ނޭޝަނަލް ޑިޒާސްޓަރ ރިޑަކްޝަން އަދި އަރބަން ރެސިލިއަންސް އާ ގުޅޭ ޓްރެއިނިންގ ވާކްޝޮޕް ފަށައިފި

ނޭޝަނަލް ޑިޒާސްޓަރ ރިޑަކްޝަން އަދި އަރބަން ރެސިލިއަންސް އާ ގުޅޭ ޓްރެއިނިންގ ވާކްޝޮޕް ފަށައިފި

ހ ހަޅަ
ޚަބަރު 22 Jul 2024

ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއާއި މާލޭ ސިޓީ ކައުންސިލް އަދި ޔުނައިޓެޑް ނޭޝަންސް އޮފީސް ފޮރ ޑިޒާސްޓަރ ރިސްކް ރިޑަކްޝަން ގުޅިގެން، ހާދިސާތަކާއި ކާރިޘާތަކުން އަރައިގަތުމަށް ވިލުންތެރިކުރުމާ ގުޅޭގޮތުން ތަމްރީން ޕްރޮގްރާމެއް ފަށައިފިއެވެ.

މި ތަމްރީން ޕްރޮގްރާމަކީ މޭކިންގ ސިޓީސް ރެސިލިއެންޓް، އެމްސީއާރު 2030ގެ ދަށުން ހާދިސާތަކާއި ކާރިޘާތަކުން ލިބޭ ގެއްލުންތަކަށް ފިޔަވަޅުއެޅުމުގައި ހުރި ގޮންޖެހުންތަކަށް ދެނެގަނެ، ޙައްލު ހޯދާ މިފަދަ ކާރިޘާތަކަށް ވިލުންތެރި ތަނަކަށް މާލެ ސިޓީ ހެދުމާ ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ބާއްވާ ތަމްރީން ޕްރޮގްރާމެކެވެ.

މޭކިން ސިޓީސް ރެސިލިއެންސް އެމްސީއާރު 2030 ގެ ނަމުގައި ހިންގާ ކެމްޕޭނަކީ ޔުނައިޓެޑް ނޭޝަންސް އޮފީސް ފޮރ ޑިޒާސްޓަރ ރިސްކް ރިޑަކްޝަން އިން އިސްނަގައިގެން ދުނިޔޭގެ ބޮޑެތި ސިޓީތަކުގައި ކުރިއަށްގެންދާ ކެމްޕޭނެކެވެ.

އާބަން ހިރާސްތައް ކުޑަކުރުމާއި އެމްސީއާރު 2030 ކެމްޕޭނުގެ އޮނިގަނޑާ ބެހޭގޮތުން މަޢުލޫމާތު ދިނުމަށް ހިންގާ މި ޕްރޮގްރާމް ކުރިއަށް ގެންދަނީ މިމަހުގެ 21 އިން 22 އަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ސްކޮޓްލޭންޑުން 36 އަހަރަށްފަހު ވޯލްޑް ކަޕްގައި ފުރަތަމަ މޮޅު ހޯދައިފި
ސްކޮޓްލޭންޑުން 36 އަހަރަށްފަހު ވޯލްޑް ކަޕްގައި ފުރަތަމަ މޮޅު ހޯދައިފި
ފީފާ ވޯލްޑް ކަޕްގައި ރޭ ކުޅުނު މެޗުން ހެއިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި، ސްކޮޓްލޭންޑުން 36 އަހަރުގެ ދިގު އިންތިޒާރަކަށް ނިމުން ގެނެސްފިއެވެ. މިއީ 1990 ވަނަ އަހަރުގެ ފަހުން ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުގައި ސްކޮޓްލޭންޑަށް ލިބުނު ފުރަތަމަ މޮޅެވެ.
ކުޅިވަރު 14 Jun 2026
ބްރެޒިލް އާއި މޮރޮކޯ ބައްދަލުކުރި ފޯރިގަދަ މެޗު އެއްވަރުވެގެން ނިމިއްޖެ
ބްރެޒިލް އާއި މޮރޮކޯ ބައްދަލުކުރި ފޯރިގަދަ މެޗު އެއްވަރުވެގެން ނިމިއްޖެ
ގްރޫޕް ސީގައި ގިނަ ބަޔަކު އެންމެ އިންތިޒާރު ކުރަމުންދިޔަ އެއް މެޗުގައި ބްރެޒިލް އާއި މޮރޮކޯ ބައްދަލުކުރި ފޯރިގަދަ ކުރިމަތިލުން 1-1 އިން އެއްވަރުވެގެން ނިމިއްޖެއެވެ. ސަޕޯޓަރުންނުން ފުރިފައިވާ ދަނޑެއްގައި ކުޅުނު މި މެޗަކީ ދުނިޔޭގެ ރޭންކިންގްގައި ކުރީގައި އުޅޭ ދެ ޓީމުގެ ފަރާތުން ފެނިގެންދިޔަ މުނިފޫހިފިލުވައިދިން މެޗެކެވެ.
ކުޅިވަރު 14 Jun 2026
ވޯލްޑް ކަޕްގެ ތާރީޚީ ފުރަތަމަ ޕޮއިންޓް ގަތަރުން ހޯދައިފި
ވޯލްޑް ކަޕްގެ ތާރީޚީ ފުރަތަމަ ޕޮއިންޓް ގަތަރުން ހޯދައިފި
2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ގްރޫޕް ބީގައި ރޭ ކުޅުނު މެޗުގައި ވަރުގަދަ ސުވިޒަލޭންޑާ ވާދަކޮށް 1-1 އިން އެއްވަރުކޮށް، ވޯލްޑް ކަޕްގެ ތާރީޚުގައި ގަތަރުން ފުރަތަމަ ފަހަރަށް ޕޮއިންޓެއް ކާމިޔާބުކޮށްފިއެވެ.
ކުޅިވަރު 14 Jun 2026
ނަޝީދު އެމްޑީޕީގެ ބާރުގެ މުގުލަށް – މިއީ ޕާޓީގެ ކުރިއެރުމެއްތަ؟ ނޫނީ ނިމުމުގެ ފެށުމެއްތަ؟
ނަޝީދު އެމްޑީޕީގެ ބާރުގެ މުގުލަށް – މިއީ ޕާޓީގެ ކުރިއެރުމެއްތަ؟ ނޫނީ ނިމުމުގެ ފެށުމެއްތަ؟
އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގެ ވޯޓުލުން ނިމި، ޕާޓީގެ ޗެއަރޕާސަންގެ މަޤާމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު އިންތިޚާބުވުމާއެކު، އެ ޕާޓީގެ "އެތެރެ ފަނިވެފައިވާ" މިންވަރު މުޅި ޤައުމަށް ހާމަވެގެން ގޮސްފިއެވެ.
ރިޕޯޓް 13 Jun 2026