ފޮރިން އިންވެސްޓްމަންޓް އެންޓްރީ ގެ އާ އުސޫލުތަކެއް - ވިޔަފާރިވެރިންނަށް ފަހި ފުރުސަތުތަކެއް

ފޮރިން އިންވެސްޓްމަންޓް އެންޓްރީ ގެ އާ އުސޫލުތަކެއް - ވިޔަފާރިވެރިންނަށް ފަހި ފުރުސަތުތަކެއް

ހ ހަޅަ
ޚަބަރު 09 Oct 2025

ސެޕްޓެމްބަރު 3, 2024 ގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތަސްދީގު ކުރެއްވި އާ ފޮރިން އިންވެސްޓްމަންޓް ގާނޫނުގެ ދަށުން އިސްލާހުކޮށްފައިވާ ފޮރިން އިންވެސްޓްމަންޓް އެންޓްރީގެ ޝަރުތުތައް ޝާއިއުކޮށްފައިވާކަން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް އިން އިއުލާންކޮށްފިއެވެ.

ނަވާރަސްތޭކަ ހަތްދިހަ ނުވަވަނަ ވަނަ އަހަރުގެ ގާނޫނުގެ ބަދަލުގައި ނެރުނު އާ ގާނޫނުގައި ބޭރުގެ އިންވެސްޓަރުންނަށް ޒަމާނީ، ހާމަކަން ބޮޑު އޮނިގަނޑެއް ތަޢާރަފްކޮށް، އިންވެސްޓްމަންޓް ސެކިއުރިޓީ އިތުރުކޮށްދީ، ބައިނަލްއަޤްވާމީ އެންމެ ރަނގަޅު އުސޫލުތަކާ އެއްގޮތަށް ކުރިއަށް ގެންދެވޭނެއެވެ. މި ގާނޫނުގެ ސަބަބުން އިންވެސްޓަރުންގެ އިތުބާރު ވަރުގަދަވެ، ދެމެހެއްޓެނިވި، ހުރިހާ އެންމެން ހިމެނޭ އިގްތިސާދެއް އުފަންކުރެވިގެންދާނެއެވެ.

ވަޒީރުންގެ މަޖިލީހުން އެންޑޯސްކޮށް އިސްލާހުކޮށްފައިވާ ފޮރިން އިންވެސްޓްމަންޓް އެންޓްރީ ރިކުއަރމަންޓްސް އަކީ ރާއްޖޭގެ އިގްތިސާދު ތަފާތުކޮށް، ރައްޔިތުން ބާރުވެރިކުރުމަށާއި، މަތީ ފެންވަރުގެ އިންވެސްޓްމަންޓްތަކަށް ޝައުގުވެރި ކުރުވުމަށް ސަރުކާރުގެ ތަރައްގީގެ އެޖެންޑާގެ މުހިންމު މަސައްކަތެކެވެ. މި އިސްލާހުތަކުން ދައްކުވައިދެނީ ބޭރުގެ ރައުސުލްމާލާއި ތަޖުރިބާ ބޭނުންވާ ދާއިރާތަކުގައި އިތުރަށް ފުރުސަތު ހުޅުވާލެވިފައިވާ ގޮތް ފަހިކޮށްދިނުމާއި، އެތެރޭގެ ކެޕޭސިޓީ ހުރި ސިނާއަތްތަކުގައި ދިވެހިންގެ ބައިވެރިވުން އިތުރުކުރުމެވެ.

