ދިވެހިރާއްޖެއާއި އިތިއޯޕިއާއާ ދެމެދު ވައިގެ ދަތުރުފަތުރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

އ އައިމިނަތުު މުޙައްމަދު
ޚަބަރު 21 Jul 2026

ދިވެހިރާއްޖެއާއި އިތިއޯޕިއާއާ ދެމެދު ސީދާ ވައިގެ ދަތުރުފަތުރުގެ ޚިދުމަތް ގާއިމުކުރުމަށްޓަކައި މުހިންމު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި އޮންނަ ގުޅުން ވަރުގަދަވެ، ވައިގެ ދަތުރުފަތުރުގެ ދާއިރާ ފުޅާވެގެންދާނެއެވެ.

މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަންގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި، ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން މުޙައްމަދު އަމީން އެވެ. އިތިއޯޕިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ޑައިރެކްޓަރ ޖެނެރަލް ޔޯހަންސް އަބޭރާއެވެ.

މި އެއްބަސްވުމަކީ ދެ ގައުމުގެ ދެމެދުގައި ރަސްމީކޮށް ތާވަލު ކުރެވިފައިވާ ދަތުރުތައް ފެށުމަށް ބޭނުންވާ ގާނޫނީ އޮނިގަނޑު ކަނޑައަޅައިދޭ އެއްބަސްވުމެކެވެ. ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އަމީން ވިދާޅުވީ، އެފްރިކާގެ މާކެޓަކީ ރާއްޖެއަށް ވަރަށް މުހިންމު މާކެޓެއް ކަމަށެވެ. އަދި އިތިއޯޕިއާއަކީ އެފްރިކާ ބައްރުން ރާއްޖެއާއެކު ވައިގެ ދަތުރުފަތުރުގެ އެއްބަސްވުން ގާއިމުކުރި 6 ވަނަ ގައުމުކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މީގެ ކުރިން މިފަދަ އެއްބަސްވުންތައް ގާއިމުކޮށްފައިވަނީ މިޞްރު، މޮރިޝަސް، ރުވާންޑާ، ސީޝެލްސް އަދި ދެކުނު އެފްރިކާއާއެކުގައެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ، އެފްރިކާގެ އެންމެ ބޮޑު އަދި އެންމެ ހަލުވިކަމާއެކު ކުރިއަރަމުން އަންނަ "އިތިއޯޕިއަން އެއަރލައިންސް" އިން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ބޮޑު ޝައުގުވެރިކަމެއް ފާޅުކޮށްފައިވާ ކަމަށެވެ. މި އެއްބަސްވުމުގެ ސަބަބުން އެޑިސް އަބަބާއިން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް މަގުފަހިވެގެންދާނެއެވެ.

މި މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިގްތިސާދީ ތަސައްވުރާ އެއްގޮތަށް ކުރިއަށްދާ މަސައްކަތެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. ސަރުކާރުގެ އަމާޒަކީ ބައިނަލްއަގުވާމީ ބަދަލުތަކަށް ކެތްކުރެވޭ ފަދަ ދެމެހެއްޓެނިވި ވައިގެ ދަތުރުފަތުރުގެ ސިނާއަތެއް ބިނާކުރުމެވެ.

މި އެއްބަސްވުމުގެ ދަށުން ރާއްޖޭގެ ގައުމީ އެއަރލައިން "މޯލްޑިވިއަން" އަށް އިތިއޯޕިއާއަށް ދަތުރު ކުރުމުގެ ފުރުސަތު ލިބިގެންދާއިރު، އިތިއޯޕިއަން އެއަރލައިންސްގެ ބޮޑު ނެޓްވޯކް މެދުވެރިކޮށް ރާއްޖެއަށް ފަތުރުވެރިން އައުމަށް އިތުރު ދޮރުތަކެއް ހުޅުވިގެންދާނެއެވެ. މީގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށާއި އިގްތިސާދަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެ ކަމަށް ސަރުކާރުން އުންމީދު ކުރެއެވެ.


ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ޕީއެންސީގެ މެންބަރުންގެ އަދަދު 77،000 އަށް އަރައިފި: މަޖިލިސް މެންބަރުން ތިއްބެވީ ރައީސް މުޢިއްޒުއާއެކު ސާބިތުކަމާއެކު - ފަލާޙް
ޕީއެންސީގެ މެންބަރުންގެ އަދަދު 77،000 އަށް އަރައިފި: މަޖިލިސް މެންބަރުން ތިއްބެވީ ރައީސް މުޢިއްޒުއާއެކު ސާބިތުކަމާއެކު - ފަލާޙް
ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަކީ މިހާރު ރާއްޖޭގައި އޮތް އެންމެ މެންބަރުން ގިނަ ސިޔާސީ ޕާޓީ ކަމަށާއި، އެ ޕާޓީގެ މެންބަރުންގެ އަދަދު 77،000 އަށް އަރައިފި ކަމަށް ޕީއެންސީގެ ޕާލިމަންޓަރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙް ވިދާޅުވެއްޖެއެވެ.
ޚަބަރު 05 Sep 2026
 ޕީއެންސީ އެންމެ ކުރީގައި އޮތީ ރައްޔިތުންނާއެކު ވާތީ، ޔާމީން އުޅުއްވަނީ ފިތުނަ އުފައްދަން: މުހައްމަދު އިސްމާއީލް
ޕީއެންސީ އެންމެ ކުރީގައި އޮތީ ރައްޔިތުންނާއެކު ވާތީ، ޔާމީން އުޅުއްވަނީ ފިތުނަ އުފައްދަން: މުހައްމަދު އިސްމާއީލް
ސިޔާސީ މައިދާނުގެ އެންމެ އުހުގައި ޕީއެންސީ މިއަދު ފައިތިލަ ސާބިތުކޮށްފައިވަނީ އާންމު ރައްޔިތުންގެ އިހުސާސްތައް ދަންނަ އިޚްލާސްތެރި ލީޑަޝިޕެއް އޮތުމުން ކަމަށާއި، އިދިކޮޅުގައި ހުންނަވައިގެން ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް މަސައްކަތްޕުޅު ކުރައްވަނީ މުޖުތަމައު ފަސާދަކުރަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕީޖީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު މުހައްމަދު އިސްމާއީލް ވިދާޅުވެއްޖެއެވެ.
ޚަބަރު 05 Sep 2026
"ޕީއެންސީން ތާއީދުކުރަނީ މޫނަކަށް ނޫން އުސޫލަށް، ރައީސް މުޢިއްޒު ގެންދަވަނީ ފުނޑިފައިވާ އިޤްތިޞާދު ކޮޅަށް ޖައްސަވަމުން" - ޝުޖާޢު
"ޕީއެންސީން ތާއީދުކުރަނީ މޫނަކަށް ނޫން އުސޫލަށް، ރައީސް މުޢިއްޒު ގެންދަވަނީ ފުނޑިފައިވާ އިޤްތިޞާދު ކޮޅަށް ޖައްސަވަމުން" - ޝުޖާޢު
ޤައުމަށް ދިމާވެފައިވާ ބޮޑެތި މައްސަލަތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޙައްލުކުރައްވަމުން ގެންދަވަނީ ކެތްތެރިކަމާއި ސާބިތުކަމާއެކު ކަމަށާއި، ގަސްދުގައި ރޭވިގެން ފުނޑާލާފައި އޮތް ރާއްޖޭގެ އިޤްތިޞާދު އެމަނިކުފާނު އަލުން ކޮޅަށް ޖައްސަވަމުން ގެންދަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.
ޚަބަރު 05 Sep 2026
ޕީއެންސީ ފޫއަޅުވައެއް ނުލެވޭނެ، ޔާމީންގެ ވެރިކަން ނިމުނީ ބޮޑާކަމާއި ޚިޔާނާތުން: ޢަބްދުއްރަޙީމް
ޕީއެންސީ ފޫއަޅުވައެއް ނުލެވޭނެ، ޔާމީންގެ ވެރިކަން ނިމުނީ ބޮޑާކަމާއި ޚިޔާނާތުން: ޢަބްދުއްރަޙީމް
ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ސަފުތައް ބައިބައިކޮށް، ފޫއަޅުވާލުމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ކުރެއްވޭނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށާއި، ޕާޓީގެ މެންބަރުން ތިބީ ސާބިތުކަމާއެކު ސަރުކާރުގެ ފަހަތުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއާޕާސަން ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ޚަބަރު 05 Sep 2026