މާލެ ސިޓީ ކައުންސިލްގެ 2020 ވަނަ އަހަރުގެ އޮޑިޓް: ވަކި ބަޔަކަށް ނާޖާއިޒު ފައިދާ ލިބޭ ގޮތަށް ކޯޓޭޝަންތައް ހޯދާފައިވާކަން ހާމަވެއްޖެ

އ އައިމިނަތުު މުޙައްމަދު
ޚަބަރު 11 Jul 2026

މާލެ ސިޓީ ކައުންސިލުން 2020 ވަނަ އަހަރު ކުރިއަށްގެންދިޔަ ޕްރޮކިއުމަންޓް މުއާމަލާތްތަކުގައި، ވަކި ބަޔަކަށް ނާޖާއިޒު ފައިދާ ލިބޭ ގޮތަށް އެކަކު އަނެކަކާ ގުޅުން ހުރި ވިޔަފާރިތަކުން ކޯޓޭޝަން ހޯދާފައިވާކަން އެ ކައުންސިލްގެ އިންޓަރނަލް އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ.

ކްރޯ މޯލްޑިވްސް އެލް.އެލް.ޕީ އިން ތައްޔާރުކޮށް، ކައުންސިލުން އާންމުކުރި މި އޮޑިޓް ރިޕޯޓަކީ މާލޭގެ މޭޔަރުކަމުގައި ޝިފާ މުޙައްމަދު ހުންނެވި ދުވަސްވަރުގެ މުއާމަލާތްތަކަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ރިޕޯޓެކެވެ.

އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، އޮޑިޓަރުން ވަނީ 35,000 ރުފިޔާއަށްވުރެ ކުދި މުއާމަލާތްތަކުގެ ތެރެއިން ރެންޑަމްކޮށް 45 ޕޭމަންޓް ވައުޗަރެއް ބަލައި ފާސްކޮށްފައެވެ. މީގެ ތެރެއިން 27 ވައުޗަރެއްގައި ހިމެނޭ ކޯޓޭޝަންތަކަކީ އެއް ކުންފުންޏެއްގެ ދެ އައުޓްލެޓަކުން ނުވަތަ އެއް ހިއްސާދާރުންތަކެއްގެ މަސްލަހަތު އޮންނަ އެކި ވިޔަފާރިތަކުން ހޯދާފައިވާ ކޯޓޭޝަންތަކެއްކަން ވަނީ ފާހަގަކުރެވިފައެވެ. މި 27 މުއާމަލާތުގެ ޖުމްލަ އަގު 732,043.86 ރުފިޔާއަށް އަރައެވެ.

އޮޑިޓް ރިޕޯޓުގައި ބަޔާންކޮށްފައިވަނީ، މިގޮތަށް ގުޅުންހުރި ވިޔަފާރިތަކުން ކޯޓޭޝަން ހޯދުމަކީ ޕްރޮކިއުމަންޓްގެ ނިޒާމުގެ ތެރޭގައި އޮންނަންޖެހޭ ވާދަވެރިކަން ކުޑަވެގެންދާ ކަމެއް ކަމަށެވެ. އަދި މިކަމުގެ ސަބަބުން ކައުންސިލަށް އެންމެ އެކަށީގެންވާ އަގުހެޔޮ އަދި ވާދަވެރި މާހައުލެއްގައި ތަކެއްޗާއި ޚިދުމަތް ހޯދުމަށް ހުރަސްއެޅޭ ކަމަށްވެސް ރިޕޯޓުގައިވެއެވެ.

މީގެ އިތުރުން، މިފަދަ އަމަލުތަކުގެ ސަބަބުން ވަކި ފަރާތްތަކަށް ނާޖާއިޒު މަންފާ ހޯދައިދިނުމުގެ ފުރުސަތު ހުޅުވިގެންދާކަން ފާހަގަކޮށް، އޮޑިޓަރުން ވަނީ މިކަން އިސްލާހުކުރުމަށް އިރުޝާދު ދީފައެވެ. ކައުންސިލްގެ މިހާރުގެ މޭޔަރު އާދަމް އާޒިމްގެ ދައުރުގައި މި ރިޕޯޓު އާންމުކޮށްފައިވާއިރު، މިއީ މާލީ ނިޒާމު ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތެއްގެ ގޮތުގައި ބެލެވެއެވެ.


ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ޤައުމީ ތަރައްޤީގެ ބިންގަލަކީ އަންހެނުން ބާރުވެރިކުރުވުން: ފަސްޓްލޭޑީ
ޤައުމީ ތަރައްޤީގެ ބިންގަލަކީ އަންހެނުން ބާރުވެރިކުރުވުން: ފަސްޓްލޭޑީ
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ، އަންހެނުންނަކީ ޤައުމުގެ އިޖުތިމާޢީ ހަށިގަނޑުގެ އެއްބައި ކަމުގައި ސިފަކުރައްވައި، ޤައުމު ބިނާކުރުމުގެ ވިސްނުމާއި އެ މަސައްކަތުގައި ހުރިހާ ދަރަޖައެއްގައި، އަދި ހުރިހާ ދާއިރާއެއްގައި އަންހެނުންގެ ބައިވެރިވުން އޮންނަންވާނެ ކަމުގައި ވިދާޅުވެފައެވެ. އަދި އެކަމަށް މަގުތައް ތަނަވަސްވެ ފުރުޞަތުތައް ފަހިވާނެ މި ފަދަ ޕްރޮގްރާމުތައް ހިންގެންވާނެކަމުގައި އެކަމަނާ ވިދާޅުވިއެވެ.
ޚަބަރު 27 Aug 2026
ނޭޕާލްގައި ހިނގި ފްލޭޝް ފްލަޑް ސަރަހައްދުގައި ދިވެއްސަކު ނޫޅޭ
ނޭޕާލްގައި ހިނގި ފްލޭޝް ފްލަޑް ސަރަހައްދުގައި ދިވެއްސަކު ނޫޅޭ
އަދި އިންޑިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނާއި ކަތުމަންޑޫގައި ހުންނަ ދިވެހިރާއްޖޭގެ އޮނޮރަރީ ކޮންސުލް މެދުވެރިކޮށް ބެލިބެލުމުން ނޭޕާލްގައި ދިރިއުޅޭ އެއްވެސް ދިވެހި ރައްޔިތަކަށް މިހާދިސާގައި އަސަރުކޮށްފައި ނުވެއެވެ.
ޚަބަރު 27 Aug 2026
އެމްއައިބީ އޭދަފުށި ބްރާންޗުން ބ. އަތޮޅަށް މާލީ ޚިދުމަތްތައް ފަހިވާނެ: މިނިސްޓަރ ޒަރީރު
އެމްއައިބީ އޭދަފުށި ބްރާންޗުން ބ. އަތޮޅަށް މާލީ ޚިދުމަތްތައް ފަހިވާނެ: މިނިސްޓަރ ޒަރީރު
ޝަރީޢާ ހުއްދަ ބޭންކިން ޚިދުމަތްތައް ރަށަށް ތަޢާރަފްވުމުން، ވިޔަފާރިވެރިންނާއި މަސްވެރިންގެ އިތުރުން، ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް، އަދި ޢާންމު ރައްޔިތުންނަށް ފައިދާ ކުރާނެ ކަމަށާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފައިނޭންސިން ހޯދައި ވިޔަފާރި ފުޅާ ކުރުމުގެ ފުރުސަތު ތަނަވަސްވެގެންދާނެ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.
ޚަބަރު 27 Aug 2026
އެމް.އައި.ބީ އޭޓީއެމްގެ ސަބަބުން ގޮއިދޫގެ މާލީ ދާއިރާ ފުޅާވެ، ފަތުރުވެރިކަމަށް ކުރިއެރުން ލިބޭނެ: މިނިސްޓަރ ޒަރީރު
އެމް.އައި.ބީ އޭޓީއެމްގެ ސަބަބުން ގޮއިދޫގެ މާލީ ދާއިރާ ފުޅާވެ، ފަތުރުވެރިކަމަށް ކުރިއެރުން ލިބޭނެ: މިނިސްޓަރ ޒަރީރު
މިނިސްޓަރ ޒަރީރު މިހެން ވިދާޅުވީ ރާއްޖޭގައި އެމް.އައި.ބީ.އިން ބެހެއްޓި 62 ވަނަ އޭޓީއެމް ރަސްމީކޮށް ހުޅުވައިދެއްވާ އެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޚަބަރު 27 Aug 2026