މި ބަދަލުތައް ތިން ކެޓަގަރީއަކަށް ބަހާލާފައިވާއިރު، އެއީ ބޭރުގެ މިލްކުވެރިކަމަށް ފުރިހަމައަށް ހުޅުވާލެވިފައިވާ ދާއިރާތަކާއި ޖޮއިންޓް ވެންޗާތަކުގެ އިތުރުން ބޭރުގެ އިންވެސްޓްމަންޓަށް ބަންދުކޮށްފައިވާ ދާއިރާތަކެވެ. މި ކެޓަގަރީތައް ކަނޑައެޅުމުގައި، ކެބިނެޓްގެ ފުޅާ މަޝްވަރާތަކަށް ފަހު، ގާނޫނުގައި ކަނޑައަޅާފައިވާ ކަންކަމާ އެއްގޮތަށް، ސިނާއަތުގެ މަންދޫބުންނާއި އިންވެސްޓަރުންނާ ވެސް ފުޅާ ދާއިރާއެއްގައި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވެއެވެ. މި މަޝްވަރާތަކުގައި ގައުމީ ސަލާމަތަށް ކުރާނެ އަސަރުތަކާއި، މާކެޓްގެ ވާދަވެރިކަމާއި، ލޯކަލް ވިޔަފާރިތައް ތައްޔާރަށް ހުރުމާއި، ބޭރުގެ ރައުސުލްމާލާއި ތަޖުރިބާގެ ބޭނުންތެރިކަމާއި، އުފެއްދުންތެރިކަމަށް ދިގު މުއްދަތަކަށް ޙިއްޞާކުރުމާއި، ހިއުމަން ކެޕިޓަލް ތަރައްޤީކުރުމާއި ވަޒީފާގެ ފުރުޞަތުތަކަށް ބަލާފައިވެއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ ދިވެހީންގެ ހުނަރާއި ތަޖުރިބާ ވަރުގަދަ ކަމަށް ބެލެވޭ ދާއިރާތައް ދިވެހީންނަށް ހާޢްސަ ކުރެވި ނުވަތަ އިންވެސްޓްމެންޓް ފުރުސަތު އައު ޝަރުތުތަކުގެ ތެރެއިން ހަނިކޮށްފައިވާނެ ކަމަށެވެ. އޭގެ ތެރޭގައި ހޯލްސޭލް އަދި ރީޓެއިލް ޓްރޭޑް، ލޮޖިސްޓިކްސް، ޕަބްލިކް މެރިޓައިމް ޓްރާންސްޕޯޓޭޝަންގެ ހިދުމަތް، ބަންކަރިންގެ ހިދުމަތްތަކުގެ އިތުރުން 15 މިލިއަން ޑޮލަރުގެ ދަށުން ހިންގާ ކޮންސްޓްރަކްޝަން މަޝްރޫއުތަކާއި 100 މިލިއަން ޑޮލަރުގެ ދަށުން ހިންގާ ރިއަލް އެސްޓޭޓް މަޝްރޫއުތައް ހިމެނެއެވެ. މި ދާއިރާތަކުން ލޯކަލް ވިޔަފާރިތަކަށް ބޮޑެތި ފުރުސަތުތަކާއި އިންވެސްޓްމަންޓް ޕޮޓެންޝަލްތައް ހުރިކަން އިކޮނޮމިކް މިނިސްޓްރީން ފާހަގަކުރިއެވެ.

ކުރިން ބޭރުގެ އިންވެސްޓްމަންޓަށް ހުޅުވާލެވިފައިވާ ބައެއް ދާއިރާތައް މިހާރު އަލުން ގިންތިކޮށްފައިވާކަން ދެނެގަނެ، މިހާރު ތިބި އިންވެސްޓަރުންނަށް އެކަށީގެންވާ ޓްރާންސިޝަން އިންތިޒާމުތަކެއް ހަމަޖެއްސޭނެކަން މިނިސްޓްރީން ވަނީ ކަށަވަރުކޮށްދީފައެވެ. މި އިންތިޒާމުތަކަކީ އިންސާފުވެރި، ހާމަކަން ބޮޑު، އަދި ވަގުތު ކަނޑައެޅިފައިވާ އިންތިޒާމުތަކަކަށް ވާއިރު، އާންމުކޮށް ޓްރާންސިޝަން ޕީރިއަޑްތަކަކީ ދާއިރާއާއި އިންވެސްޓްމަންޓްގެ މިންވަރަށް ބަލާއިރު އެއް އަހަރާއި ހަތް އަހަރާ ދެމެދުގެ އިންތިޒާމުތަކެއް ކަމަށް މިނިސްޓްރީން ބުނެއެވެ.

ޓްރާންސިޝަން އެޕްލިކޭޝަންތައް ވަޒަންކުރުމުގައި މިނިސްޓްރީން ބަލާނީ ކޮމިޓްކޮށްފައިވާ ރައުސުލްމާލާއި، މިހާރު ހުރި ގަވާއިދުތަކަށް އަމަލުކުރުމާއި، ރާއްޖޭގެ އިގްތިސާދަށް ޖުމްލަކޮށް ކުރާ ޙިއްޞާއެވެ. މި އުސޫލުގެ ސަބަބުން ލަފާކުރެވޭ ގޮތާއި އިންސާފުވެރިކަން ކަށަވަރުވެ، ސަރުކާރުގެ އާ ސިޔާސަތު މިސްރާބުތަކުގެ ނަޒާހަތްތެރިކަން ދެމެހެއްޓޭ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.

