ސުޕްރީމް ކޯޓު
ސުޕްރީމް ކޯޓު

ޝަރީޢަތުގައި ހިނގާ މައްސަލަތަކާ ގުޅިގެން އަނގަ ބަންދުކުރުވުން

ހ ހަޅަ
ރިޕޯޓް 13 Jul 2024

ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ ގޮތުން އެ މީހަކު ކުށެއްކޮށްފިކަން، އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި، ޝަރީޢަތުގައި ސާބިތުނުކުރެވޭ ނަމަ އެ މީހަކީ ކުށެއް ނެތް މީހަކު ކަމުގައި ބެލުމުގެ ޙައްޤު އެ މީހަކަށް ލިބިގެންވެއެވެ. މީހެއްގެ މައްޗަށް ޖިނާއީ ދަޢުވާއެއް  އުފުލުމަކީ މީހަކު ކުށްވެރިވާ ކަމެއް ނޫނެވެ. ދަޢުވާ ކޯޓަށް ހުށަހަޅަނީ، މައްސަލައިގައި ލިބިފައިވާ ހެކި ޤަރީނާއަށް ބަލައި، ދަޢުވާ ސާބިތުކޮށްދެވޭ މިންވަރަށް ހެކި ލިބިފައިވާކަމަށް ޕްރޮސިކިއުޓަރ ޖެނެރަލަށް ފެނިވަޑައިގަތުމުންނެވެ.

މި ފަހަކަށް އައިސް ބައެއް ކޯޓުތަކުން ގެންދަނީ ޖިނާއީ މައްސަލަތަކުގައި ދަޢުވާލިބޭ މީހުންނަށް ޤާނޫނުއަސާސީގެ 51 ވަނަ މާއްދާއިން ލިބިދޭ، ކުށް ސާބިތުނުވަނީސް މައުސޫމެއްކަމަށް ބެލުމުގެ ޙައްޤާ ފުށޫއަރާގޮތަށް ޚިޔާލުފާޅުކޮށް ނުހެދުމަށް އަމުރުކުރަމުންނެވެ.

ކޯޓުގައި ހިނގަމުންދާ މައްސަލައާ ގުޅޭ ވާހަކަދެއްކުން ހުއްޓުވައި އަނގަ ބަންދުކުރުމަށް އަމުރު ނެރުމަކީ އުޞޫލެއްގޮތުގައި ރާއްޖޭގެ ޤާނޫނުގައި އޮންނަކަމެއް ނޫނެވެ. މިފަދަ އަމުރެއް އެންމެ ފުރަތަމަ ނެރުއްވާފައިވަނީ ޕްރޮސިކިއުޓަރ ޖެނެރަލް ވ. މުޙައްމަދު އަމީން މައްސަލައިގައި 30 ސެޕްޓެންބަރު 2021 ދުވަހު ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުންނެވެ. ސުޕްރީމް ކޯޓުގެ އެ އަމުރަށް ރިޢާޔަތްކޮށް އޭގެފަހުން އެހެން ކޯޓުތަކުންވެސް މިފަދަ އަމުރުތައް ނެރެމުންދެއެވެ.

ރާއްޖޭގެ ޤާނޫނުގައި އަނގަ ބަންދުކުރުމުގެ އަމުރު ނުވަތަ gag order ނެރެވޭނެ އުޞޫލެއް ނެތްނަމަވެސް، ދުނިޔޭގެ ކުރިއަރާފައިވާ ބައެއް ޤައުމުތަކުގެ ނިޒާމު އޮންނަ ގޮތުން މިފަދަ އަމުރުތައް ނެރެވެއެވެ. އެ ޤައުމުތަކާ ރާއްޖެއާ ތަފާތަކީ، ރާއްޖޭގައި ޖިނާއީ މައްސަލަތަކުގައި ދެފަރާތުން ހުށަހަޅާ ހެކިތަކަށް ބަލައި، ނިޔާ ކަނޑައަޅަނީ ފަނޑިޔާރުންނެވެ. އެ ގައުމުތަކުގައި ޖިނާއީ މައްސަލަތައް ސާބިތުވާކަން ނުވަތަ ނޫންކަން ކަނޑައަޅަނީ ޢާންމުންގެ ތެރެއިން އެ މައްސަލައަކަށް ހޮވާލެވޭ ބައެކެވެ. ޖޫރީންނެވެ. ޖޫރީން ބޭނުންކުރަނީ ހެކިތަކަށް ބަލައި ޢާންމު މީހެއްގެ ނަޒަރުން ކުށް ސާބިތުވޭތޯ ނުވަތަ ނޫންތޯ ކަނޑައެޅުމަށެވެ. ޖޫރީންނަކީ ފަނޑިޔާރުކަމުގެ އެއްވެސް ތަމްރީނެއް ނެތް ޢާންމުންގެ މީހުންނެވެ. އެމީހުން ހެކިތަކަށް ބަލަނީވެސް ޢާންމު މީހެއްގެ ނަޒަރުންނެވެ.

