ޓިއުޝަންގައި ގިނަ ވަގުތު ހޭދަކުރުމަކީ ފުންކޮށް ވިސްނަންޖެހޭ ކަމެއް: މިނިސްޓަރު ޑރ. އިސްމާޢީލް ޝަފީޢު

އ އައިމިނަތުު މުޙައްމަދު
ޚަބަރު 11 Jul 2026

ސްކޫލްގެ ހަ ގަޑިއިރު ނިންމުމަށްފަހު، ދަރިވަރުން އިތުރު ހަތަރު ގަޑިއިރާއި ހަ ގަޑިއިރާ ދެމެދުގެ ވަގުތެއް ޓިއުޝަންގައި ހޭދަކުރުމަކީ ސީރިއަސްކޮށް ވިސްނަންޖެހޭ މައްސަލައެއް ކަމަށް މިނިސްޓަރ އޮފް އެޑިއުކޭޝަން، ހަޔަރ އެޑިއުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ މަތީ ވަނަތައް ހޯދި ދަރިވަރުންނަށް އިނާމު ދިނުމަށް ބޭއްވި "ހައި އެޗީވަރސް ސެރެމަނީ" ގެ ފުރަތަމަ ދަންފަޅީގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިނިސްޓަރު ވިދާޅުވީ އަމިއްލައަށް އުނގެނުމުގެ ޒިންމާ ދަރިވަރުން މިއަށްވުރެ ބޮޑަށް އުފުލަންޖެހޭ ކަމަށާއި، ކިޔެވުމަށް އޮންނަ ޝައުގުވެރިކަން އިތުރުކުރަން ޖެހޭ ކަމަށެވެ. އަމިއްލައަށް އުނގެނުމުގެ ޒިންމާ ނެގުމަކީ ދަރިވަރުންގެ ވިސްނުމުގެ ހުނަރުތައް ވަރުގަދަވެ، ފިލާވަޅުތައް ދޭހަވާ މިންވަރު ރަނގަޅުވާނެ ކަމެއްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މުޖުތަމައުގައި އަށަގަނެފައިވާ ޓިއުޝަން ސަގާފަތާ މެދު ކަންބޮޑުވުން ފާޅުކުރައްވަމުން މިނިސްޓަރު ވިދާޅުވީ، ސްކޫލުން ގެއަށް އައުމަށްފަހު ގިނަ ދަރިވަރުން ދިގު ވަގުތުތަކެއް ޓިއުޝަން ކްލާސްތަކުގައި ހޭދަކުރާ ކަމަށެވެ. "ދަރިވަރަކު ހަ ގަޑިއިރު ސްކޫލުގައި ހޭދަކުރުމަށްފަހު، އަނެއްކާ ގެއަށް ގޮސް ހަތަރު ގަޑިއިރު ނުވަތަ ހަ ގަޑިއިރު ޓިއުޝަންގައި ހޭދަކުރުމަކީ ވަރަށް ފުންކޮށް ވިސްނަންޖެހޭ ކަމެއް،" މިނިސްޓަރު ވިދާޅުވިއެވެ.

ސްކޫލުން ބޭރުން އެހީތެރިކަން ބޭނުންވި ނަމަވެސް، އެކަމުގެ ސަބަބުން ކްލާސްރޫމްގައި އުނގެނުމަށް އޮންނަ ސަމާލުކަން ކުޑަވެގެން ނުވާނެ ކަމަށް ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވިއެވެ. އަދި ޓިއުޝަނަށް މާ ގިނަ ވަގުތު ހޭދަކުރުމުގެ ސަބަބުން ދަރިވަރުންގެ ދުޅަހެޔޮކަމަށް އަސަރުކޮށް، ކުޅިވަރާއި މުނިފޫހިފިލުވުމުގެ ހަރަކާތްތަކަށް އޮންނަ ވަގުތު ހަނިވާކަމުގެ އިންޒާރު މިނިސްޓަރު ދެއްވިއެވެ.

މީގެއިތުރުން، އަމިއްލައަށް ހޯދައިގަނެގެން އުނގެނޭ ދަރިވަރުންނަށް އެ އުނގެނޭ އެއްޗެއްގެ 75 އިންސައްތަ ހަނދާނުގައި ހުންނަކަން ފާހަގަކުރައްވައި، މާބޮޑަށް އެހެން މީހުންނަށް ބަރޯސާވުމަކީ (ސްޕޫން-ފީޑިންގ) އުނގެނުމުގެ ގާބިލުކަން ކުޑަވާނެ ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މުދައްރިސުންނަށް މުޚާތަބުކުރައްވަމުން މިނިސްޓަރު ވިދާޅުވީ، ސްކޫލް ގަޑީގައި ދަރިވަރުންނަށް ބޭނުންވާ މިންވަރަށް އުނގަންނައިދެވޭނެ ގޮތަކަށް ކްލާސްރޫމްގެ ކިޔަވައިދިނުން ބައްޓަންކުރަން ޖެހޭ ކަމަށެވެ. އަދި ކްލާސްރޫމް ތެރޭގައި ކިޔަވައިދިނުމުގައި ހުންނަ ބަލިކަށިކަމެއްގެ ސަބަބުން ޓިއުޝަން ސަގާފަތް އިތުރަށް ވަރުގަދަވެގެން ހިނގައިދާނެ ކަމަށްވެސް ވިދާޅުވިއެވެ.