އިކޮނޮމިކް މިނިސްޓްރީން ވިދާޅުވީ 2040 ވަނަ އަހަރުގެ ނިޔަލަށް ރާއްޖެ ތަރައްގީވެފައިވާ ގައުމެއްގެ ދަރަޖައަށް މަތިކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ތަސައްވުރުގެ ދަށުން، އާ އިންވެސްޓްމަންޓް ޝަރުތުތަކުގެ ދަށުން، މިހާރު ރާއްޖޭގެ ތަޖުރިބާ މަދު ދާއިރާތަކުން ވެސް ބޭރުގެ އިންވެސްޓަރުންނަށް ފުރުސަތު ލިބިގެންދާނެކަމަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ޕޮލެންޑުގެ ބޯޑަރު ކައިރިއަށް ރަޝިޔާއިން ވަރުގަދަ ހަމަލާއެއްދީ ހަނގުރާމަ އިތުރަށް ވަރުގަދަކޮށްފި
ޕޮލެންޑުގެ ބޯޑަރު ކައިރިއަށް ރަޝިޔާއިން ވަރުގަދަ ހަމަލާއެއްދީ ހަނގުރާމަ އިތުރަށް ވަރުގަދަކޮށްފި
ޔޫކްރެއިނާއި ޕޮލެންޑް ގުޅޭ ބޯޑަރު ކައިރިއަށް ރަޝިޔާއިން އާދީއްތަ ދުވަހު ދިން ވަރުގަދަ ހަމަލާއަކާ ގުޅިގެން، ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގެ ނުތަނަވަސްކަން އިތުރަށް ބޮޑުވެގެން ހިނގައްޖެއެވެ.
ދުނިޔެ 13 Sep 2026
ހޮރްމުޒް ކަނޑުއޮޅީގެ ނުތަނަވަސްކަން އިތުރުވެ، ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ނުރައްކާ ކުރިމަތިވެއްޖެ
ހޮރްމުޒް ކަނޑުއޮޅީގެ ނުތަނަވަސްކަން އިތުރުވެ، ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ނުރައްކާ ކުރިމަތިވެއްޖެ
ދުނިޔޭގެ ވިޔަފާރީގެ އެންމެ މުހިންމު އެއް މަގު ކަމަށްވާ ހޮރްމުޒް ކަނޑުއޮޅީގައި ވިޔަފާރި އުޅަނދަކަށް ދިން ހަމަލާއަކާ ގުޅިގެން، އެ ސަރަޙައްދުގެ ނުތަނަވަސްކަން އިންތިހާއަށް އިތުރުވެއްޖެއެވެ.
ދުނިޔެ 13 Sep 2026
ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާ ފަށައިފި
ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާ ފަށައިފި
މިއީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރޭ މުނާސަބަތު ފާހަގަކުރުގެ ގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުން ގިނަ ޢަދަދެއްގެ ޒުވާން ޚަޠީބުންގެ ބައިވެރިވުމާއެކު ބާއްވާ ޚާއްސަ މަހާސިންތާއެކެވެ.
ޚަބަރު 13 Sep 2026
ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރާ ރާއްޖޭގެ އެންމެ ބޮޑު މިސްކިތް “ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުالله”ގެ ބިންގާ އަޅުއްވައިދެއްވައިފި
ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރާ ރާއްޖޭގެ އެންމެ ބޮޑު މިސްކިތް “ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުالله”ގެ ބިންގާ އަޅުއްވައިދެއްވައިފި
ގާތްގަނޑަކަށް 10،000 މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭނެ ތަނަވަސް މައި ހޯލެއް ހިމެނޭ ގޮތަށް ޤާއިމްކުރާ މި ބިނާގައި ނަމާދު ކުރާނެ ތަނަވަސް ސަރަޙައްދު ހިމެނޭހެން އިސްލާމީ ތަޢުލީމާއި، ޘަޤާފަތް އާލާކޮށް އިޖުތިމާޢީ ގުޅުން ބަދަހިކުރުމަށް ގިނަ ވަސީލަތްތަކެއް ވަނީ ފަރުމާކޮށްފައެވެ.
ޚަބަރު 13 Sep 2026