އެމްއެންޔޫ އިން ދިރާސާކުރުމާއި ފޮތް ލިޔުމަށް ބޭނުންވާ މާލީ އެހީ ދީފި

އެމްއެންޔޫ އިން ދިރާސާކުރުމާއި ފޮތް ލިޔުމަށް ބޭނުންވާ މާލީ އެހީ ދީފި

ހ ހަޅަ
ޚަބަރު 02 Sep 2024

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އިން އެކި ދާއިރާތަކުގައި ދިރާސާކުރާ ފަރާތްތަކާއި ފޮތް ލިޔުއްވާ ފަރާތްތަކަށް ބޭނުންވާ މާލީ އެހީތެރިކަން ދެއްވައިފިއެވެ.

ދިރާސާކުރާ ފަރާތްތަކާއި ފޮތް ލިޔާ ފަރާތްތަކަށް ޚާއްސަކޮށް އެމްއެންޔޫގައި ބޭއްވި ދެ ރަސްމިއްޔާތުގައި، މަލީ އެހީ ޙަވާލުކޮއްދެއްވީ އެ ޔުނިވާސިޓިގެ ވައިސް ޗާންސެލަރ، ޑރ. އައިޝަތު ޝެހެނާޒް އާދަމެވެ.

އެމްއެންޔޫ ރިސާޗް ގްރާންޓްސް އެވޯޑިންގ ސެރެމޮނީ 2024ގެ ނަމުގައި ބޭއްވި ރަސްމިއްޔާތުގައި، ކ.ތިލަފުށީގައި މައިކްރޯޕްލާސްޓިކްގެ ސަބަބުން ކަނޑުގެ ދިރުމާއި ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރާއި، ދިވެހިރާއްޖޭގައި ކެންސަރު އިތުރު ވެފައިވާ މިންވަރާއި، އެ ބަލި ޖެހުމަށް ދިމާވާ ސަބަބުތަކާއި، ހއ އަދި ޅ އަތޮޅާއި ދޭތެރޭގައިވާ 7 ރަށުގެ މަސްވެރިކަމާއި، ހުސްބިންތަކާއި އާންމުންނަށް ހުޅުވާލެވިފައިވާ ތަންތަން ދެމެހެއްޓެނިވި އުމްރާނީ ތަރައްޤީ ހޯދުމަށް އަލުން ފަރުމާކުރުމާއި، ޒުވާނުން ދިވެހި ބަހާމެދު ދެކޭގޮތާއި ދިވެހިބަހުގެ ޤާބިލުކަން މިންކުރާގޮތުގެ އިތުރުން މަތީ ތަޢުލީމު ހާޞިލުކުރާ ފިރިހެން ދަރިވަރުންގެ އަދަދު މަދުވާ ސަބަބުތަށް ފަދަ އެތަށް މަޢުލޫއަކާއި ގުޅޭގޮތުން ދިރާސާކުރުމުގެ މަލީ އެހީ ފޯރުކޮއްދެއްވާފައިވެއެވެ.

