ޕީއެންސީގެ ދާއިރާތަކުގެ އެތެރޭގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި: 2،500 އަށްވުރެ ގިނަ ކެންޑިޑޭޓުން ވާދަކުރަނީ

އ އައިމިނަތުު މުޙައްމަދު
ޚަބަރު 11 Jul 2026

ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ދާއިރާތަކުގެ އިސް މަގާމުތަކަށް މެންބަރުން އިންތިޚާބު ކުރުމަށް ބާއްވާ އެތެރޭގެ އިންތިޚާބުގެ ވޯޓުލުން މިއަދު ހެނދުނު ފަށައިފިއެވެ.

މި އިންތިޚާބުގައި ދާއިރާތަކުގެ ރައީސުންނާއި، ނައިބު ރައީސުން، ޒުވާނުންގެ ގޮފީގެ ރައީސުން އަދި ސްޓިއަރިންގ ކޮމިޓީތަކުގެ ރައީސުން އިންތިޚާބު ކުރާނެއެވެ. މިއަދު ހެނދުނު 9:00 ގައި ފެށި ވޯޓުލުން ހަވީރު 4:00 އާ ހަމައަށް ކުރިއަށްދާނެއެވެ.

ޕީއެންސީން މަޢުލޫމާތު ދޭ ގޮތުގައި، މި އިންތިޚާބުގައި 2،500 އަށްވުރެ ގިނަ ކެންޑިޑޭޓުން ވާދަކުރެއެވެ. މާލޭގެ އިތުރުން ރާއްޖޭގެ 131 ރަށެއްގައި ވޯޓުލުން ކުރިއަށްދާއިރު، މާލޭގައި ދިރިއުޅޭ މެންބަރުންނަށް ވޯޓުލުމަށް ޚާއްޞަ މަރުކަޒުތަކެއް ވަނީ ގާއިމުކޮށްފައެވެ.

މާލޭގައި ވޯޓުލުން ކުރިއަށްދާ ތަންތަން:

  • އަމީނިއްޔާ ސްކޫލް: މާލެ، އައްޑޫ، ފުވައްމުލައް އަދި ތިނަދޫ ސިޓީގެ މެންބަރުންނަށް.

  • އިސްކަންދަރު ސްކޫލް: ސިޓީތައް ފިޔަވައި އެހެން ހުރިހާ ރަށްރަށުގެ މެންބަރުންނަށް.

  • ކާމިލްދީދީ ޕްރީސްކޫލް (ހުޅުމާލެ ފޭސް 2): ހުޅުމާލެ އުތުރު ދާއިރާގެ މެންބަރުންނަށް.

  • ރެހެންދި ސްކޫލް (ހުޅުމާލެ ފޭސް 1): ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރުންނަށް.

  • މުޙްޔިއްދީން ސްކޫލް (ވިލިމާލެ): ވިލިމާލެ ދާއިރާގެ މެންބަރުންނަށް.

މި އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިގެންވަނީ މިއަހަރުގެ ޖޫން މަހުގެ 15 ވަނަ ދުވަހާ ހަމައަށް އިލެކްޝަންސް ކޮމިޝަނުގެ ޕީއެންސީގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މެންބަރުންނަށެވެ. އިލެކްޝަންސް ކޮމިޝަނުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ޕީއެންސީގައި މިވަގުތު 74,048 މެންބަރުން ރަޖިސްޓްރީވެފައިވެއެވެ.

