ހއ. މާރަންދޫ ކައުންސިލްގެ ނައިބު ރައީސް، އަހުމަދު ރަމީޒު
ހއ. މާރަންދޫ ކައުންސިލްގެ ނައިބު ރައީސް، އަހުމަދު ރަމީޒު

މާރަންދޫ ކައުންސިލްގެ ނައިބުރައީސް ކުއްލިގޮތަކަށް އަވަހާރަވެއްޖެ

ހ ހަޅަ
ޚަބަރު 13 Jul 2024

ހއ. މާރަންދޫ ކައުންސިލްގެ ނައިބު ރައީސް، އަހުމަދު ރަމީޒު ކުއްލި ގޮތަކަށް އަވަހާރަވެއްޖެއެވެ.

ރަމީޒު ކުއްލި ގޮތަކަށް އަވަހާރަވީ އެރަށުގައި އެކުވެރި ކަމުގެ ފުޓްބޯޅަށް މެޗެއް ކުޅެމުން ދަނިކޮށް ހާލު ދެރަވެގެންކަމަށް މާރަންދޫ ކައުންސިލުން މައުލޫމާތުދެއެވެ. 

ހަޅަ އަށް މައުލޫމާތު ދެމުން އެކައުންސިލްގެ އެސްޖީ ވިދާލުވީ ރަމީޒު ނިޔާވީ އެރަށުގައި އެކުވެރިކަމުގެ މެޗެއް ކުޅެމުން ދަނިކޮށް ކަމަށެވެ. ނަމަވެސް ނިޔާވިކަން ކަށަވަރުވީ ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންދިއުމުންކަމަށެވެ. ރަމީޒު ދަނޑުމަތީ ކުޅެން ހުއްޓާ ކުއްލިއަކަށް ހާލުދެރަވެ ހޮޑުލެވި ބައެއްކަހަލަ ކަންކަން ދިމާވި ކަމަށާއި އަދި ވަގުތުން ސީޕީއާރް ދީފައިވާކަމަށްވެސް އެކައުންސިލްގެ އެސްޖީ ވިދާޅުވިއެވެ.

މާރަންދޫ ކައުންސިލްގެ އެސްޖީ އިތުރަށް ވިދާޅުވީ ރަމީޒުއަށް އިތުރުފަރުވާ ދިނުމައްޓަކައި ދިއްދޫ ހޮސްޕިޓަލައް ގެންގޮސްފައިވާކަމަށެވެ. ނަމަވެސް ދިއްދޫ ހޮސްޕިޓަލުން ބުނެފައިވަނީ ރަމީޒު ހޮސްޕިޓަލަށް ގެނައި އިރުވެސް އަވަހާރަވެފައިވާ ކަމަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
އޮސްޓްރޭލިއާއިން ދިވެހިރާއްޖެއަށް ހަދިޔާކުރި މަނަވަރު "ކޯސްޓްގާޑް ޝިޕް އިމާދުއްދީން" ކޮމިޝަން ކޮށްފި
އޮސްޓްރޭލިއާއިން ދިވެހިރާއްޖެއަށް ހަދިޔާކުރި މަނަވަރު "ކޯސްޓްގާޑް ޝިޕް އިމާދުއްދީން" ކޮމިޝަން ކޮށްފި
ހުޅުމާލޭ ވިޔަފާރި ބަނދަރުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ޝިޕް ކޮމިޝަންކޮށްދެެއްވީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ ޑރ. މުހައްމަދު މުއިއްޒުއެވެ. އޮސްޓްރޭލިޔާ ސަރުކާރުން ރާއްޖެއަށް ހިލޭއެހީގެ ގޮތުގައި ހަދިޔާކުރި ނޭވީ މަނަވަރަށް ނަންދީފައިވަނީ "ކޯސްޓްގާޑް ޝިޕް އިމާދުއްދީން" ގެ ނަމުންނެވެ.
ޚަބަރު 27 Jul 2026
ރާއްޖޭގެ ހުރިހާ ރަށެއްގައި ފިޓްނަސް މަރުކަޒުތަކާއި އިންޑޯ ކޮމްޕްލެކްސްތައް އެޅުމުގެ މަސައްކަތް ބާރުދުވެލީގައި
ރާއްޖޭގެ ހުރިހާ ރަށެއްގައި ފިޓްނަސް މަރުކަޒުތަކާއި އިންޑޯ ކޮމްޕްލެކްސްތައް އެޅުމުގެ މަސައްކަތް ބާރުދުވެލީގައި
ރާއްޖޭގެ އެއްވެސް ރަށެއް ބާކީނުކޮށް، ކޮންމެ ރަށެއްގައި އެންމެ ޒަމާނީ ފެންވަރުގެ ފިޓްނަސް ރެކްރިއޭޝަން މަރުކަޒުތަކާއި އައުޓްޑޯ ޖިމްތައް ގާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ޚަބަރު 24 Jul 2026
މާލެއެކޭ އެއްފަދަ 'ޔޫތު ހަބް' ތަކާއި ސޯޝަލް ސެންޓަރުތައް އަތޮޅުތެރޭގައިވެސް ގާއިމުކުރަނީ
މާލެއެކޭ އެއްފަދަ 'ޔޫތު ހަބް' ތަކާއި ސޯޝަލް ސެންޓަރުތައް އަތޮޅުތެރޭގައިވެސް ގާއިމުކުރަނީ
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އަލަށް ފެށި "ދަ ޕަލްސް" ޕޮޑްކާސްޓް ސިލްސިލާގައި ވާހަކަފުޅު ދައްކަވަމުން، މާލޭގައި ހުންނަ ސޯޝަލް ސެންޓަރުގެ ކޮންސެޕްޓަށް ރާއްޖޭގެ އެކި ސިޓީތަކާއި އަތޮޅުތަކުގައި ޒަމާނީ 'ޔޫތު ހަބް' ތައް ގާއިމުކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރައްވައިފިއެވެ.
ޚަބަރު 24 Jul 2026
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޯޑަށް 7 ބޭފުޅަކު އައްޔަންކޮށްފި
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޯޑަށް 7 ބޭފުޅަކު އައްޔަންކޮށްފި
ސަރުކާރު ހިއްސާވާ އެކި ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށްޓަކައި، އެ ކުންފުނިތަކުގެ ޑިރެކްޓަރުންގެ ބޯޑަށް އައު މެންބަރުން އައްޔަންކޮށްފިއެވެ. ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އިއްޔެ އާއި މިއަދު ވަނީ މި އައްޔަންކުރުންތަކުގެ ތަފްސީލު ހާމަކޮށްފައެވެ.
ޚަބަރު 24 Jul 2026