ޖޫރީން ހިމެނޭ ޝަރީޢަތްތަކުގައި މިފަދަ އަމުރު ނެރެނީ، ޖޫރީންގެ ބެންޗް ކަނޑައެޅުމުގެ ކުރިން މައްސަލައިގެ މަޢުލޫމާތު މުޖުތަމައުގައި ޢާންމުވެ، ތުހުމަތުކުރެވޭ މީހާއާ މެދު މުޖުތަމަޢުގައި ވަކި ތަސައްވުރެއް އުފެދިއްޖެނަމަ، ޖޫރީން ހޮވުމަށްޓަކައި ބަލާއިރު ޖޫރީ ޕޫލް ތަޣައްޔަރުވެ، ވަކި ފަރާތަކަށް ނުޖެހޭ ޖޫރީން ހޯދުމަށް ހުރަސް އެޅިދާނެތީއެވެ. އެހެންކަމުން އެހެން ޤައުމުތަކުގައި ނެރޭ އަނގަ ބަންދުކުރުމުގެ އަމުރު ގުޅެނީ ދަޢުވާލިބޭ މީހާއަށް ލިބޭ އިންސާފުވެރި ޝަރީޢަތެއް ލިބުމުގެ ޙައްޤާއެވެ.

ދިވެހިރާއްޖޭގެ ނިޒާމު އޮންނަގޮތުން މުޖުތަމައުގެ ތެރޭގައި، ތުހުމަތުކުރެވޭ މީހާއާމެދު ކޮންމެ ގޮތަކަށް ވާހަކަ ދެކެވުނަސް، އިންސާފުވެރި ޝަރީޢަތެއް ލިބުމުގެ ޙައްޤަށް އުނިކަމެއް ނާންނާނެއެވެ. ސަބަބަކީ ޖޫރިންނާ ޚިލާފަށް ފަނޑިޔާރުންނަކީ ވަކި ފަރާތަކަށް ބުރަނުވެ، ވަކިފަރާތަކުން ދައްކަފާނެ ބިރަކަށް ޖެހިލުންނުވެ، ތަޢައްޞުބުން އެއްކިބާވެ ތިބެ ކަންކަން ނިންމުމަށް ޤާނޫނީ ގޮތުން ތަމްރީނާއި އިނާޔަތް ދީފައިވާ މުސްތަޤިއްލު ބައެއްކަމަށްވާތީއެވެ. ފަނޑިޔާރުންނަށް ލިބޭ ޤާނޫނީ ރައްކާތެރިކަމާއި، އެ ރައްކާތެރިކަމުގެ ސަބަބުން ދަޢުވާލިބޭ މީހުންނަށް، އިންޞާފުވެރި ޝަރީޢަތެއް ލިބުމުގެ ޙައްޤަކީ ސީދާ ޤާނޫނުއަސާސީއިން ކަށަވަރުކޮށްދީފައިވާ ދުސްތޫރީ ދެ ޙައްޤެވެ. އެކަމަށް ޖަދަލުކުރާ، ސުވާލު އުފައްދާ މީހަކުވެސް ނެތެވެ.

އެމެރިކާ ސުޕްރީމް ކޯޓުގެ ނެބްރާސްކާ އެސޯސިއޭޝަން ވ. ސްޓުއަރޓް މައްސަލައިގައި މިފަދަ އަމުރެއް ނެރުމުގެ ކުރިން ޝަރީޢަތުން ރިޢާޔަތްކުރަންވީ ކަންކަން ބަޔާންކޮށްފައިވެއެވެ.

