާއި، މާލީ ދަތިތަކާއި، މިހާރު ހުރި މަޝްރޫޢުތައް ކުރިއަށްގެންދިއުމަށް ރާވާފައިވާ ގޮތާ ބެހޭ މަޢުލޫމާތު އެގްޒެކެޓިވް ޑިރެކްޓަރަށް އަރުވައިފައެވެ. މި ބައްދަލުވުމުގައި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ އިބްރާހީމް ޠަޢާމު މުޙައްމަދާއި، ޕަރމަނަންޓް ސެކްރެޓަރީ މުޙައްމަދު ޝާމިލާއި، ޗީފް އެކައުންޓްސް އެގްޒެކެޓިވް ނާޞިރާ މޫސާ އަދި އެ ވުޒާރާގެ ފަންނީ ޓީމުން ބައިވެރިވެލެއްވިއެވެ.

ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއާއެކު ބޭއްވި ބައްދަލުވުން

މި ބައްދަލުވުމުގައި މިނިސްޓަރ ޑރ. ޢަލީ ހައިދަރާއި އެގްޒެކެޓިވް ޑިރެކްޓަރު ވަނީ ދިވެހިރާއްޖެއާއި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކާ ދެމެދު އޮންނަ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، މިހާރު ކުރިއަށްދާ ގެދޮރުވެރިކަމުގެ މަޝްރޫޢުތަކާއި، ގެދޮރުވެރިކަމުގެ ސިނާޢަތް މުސްތަޤުބަލުގައި ފުޅާކުރުމަށް ރާވާފައިވާ ގޮތާ ގުޅޭގޮތުން މަޝްވަރާކުރައްވައިފައެވެ. އަދި މި މަސައްކަތްތަކުގައި އޭ.ޑީ.ބީން ފޯރުކޮށްދޭ އެހީތެރިކަމާ ގުޅޭގޮތުންވެސް ވަނީ މަޝްވަރާކުރެވިފައެވެ.

މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއާއެކު ބޭއްވި ބައްދަލުވުން

މި ބައްދަލުވުމުގައި މިނިސްޓަރ ޠާރިޤް އިބްރާޙީމް ވަނީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުގެ އެހީގައި ހިންގަމުންދާ މަޝްރޫޢުތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި، ރާއްޖެއަށް އެހީތެރިކަން ބޭނުންވާ އިތުރު ދާއިރާތަކުން ތަރައްޤީގެ އައު މަޝްރޫޢުތައް ކުރިއަށްގެންދިއުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފައެވެ.

ފަތުރުވެރިކަމާ ގުޅޭ ވުޒާރާއާއެކު ބޭއްވި ބައްދަލުވުން

މި ބައްދަލުވުމުގައި ރާއްޖޭގައި ފަތުރުވެރިކަން ތަރައްޤީ ކުރުމަށް މިހާރު ކުރަމުން ގެންދާ މަސައްކަތްތަކުގެ ތަފްސީލު ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އެގްޒެކެޓިވް ޑިރެކްޓަރ އަށް ހުށަހެޅުއްވިއެވެ. އަދި، އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ޑައިވަރސިފައި ކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން މިނިސްޓަރ އިބްރާހީމް ފައިސަލް، އޭ.ޑީ.ބީގެ އެގްޒެކެޓިވް ޑިރެކްޓަރއާ މަޝްވަރާ ކުރެއްވިއެވެ.

އޮޑިޓަރ ޖެނެރަލްގެ އޮފީހާއެކު ބޭއްވި ބައްދަލުވުން

މި ބައްދަލުވުމުގައި އޮޑިޓަރ ޖެނެރަލް ޙުސައިން ނިޔާޒީ ވަނީ މިހާރު އޮޑިޓަރ ޖެނެރަލްގެ އޮފީހުން އެންމެ މުހިންމުކަންދީގެން ކުރައްވަމުން ގެންދަވާ އޮޑިޓްތަކުގެ ތަފްސީލު، އެގްޒެކެޓިވް ޑިރެކްޓަރއާ ޙިއްސާ ކުރައްވާފައެވެ. އަދި އޮޑިޓަރ ޖެނެރަލްގެ އޮފީހުން ކުރިއަށް ގެންދިއުމަށް ރާއްވަވާފައިވާ އޮޑިޓްތަކަށް އޭ.ޑީ.ބީގެ ޓެކްނިކަލް އެސިސްޓެންސް ހޯދުމާ ގުޅޭގޮތުންވެސް އެގްޒެކެޓިވް ޑިރެކްޓަރއާ މަޝްވަރާ ކުރެއްވިއެވެ.

