އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް މުޙައްމަދު ޝަކީލް އައްޔަންކުރައްވައިފި

އ އައިމިނަތުު މުޙައްމަދު
ޚަބަރު 24 Jun 2026

އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމަށް، މުޙައްމަދު ޝަކީލް މިއަދު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އައްޔަންކުރައްވައިފިއެވެ.

ޝަކީލް މި މަޤާމަށް އައްޔަންކުރައްވާފައިވަނީ ރައްޔިތުންގެ މަޖިލީހުން އޭނާގެ ނަން ފާސްކުރުމާ ގުޅިގެންނެވެ. މިކަމަށްޓަކައި މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި، ޝަކީލަށް މަޤާމުގެ ފަތްކޮޅު އެރުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒެވެ. މަޤާމުގެ ހުވާލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު މުޙައްމަދު ސަލީމެވެ. ހުވާކުރެއްވުމަށްފަހު ޝަކީލް ވަނީ އިޤުރާރުގައި ސޮއިކުރައްވާފައެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ ގޮނޑިއެއް ހުސްވީ، އެ ކޮމިޝަނުގެ ރައީސްކަމާއި މެންބަރުކަމުގެ މަޤާމުގައި ހުންނެވި މުޙައްމަދު ޒާހިދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އެ މަޤާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުޞަތުގައި ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އިސްކަންދެއްވީ ޝަކީލަށެވެ.

މުޙައްމަދު ޝަކީލަކީ މީގެ ކުރިންވެސް އިލެކްޝަންސް ކޮމިޝަނުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ. އެގޮތުން 3 ޑިސެމްބަރު 2014 އިން 9 މޭ 2018 އަށް އޭނާ ވަނީ އެ ކޮމިޝަނުގެ މެންބަރުކަން ކުރައްވާފައެވެ. އޭގެ ކުރިން 1 ސެޕްޓެމްބަރު 2013 އިން 3 ޑިސެމްބަރު 2014 އަށް އޭނާ ހުންނެވީ އެ ކޮމިޝަނުގެ ޑައިރެކްޓަރ ޖެނެރަލްގެ މަޤާމުގައެވެ.

މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި އިންޓަވިއު ދެއްވަމުން ޝަކީލް ވިދާޅުވީ، 2018 ވަނަ އަހަރު އޭނާ މަޤާމުން އިސްތިއުފާ ދެއްވީ މިނިވަންކަމާއެކު މަސައްކަތް ކުރެވޭނެ މާޙައުލެއް އޭރު ނެތުމުން ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް އެފަދަ ޙާލަތެއް މެދުވެރިވެއްޖެނަމަ، މިނިވަންކަމަށް އިސްކަންދީ އިސްތިއުފާ ދެއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން ހުރިހާ ސިޔާސީ ޕާޓީތަކަކަށްވެސް އެބޭފުޅުންގެ ކަންބޮޑުވުންތައް ހިއްސާކޮށް، މަޝްވަރާ ކުރުމުގެ ފުރުޞަތު ހަމަހަމަކަމާއެކު ދެއްވާނެ ކަމުގެ ޔަޤީންކަން ޝަކީލް ދެއްވިއެވެ.

ޝަކީލް އައްޔަންކުރެއްވުމާއެކު، އިލެކްޝަންސް ކޮމިޝަނުގެ މެންބަރުންގެ އަދަދު މިހާރު ވަނީ ޤާނޫނުގައި ބުނާ ފަސް މެންބަރުންނަށް ހަމަވެފައެވެ. ކޮމިޝަނުގައި މިހާރު ތިއްބެވި މެންބަރުންނަކީ:

ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު (ނައިބު ރައީސް)