1) މައްސަލައިގެ މަޢުލޫމާތު އިންތިހާއަށް ހާމަވެފައިވުމުގެ ސަބަބުން، ކޯޓުން މިފަދަ އަމުރެއް ނުނެރެ މުއްތަހަމަށް ލިބިދީފައިވާ އިންސާފުވެރި ޝަރީޢަތެއް އަދި ވަކި ފަރާތަކަށް ނުޖެހޭ ޖޫރީއަކުން މައްސަލަ ބެލުމުގެ ޙައްޤަށް އުނިކަން އަންނާނެކަމަށް ބެލެވުން.

2) މައްސަލައާ ގުޅޭ މަޢުލޫމާތު ހާމަނުކުރުމަށް އަމުރުކުރުމުގެ ބަދަލުގައި އެނޫން ފިޔަވަޅުތަކެއް އަޅައިގެން މުއްތަހަމަށް ލިބިދީފައިވާ އިންސާފުވެރި ޝަރީޢަތެއްގެ ޙައްޤު ޙިމާޔަތްކުރެވޭނެތޯ ބެލުން.

3) އަދި، ފުރަތަމަ ދެ ޝަރުޠު ފުރިހަމަވިނަމަވެސް، މި ފަދަ އަމުރެއް ނެރުމަށް ހުއްދަކުރެވޭނީ، ވަކިގޮތަކަށް އަމަލުނުކުރުމަށް ނެރޭ އަމުރުގެ ސަބަބުން ޝަރީއަތަށް ލިބޭނެ ކަމަށް އަންދާޒާކުރެވޭ ގެއްލުން (މުއްތަހަމަށް އިންސާފުވެރިނޫން ޝަރީޢަތެއް ކުރިމަތިވުން) ހުއްޓުވުމަށް އެކަށީގެންވާ ފިޔަވަޅެއްކަން ކަށަވަރުކުރުމަށްފަހުއެވެ.

