ސަގާފީ ދާއިރާގެ ކުރިއެރުމަށް ފަންނުވެރިންގެ މަޝްވަރާ ހޯދުމަށް "ތަރިކަވެރިންގެ އަޑު" ބައްދަލުވުން ބާއްވައިފި

އ އައިމިނަތުު މުޙައްމަދު
ޚަބަރު 09 Jul 2026

ސަގާފީ ދާއިރާގައި މަސައްކަތްކުރާ ފަންނުވެރިންގެ ޚިޔާލާއި މަޝްވަރާ ހޯދުމަށް "ތަރިކަވެރިންގެ އަޑު" ގެ ނަމުގައި ޚާއްޞަ ބައްދަލުވުމެއް މިނިސްޓްރީ އޮފް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ބާއްވައިފިއެވެ.

މިދިޔަ ބުދަ ދުވަހު ގައުމީ ދާރުލްއާސާރުގެ ހޯލުގައި ބޭއްވި މި ބައްދަލުވުމަކީ، ތަރިކައިގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ކުރިމަތިވާ ގޮންޖެހުންތައް ދެނެގަނެ، އެކަންކަމަށް އަމަލީ ހައްލު ހޯދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ބައެކެވެ. މި ބައްދަލުވުމުގައި މިނިސްޓަރ އޮފް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވަނީ ބައިވެރިވެވަޑައިގެން ފަންނުވެރިންނާ ބައްދަލުކުރައްވާފައެވެ.

މި ބައްދަލުވުމުގައި ވަޒީރު ހީނާ ވަލީދު ވަނީ ދާއިރާގެ ފަންނުވެރިންނާއި އުފެއްދުންތެރިންނާ ބައްދަލުކުރައްވައި، އެ ފަރާތްތަކުގެ މަސައްކަތްތަކާ ގުޅޭގޮތުން ޚިޔާލު ބަދަލުކުރައްވާފައެވެ. އަދި ސަރުކާރާ ގުޅިގެން ސަގާފީ ހަރަކާތްތައް އިތުރަށް ހަރުދަނާކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާ ކުރެއްވިއެވެ.

ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ހީނާ ވިދާޅުވީ، މި މަޝްވަރާތަކުގެ ސަބަބުން ގައުމުގެ ސަގާފީ ދާއިރާ ކުރިއެރުވުމަށް މިނިސްޓްރީއާއި ފަންނުވެރިން ގުޅިގެން މަސައްކަތް ކުރެވޭނެ ގިނަ ގޮތްތަކެއް ފާހަގަވެގެން ގޮސްފައިވާ ކަމަށެވެ. އަދި ކަމާބެހޭ މާހިރުންގެ ބައިވެރިވުން އިތުރުވުމަކީ ގައުމީ ވަހުދަތު ވަރުގަދަކުރުމަށާއި ދިވެހި ތަރިކައަށް އޮންނަ ލޯބި އާލާކުރުމަށް ސަރުކާރުން ކުރާ މަސައްކަތަށް ލިބޭ ބޮޑު ބާރެއް ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

މި ބައްދަލުވުމުގެ ބައިވެރިން ފާހަގަކުރި ގޮތުގައި، ތަފާތު ދާއިރާތަކުގެ ފަންނުވެރިން އެއްތަނަކުން ބައްދަލުވެ، ދިމާވާ ގޮންޖެހުންތަކާ މެދު ވާހަކަދެއްކުމަށް މިފަދަ ބައްދަލުވުންތައް ގަވާއިދުން ބޭއްވުމަކީ ނުހަނު ބޭނުންތެރި ކަމެކެވެ.

މި ހަރަކާތް ނިންމާލާފައިވަނީ ސަގާފީ جާފަތަކާއި، ގައުމީ ތަރިކަ ރައްކާތެރިކުރާ މަރުކަޒުން އިންތިޒާމުކުރި ތަރިކައިގެ މައުރަޒެއްގެ އިތުރުން، އޮޮށްވަޅުގޮނޑިއާއި ތިންހަމަ ފަދަ ދިވެހި ސަގާފީ ކުޅިވަރުތަކާ އެކުގައެވެ.


ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ޤައުމީ ތަރައްޤީގެ ބިންގަލަކީ އަންހެނުން ބާރުވެރިކުރުވުން: ފަސްޓްލޭޑީ
ޤައުމީ ތަރައްޤީގެ ބިންގަލަކީ އަންހެނުން ބާރުވެރިކުރުވުން: ފަސްޓްލޭޑީ
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ، އަންހެނުންނަކީ ޤައުމުގެ އިޖުތިމާޢީ ހަށިގަނޑުގެ އެއްބައި ކަމުގައި ސިފަކުރައްވައި، ޤައުމު ބިނާކުރުމުގެ ވިސްނުމާއި އެ މަސައްކަތުގައި ހުރިހާ ދަރަޖައެއްގައި، އަދި ހުރިހާ ދާއިރާއެއްގައި އަންހެނުންގެ ބައިވެރިވުން އޮންނަންވާނެ ކަމުގައި ވިދާޅުވެފައެވެ. އަދި އެކަމަށް މަގުތައް ތަނަވަސްވެ ފުރުޞަތުތައް ފަހިވާނެ މި ފަދަ ޕްރޮގްރާމުތައް ހިންގެންވާނެކަމުގައި އެކަމަނާ ވިދާޅުވިއެވެ.
ޚަބަރު 27 Aug 2026
ނޭޕާލްގައި ހިނގި ފްލޭޝް ފްލަޑް ސަރަހައްދުގައި ދިވެއްސަކު ނޫޅޭ
ނޭޕާލްގައި ހިނގި ފްލޭޝް ފްލަޑް ސަރަހައްދުގައި ދިވެއްސަކު ނޫޅޭ
އަދި އިންޑިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނާއި ކަތުމަންޑޫގައި ހުންނަ ދިވެހިރާއްޖޭގެ އޮނޮރަރީ ކޮންސުލް މެދުވެރިކޮށް ބެލިބެލުމުން ނޭޕާލްގައި ދިރިއުޅޭ އެއްވެސް ދިވެހި ރައްޔިތަކަށް މިހާދިސާގައި އަސަރުކޮށްފައި ނުވެއެވެ.
ޚަބަރު 27 Aug 2026
އެމްއައިބީ އޭދަފުށި ބްރާންޗުން ބ. އަތޮޅަށް މާލީ ޚިދުމަތްތައް ފަހިވާނެ: މިނިސްޓަރ ޒަރީރު
އެމްއައިބީ އޭދަފުށި ބްރާންޗުން ބ. އަތޮޅަށް މާލީ ޚިދުމަތްތައް ފަހިވާނެ: މިނިސްޓަރ ޒަރީރު
ޝަރީޢާ ހުއްދަ ބޭންކިން ޚިދުމަތްތައް ރަށަށް ތަޢާރަފްވުމުން، ވިޔަފާރިވެރިންނާއި މަސްވެރިންގެ އިތުރުން، ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް، އަދި ޢާންމު ރައްޔިތުންނަށް ފައިދާ ކުރާނެ ކަމަށާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފައިނޭންސިން ހޯދައި ވިޔަފާރި ފުޅާ ކުރުމުގެ ފުރުސަތު ތަނަވަސްވެގެންދާނެ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.
ޚަބަރު 27 Aug 2026
އެމް.އައި.ބީ އޭޓީއެމްގެ ސަބަބުން ގޮއިދޫގެ މާލީ ދާއިރާ ފުޅާވެ، ފަތުރުވެރިކަމަށް ކުރިއެރުން ލިބޭނެ: މިނިސްޓަރ ޒަރީރު
އެމް.އައި.ބީ އޭޓީއެމްގެ ސަބަބުން ގޮއިދޫގެ މާލީ ދާއިރާ ފުޅާވެ، ފަތުރުވެރިކަމަށް ކުރިއެރުން ލިބޭނެ: މިނިސްޓަރ ޒަރީރު
މިނިސްޓަރ ޒަރީރު މިހެން ވިދާޅުވީ ރާއްޖޭގައި އެމް.އައި.ބީ.އިން ބެހެއްޓި 62 ވަނަ އޭޓީއެމް ރަސްމީކޮށް ހުޅުވައިދެއްވާ އެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޚަބަރު 27 Aug 2026