ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ / ފޮޓޯ: ޕީއެންސީ
ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ / ފޮޓޯ: ޕީއެންސީ

ރައީސް މުޢިއްޒަށް 2028 ކާމިޔާބުކޮށްދިނުމުގެ ޢަމަލީ މަސައްކަތް ފެށިއްޖެ: ޢަބްދުއްރަޙީމް

އ އައިމިނަތުު މުޙައްމަދު
ޚަބަރު 15 Sep 2026

ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ލީޑަރު އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބުކޮށްދިނުމުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފެށިފައިވާ ކަމަށާއި، ޕާޓީގެ މެންބަރުންގެ މައިގަނޑު އަމާޒަކަށް ވާންވާނީ އެމަނިކުފާނަށް ދެވަނަ ދައުރެއް ކަށަވަރުކޮށްދިނުން ކަމަށް ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ މަތީ މަޖިލިސް އިފްތިތާޙުކުރުމަށް ބޭއްވި ކުލަގަދަ ޖަލްސާގައި ވާހަކަދައްކަވަމުން ޢަބްދުއްރަޙީމް ވިދާޅުވީ، ޤައުމަށް ދެމެހެއްޓެނިވި ހަމަޖެހުމާއި ތަރައްޤީ ގެނެވޭނީ މަދުވެގެން 10 އަހަރު ދުވަހު އެއް ވެރިއަކު ޤައުމުގެ ވެރިކަމުގައި ހުންނަވައިގެން ކަމަށެވެ. އެގޮތުން 2023 ވަނަ އަހަރުގެ އިންތިޚާބު ކާމިޔާބުކުރި ވަރަށްވުރެ މާ ފަސޭހަކަމާއެކު، 2028 ގެ އިންތިޚާބު ރައީސް މުޢިއްޒަށް ކާމިޔާބުކޮށްދިނުމަށް ޕާޓީގެ އެންމެހައި މެންބަރުން އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތްކުރަން ޖެހޭ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ ސިޔާސީ ތާރީޚުގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު މަތީ މަޖިލީހުގެ މި ޖަލްސާގައި ވާހަކަފުޅު ކުރިއަށް ގެންދަވަމުން ޢަބްދުއްރަޙީމް ފާހަގަކުރެއްވި ގޮތުގައި، ޕާޓީގެ ފުރަތަމަ މަތީ މަޖިލިސް 3،000 މެންބަރުންނާއެކު ބޭއްވި ނަމަވެސް، މިއަދު އެ ޕާޓީގެ ދަފްތަރުގައި 80،000 އަށްވުރެ ގިނަ މެންބަރުން އެބަތިއްބެވެ. މިހާ ކުރު މުއްދަތެއްގެ ތެރޭގައި ޕާޓީ މިހާ ބޮޑަށް ފުޅާވެގެން ދިޔައީ، ރާއްޖޭގެ ކަންކަން ނިންމުމުގެ ބާރު ހަމައެކަނި ދިވެހިންނަށް އޮންނަންޖެހޭނެ ކަމަށް ޤަބޫލުކުރާ ޕީއެންސީގެ ވަތަނީ ފިކުރާއި، ރައީސް ޑރ. މުޢިއްޒުގެ އިޚްލާޞްތެރި ޒަޢާމަތަށް ރައްޔިތުން ކުރާ އިތުބާރެއްގެ ސަބަބުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ސަރުކާރުގެ އިޤްތިޞާދީ ޙާލަތަށް އަލިއަޅުއްވާލައްވަމުން ޢަބްދުއްރަޙީމް ވިދާޅުވީ، ވެރިކަމާ ޙަވާލުވީއިރު އޮތް ބޮޑު ދަރަނީގެ ބުރަ އުފުލައި، އެ ދަރަނިތައް ދައްކަމުންދަނީ ރައްޔިތުންގެ އަސާސީ ޚިދުމަތްތަކަށާއި ތަރައްޤީގެ މަޝްރޫޢުތަކަށް އެއްވެސް ހުއްޓުމެއް ނާންނާނެ ފަދަ ހަރުދަނާ ސިޔާސަތުތަކެއްގެ ދަށުން ކަމަށެވެ. އަދި ޕީއެންސީން އަބަދުވެސް ވަކާލާތުކުރަނީ އަނިޔާވެރިކަމެއް ނެތް، އިސްލާމީ ވަޙްދަތު ދަމަހައްޓާ އަދި ބޭރުގެ ނުފޫޒުތަކުން އެއްކިބާވެފައިވާ ފުދުންތެރި "ދިވެހިންގެރާއްޖެ" އެއް ބިނާކުރުމަށް ކަމަށްވެސް ވިދާޅުވިއެވެ.