ޕީއެންސީގެ ހިންގުން ހަރުދަނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިސްވެ ހުންނަވައިގެން ކުރިއަށްގެންދަވާ މި މަސައްކަތުގެ ތެރެއިން، ޕާޓީގެ ބޮޑު ކޮންގްރެސް ބޭއްވުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު މަހުގެ 15 އިން 18 އަށެވެ. މި އިންތިޚާބަކީ ޕާޓީގެ އެތެރޭގެ ޑިމޮކްރަސީ ވަރުގަދަކޮށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ފަދަ ޕާޓީގެ އިސްވެރިންގެ ބެއްލެވުމުގެ ދަށުން ކުރިއަށްދާ މުހިންމު ހަރަކާތެކެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ޤައުމީ ތަރައްޤީގެ ބިންގަލަކީ އަންހެނުން ބާރުވެރިކުރުވުން: ފަސްޓްލޭޑީ
ޤައުމީ ތަރައްޤީގެ ބިންގަލަކީ އަންހެނުން ބާރުވެރިކުރުވުން: ފަސްޓްލޭޑީ
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ، އަންހެނުންނަކީ ޤައުމުގެ އިޖުތިމާޢީ ހަށިގަނޑުގެ އެއްބައި ކަމުގައި ސިފަކުރައްވައި، ޤައުމު ބިނާކުރުމުގެ ވިސްނުމާއި އެ މަސައްކަތުގައި ހުރިހާ ދަރަޖައެއްގައި، އަދި ހުރިހާ ދާއިރާއެއްގައި އަންހެނުންގެ ބައިވެރިވުން އޮންނަންވާނެ ކަމުގައި ވިދާޅުވެފައެވެ. އަދި އެކަމަށް މަގުތައް ތަނަވަސްވެ ފުރުޞަތުތައް ފަހިވާނެ މި ފަދަ ޕްރޮގްރާމުތައް ހިންގެންވާނެކަމުގައި އެކަމަނާ ވިދާޅުވިއެވެ.
ޚަބަރު 27 Aug 2026
ނޭޕާލްގައި ހިނގި ފްލޭޝް ފްލަޑް ސަރަހައްދުގައި ދިވެއްސަކު ނޫޅޭ
ނޭޕާލްގައި ހިނގި ފްލޭޝް ފްލަޑް ސަރަހައްދުގައި ދިވެއްސަކު ނޫޅޭ
އަދި އިންޑިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނާއި ކަތުމަންޑޫގައި ހުންނަ ދިވެހިރާއްޖޭގެ އޮނޮރަރީ ކޮންސުލް މެދުވެރިކޮށް ބެލިބެލުމުން ނޭޕާލްގައި ދިރިއުޅޭ އެއްވެސް ދިވެހި ރައްޔިތަކަށް މިހާދިސާގައި އަސަރުކޮށްފައި ނުވެއެވެ.
ޚަބަރު 27 Aug 2026
އެމްއައިބީ އޭދަފުށި ބްރާންޗުން ބ. އަތޮޅަށް މާލީ ޚިދުމަތްތައް ފަހިވާނެ: މިނިސްޓަރ ޒަރީރު
އެމްއައިބީ އޭދަފުށި ބްރާންޗުން ބ. އަތޮޅަށް މާލީ ޚިދުމަތްތައް ފަހިވާނެ: މިނިސްޓަރ ޒަރީރު
ޝަރީޢާ ހުއްދަ ބޭންކިން ޚިދުމަތްތައް ރަށަށް ތަޢާރަފްވުމުން، ވިޔަފާރިވެރިންނާއި މަސްވެރިންގެ އިތުރުން، ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް، އަދި ޢާންމު ރައްޔިތުންނަށް ފައިދާ ކުރާނެ ކަމަށާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފައިނޭންސިން ހޯދައި ވިޔަފާރި ފުޅާ ކުރުމުގެ ފުރުސަތު ތަނަވަސްވެގެންދާނެ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.
ޚަބަރު 27 Aug 2026
އެމް.އައި.ބީ އޭޓީއެމްގެ ސަބަބުން ގޮއިދޫގެ މާލީ ދާއިރާ ފުޅާވެ، ފަތުރުވެރިކަމަށް ކުރިއެރުން ލިބޭނެ: މިނިސްޓަރ ޒަރީރު
އެމް.އައި.ބީ އޭޓީއެމްގެ ސަބަބުން ގޮއިދޫގެ މާލީ ދާއިރާ ފުޅާވެ، ފަތުރުވެރިކަމަށް ކުރިއެރުން ލިބޭނެ: މިނިސްޓަރ ޒަރީރު
މިނިސްޓަރ ޒަރީރު މިހެން ވިދާޅުވީ ރާއްޖޭގައި އެމް.އައި.ބީ.އިން ބެހެއްޓި 62 ވަނަ އޭޓީއެމް ރަސްމީކޮށް ހުޅުވައިދެއްވާ އެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޚަބަރު 27 Aug 2026