ދިވެހިރާއްޖޭގެ ކޯޓުތަކަކީ މުސްތަޤިއްލު ވަކި ފަރާތަކަށް ނުޖެހި މައްސަލަ ނިންމާނެ ކޯޓުތަކެއްކަން ކަށަވަރުކުރާނޭ ނިޒާމެއް އެބަ އޮތެވެ. އެއީ ޤާނޫނީ ފަންނު އެނގޭ ފަނޑިޔާރަކު މައްސަލަތަކުގައި ގޮތް ނިންމުމެވެ. މީސް މީޑިއާގައި ނުވަތަ ނޫހެއްގައި ނުވަތަ ޕްރޮސިކިއުޓަރ ޖެނެރަލް ނުވަތަ ދައުލަތުގެ އެހެން އިދާރާއަކުން ލިޔާ ލިޔުމަކުން ނުވަތަ ދައްކާ ވާހަކައަކުން ފަނޑިޔާރު ނިންމަވާ ނިންމެވުމަކަށް އެއްވެސް އަސަރެއް ނުކުރާނެކަން ކަށަވަރުވެއެވެ. ފަނޑިޔާރުންނާއި ދައުވާލިބޭ މީހުންނަށް ލިބޭ މިދެންނެވި ރައްކާތެރިކަމަކީ ޤާނޫނުއަސާސީގައި ކަނޑާ ނަގައި، ރައްކާތެރިކޮށްދީފައިވާ ޙައްޤުތަކެކެވެ. ވީމާ، އެހެން ޤައުމުތަކުގައި މިފަދަ އަމުރުތައް ނެރުމަށް އޮތް ޟަރޫރަތްތެރިކަމެއް ރާއްޖޭގައި އޮތީ ކިހާ މިންވަރަކަށްތޯ ވިސްނާލުމަކީ ނެތްކަމެއް ނޫނެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ރައީސުލްޖުމްހޫރިއްޔާ "މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރު ކުންފުންޏެއް އުފައްދަވައިފި
ރައީސުލްޖުމްހޫރިއްޔާ "މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރު ކުންފުންޏެއް އުފައްދަވައިފި
މިކުންފުންޏަކީ ދިވެހި ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ދީނީ ކަންކަމަށް ހޭދަކުރުމަށްޓަކައި ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަޤުފުތައް ބިނާކުރުމާއި، އެފަދަ ވަޤުފު ބިނާތައް މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތްތައް ކުރުމަށާއި، ދިވެހިރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިސްކިތްތައް ބިނާކުރުމާއި، އެ މިސްކިތްތައް މަރާމާތުކުރުމާއި އާބާތުރަ ފިލުވުމުގެ އެންމެހައި މަސައްކަތްކުރުމާއި، މިސްކިތްތަކަށް ބޭނުންވާ އެންމެހައި ވަސީލަތްތައް ގާއިމުކޮށް ތަރައްޤީކުރުމުގެ މަސައްކަތާއި، އިސްލާމީ ޝަރީޢަތް ހުއްދަކުރާ ވިޔަފާރީގެ ހަރަކާތްތައް ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމަށް ޓަކައި، އުފެއްދެވި ކުންފުންޏެކެވެ.
ޚަބަރު 12 Sep 2026
ދިވެހި ޤައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބަކީ އިސްލާމްދީންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
ދިވެހި ޤައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބަކީ އިސްލާމްދީންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
އެމަނިކުފާނުގެ މެސެޖުގައި ފާހަގަކުރައްވާފައިވާ ގޮތުގައި، ދިވެހި ޤައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބަކީ މާތްވެގެންވާ އިސްލާމްދީނެވެ. އަދި ތާރީޚުގެ ތެރޭގައި ދިވެހިން ހާސިލުކުރި ކޮންމެ ނަޞްރަކާއި، ޤައުމަށް ލިބުނު ކޮންމެ ތަމައްދުނަކާއި ފާގަތިކަމެއްގެ އަސްލަކީވެސް، މާތްވެގެންވާ އިސްލާމްދީން ކަމުގައި އެމަނިކުފާނު ބަޔާންކުރައްވާފައިވެއެވެ.
ޚަބަރު 12 Sep 2026
ޤައުމަށް އޮތް އެންމެ ރައްކާތެރި އައްޑަނައަކީ ސައްތަ އިންސައްތަ އިސްލާމީ ދައުލަތެއްގެ ގޮތުގައި ދެމިއޮތުން - ރައީސް
ޤައުމަށް އޮތް އެންމެ ރައްކާތެރި އައްޑަނައަކީ ސައްތަ އިންސައްތަ އިސްލާމީ ދައުލަތެއްގެ ގޮތުގައި ދެމިއޮތުން - ރައީސް
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދިވެހީންގެ ފަރުދީ، އިޖުތިމާޢީ އަދި ޤައުމީ ޙަޔާތަށް އިސްލާމްދީން ގެނެސްދިން ރައްކާތެރިކަމަކީ ދަރީންނަށް ފޯރުވައިދޭންޖެހޭ މުހިންމު ޙަޤީޤަތްތަކެއް ކަމަށެވެ. އިސްލާމީ ޝަރީޢަތުގެ މައިގަނޑު ފަސް މަޤުޞަދުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، ދިވެހީންގެ ފަރުދީ، އިޖުތިމާޢީ އަދި ޤައުމީ ޙަޔާތަށް އިސްލާމްދީން ގެނެސްދިން ރައްކާތެރިކަމުގެ ސަބަބުން ދިވެހި މުޖުތަމަޢަކީ އަމާން، އިތުބާރު ބޮޑު މުޖުތަމަޢަކަށް ބަދަލުވެގެންދިޔަ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ޚަބަރު 12 Sep 2026
ރައީސުލްޖުމްހޫރިއްޔާގެ ދަޢުވަތަކަށް، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ދިވެހިރާއްޖެއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިއްޖެ
ރައީސުލްޖުމްހޫރިއްޔާގެ ދަޢުވަތަކަށް، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ދިވެހިރާއްޖެއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިއްޖެ
މެލޭޝިއާގެ ބޮޑުވަޒީރަށް ރާއްޖެ ވަޑައިގަތުމުގެ މި ދަޢުވަތު އަރުވާފައިވަނީ، 2025 ވަނަ އަހަރުގެ އޭޕްރީލް މަހު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. މިއީ ބޮޑުވަޒީރު އަންވަރު އިބްރާހީމް، މެލޭޝިއާގެ ބޮޑުވަޒީރުކަމުގެ މަޤާމާ 2022 ވަނަ އަހަރުގެ ނޮވެންބަރު މަހު ޙަވާލުވެވަޑައިގަތުމަށްފަހު، ދިވެހިރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.
ޚަބަރު 11 Sep 2026