ޢާޝޫރާ ދުވަހުގެ ބަރަކާތާއި ފިލާވަޅުތައް ލިބިގަތުމަށް މިއަދުގެ ހުކުރު ޚުޠުބާގައި ގޮވާލައިފި

އ އައިމިނަތުު މުޙައްމަދު
ޚަބަރު 19 Jun 2026

މުޙައްރަމު މަހުގެ ދިހަވަނަ ދުވަސް ނުވަތަ ޢާޝޫރާ ދުވަހަކީ އިލާހީ ނަޞްރާއި، އީމާންކަމުގެ ވަރުގަދަ ފިލާވަޅުތަކުން ފުރިގެންވާ ދުވަހެއްކަން ބަޔާންކޮށް، އެ ދުވަހުގެ ބަރަކާތް ހޯދުމަށް މިއަދުގެ ހުކުރު ޚުޠުބާގައި ރާއްޖޭގެ އެންމެހާ މުސްލިމް އަޚުންނަށް ގޮވާލައިފިއެވެ.

04 މުޙައްރަމް 1448 (19 ޖޫން 2026) ވީ ހުކުރު ދުވަހު މުޅި ރާއްޖޭގައި އިއްވި ޚުޠުބާ ބިނާކޮށްފައިވަނީ ޢާޝޫރާ ދުވަހުގެ މާތްކަމާއި އެ ދުވަހާ ގުޅިފައިވާ ތާރީޚީ މުހިންމު ހާދިސާތަކުގެ މައްޗަށެވެ.

ޚުޠުބާ ފަށްޓަވަމުން ވަނީ މާތް اللهއަށް ބިރުވެތިވެ، ތަޤުވާވެރިވުމަށް ވަޞިއްޔަތްކޮށްފައެވެ. އަދި އެއްވެސް ނަފުސަކަށް އަނެއް ނަފުސަކަށް އެއްވެސް ކަމެއް ކޮށްނުދެވޭނޭ، ހަމައެކަނި اللهގެ އަމުރުފުޅު ހިނގާނޭ ޤިޔާމަތް ދުވަހަށް ތައްޔާރުވުމަށް ހަނދާންކޮށްދީފައެވެ.

މިއަދުގެ ޚުޠުބާގައި ބަޔާންކުރި ގޮތުގައި، ޢާޝޫރާ ދުވަހަކީ އަނިޔާވެރި ފިރުޢައުނުގެ ކިބައިން މޫސާގެފާނާއި އެކަލޭގެފާނަށް ތަބާވީ މީހުން މާތް الله ސަލާމަތްކޮށްދެއްވި ދުވަހެވެ. އަދި ފިރުޢައުނާއި އޭނާގެ ލަޝްކަރު ކަނޑަށް ޣަރަޤުކުރެއްވި ދުވަހެވެ. މި ހާދިސާއިން ލިބޭ އެންމެ ބޮޑު ފިލާވަޅަކީ، ކޮންމެ މުޞީބާތަކުން ވެސް ސަލާމަތްވެވޭނީ އީމާންކަމާއި އިސްލާމްކަމުގެ ސަބަބުން ކަމާއި، މާތް اللهއަށް އިތުބާރުކޮށްގެން މެނުވީ ދެ ދުނިޔޭގެ ސަލާމަތެއް ނެތްކަން ކަމުގައި ޚުޠުބާގައި ފާހަގަކުރިއެވެ.

މުޙައްރަމް މަހުގެ މާތްކަމަށް އަލިއަޅުވާލަމުން ޚުޠުބާގައި ބުނީ، މިއީ الله ޙުރުމަތްތެރި ކުރައްވާފައިވާ ހަތަރު މަހުގެ ތެރެއިން މަހެއް ކަމަށެވެ. އަދި ކީރިތި ރަސޫލާ ﷺ މަދީނާއަށް ހިޖުރަކުރެއްވިއިރު، ޔަހޫދީން މޫސާގެފާނަށް ނަޞްރު ލިބުނު ދުވަހުގެ އުފަލުގައި ރޯދަ ހިފާތީ ފެނިވަޑައިގަތުމުން، އެކަލޭގެފާނަށް މާ ބޮޑަށް ޙައްޤުކަން ބޮޑީ މުސްލިމުންކަން ބަޔާންކުރައްވައި، އެ ދުވަހު ރޯދަހިފުމަށް އަމުރުކުރެއްވިކަން ހަނދާންކޮށްދިނެވެ.

ޢާޝޫރާ ދުވަހު ރޯދަހިފުމުގެ ސަވާބާ ބެހޭގޮތުން ޚުޠުބާގައި ބުނީ، އެއީ ވޭތުވެދިޔަ އަހަރުގެ ކުދި ފާފަތައް ފުއްސަވައިދެއްވާނެ ކަމެއް ކަމަށެވެ. އަދި ރޯދަހިފުމުގައި އެންމެ އިސްކަންދޭންވީ ގޮތަކީ ޢާޝޫރާ ދުވަހުގެ ކުރިއަށް ނުވަތަ ފަހަށް ދުވަހެއް އިތުރުކޮށްގެން، ޔަހޫދީންނާ ޚިލާފަށް ރޯދަހިފުން ކަމުގައި ވެސް ބަޔާންކުރިއެވެ.

