ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު)
ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު)

ހުއްދަނެތި އަދަދު ނޫހުގެ ނޫސްވެރިޔާ ވަނުމުން 'ޕްރެސް ވިތު ދަ ސްޕޮކްސް' ކުރިއަށް ނުގެންދެވުނު: މުންދު

އ އައިމިނަތުު މުޙައްމަދު
ޚަބަރު 05 Sep 2026

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މީޑިއާތަކާ ބައްދަލުކޮށް ސުވާލުތަކަށް ޖަވާބުދިނުމަށް ބާއްވާ ސިލްސިލާ ޕްރޮގްރާމް "ޕްރެސް ވިތު ދަ ސްޕޮކްސް" ގެ މިއަދުގެ އެޕިސޯޑް ކުރިއަށް ނުގެންދެވި ލަސްވާން ދިމާވީ ހުއްދަ ނެތި 'އަދަދު' ނޫހުގެ ނޫސްވެރިޔަކު ސްޓޫޑިއޯއަށް ވަދެ އިނުމުން ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ ސްޓޫޑިއޯގައި ލައިވްކޮށް ރެކޯޑުކުރަން ހަމަޖެހިފައި އޮތް މި ޕްރޮގްރާމަށް މިއަދު ހަވީރު 4:00 އަށް ދަޢުވަތު ދީފައިވަނީ މިކަމަށް ހަމަޖެހިފައިވާ މީޑިއާ ގްރޫޕް މެދުވެރިކޮށެވެ. މުންދު ވިދާޅުވީ މި ޕްރޮގްރާމަކީ ރައީސް އޮފީހުގެ ޕްރެސް ކޮންފަރެންސްތަކުގައި ބައިވެރިވާ، ގެޒެޓްކުރެވި، ސްކްރީންކޮށް ހުއްދަ ދީފައިވާ މީޑިއާތަކަށް ހުޅުވާލެވިފައިވާ ފުރުސަތެއް ކަމަށެވެ. އަދި އަދަދު ނޫހަކީ މީގެ ދެތިން މަސް ކުރިން ޣައިރުޤާނޫނީ ޢަމަލުތަކަކާއި ޖިނާއީ މައްސަލަތަކެއް ހިނގަމުންދާތީ އެ ފުރުސަތު އުނިކޮށްފައިވާ ފަރާތެއް ކަމަށާއި، އެހެންކަމުން ރައީސް އޮފީހުގެ މިފަދަ ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ ފުރުސަތު އެ ނޫހަށް މިހާރު ނޯންނާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މި ޕްރޮގްރާމްގައި ބައިވެރިވުމަށް 20 ވަރަކަށް ނޫސްވެރިން ނަންނޯޓުކުރި ކަމަށާއި، އަދަދު ނޫހުގެ ފަރާތުން ލީވާން ނަމަކަށް ކިޔާ ނޫސްވެރިޔަކު ބައިވެރިވާން ބޭނުންވެގެން މެސެޖު ކުރި ނަމަވެސް، ރައީސް އޮފީހުން އޭނާއަށް އެއްވެސް ހުއްދައެއް ދީފައި ނުވާނެ ކަމަށް މުންދު ވިދާޅުވިއެވެ.

"ޕްރޮގްރާމް ނަގަން ކައިރިވެފައި އޮއްވާ، ހުއްދައެއް ނެތި ލީވާން އެތަނަށް ވަދެ އިށީނދެ، ތެދުވެގެން ނުދާން އުޅުނީ. ޕީއެސްއެމް އަކީ ވަކި ޤާނޫނީ ބާރު އޮތް މުއައްސަސާއެއް، މިއީ ޤާނޫނު ހުއްދަކުރާ ކަމެއްވެސް ނޫން ބައެއްގެ ތަނަކަށް ހުއްދަނެތި ވަނުމަކީ،" ތަރުޖަމާނު ވިދާޅުވިއެވެ.

މުންދު އިތުރަށް ވިދާޅުވީ، އަދަދު ނޫހަކީ ދޮގުހެދުމާއި، ޑްރާމާ ކުޅުމާއި ފިލްމު އެޑިޓްކުރުމުގައި ހައްދެއް ނެތް ބައެއް ކަމަށެވެ. އަދި ހުއްދަ ނެތް ސައްހަ ނޫން މީހަކު ސްޓޫޑިއޯގައި އިނުމުގެ ސަބަބުން ޕްރޮގްރާމް ކުރިއަށް ނުގެންދެވި ވަގުތު ބޭކާރުވުމުން، އެކަމަށްޓަކައި ޕީއެސްއެމް އަށާއި ބައިވެރިވި އެހެން ހުރިހާ ނޫސްވެރިންގެ ކިބައިން މާފަށް އެދިވަޑައިގަންނަވާ ކަމަށެވެ. މީގެއިތުރުން ޕީއެސްއެމްގެ ފަރާތުންވެސް މި މައްސަލައިގައި ފިޔަވަޅު އަޅަންޖެހޭނަމަ ފިޔަވަޅު އަޅާނެކަމަށް މުންދު ވިދާޅުވިއެވެ.

ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދިނުމަށް ޒިންމާދާރު ނޫސްވެރިންނާ އެކު ބާއްވާ މި ބައްދަލުވުމުގެ ފުރުސަތު ނަގާލައި، ހުރަސްއެޅުމުގެ ފުރުސަތު އެއްވެސް ފަރާތަކަށް ނުދެއްވާނެ ކަމަށް މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ވިދާޅުވިއެވެ. އަދި ސައްހަ މީޑިއާތަކާއި ނޫސްވެރިންނާ އެކު، މާ ލަސްތަކެއް ނުވެ އެހެން މާހައުލެއްގައި މި އެޕިސޯޑު އަލުން ރެކޯޑުކުރާނެ ކަމުގެ ޔަގީންކަންވެސް ތަރުޖަމާނު ދެއްވިއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ޕީއެންސީގެ މެންބަރުންގެ އަދަދު 77،000 އަށް އަރައިފި: މަޖިލިސް މެންބަރުން ތިއްބެވީ ރައީސް މުޢިއްޒުއާއެކު ސާބިތުކަމާއެކު - ފަލާޙް
ޕީއެންސީގެ މެންބަރުންގެ އަދަދު 77،000 އަށް އަރައިފި: މަޖިލިސް މެންބަރުން ތިއްބެވީ ރައީސް މުޢިއްޒުއާއެކު ސާބިތުކަމާއެކު - ފަލާޙް
ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަކީ މިހާރު ރާއްޖޭގައި އޮތް އެންމެ މެންބަރުން ގިނަ ސިޔާސީ ޕާޓީ ކަމަށާއި، އެ ޕާޓީގެ މެންބަރުންގެ އަދަދު 77،000 އަށް އަރައިފި ކަމަށް ޕީއެންސީގެ ޕާލިމަންޓަރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙް ވިދާޅުވެއްޖެއެވެ.
ޚަބަރު 05 Sep 2026
 ޕީއެންސީ އެންމެ ކުރީގައި އޮތީ ރައްޔިތުންނާއެކު ވާތީ، ޔާމީން އުޅުއްވަނީ ފިތުނަ އުފައްދަން: މުހައްމަދު އިސްމާއީލް
ޕީއެންސީ އެންމެ ކުރީގައި އޮތީ ރައްޔިތުންނާއެކު ވާތީ، ޔާމީން އުޅުއްވަނީ ފިތުނަ އުފައްދަން: މުހައްމަދު އިސްމާއީލް
ސިޔާސީ މައިދާނުގެ އެންމެ އުހުގައި ޕީއެންސީ މިއަދު ފައިތިލަ ސާބިތުކޮށްފައިވަނީ އާންމު ރައްޔިތުންގެ އިހުސާސްތައް ދަންނަ އިޚްލާސްތެރި ލީޑަޝިޕެއް އޮތުމުން ކަމަށާއި، އިދިކޮޅުގައި ހުންނަވައިގެން ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް މަސައްކަތްޕުޅު ކުރައްވަނީ މުޖުތަމައު ފަސާދަކުރަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕީޖީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު މުހައްމަދު އިސްމާއީލް ވިދާޅުވެއްޖެއެވެ.
ޚަބަރު 05 Sep 2026
"ޕީއެންސީން ތާއީދުކުރަނީ މޫނަކަށް ނޫން އުސޫލަށް، ރައީސް މުޢިއްޒު ގެންދަވަނީ ފުނޑިފައިވާ އިޤްތިޞާދު ކޮޅަށް ޖައްސަވަމުން" - ޝުޖާޢު
"ޕީއެންސީން ތާއީދުކުރަނީ މޫނަކަށް ނޫން އުސޫލަށް، ރައީސް މުޢިއްޒު ގެންދަވަނީ ފުނޑިފައިވާ އިޤްތިޞާދު ކޮޅަށް ޖައްސަވަމުން" - ޝުޖާޢު
ޤައުމަށް ދިމާވެފައިވާ ބޮޑެތި މައްސަލަތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޙައްލުކުރައްވަމުން ގެންދަވަނީ ކެތްތެރިކަމާއި ސާބިތުކަމާއެކު ކަމަށާއި، ގަސްދުގައި ރޭވިގެން ފުނޑާލާފައި އޮތް ރާއްޖޭގެ އިޤްތިޞާދު އެމަނިކުފާނު އަލުން ކޮޅަށް ޖައްސަވަމުން ގެންދަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.
ޚަބަރު 05 Sep 2026
ޕީއެންސީ ފޫއަޅުވައެއް ނުލެވޭނެ، ޔާމީންގެ ވެރިކަން ނިމުނީ ބޮޑާކަމާއި ޚިޔާނާތުން: ޢަބްދުއްރަޙީމް
ޕީއެންސީ ފޫއަޅުވައެއް ނުލެވޭނެ، ޔާމީންގެ ވެރިކަން ނިމުނީ ބޮޑާކަމާއި ޚިޔާނާތުން: ޢަބްދުއްރަޙީމް
ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ސަފުތައް ބައިބައިކޮށް، ފޫއަޅުވާލުމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ކުރެއްވޭނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށާއި، ޕާޓީގެ މެންބަރުން ތިބީ ސާބިތުކަމާއެކު ސަރުކާރުގެ ފަހަތުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއާޕާސަން ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ޚަބަރު 05 Sep 2026