މިނިސްޓަރު ވަނީ ތައުލީމީ ދާއިރާގައި މާނަހުރި ކުރިއެރުމެއް ހޯދޭނީ ސްކޫލްތަކާއި، މުދައްރިސުންނާއި، ބެލެނިވެރިން އަދި ދަރިވަރުން ގުޅިގެން މަސައްކަތް ކޮށްގެންކަން ފާހަގަކުރައްވާފައެވެ.


ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ޤައުމީ ތަރައްޤީގެ ބިންގަލަކީ އަންހެނުން ބާރުވެރިކުރުވުން: ފަސްޓްލޭޑީ
ޤައުމީ ތަރައްޤީގެ ބިންގަލަކީ އަންހެނުން ބާރުވެރިކުރުވުން: ފަސްޓްލޭޑީ
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ، އަންހެނުންނަކީ ޤައުމުގެ އިޖުތިމާޢީ ހަށިގަނޑުގެ އެއްބައި ކަމުގައި ސިފަކުރައްވައި، ޤައުމު ބިނާކުރުމުގެ ވިސްނުމާއި އެ މަސައްކަތުގައި ހުރިހާ ދަރަޖައެއްގައި، އަދި ހުރިހާ ދާއިރާއެއްގައި އަންހެނުންގެ ބައިވެރިވުން އޮންނަންވާނެ ކަމުގައި ވިދާޅުވެފައެވެ. އަދި އެކަމަށް މަގުތައް ތަނަވަސްވެ ފުރުޞަތުތައް ފަހިވާނެ މި ފަދަ ޕްރޮގްރާމުތައް ހިންގެންވާނެކަމުގައި އެކަމަނާ ވިދާޅުވިއެވެ.
ޚަބަރު 27 Aug 2026
ނޭޕާލްގައި ހިނގި ފްލޭޝް ފްލަޑް ސަރަހައްދުގައި ދިވެއްސަކު ނޫޅޭ
ނޭޕާލްގައި ހިނގި ފްލޭޝް ފްލަޑް ސަރަހައްދުގައި ދިވެއްސަކު ނޫޅޭ
އަދި އިންޑިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނާއި ކަތުމަންޑޫގައި ހުންނަ ދިވެހިރާއްޖޭގެ އޮނޮރަރީ ކޮންސުލް މެދުވެރިކޮށް ބެލިބެލުމުން ނޭޕާލްގައި ދިރިއުޅޭ އެއްވެސް ދިވެހި ރައްޔިތަކަށް މިހާދިސާގައި އަސަރުކޮށްފައި ނުވެއެވެ.
ޚަބަރު 27 Aug 2026
އެމްއައިބީ އޭދަފުށި ބްރާންޗުން ބ. އަތޮޅަށް މާލީ ޚިދުމަތްތައް ފަހިވާނެ: މިނިސްޓަރ ޒަރީރު
އެމްއައިބީ އޭދަފުށި ބްރާންޗުން ބ. އަތޮޅަށް މާލީ ޚިދުމަތްތައް ފަހިވާނެ: މިނިސްޓަރ ޒަރީރު
ޝަރީޢާ ހުއްދަ ބޭންކިން ޚިދުމަތްތައް ރަށަށް ތަޢާރަފްވުމުން، ވިޔަފާރިވެރިންނާއި މަސްވެރިންގެ އިތުރުން، ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް، އަދި ޢާންމު ރައްޔިތުންނަށް ފައިދާ ކުރާނެ ކަމަށާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފައިނޭންސިން ހޯދައި ވިޔަފާރި ފުޅާ ކުރުމުގެ ފުރުސަތު ތަނަވަސްވެގެންދާނެ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.
ޚަބަރު 27 Aug 2026
އެމް.އައި.ބީ އޭޓީއެމްގެ ސަބަބުން ގޮއިދޫގެ މާލީ ދާއިރާ ފުޅާވެ، ފަތުރުވެރިކަމަށް ކުރިއެރުން ލިބޭނެ: މިނިސްޓަރ ޒަރީރު
އެމް.އައި.ބީ އޭޓީއެމްގެ ސަބަބުން ގޮއިދޫގެ މާލީ ދާއިރާ ފުޅާވެ، ފަތުރުވެރިކަމަށް ކުރިއެރުން ލިބޭނެ: މިނިސްޓަރ ޒަރީރު
މިނިސްޓަރ ޒަރީރު މިހެން ވިދާޅުވީ ރާއްޖޭގައި އެމް.އައި.ބީ.އިން ބެހެއްޓި 62 ވަނަ އޭޓީއެމް ރަސްމީކޮށް ހުޅުވައިދެއްވާ އެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޚަބަރު 27 Aug 2026