ޙަސަން ޒަކަރިއްޔާ

ޢަބްދުލްޙަސީބް އިސްމާޢީލް

ރިފްޢަތު ޢަބްދުﷲ

މުޙައްމަދު ޝަކީލް

ކޮމިޝަނުގެ މެންބަރުން ހަމަވި ނަމަވެސް، ކޮމިޝަނުގެ ރައީސްގެ މަޤާމު އަދިވެސް އޮތީ ހުސްކޮށެވެ. ޤާނޫނުގައިވާ ގޮތުން އިލެކްޝަންސް ކޮމިޝަނުގެ ރައީސް އައްޔަންކުރައްވާނީ، ކޮމިޝަނުގެ މެންބަރުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކު ރައީސުލްޖުމްހޫރިއްޔާއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ގުރައިދޫ ޚާއްޞަ އެހީއަށް ބޭނުންވާ މަރުކަޒު ޒަމާނީ ފެންވަރަކަށް ތަރައްޤީކުރަން ވަޒީރުންގެ މަޖިލީހުން ނިންމައިފި
ގުރައިދޫ ޚާއްޞަ އެހީއަށް ބޭނުންވާ މަރުކަޒު ޒަމާނީ ފެންވަރަކަށް ތަރައްޤީކުރަން ވަޒީރުންގެ މަޖިލީހުން ނިންމައިފި
ކ. ގުރައިދޫގައި ހުންނަ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު، ހުރިހާ ޚިދުމަތްތަކެއް ފުރިހަމައަށް ލިބޭނެ ޒަމާނީ ފެންވަރުގެ މަރުކަޒަކަށް ބަދަލުކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމައިފިއެވެ. މި މަޝްރޫޢުގެ ޢަމަލީ މަސައްކަތްތައް ކުރިއަށް އޮތް ދުވަސްތަކުގައި ފެށުމަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ.
ޚަބަރު 19 Aug 2026
މާލޭ ވެޓް މާކެޓް ކޮމްޕްލެކްސް އެޅުމަށް ލޯކަލް މާރުކޭޓު އެއްމަސް ދުވަހުގެ ތެރޭގައި ހުސްކުރަނީ
މާލޭ ވެޓް މާކެޓް ކޮމްޕްލެކްސް އެޅުމަށް ލޯކަލް މާރުކޭޓު އެއްމަސް ދުވަހުގެ ތެރޭގައި ހުސްކުރަނީ
މާލޭގައި ޒަމާނީ ފެންވަރުގެ "މާލޭ ވެޓް މާކެޓް ކޮމްޕްލެކްސް" އެޅުމުގެ މަޝްރޫޢު ފެށުމަށްޓަކައި، މިހާރުގެ ލޯކަލް މާރުކޭޓުގައި ވިޔަފާރިކުރާ ފަރާތްތަކަށް ވަގުތީ އިންތިޒާމުތަކެއް ހަމަޖައްސައި އެއްމަސް ދުވަހުގެ ތެރޭގައި އެ ބިން ހުސްކުރުމުގެ މަސައްކަތް މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސްއިން ފަށައިފިއެވެ.
ޚަބަރު 19 Aug 2026
ދުންފަތާއި ނިކޮޓިންގެ ނުރައްކަލާ ގުޅުންހުރި މުހިންމު ނިންމެވުންތަކަކާއި، ސަރުކާރުން ކުރިއަށްގެންދާ އެހެނިހެން މަޝްރޫޢުތަކާ ގުޅޭ މުހިންމު ނިންމެވުންތަކެއް ވަޒީރުންގެ މަޖިލީހުން ނިންމަވައިފި
ދުންފަތާއި ނިކޮޓިންގެ ނުރައްކަލާ ގުޅުންހުރި މުހިންމު ނިންމެވުންތަކަކާއި، ސަރުކާރުން ކުރިއަށްގެންދާ އެހެނިހެން މަޝްރޫޢުތަކާ ގުޅޭ މުހިންމު ނިންމެވުންތަކެއް ވަޒީރުންގެ މަޖިލީހުން ނިންމަވައިފި
ދުންފަތާއި ނިކޮޓިންގެ ނުރައްކަލާމެދު ޢާންމުން ހޭލުންތެރިކުރުމާއި، ޖެނެރޭޝަނަލް ބޭން ތަންފީޒުކުރުމާ ގުޅުންހުރި މުހިންމު ނިންމެވުންތަކަކާއި، ސަރުކާރުން ކުރިއަށްގެންދާ އެހެނިހެން މަޝްރޫޢުތަކާ ގުޅޭ މުހިންމު ނިންމެވުންތަކެއް، ވަޒީރުންގެ މަޖިލީހުން ނިންމަވައިފިއެވެ.
ޚަބަރު 19 Aug 2026
ނޭކުރެންދޫގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމްކުރުމުގެ މަޝްރޫޢު ނިމިއްޖެ
ނޭކުރެންދޫގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމްކުރުމުގެ މަޝްރޫޢު ނިމިއްޖެ
ނޭކުރެންދޫގައި ޤާއިމުކުރެވިފައިވާ ފެނާއި ނަރުދަމާ ނިޒާމަކީ އޯޕެކް ފަންޑް ފޯރ އިންޓަނޭޝަނަލް ޑިވެލޮޕްމެންޓްގެ ލޯނު އެހީ އަދި ދިވެހި ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން، މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓްއިން، އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އަދި ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ ޖޮއިންޓް ވެންޗަރ އާއި ޙަވާލުކޮށްގެން ނިންމާފައިވާ މަސައްކަތެކެވެ.
ޚަބަރު 18 Aug 2026