ޕީއެންސީގެ އެތެރޭގެ އިންތިޚާބަކީ އެހެން ޕާޓީތަކަށް ނަމޫނާއެއް: ޢަބްދުއްރަހީމް

އ އައިމިނަތުު މުޙައްމަދު
ޚަބަރު 11 Jul 2026

ވެރިކަންކުރާ ކޮންގްރެސް ޕާޓީ (ޕީއެންސީ) އިން މިހާރު ކުރިއަށްގެންދާ އެތެރޭގެ އިންތިޚާބަކީ އެހެން ސިޔާސީ ޕާޓީތަކަށް ނަމޫނާއެއް ކަމަށާއި، މި އިންތިޚާބުން ޕާޓީތަކުގެ އިންތިޚާބުތައް ހާމަކަންބޮޑު އަދި އިންތިޒާމުވެގެން ބޭއްވޭނެ ގޮތް ސާބިތުކޮށްދޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއާމަން ޢަބްދުއްރަހީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

މިއަދު ކުރިއަށްދާ އިންތިޚާބާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޢަބްދުއްރަހީމް ވިދާޅުވީ، މިއީ ރާއްޖޭގެ ސިޔާސީ ޕާޓީއަކުން މިހާތަނަށް ބާއްވާ އެންމެ ބޮޑު އެތެރޭގެ އިންތިޚާބު ކަމަށެވެ. މި އިންތިޚާބުގައި ރާއްޖޭގެ 131 ރަށެއްގައި ޖުމްލަ 2،086 މަގާމަކަށް މީހުން އިންތިޚާބު ކުރެވޭނެއެވެ. އަދި މި މަގާމުތަކަށް 2،300 އަށްވުރެ ގިނަ ކެންޑިޑޭޓުން ވާދަކުރާއިރު، މިއީ ޕާޓީގެ ލީޑަޝިޕަށް މެންބަރުންގެ އޮތް އިތުބާރު ހާމަކޮށްދޭ ކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވިއެވެ.

މި އިންތިޚާބުގައި ހޮވުމަށް ހަމަޖެހިފައިވަނީ ދާއިރާތަކުގެ ރައީސުންނާއި، ނައިބު ރައީސުން އަދި ސްޓިއަރިންގ ކޮމިޓީތަކުގެ މެންބަރުންނެވެ. ޕީއެންސީގެ މަޖިލިސް މެންބަރުން ނެތް ދާއިރާތަކުގައި ރައީސުން އިންތިޚާބު ކުރާއިރު، މަޖިލިސް މެންބަރުން ތިއްބެވި ދާއިރާތަކުގައި އިންތިޚާބު ކުރަނީ ނައިބު ރައީސުންނެވެ.

އިންތިޚާބުގެ ތައްޔާރީތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން މަޖިލީހުގެ ރައީސް ވިދާޅުވީ، މި އިންތިޚާބުގެ ތައްޔާރީތައް ކުރިއަށްގެންދިޔައީ ޕާޓީގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެކުލަވާލެއްވި ޚާއްޞަ ކޮމިޓީއެއްގެ ބެލުމުގެ ދަށުން ގާތްގަނޑަކަށް އެއް މަސް ދުވަހުގެ ތެރޭގައި ކަމަށެވެ. އަދި މިހާތަނަށް ވޯޓުލުމުގެ ކަންކަން ވަރަށް އޮމާންކަމާއެކު ކުރިއަށްދާކަން އޭނާ ފާހަގަކުރެއްވިއެވެ.

ޢަބްދުއްރަހީމް އިތުރަށް ވިދާޅުވީ، އޭނާގެ ސިޔާސީ ތަޖުރިބާއަށް ބަލާއިރު، މީގެ ކުރިން ވެރިކަން ކުރާ އެއްވެސް ޕާޓީއަކުން މިހާ ބޮޑު އަދި މިހާ ވާދަވެރި އެތެރޭގެ އިންތިޚާބެއް ބާއްވާފައި ނުވާ ކަމަށެވެ. މެންބަރުންގެ ފަރާތުން ފެންނަ މި ޖޯޝަކީ ރައީސް ޑރ. މުޢިއްޒުގެ ލީޑަޝިޕަށް އޮތް އިތުބާރުގެ ރަމްޒެއް ކަމަށްވެސް ވިދާޅުވިއެވެ.

