ކުޑަކުދިންގެ ދުޅަހެޔޮކަމާ އަދި އެކުދިންގެ މުސްތަޤުބަލަކީ އެންމެ އިސްކަންދޭ ކަންތައްތައް ކަމުގައި ރައީސްގެ އަނބިކަނބަލުން ވިދާޅުވެއްޖެ

ކުޑަކުދިންގެ ދުޅަހެޔޮކަމާ އަދި އެކުދިންގެ މުސްތަޤުބަލަކީ އެންމެ އިސްކަންދޭ ކަންތައްތައް ކަމުގައި ރައީސްގެ އަނބިކަނބަލުން ވިދާޅުވެއްޖެ

ހ ހަޅަ
ޚަބަރު 03 Sep 2024

ކުޑަކުދިންގެ ދުޅަހެޔޮކަމާއި އަދި އެކުދިންގެ މުސްތަޤުބަލަކީ އެންމެ އިސްކަންދޭ ކަންތައްތައް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ ކުޑަކުދިންގެ ޙައްޤުތައް ކަށަވަރުކޮށް، އަނިޔާ ލިބިފައިވާ ކުދިންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް އެކުލަވާލައިފައިވާ ޤައުމީ އެކްޝަން ޕްލޭން އިފުތިތާޙު ކުރުމުގެ ގޮތުން މިއަދު ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެކަމަނާ ވިދާޅުވީ މި އެކްޝަން ޕްލޭން އިފުތިތާޙު ކުރެވިގެން ދިއުމަކީ ކުޑަކުދިންގެ ޙައްޤުތައް ކަށަވަރުކޮށް، އަނިޔާ ލިބިފައިވާ ކުދިންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގައި ކުރިޔަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމުގައެވެ. އަދި މި އެކްޝަން ޕްލޭނަކީ އަނިޔާ ލިބިފައިވާ ކުދިންނަށް ރައްކާތެރިކަން ދިނުމާއި އެފަދަ ކުދިން ހިމާޔަތްކުރުން ފަދަ ކަންކަން ހިނގިޔަ ނުދިނުމަށް މަސައްކަތްކުރުމާއި އަދި އެފަދަ ކަންކަމާމެދު އަމަލުކުރާނެ ގޮތްތަކުގެ ސާފު މަގުޗާޓެއް ހިމެނޭ ވަރަށް ފުރިހަމަ ޕްލޭނެއްކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ވާހަކަފުޅުގައި އެކަމަނާ ވަނީ ކޮންމެ ކުއްޖަކީވެސް ޒިންމާދާރު، ވިލުންތެރި، އަމިއްލަ ނަފުސަށް އިތުބާރު އޮންނަ ފަރުދެއްގެ ގޮތުގައި އަދި އަނިޔާއާ ދުރު މުޖުތަމަޢެއްގައި ހުރެ ހެދިބޮޑުވަމުން އަންނަ ފަރުދަކަށް ވުމީ އެކަމަނާ ދެކެވަޑައިގަންނަވަން ބޭނުންފުޅުވާ ތަސައްވުރުކަން ފާހަގަކުރައްވާފައެވެ. އަދި އެ ތަސައްވުރަށް ވާސިލުވުމަށްޓަކައި ހޭލުންތެރިކަން އިތުރުކުރުމާއި ރައްކާތެރި މާހައުލެއް އުފެއްދުމާއި އަދި މި ކަންކަމަށް މަގުފަހިވާގޮތަށް ކުދިން ތަރުބިއްޔަތު ކުރުމުގައާއި ޢާއިލާތަކަށް ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދިނުމުގައި ހުރިހާ ފަރާތްތަކުގެ އެއްބާރުލުން ބޭނުންވާކަން އެކަމަނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ވާހަކަފުޅުގައި އަނިޔާއަށް ހުށަހެޅިފައިވާ ފަރާތަކަށް ރައްކާތެރިކަމުގެ އިތުރަށް އެތައްކަމެއް ބޭނުންވާނެކަން ވެސް ފާހަގަކުރެއްވިއެވެ. އެގޮތުން އެ ބިރުވެރި ތަޖުރިބާތަކުން އަރައިގަނެވި، ޝިފާލިބި އަދި އަލުން އުންމީދާ އިތުބާރު ހޯދުމަށް އެކުދިންނަށް އެއްބާރުލުން ބޭނުންވާކަމުގައި އެކަމަނާގެ ވިދާޅުވިއެވެ. މީގެ އިތުރުން އެކުދިންނަކީ ވިލުންތެރި ބަޔަކަށް ހެދުމާއި އެމީހުންގެ ބޭނުންތަކަށް އިސްކަންދީގެން ކުރިޔަށްގޮސްފިނަމަ އެއީ އެކުދިންނަށާއި މުޅިޤައުމަށް ވެސް މާއުޖާލާ މުސްތަޤުބަލެއް ހޯދުމަށް އެޅިގެންދާނެ ބިންގަލަކަށްވާނެ ކަމެއްކަން އެކަމަނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ޕޮލެންޑުގެ ބޯޑަރު ކައިރިއަށް ރަޝިޔާއިން ވަރުގަދަ ހަމަލާއެއްދީ ހަނގުރާމަ އިތުރަށް ވަރުގަދަކޮށްފި
ޕޮލެންޑުގެ ބޯޑަރު ކައިރިއަށް ރަޝިޔާއިން ވަރުގަދަ ހަމަލާއެއްދީ ހަނގުރާމަ އިތުރަށް ވަރުގަދަކޮށްފި
ޔޫކްރެއިނާއި ޕޮލެންޑް ގުޅޭ ބޯޑަރު ކައިރިއަށް ރަޝިޔާއިން އާދީއްތަ ދުވަހު ދިން ވަރުގަދަ ހަމަލާއަކާ ގުޅިގެން، ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގެ ނުތަނަވަސްކަން އިތުރަށް ބޮޑުވެގެން ހިނގައްޖެއެވެ.
ދުނިޔެ 13 Sep 2026
ހޮރްމުޒް ކަނޑުއޮޅީގެ ނުތަނަވަސްކަން އިތުރުވެ، ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ނުރައްކާ ކުރިމަތިވެއްޖެ
ހޮރްމުޒް ކަނޑުއޮޅީގެ ނުތަނަވަސްކަން އިތުރުވެ، ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ނުރައްކާ ކުރިމަތިވެއްޖެ
ދުނިޔޭގެ ވިޔަފާރީގެ އެންމެ މުހިންމު އެއް މަގު ކަމަށްވާ ހޮރްމުޒް ކަނޑުއޮޅީގައި ވިޔަފާރި އުޅަނދަކަށް ދިން ހަމަލާއަކާ ގުޅިގެން، އެ ސަރަޙައްދުގެ ނުތަނަވަސްކަން އިންތިހާއަށް އިތުރުވެއްޖެއެވެ.
ދުނިޔެ 13 Sep 2026
ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާ ފަށައިފި
ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާ ފަށައިފި
މިއީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރޭ މުނާސަބަތު ފާހަގަކުރުގެ ގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުން ގިނަ ޢަދަދެއްގެ ޒުވާން ޚަޠީބުންގެ ބައިވެރިވުމާއެކު ބާއްވާ ޚާއްސަ މަހާސިންތާއެކެވެ.
ޚަބަރު 13 Sep 2026
ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރާ ރާއްޖޭގެ އެންމެ ބޮޑު މިސްކިތް “ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުالله”ގެ ބިންގާ އަޅުއްވައިދެއްވައިފި
ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރާ ރާއްޖޭގެ އެންމެ ބޮޑު މިސްކިތް “ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުالله”ގެ ބިންގާ އަޅުއްވައިދެއްވައިފި
ގާތްގަނޑަކަށް 10،000 މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭނެ ތަނަވަސް މައި ހޯލެއް ހިމެނޭ ގޮތަށް ޤާއިމްކުރާ މި ބިނާގައި ނަމާދު ކުރާނެ ތަނަވަސް ސަރަޙައްދު ހިމެނޭހެން އިސްލާމީ ތަޢުލީމާއި، ޘަޤާފަތް އާލާކޮށް އިޖުތިމާޢީ ގުޅުން ބަދަހިކުރުމަށް ގިނަ ވަސީލަތްތަކެއް ވަނީ ފަރުމާކޮށްފައެވެ.
ޚަބަރު 13 Sep 2026