ޚުޠުބާ ނިންމާލަމުން ވަނީ ޢާޝޫރާ ދުވަހާއި މުޙައްރަމް މަހާ ގުޅުވައިގެން މުޖުތަމަޢުގެ ތެރެއަށް ފެތުރެމުންދާ ބިދުޢަތަކާއި ދީނާ ޚިލާފު އާދަކާދަތަކަށް ސަމާލުވުމަށް ގޮވާލާފައެވެ. ވަކިން ޚާއްޞަކޮށް، ހިތާމަ ފާޅުކުރުމުގެ ގޮތުން ކުރެވޭ ދީނާ ޚިލާފު ކަންކަމަކީ އިސްލާމީ އުޞޫލުތައް އޮޅުވާލުމަށް ދީނުގެ ދުޝްމަނުން ތަޢާރުފުކޮށްފައިވާ ކަންކަން ކަމަށް ޚުޠުބާގައި އިންޒާރު ދިނެވެ. އެހެންކަމުން، ރަސޫލާ ﷺ ދެއްކެވި މަގުން ހަމައެކަނި ރޯދަހިފުމާއި އަޅުކަމުގައި ދެމިތިބުމަށް އެންމެހާ މުސްލިމުންނަށް މިއަދުގެ ޚުޠުބާގައި ނަޞޭޙަތްތެރިވިއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ގުރައިދޫ ޚާއްޞަ އެހީއަށް ބޭނުންވާ މަރުކަޒު ޒަމާނީ ފެންވަރަކަށް ތަރައްޤީކުރަން ވަޒީރުންގެ މަޖިލީހުން ނިންމައިފި
ގުރައިދޫ ޚާއްޞަ އެހީއަށް ބޭނުންވާ މަރުކަޒު ޒަމާނީ ފެންވަރަކަށް ތަރައްޤީކުރަން ވަޒީރުންގެ މަޖިލީހުން ނިންމައިފި
ކ. ގުރައިދޫގައި ހުންނަ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު، ހުރިހާ ޚިދުމަތްތަކެއް ފުރިހަމައަށް ލިބޭނެ ޒަމާނީ ފެންވަރުގެ މަރުކަޒަކަށް ބަދަލުކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމައިފިއެވެ. މި މަޝްރޫޢުގެ ޢަމަލީ މަސައްކަތްތައް ކުރިއަށް އޮތް ދުވަސްތަކުގައި ފެށުމަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ.
ޚަބަރު 19 Aug 2026
މާލޭ ވެޓް މާކެޓް ކޮމްޕްލެކްސް އެޅުމަށް ލޯކަލް މާރުކޭޓު އެއްމަސް ދުވަހުގެ ތެރޭގައި ހުސްކުރަނީ
މާލޭ ވެޓް މާކެޓް ކޮމްޕްލެކްސް އެޅުމަށް ލޯކަލް މާރުކޭޓު އެއްމަސް ދުވަހުގެ ތެރޭގައި ހުސްކުރަނީ
މާލޭގައި ޒަމާނީ ފެންވަރުގެ "މާލޭ ވެޓް މާކެޓް ކޮމްޕްލެކްސް" އެޅުމުގެ މަޝްރޫޢު ފެށުމަށްޓަކައި، މިހާރުގެ ލޯކަލް މާރުކޭޓުގައި ވިޔަފާރިކުރާ ފަރާތްތަކަށް ވަގުތީ އިންތިޒާމުތަކެއް ހަމަޖައްސައި އެއްމަސް ދުވަހުގެ ތެރޭގައި އެ ބިން ހުސްކުރުމުގެ މަސައްކަތް މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސްއިން ފަށައިފިއެވެ.
ޚަބަރު 19 Aug 2026
ދުންފަތާއި ނިކޮޓިންގެ ނުރައްކަލާ ގުޅުންހުރި މުހިންމު ނިންމެވުންތަކަކާއި، ސަރުކާރުން ކުރިއަށްގެންދާ އެހެނިހެން މަޝްރޫޢުތަކާ ގުޅޭ މުހިންމު ނިންމެވުންތަކެއް ވަޒީރުންގެ މަޖިލީހުން ނިންމަވައިފި
ދުންފަތާއި ނިކޮޓިންގެ ނުރައްކަލާ ގުޅުންހުރި މުހިންމު ނިންމެވުންތަކަކާއި، ސަރުކާރުން ކުރިއަށްގެންދާ އެހެނިހެން މަޝްރޫޢުތަކާ ގުޅޭ މުހިންމު ނިންމެވުންތަކެއް ވަޒީރުންގެ މަޖިލީހުން ނިންމަވައިފި
ދުންފަތާއި ނިކޮޓިންގެ ނުރައްކަލާމެދު ޢާންމުން ހޭލުންތެރިކުރުމާއި، ޖެނެރޭޝަނަލް ބޭން ތަންފީޒުކުރުމާ ގުޅުންހުރި މުހިންމު ނިންމެވުންތަކަކާއި، ސަރުކާރުން ކުރިއަށްގެންދާ އެހެނިހެން މަޝްރޫޢުތަކާ ގުޅޭ މުހިންމު ނިންމެވުންތަކެއް، ވަޒީރުންގެ މަޖިލީހުން ނިންމަވައިފިއެވެ.
ޚަބަރު 19 Aug 2026
ނޭކުރެންދޫގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމްކުރުމުގެ މަޝްރޫޢު ނިމިއްޖެ
ނޭކުރެންދޫގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމްކުރުމުގެ މަޝްރޫޢު ނިމިއްޖެ
ނޭކުރެންދޫގައި ޤާއިމުކުރެވިފައިވާ ފެނާއި ނަރުދަމާ ނިޒާމަކީ އޯޕެކް ފަންޑް ފޯރ އިންޓަނޭޝަނަލް ޑިވެލޮޕްމެންޓްގެ ލޯނު އެހީ އަދި ދިވެހި ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން، މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓްއިން، އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އަދި ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ ޖޮއިންޓް ވެންޗަރ އާއި ޙަވާލުކޮށްގެން ނިންމާފައިވާ މަސައްކަތެކެވެ.
ޚަބަރު 18 Aug 2026