އެމްއެންޔޫ ބުކް ރައިޓިންގ ގްރާންޓް އެވޯޑިންގ ސެރެމޮނީ 2024ގެ ނަމުގައި ބޭއްވި ރަސްމިއްޔާތުގައި ފޮތް ލިޔުއްވަން ބޭނުންވާ އެތަށް ފަރާތަކަށް ވަނީ މާލީ އެހީތެރިކަން ލިބިފައެވެ. ފޮތް ލިޔުމަށް މާލީ އެހީ ލިބުނު ފޮތްތަކުގެ ތެރޭގައި، އެޕްލައިޑް ބަޔޯމެޑިކަލް ސައިންސް: ޓެކްނީކްސް އެންޑް ޕްރޮޓޮކޯލްސް، އެކްސްޕްލޮއިޓޭޝަން އޮފް އާޓިފިޝަލް އިންޓެލިޖެންސް: ޓްރާންސްފޮރމޭޓިވް އެޕްލިކޭޝަންސް އެކްރޮސް ޑިސިޕްލިންސް، ވިލުން އަދި އަ ބްރީފް އިންޓްރޮޑަކްޝަން ޓު މޯލްޑިވިއަން ކްރިމިނަލް ލޯ ހިމެނެއެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އިން އަންނަނީ ދިވެހިރާއްޖޭގެ އެކި ދާއިރާތަކުގައި ދިމާވާ ގޮންޖެހުންތަކާއި ރާއްޖޭގެ ކުރިއެރުމަށް ކުރެވިދާނެ މަސައްކަތްތަކާއި ގުޅޭގޮތުން ދިރާސާކޮށް، ޤައުމުގެ ގޮންޖެހުންތަށް ޙައްލުކުރުމުގެ އިތުރުން ޤައުމު ކުރިއެރުވުމުގެ ޤާބިލްކަންހުރި، އުފެއްދުންތެރި ޖީލެއް ބިނާ ކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ޕޮލެންޑުގެ ބޯޑަރު ކައިރިއަށް ރަޝިޔާއިން ވަރުގަދަ ހަމަލާއެއްދީ ހަނގުރާމަ އިތުރަށް ވަރުގަދަކޮށްފި
ޕޮލެންޑުގެ ބޯޑަރު ކައިރިއަށް ރަޝިޔާއިން ވަރުގަދަ ހަމަލާއެއްދީ ހަނގުރާމަ އިތުރަށް ވަރުގަދަކޮށްފި
ޔޫކްރެއިނާއި ޕޮލެންޑް ގުޅޭ ބޯޑަރު ކައިރިއަށް ރަޝިޔާއިން އާދީއްތަ ދުވަހު ދިން ވަރުގަދަ ހަމަލާއަކާ ގުޅިގެން، ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގެ ނުތަނަވަސްކަން އިތުރަށް ބޮޑުވެގެން ހިނގައްޖެއެވެ.
ދުނިޔެ 13 Sep 2026
ހޮރްމުޒް ކަނޑުއޮޅީގެ ނުތަނަވަސްކަން އިތުރުވެ، ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ނުރައްކާ ކުރިމަތިވެއްޖެ
ހޮރްމުޒް ކަނޑުއޮޅީގެ ނުތަނަވަސްކަން އިތުރުވެ، ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ނުރައްކާ ކުރިމަތިވެއްޖެ
ދުނިޔޭގެ ވިޔަފާރީގެ އެންމެ މުހިންމު އެއް މަގު ކަމަށްވާ ހޮރްމުޒް ކަނޑުއޮޅީގައި ވިޔަފާރި އުޅަނދަކަށް ދިން ހަމަލާއަކާ ގުޅިގެން، އެ ސަރަޙައްދުގެ ނުތަނަވަސްކަން އިންތިހާއަށް އިތުރުވެއްޖެއެވެ.
ދުނިޔެ 13 Sep 2026
ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާ ފަށައިފި
ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާ ފަށައިފި
މިއީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރޭ މުނާސަބަތު ފާހަގަކުރުގެ ގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުން ގިނަ ޢަދަދެއްގެ ޒުވާން ޚަޠީބުންގެ ބައިވެރިވުމާއެކު ބާއްވާ ޚާއްސަ މަހާސިންތާއެކެވެ.
ޚަބަރު 13 Sep 2026
ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރާ ރާއްޖޭގެ އެންމެ ބޮޑު މިސްކިތް “ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުالله”ގެ ބިންގާ އަޅުއްވައިދެއްވައިފި
ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރާ ރާއްޖޭގެ އެންމެ ބޮޑު މިސްކިތް “ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުالله”ގެ ބިންގާ އަޅުއްވައިދެއްވައިފި
ގާތްގަނޑަކަށް 10،000 މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭނެ ތަނަވަސް މައި ހޯލެއް ހިމެނޭ ގޮތަށް ޤާއިމްކުރާ މި ބިނާގައި ނަމާދު ކުރާނެ ތަނަވަސް ސަރަޙައްދު ހިމެނޭހެން އިސްލާމީ ތަޢުލީމާއި، ޘަޤާފަތް އާލާކޮށް އިޖުތިމާޢީ ގުޅުން ބަދަހިކުރުމަށް ގިނަ ވަސީލަތްތަކެއް ވަނީ ފަރުމާކޮށްފައެވެ.
ޚަބަރު 13 Sep 2026