ދުނިޔޭގެ ދިރުންތަކާ ބެހޭ ބައްދަލުވުމުގައި ކުދި ޖަޒީރާ ގައުމުތަކުގެ ހައްގުގައި ރާއްޖެއިން ވަކާލާތުކޮށްފި

އ އައިމިނަތުު މުޙައްމަދު
ޚަބަރު 28 Jul 2026

ދުނިޔޭގެ ދިރުންތަކާ ބެހޭ މުއާހަދާ (ކޮންވެންޝަން އޮން ބަޔޮލޮޖިކަލް ޑައިވާސިޓީ - ސީ.ބީ.ޑީ) ގެ ދަށުން ބާއްވާ ސައިންޓިފިކް، ޓެކްނިކަލް އަދި ޓެކްނޮލޮޖިކަލް އެޑްވައިޒް (އެސް.ބީ.އެސް.ޓީ.ޓީ.އޭ) ގެ 28 ވަނަ ބައްދަލުވުމުގައި ކުދި ޖަޒީރާ ގައުމުތަކުގެ (ސިޑްސް) މަސްލަހަތު ހިމާޔަތްކުރުމަށް ރާއްޖެއިން ބާރުއަޅަމުންދާ ކަމަށް މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީން ހާމަކޮށްފިއެވެ.

އަންނަ އޮގަސްޓް މަހުގެ 1 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ބައްދަލުވުމުގައި ރާއްޖޭގެ އެންމެ ބޮޑު އަމާޒަކީ، މި މުއާހަދާ ތަންފީޒުކުރުމަށް އެކުލަވާލާ ފަންނީ މާހިރުންގެ ގްރޫޕްތަކުގައި ކުދި ޖަޒީރާ ގައުމުތަކަށް ޚާއްސަ ގޮނޑިތަކެއް ކަށަވަރުކުރުމެވެ. މިނިސްޓްރީން ފާހަގަކުރި ގޮތުގައި، މީގެ ސަބަބުން ތިމާވެށީގެ ގޮތުން ނާޒުކު ހާލަތްތަކުގައިވާ ރާއްޖެ ފަދަ ގައުމުތަކުގެ ބައިވެރިވުން ނިންމުންތައް ނިންމާ ފެންވަރުގައި ވަރުގަދަވެގެންދާނެއެވެ.

މީގެ އިތުރުން، ދުނިޔޭގެ ދިރުންތައް ހިމާޔަތްކުރުމަށް ކުރެވޭ މަސައްކަތްތައް މުރާޖައާކުރާއިރު، ކުދި ޖަޒީރާ ގައުމުތަކުން އިސްކަންދޭ ކަންކަމާއި އެ ގައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތައް ހިމެނުމަށް ރާއްޖެއިން ދަނީ ވަކާލާތު ކުރަމުންނެވެ. އަދި ތިމާވެށީގެ މައްސަލަތައް މޮނިޓަރކޮށް ރިޕޯޓްތައް ތައްޔާރުކުރުމުގައި މިފަދަ ގައުމުތަކުގެ ގާބިލުކަން އިތުރުކުރުމަށް ބޭނުންވާ އެހީތެރިކަން ހޯދުމަށްވެސް ރާއްޖެއިން ބާރުއަޅައެވެ.

ރާއްޖެއިން އިސްކަންދޭ އަނެއް މުހިންމު ކަމަކީ ސިޔާސަތުތައް އެކުލަވާލުމުގައި ސައިންޓިފިކް ހެކިތަކުގެ ބޭނުން ހިފުމާއި، ސައިންޓިފިކް މައުލޫމާތަކީ ހުރިހާ ގައުމުތަކަށް ފަސޭހައިން ލިބޭނެ އެއްޗަކަށް ހެދުމެވެ.