ތިލަފުށި ސައިޓް ވިޒިޓް

އެގްޒެކެޓިވް ޑިރެކްޓަރ ހާ އެކްސެލެންސީ ޑރ. ޖަސްޓީން ޑިއޮކްނޯ-ސިކާޓްގެ ދަތުރުފުޅުގައި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުގެ އޮފިޝަލުންނާއެކު ވަނީ ކ. ތިލަފުށްޓަށް ޒިޔާރަތްކުރައްވައިފައެވެ. މި ޒިޔާރަތުގެ މަޤްޞަދަކީ އޭ.ޑީ.ބީގެ އެހީގައި ހިންގާ ވޭސްޓް-ޓު-އެނަރޖީ ޕްލާންޓާއި ވެމްކޯގެ ކުނި މެނޭޖުކުރާ ސައިޓުގެ މަސައްކަތްތައް ކުރިއަށްދާ މިންވަރު ބައްލަވައިލެއްވުމެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ޕޮލެންޑުގެ ބޯޑަރު ކައިރިއަށް ރަޝިޔާއިން ވަރުގަދަ ހަމަލާއެއްދީ ހަނގުރާމަ އިތުރަށް ވަރުގަދަކޮށްފި
ޕޮލެންޑުގެ ބޯޑަރު ކައިރިއަށް ރަޝިޔާއިން ވަރުގަދަ ހަމަލާއެއްދީ ހަނގުރާމަ އިތުރަށް ވަރުގަދަކޮށްފި
ޔޫކްރެއިނާއި ޕޮލެންޑް ގުޅޭ ބޯޑަރު ކައިރިއަށް ރަޝިޔާއިން އާދީއްތަ ދުވަހު ދިން ވަރުގަދަ ހަމަލާއަކާ ގުޅިގެން، ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގެ ނުތަނަވަސްކަން އިތުރަށް ބޮޑުވެގެން ހިނގައްޖެއެވެ.
ދުނިޔެ 13 Sep 2026
ހޮރްމުޒް ކަނޑުއޮޅީގެ ނުތަނަވަސްކަން އިތުރުވެ، ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ނުރައްކާ ކުރިމަތިވެއްޖެ
ހޮރްމުޒް ކަނޑުއޮޅީގެ ނުތަނަވަސްކަން އިތުރުވެ، ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ނުރައްކާ ކުރިމަތިވެއްޖެ
ދުނިޔޭގެ ވިޔަފާރީގެ އެންމެ މުހިންމު އެއް މަގު ކަމަށްވާ ހޮރްމުޒް ކަނޑުއޮޅީގައި ވިޔަފާރި އުޅަނދަކަށް ދިން ހަމަލާއަކާ ގުޅިގެން، އެ ސަރަޙައްދުގެ ނުތަނަވަސްކަން އިންތިހާއަށް އިތުރުވެއްޖެއެވެ.
ދުނިޔެ 13 Sep 2026
ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާ ފަށައިފި
ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާ ފަށައިފި
މިއީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރޭ މުނާސަބަތު ފާހަގަކުރުގެ ގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުން ގިނަ ޢަދަދެއްގެ ޒުވާން ޚަޠީބުންގެ ބައިވެރިވުމާއެކު ބާއްވާ ޚާއްސަ މަހާސިންތާއެކެވެ.
ޚަބަރު 13 Sep 2026
ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރާ ރާއްޖޭގެ އެންމެ ބޮޑު މިސްކިތް “ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުالله”ގެ ބިންގާ އަޅުއްވައިދެއްވައިފި
ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރާ ރާއްޖޭގެ އެންމެ ބޮޑު މިސްކިތް “ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުالله”ގެ ބިންގާ އަޅުއްވައިދެއްވައިފި
ގާތްގަނޑަކަށް 10،000 މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭނެ ތަނަވަސް މައި ހޯލެއް ހިމެނޭ ގޮތަށް ޤާއިމްކުރާ މި ބިނާގައި ނަމާދު ކުރާނެ ތަނަވަސް ސަރަޙައްދު ހިމެނޭހެން އިސްލާމީ ތަޢުލީމާއި، ޘަޤާފަތް އާލާކޮށް އިޖުތިމާޢީ ގުޅުން ބަދަހިކުރުމަށް ގިނަ ވަސީލަތްތަކެއް ވަނީ ފަރުމާކޮށްފައެވެ.
ޚަބަރު 13 Sep 2026