މި މަޝްވަރާތަކުގައި ވިޔަފާރިއާއި، ދިފާޢީ ދާއިރާއާއި، ޞިއްޙީ ދާއިރާއާއި، ފަތުރުވެރިކަމާއި، އިސްލާމީ ކަންކަމާ ގުޅޭގޮތުން ދެޤައުމުގެ ގުޅުން ބަދަހިކުރުމަށާއި، ބައިނަލްއަޤްވާމީ މުހިންމު މައްސަލަތަކުގައި ދެޤައުމުން ގެންގުޅޭ އެއްބަސްވެވޭ ސިޔާސަތުތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވާހަކަދެކެވުނެވެ.

މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލައްވައިފި

ހ ހަޅަ
ޚަބަރު 15 Sep 2026

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށް މެލޭޝިއާގެ ބޮޑުވަޒީރު، އޮނަރަބަލް އަންވަރު އިބްރާހީމް ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލައްވައިފިއެވެ.

ބޮޑުވަޒީރު އަންވަރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުޙަބާ ދެންނެވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒެވެ. އަދި އަންގާރަ ދުވަހުގެ ހެނދުނު ޖުމްހޫރީ މައިދާނުގައި އެމަނިކުފާނަށް ރަސްމީކޮށް މަރުޙަބާ ދެންނެވުން އޮތެވެ. ދެ ޤައުމުގެ ވެރިން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ރަސްމީ ވާހަކަފުޅުތައް ބޭއްވެވިއެވެ.

މި މަޝްވަރާތަކުގައި ވިޔަފާރިއާއި، ދިފާޢީ ދާއިރާއާއި، ޞިއްޙީ ދާއިރާއާއި، ފަތުރުވެރިކަމާއި، އިސްލާމީ ކަންކަމާ ގުޅޭގޮތުން ދެޤައުމުގެ ގުޅުން ބަދަހިކުރުމަށާއި، ބައިނަލްއަޤްވާމީ މުހިންމު މައްސަލަތަކުގައި ދެޤައުމުން ގެންގުޅޭ އެއްބަސްވެވޭ ސިޔާސަތުތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވާހަކަދެކެވުނެވެ.

މި ދަތުރުފުޅުގެ ތެރޭގައި، ދިފާޢީ ދާއިރާއާއި އިސްލާމީ ކަންކަމާ ގުޅޭ ފަހުމުނާމާތަކުގައި ސޮއިކުރެއްވުމުގެ ރަސްމިއްޔާތު ދެ ލީޑަރުން ބައްލަވާލެއްވިއެވެ. އަދި ޕްރެފަރެންޝަލް ޓްރޭޑް އެގްރީމެންޓަކާ (ޕީ.ޓީ.އޭ) ދިމާއަށް މަޝްވަރާތައް ފެށުމަށް ނިންމާފައިވާކަން އިޢުލާނުކުރެއްވިއެވެ. މީގެއިތުރުން އިއާދަކުރަނިވި ހަކަތައާއި، ޑިޖިޓަލް އިންފްރާސްޓްރަކްޗަރ އަދި ފަތުރުވެރިކަމުގެ ދާއިރާއިން އެއްބާރުލުން ދިނުމާ ގުޅޭގޮތުންނާއި، ކޮންސިއުލަރ އަދި ވިސާގެ އިންތިޒާމުތައް ލުއިފަސޭހަކުރުމާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު އަދި އެމަނިކުފާނުގެ އަނބިކަނބަލުން ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ވަނީ ބޮޑުވަޒީރުގެ ޝަރަފުގައި ރަސްމީ ޖާފަތެއް ދެއްވާފައެވެ. ބޮޑުވަޒީރު އަންވަރުގެ މި ދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފާއި، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސާއި، ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ވަނީ ބޮޑުވަޒީރުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވާފައެވެ.

ބޮޑުވަޒީރު އަންވަރު ފުރާވަޑައިގަތުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އެމަނިކުފާނަށް އަލްވަދާޢު ވިދާޅުވީ ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
25ވަނަ ނޭޝަނަލް ޕެޓްރޯލް ލީޑަރސް ޓްރޭނިންގ ކޭމްޕް ނިންމުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ޝަރަފުވެރި ކޮށްދެއްވައިފި
25ވަނަ ނޭޝަނަލް ޕެޓްރޯލް ލީޑަރސް ޓްރޭނިންގ ކޭމްޕް ނިންމުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ޝަރަފުވެރި ކޮށްދެއްވައިފި
25 ވަނަ ނޭޝަނަލް ޕެޓްރޯލް ލީޑަރސް ޓްރޭނިންގ ކޭމްޕް ނިންމުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، އަދި ޗީފް ގައިޑް ސާޖިދާ މުޙައްމަދު ޝަރަފުވެރި ކޮށްދެއްވައިފިއެވެ.
ޚަބަރު 16 Sep 2026
މައްކާއަށް އަމާޒުކޮށް ހޫޘީން ޑްރޯން ބޭނުންކޮށްގެން ދޭން އުޅުނު ޙަމަލާ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކުށްވެރިކުރައްވައިފި
މައްކާއަށް އަމާޒުކޮށް ހޫޘީން ޑްރޯން ބޭނުންކޮށްގެން ދޭން އުޅުނު ޙަމަލާ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކުށްވެރިކުރައްވައިފި
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ މާތްވެގެންވާ މައްކާއަށް އަމާޒުކޮށް ހޫޘީން ޑްރޯން ބޭނުންކޮށްގެން ދޭން އުޅުނު ޙަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާ ކަމަށެވެ. އިސްލާމްދީނުގެ އެންމެ މާތްވެގެންވާ މުޤައްދަސް ސިޓީގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވާ ފަދަ ކޮންމެ ޢަމަލަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، އެއީ މުޅި އިސްލާމީ އުންމަތުގެ ހިތްތަކަށް ލިބޭ ފުން އަނިޔާއެކެވެ.
ޚަބަރު 16 Sep 2026
ޕީއެންސީގެ ވެރިންނަށް ސަރުކާރުގެ އަދާހަމަތައް އެނގުން މުހިންމު: މުންދު
ޕީއެންސީގެ ވެރިންނަށް ސަރުކާރުގެ އަދާހަމަތައް އެނގުން މުހިންމު: މުންދު
ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ލީޑަރޝިޕާއި އެކި ދާއިރާތަކުގެ އިސްވެރިންނަށް ސަރުކާރުގެ މަޝްރޫޢުތަކުގެ އަދާހަމަތަކާއި ރައްޔިތުންގެ ކަންބޮޑުވުންތައް އެނގުމަކީ ނުހަނު މުހިންމު ކަމެއް ކަމަށް އެ ޕާޓީގެ ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.
ޚަބަރު 16 Sep 2026
ޤާނޫނާޚިލާފަށް މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ މަސްބޯޓެއް، އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފި
ޤާނޫނާޚިލާފަށް މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ މަސްބޯޓެއް، އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފި
އެމްއެންޑީއެފުން ބުނީ ރާއްޖޭގެ ސަރަހައްދު ބެލެހެއްޓުމަށް ކޯސްޓުގާޑުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަހައްދުގައި ޤާނޫނާއި ޚިލާފަށް މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ މަސްބޯޓެއް، 16 ސެޕްޓެމްބަރު 2026 ގައި އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެދަށަށް ވަނީ ގެނެސްފައެވެ.
ޚަބަރު 16 Sep 2026