"ނޭޝަނަލް ފެމިލީ މީޑިއޭޝަން ޓްރެއިނިންގ އޮފް ޓްރެއިނާސް" ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފި

ހ ހުސައިން އިސްމާއިލް
ޚަބަރު 29 Jun 2026

ޞިއްޙަތާއި، ޢާއިލާއާއި، އިޖުތިމާޢީ އެހީއާ ބެހޭ ވުޒާރާ އާއި ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އާއި، ފެމިލީ ކޯޓު އަދި ޔުނިސެފް މޯލްޑިވްސް ގުޅިގެން 21 ޖުލައި 2026 ވަނަ ދުވަހުން ފެށިގެން ކުރިއަށްގެންދިޔަ "ނޭޝަނަލް ފެމިލީ މީޑިއޭޝަން ޓްރެއިނިންގ އޮފް ޓްރެއިނާސް" ޕްރޮގްރާމް، 28 ޖޫން 2026 ވަނަ ދުވަހު ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

މިއީ ރާއްޖޭގައި އާއިލާތަކަށް ކުރިމަތިވާ އެކި މައްސަލަތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންވާ ހުނަރާއި ގާބިލުކަންހުރި މީޑިއޭޓަރުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ގާއިމްކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

އާއިލީ ގުޅުންތައް ބަދަހިކުރުމަށާއި، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް މަސައްކަތްކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އެންމެ އިސްކަންދޭއްވާ އެއް ސިޔާސަތެވެ. ކުޑަކުދިންގެ ޙައްޤުތައް ކުރިއެރުވުމަށާއި، އާއިލީ ދުޅަހެޔޮކަން އިތުރުކުރުމުގެ އިތުރުން، ކޮންމެ ކުއްޖަކީވެސް ރައްކާތެރި، އޯގާތެރި އަދި ބިނާކުރުވަނިވި މާޙައުލެއްގައި ބޮޑުވާ ކުއްޖެއްކަން ކަށަވަރުކުރުމަށް ސަރުކާރުން ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން، ހިންގުނު "ނެޝަނަލް ފެމިލީ މީޑިއޭޝަން ޓްރެއިނިންގ އޮފް ޓްރެއިނާސް" ޕްރޮގްރާމަކީ އާއިލީ މައްސަލަތަކުގައި ކުޑަކުދިންގެ މަސްލަޙަތު އިސްކޮށް، މަޝްވަރާގެ އުސޫލުން މައްސަލަތައް ހައްލުކުރުމުގެ ސަގާފަތެއް ރާއްޖޭގައި އާލާކުރުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ.

މި ޕްރޮގްރާމް ބައްޓަންކޮށްފައިވަނީ، މި ވުޒާރާއާއި، ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)އާއި، ފެމިލީ ކޯޓު އަދި ޔުނިސެފް މޯލްޑިވްސް ގުޅިގެން ހިންގާ "ޗައިލްޑް އެންޑް ފެމިލީ ވެލްބީން ޕްރޮޖެކްޓް" ގެ ދަށުން ކުޑަކުދިންނާއި އަންހެނުންނަށް އާއިލީ ދިރިއުޅުމުގެ އެކި މަރުހަލާތަކުގައި ކުރިމަތިވާ ނާޒުކު ހާލަތްތަކާ ގުޅޭ ދިރާސާ ރިޕޯޓުގެ ހޯދުންތަކުގެ މައްޗަށް ބިނާކޮށެވެ. އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، އާއިލާތަކުގެ ނުތަނަވަސްކަމުގެ ސަބަބުން ކުޑަކުދިންނަށް އޭގެ ނޭދެވޭ އަސަރުތައް ކުރެއެވެ. އަދި އާއިލީ ގުޅުންތައް ބަދަހިކުރުމަށްޓަކައި ހަރުދަނާ މުއާމަލާތްތަކާއި، މައްސަލަ ގޯސްވުމުގެ ކުރިން އެކަމަށް ހައްލު ހޯދުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަން އެ ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.

ހަތް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ތަމްރީނު ޕްރޮގްރާމް ޖުމްލަ 25 ބައިވެރިން ވަނީ ކާމިޔާބީއާއެކު ފުރިހަމަކޮށްފައެވެ. މި ޕްރޮގްރާމުގެ މައިގަނޑު މަގުސަދަކީ، އާއިލީ މައްސަލަތަކުގައި ކޯޓުން ބޭރުގައި ވާހަކަދައްކައިގެން ސުލްހަވެރިކަމާއެކު ހައްލު ހޯދައިދޭނެ ޤާބިލު މީޑިއޭޓަރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބިނާކުރުމެވެ. މީގެ އިތުރުން، ގައުމީ ފެންވަރުގައި ތަމްރީނުލިބިފައިވާ އާއިލީ މީޑިއޭޓަރުންގެ ވިއުގައެއް ބިނާކުރުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުންވެސް މި ޕްރޮގްރާމުގެ ތެރޭގައި ހިމެނެއެވެ.

އެގޮތުން، މި ތަމްރީނު ޕްރޮގްރާމުގެ ތެރެއިން، އާއިލީ މައްސަލަތައް ސުލްޙަވެރިކަމާއެކު ޙައްލުކުރުމުގެ (މީޑިއޭޝަން) އަސާސްތަކާއި، މުޢާމަލާތުކުރުމުގެ ހުނަރުތަކުގެ އިތުރުން، މައްސަލަ ޙައްލުކުރުމުގެ އުކުޅުތަކާއި، އަޚްލާޤީ މިންގަނޑުތަކަށް ބައިވެރިން ވަނީ އަހުލުވެރިކުރެވިފައެވެ. އަދި ޚާއްޞަކޮށް، ކުޑަކުދިންގެ މަޞްލަޙަތު އިސްކުރުމަށް ބޭނުންވާ މުހިންމު ފަންނީ މަޢުލޫމާތުތައް މި ޕްރޮގްރާމްގެ ތެރެއިން ބައިވެރިންނަށް ވަނީ ފޯރުކޮށްދެވިފައެވެ.