ވާހަކަފުޅު ނިންމަވާލައްވަމުން ޢަބްދުއްރަޙީމް ވަނީ، މަތީ މަޖިލީހުގެ މި ޖަލްސާއަށްފަހު 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ޕާޓީ ތައްޔާރުކުރުމުގެ ގޮތުން ޕާޓީގެ ވަފުދުތައް އަތޮޅުތެރެއަށް ދަތުރުކޮށް ރައްޔިތުންނާ ބައްދަލުކުރާނެ ކަމަށް ވިދާޅުވެފައެވެ. އަދި ސިޔާސީ ވެރިންނަކީ ބޮޑާ ބަޔަކަށް ނުވެ، އަބަދުވެސް ރައްޔިތުންނާ ގާތުން ޚިދުމަތްކުރާ ބަޔަކަށް ވާންޖެހޭނެ ކަމަށްވެސް އެމަނިކުފާނު ނަޞޭޙަތްތެރިވެވަޑައިގެންނެވިއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
25ވަނަ ނޭޝަނަލް ޕެޓްރޯލް ލީޑަރސް ޓްރޭނިންގ ކޭމްޕް ނިންމުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ޝަރަފުވެރި ކޮށްދެއްވައިފި
25ވަނަ ނޭޝަނަލް ޕެޓްރޯލް ލީޑަރސް ޓްރޭނިންގ ކޭމްޕް ނިންމުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ޝަރަފުވެރި ކޮށްދެއްވައިފި
25 ވަނަ ނޭޝަނަލް ޕެޓްރޯލް ލީޑަރސް ޓްރޭނިންގ ކޭމްޕް ނިންމުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، އަދި ޗީފް ގައިޑް ސާޖިދާ މުޙައްމަދު ޝަރަފުވެރި ކޮށްދެއްވައިފިއެވެ.
ޚަބަރު 16 Sep 2026
މައްކާއަށް އަމާޒުކޮށް ހޫޘީން ޑްރޯން ބޭނުންކޮށްގެން ދޭން އުޅުނު ޙަމަލާ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކުށްވެރިކުރައްވައިފި
މައްކާއަށް އަމާޒުކޮށް ހޫޘީން ޑްރޯން ބޭނުންކޮށްގެން ދޭން އުޅުނު ޙަމަލާ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކުށްވެރިކުރައްވައިފި
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ މާތްވެގެންވާ މައްކާއަށް އަމާޒުކޮށް ހޫޘީން ޑްރޯން ބޭނުންކޮށްގެން ދޭން އުޅުނު ޙަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާ ކަމަށެވެ. އިސްލާމްދީނުގެ އެންމެ މާތްވެގެންވާ މުޤައްދަސް ސިޓީގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވާ ފަދަ ކޮންމެ ޢަމަލަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، އެއީ މުޅި އިސްލާމީ އުންމަތުގެ ހިތްތަކަށް ލިބޭ ފުން އަނިޔާއެކެވެ.
ޚަބަރު 16 Sep 2026
ޕީއެންސީގެ ވެރިންނަށް ސަރުކާރުގެ އަދާހަމަތައް އެނގުން މުހިންމު: މުންދު
ޕީއެންސީގެ ވެރިންނަށް ސަރުކާރުގެ އަދާހަމަތައް އެނގުން މުހިންމު: މުންދު
ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ލީޑަރޝިޕާއި އެކި ދާއިރާތަކުގެ އިސްވެރިންނަށް ސަރުކާރުގެ މަޝްރޫޢުތަކުގެ އަދާހަމަތަކާއި ރައްޔިތުންގެ ކަންބޮޑުވުންތައް އެނގުމަކީ ނުހަނު މުހިންމު ކަމެއް ކަމަށް އެ ޕާޓީގެ ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.
ޚަބަރު 16 Sep 2026
ޤާނޫނާޚިލާފަށް މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ މަސްބޯޓެއް، އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފި
ޤާނޫނާޚިލާފަށް މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ މަސްބޯޓެއް، އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފި
އެމްއެންޑީއެފުން ބުނީ ރާއްޖޭގެ ސަރަހައްދު ބެލެހެއްޓުމަށް ކޯސްޓުގާޑުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަހައްދުގައި ޤާނޫނާއި ޚިލާފަށް މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ މަސްބޯޓެއް، 16 ސެޕްޓެމްބަރު 2026 ގައި އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެދަށަށް ވަނީ ގެނެސްފައެވެ.
ޚަބަރު 16 Sep 2026