އިންތިޚާބުގެ ކަންކަން ސުލްހަވެރިކަމާއެކު ނިމިގެންދާނެ ކަމަށް އުއްމީދު ކުރައްވާކަން ހާމަކުރައްވަމުން، ޢަބްދުއްރަހީމް ވިދާޅުވީ މި އިންތިޚާބުގެ ސަބަބުން ޕާޓީ އިތުރަށް ވަރުގަދަވެ، ރާއްޖޭގެ ސިޔާސީ މައިދާނުގައި ޕާޓީތަކުގެ އެތެރޭގެ އިންތިޚާބުތައް ބާއްވާނެ ފުރިހަމަ މިންގަނޑެއް ކަނޑައެޅިގެންދާނެ ކަމަށެވެ.


ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ޤައުމީ ތަރައްޤީގެ ބިންގަލަކީ އަންހެނުން ބާރުވެރިކުރުވުން: ފަސްޓްލޭޑީ
ޤައުމީ ތަރައްޤީގެ ބިންގަލަކީ އަންހެނުން ބާރުވެރިކުރުވުން: ފަސްޓްލޭޑީ
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ، އަންހެނުންނަކީ ޤައުމުގެ އިޖުތިމާޢީ ހަށިގަނޑުގެ އެއްބައި ކަމުގައި ސިފަކުރައްވައި، ޤައުމު ބިނާކުރުމުގެ ވިސްނުމާއި އެ މަސައްކަތުގައި ހުރިހާ ދަރަޖައެއްގައި، އަދި ހުރިހާ ދާއިރާއެއްގައި އަންހެނުންގެ ބައިވެރިވުން އޮންނަންވާނެ ކަމުގައި ވިދާޅުވެފައެވެ. އަދި އެކަމަށް މަގުތައް ތަނަވަސްވެ ފުރުޞަތުތައް ފަހިވާނެ މި ފަދަ ޕްރޮގްރާމުތައް ހިންގެންވާނެކަމުގައި އެކަމަނާ ވިދާޅުވިއެވެ.
ޚަބަރު 27 Aug 2026
ނޭޕާލްގައި ހިނގި ފްލޭޝް ފްލަޑް ސަރަހައްދުގައި ދިވެއްސަކު ނޫޅޭ
ނޭޕާލްގައި ހިނގި ފްލޭޝް ފްލަޑް ސަރަހައްދުގައި ދިވެއްސަކު ނޫޅޭ
އަދި އިންޑިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނާއި ކަތުމަންޑޫގައި ހުންނަ ދިވެހިރާއްޖޭގެ އޮނޮރަރީ ކޮންސުލް މެދުވެރިކޮށް ބެލިބެލުމުން ނޭޕާލްގައި ދިރިއުޅޭ އެއްވެސް ދިވެހި ރައްޔިތަކަށް މިހާދިސާގައި އަސަރުކޮށްފައި ނުވެއެވެ.
ޚަބަރު 27 Aug 2026
އެމްއައިބީ އޭދަފުށި ބްރާންޗުން ބ. އަތޮޅަށް މާލީ ޚިދުމަތްތައް ފަހިވާނެ: މިނިސްޓަރ ޒަރީރު
އެމްއައިބީ އޭދަފުށި ބްރާންޗުން ބ. އަތޮޅަށް މާލީ ޚިދުމަތްތައް ފަހިވާނެ: މިނިސްޓަރ ޒަރީރު
ޝަރީޢާ ހުއްދަ ބޭންކިން ޚިދުމަތްތައް ރަށަށް ތަޢާރަފްވުމުން، ވިޔަފާރިވެރިންނާއި މަސްވެރިންގެ އިތުރުން، ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް، އަދި ޢާންމު ރައްޔިތުންނަށް ފައިދާ ކުރާނެ ކަމަށާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފައިނޭންސިން ހޯދައި ވިޔަފާރި ފުޅާ ކުރުމުގެ ފުރުސަތު ތަނަވަސްވެގެންދާނެ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.
ޚަބަރު 27 Aug 2026
އެމް.އައި.ބީ އޭޓީއެމްގެ ސަބަބުން ގޮއިދޫގެ މާލީ ދާއިރާ ފުޅާވެ، ފަތުރުވެރިކަމަށް ކުރިއެރުން ލިބޭނެ: މިނިސްޓަރ ޒަރީރު
އެމް.އައި.ބީ އޭޓީއެމްގެ ސަބަބުން ގޮއިދޫގެ މާލީ ދާއިރާ ފުޅާވެ، ފަތުރުވެރިކަމަށް ކުރިއެރުން ލިބޭނެ: މިނިސްޓަރ ޒަރީރު
މިނިސްޓަރ ޒަރީރު މިހެން ވިދާޅުވީ ރާއްޖޭގައި އެމް.އައި.ބީ.އިން ބެހެއްޓި 62 ވަނަ އޭޓީއެމް ރަސްމީކޮށް ހުޅުވައިދެއްވާ އެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޚަބަރު 27 Aug 2026