މިނިސްޓްރީން އިތުރަށް ބުނި ގޮތުގައި، މި ބައްދަލުވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ބައިނަލްއަގުވާމީ ތިމާވެށީގެ މައިދާނުގައި ރާއްޖޭގެ ދައުރު ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، ރާއްޖެއާއި އެހެނިހެން ކުދި ޖަޒީރާ ގައުމުތަކުގެ މަސްލަހަތު ކުރިއެރުވުމަށް ލިބޭ މުހިންމު ފުރުސަތެކެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
25ވަނަ ނޭޝަނަލް ޕެޓްރޯލް ލީޑަރސް ޓްރޭނިންގ ކޭމްޕް ނިންމުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ޝަރަފުވެރި ކޮށްދެއްވައިފި
25ވަނަ ނޭޝަނަލް ޕެޓްރޯލް ލީޑަރސް ޓްރޭނިންގ ކޭމްޕް ނިންމުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ޝަރަފުވެރި ކޮށްދެއްވައިފި
25 ވަނަ ނޭޝަނަލް ޕެޓްރޯލް ލީޑަރސް ޓްރޭނިންގ ކޭމްޕް ނިންމުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، އަދި ޗީފް ގައިޑް ސާޖިދާ މުޙައްމަދު ޝަރަފުވެރި ކޮށްދެއްވައިފިއެވެ.
ޚަބަރު 16 Sep 2026
މައްކާއަށް އަމާޒުކޮށް ހޫޘީން ޑްރޯން ބޭނުންކޮށްގެން ދޭން އުޅުނު ޙަމަލާ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކުށްވެރިކުރައްވައިފި
މައްކާއަށް އަމާޒުކޮށް ހޫޘީން ޑްރޯން ބޭނުންކޮށްގެން ދޭން އުޅުނު ޙަމަލާ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކުށްވެރިކުރައްވައިފި
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ މާތްވެގެންވާ މައްކާއަށް އަމާޒުކޮށް ހޫޘީން ޑްރޯން ބޭނުންކޮށްގެން ދޭން އުޅުނު ޙަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާ ކަމަށެވެ. އިސްލާމްދީނުގެ އެންމެ މާތްވެގެންވާ މުޤައްދަސް ސިޓީގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވާ ފަދަ ކޮންމެ ޢަމަލަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، އެއީ މުޅި އިސްލާމީ އުންމަތުގެ ހިތްތަކަށް ލިބޭ ފުން އަނިޔާއެކެވެ.
ޚަބަރު 16 Sep 2026
ޕީއެންސީގެ ވެރިންނަށް ސަރުކާރުގެ އަދާހަމަތައް އެނގުން މުހިންމު: މުންދު
ޕީއެންސީގެ ވެރިންނަށް ސަރުކާރުގެ އަދާހަމަތައް އެނގުން މުހިންމު: މުންދު
ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ލީޑަރޝިޕާއި އެކި ދާއިރާތަކުގެ އިސްވެރިންނަށް ސަރުކާރުގެ މަޝްރޫޢުތަކުގެ އަދާހަމަތަކާއި ރައްޔިތުންގެ ކަންބޮޑުވުންތައް އެނގުމަކީ ނުހަނު މުހިންމު ކަމެއް ކަމަށް އެ ޕާޓީގެ ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.
ޚަބަރު 16 Sep 2026
ޤާނޫނާޚިލާފަށް މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ މަސްބޯޓެއް، އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފި
ޤާނޫނާޚިލާފަށް މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ މަސްބޯޓެއް، އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފި
އެމްއެންޑީއެފުން ބުނީ ރާއްޖޭގެ ސަރަހައްދު ބެލެހެއްޓުމަށް ކޯސްޓުގާޑުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަހައްދުގައި ޤާނޫނާއި ޚިލާފަށް މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ މަސްބޯޓެއް، 16 ސެޕްޓެމްބަރު 2026 ގައި އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެދަށަށް ވަނީ ގެނެސްފައެވެ.
ޚަބަރު 16 Sep 2026