މި ތަމްރީނު ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލުމަކީ ދިވެހިރާއްޖޭގައި ދެމެހެއްޓެނިވި ގޮތެއްގައި އާއިލީ މައްސަލަތައް ހައްލުކުރުމުގެ އޮނިގަނޑެއް ގާއިމުކުރުމަށް ލިބުނު ބޮޑު ކުރިއެރުމެކެވެ.


ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ގުރައިދޫ ޚާއްޞަ އެހީއަށް ބޭނުންވާ މަރުކަޒު ޒަމާނީ ފެންވަރަކަށް ތަރައްޤީކުރަން ވަޒީރުންގެ މަޖިލީހުން ނިންމައިފި
ގުރައިދޫ ޚާއްޞަ އެހީއަށް ބޭނުންވާ މަރުކަޒު ޒަމާނީ ފެންވަރަކަށް ތަރައްޤީކުރަން ވަޒީރުންގެ މަޖިލީހުން ނިންމައިފި
ކ. ގުރައިދޫގައި ހުންނަ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު، ހުރިހާ ޚިދުމަތްތަކެއް ފުރިހަމައަށް ލިބޭނެ ޒަމާނީ ފެންވަރުގެ މަރުކަޒަކަށް ބަދަލުކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމައިފިއެވެ. މި މަޝްރޫޢުގެ ޢަމަލީ މަސައްކަތްތައް ކުރިއަށް އޮތް ދުވަސްތަކުގައި ފެށުމަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ.
ޚަބަރު 19 Aug 2026
މާލޭ ވެޓް މާކެޓް ކޮމްޕްލެކްސް އެޅުމަށް ލޯކަލް މާރުކޭޓު އެއްމަސް ދުވަހުގެ ތެރޭގައި ހުސްކުރަނީ
މާލޭ ވެޓް މާކެޓް ކޮމްޕްލެކްސް އެޅުމަށް ލޯކަލް މާރުކޭޓު އެއްމަސް ދުވަހުގެ ތެރޭގައި ހުސްކުރަނީ
މާލޭގައި ޒަމާނީ ފެންވަރުގެ "މާލޭ ވެޓް މާކެޓް ކޮމްޕްލެކްސް" އެޅުމުގެ މަޝްރޫޢު ފެށުމަށްޓަކައި، މިހާރުގެ ލޯކަލް މާރުކޭޓުގައި ވިޔަފާރިކުރާ ފަރާތްތަކަށް ވަގުތީ އިންތިޒާމުތަކެއް ހަމަޖައްސައި އެއްމަސް ދުވަހުގެ ތެރޭގައި އެ ބިން ހުސްކުރުމުގެ މަސައްކަތް މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސްއިން ފަށައިފިއެވެ.
ޚަބަރު 19 Aug 2026
ދުންފަތާއި ނިކޮޓިންގެ ނުރައްކަލާ ގުޅުންހުރި މުހިންމު ނިންމެވުންތަކަކާއި، ސަރުކާރުން ކުރިއަށްގެންދާ އެހެނިހެން މަޝްރޫޢުތަކާ ގުޅޭ މުހިންމު ނިންމެވުންތަކެއް ވަޒީރުންގެ މަޖިލީހުން ނިންމަވައިފި
ދުންފަތާއި ނިކޮޓިންގެ ނުރައްކަލާ ގުޅުންހުރި މުހިންމު ނިންމެވުންތަކަކާއި، ސަރުކާރުން ކުރިއަށްގެންދާ އެހެނިހެން މަޝްރޫޢުތަކާ ގުޅޭ މުހިންމު ނިންމެވުންތަކެއް ވަޒީރުންގެ މަޖިލީހުން ނިންމަވައިފި
ދުންފަތާއި ނިކޮޓިންގެ ނުރައްކަލާމެދު ޢާންމުން ހޭލުންތެރިކުރުމާއި، ޖެނެރޭޝަނަލް ބޭން ތަންފީޒުކުރުމާ ގުޅުންހުރި މުހިންމު ނިންމެވުންތަކަކާއި، ސަރުކާރުން ކުރިއަށްގެންދާ އެހެނިހެން މަޝްރޫޢުތަކާ ގުޅޭ މުހިންމު ނިންމެވުންތަކެއް، ވަޒީރުންގެ މަޖިލީހުން ނިންމަވައިފިއެވެ.
ޚަބަރު 19 Aug 2026
ނޭކުރެންދޫގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމްކުރުމުގެ މަޝްރޫޢު ނިމިއްޖެ
ނޭކުރެންދޫގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމްކުރުމުގެ މަޝްރޫޢު ނިމިއްޖެ
ނޭކުރެންދޫގައި ޤާއިމުކުރެވިފައިވާ ފެނާއި ނަރުދަމާ ނިޒާމަކީ އޯޕެކް ފަންޑް ފޯރ އިންޓަނޭޝަނަލް ޑިވެލޮޕްމެންޓްގެ ލޯނު އެހީ އަދި ދިވެހި ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން، މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓްއިން، އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އަދި ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ ޖޮއިންޓް ވެންޗަރ އާއި ޙަވާލުކޮށްގެން ނިންމާފައިވާ މަސައްކަތެކެވެ.
ޚަބަރު 18 Aug 2026