މަގުބޫލު ސަބަބެއް ނެތި ސްކޫލަށް ހާޒިރުނުވާ ދަރިވަރުންނާމެދު ފިޔަވަޅު އެޅުމަށް ޕްރިންސިޕަލުންނަށް އަންގައިފި

އ އައިމިނަތުު މުޙައްމަދު
ޚަބަރު 07 Jul 2026

މަގުބޫލު އުޒުރެއް ނެތި ސްކޫލަށް ހާޒިރުނުވާ ދަރިވަރުންގެ އަދަދު އިތުރުވަމުންދާތީ، އެފަދަ ދަރިވަރުންނާމެދު ފިޔަވަޅު އެޅުމަށް ސްކޫލްތަކުގެ ޕްރިންސިޕަލުންނަށް އަންގާފައިވާނޭ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގައި މިލަންދޫ ދާއިރާގެ މެންބަރު ޙަސަން މުފީދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ކުދިން ސްކޫލަށް ހާޒިރުނުވާނަމަ އެކަންކަން ވަރަށް ގާތުން ބަލަންޖެހޭނެ ކަމަށެވެ.

"މިސާލަކަށް ކުއްޖަކު ސްކޫލަށް ހާޒިރުނުވެދާނެ. އަޅުގަނޑު މި ދައްކަނީ ބަލިވެގެން ނުވަތަ ރޯގާ ޖެހިގެން ހާޒިރުނުވާ ވާހަކައެއް ނޫން. އެކަމަކު އެއްވެސް ސަބަބަކާ ނުލައި ދަރިވަރުން މެދުނުކެނޑި ސްކޫލަށް ހާޒިރުނުވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ޝަފީޢު ވިދާޅުވި ގޮތުގައި، މިދިޔަ ހަފުތާގައި އޭނާ ވަނީ ސްކޫލްތަކުގެ ޕްރިންސިޕަލުންނާ ބައްދަލުކުރައްވައި، ކުދިން ހާޒިރުނުވާ ސަބަބުތައް ހޯދައި އެކަންކަމަށް އެކަށީގެންވާ ފިޔަވަޅު އެޅުމަށް އިރުޝާދު ދެއްވާފައެވެ.

މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި ސްކޫލަށް ހާޒިރުނުވާ ކުދިންގެ މައްސަލައިގައި އެންމެ ވަރުގަދަ ފިޔަވަޅުތަކެއް މީގެ ކުރިން އަޅާފައިވަނީ ޕީޕީއެމްގެ ސަރުކާރުގައެވެ. އެ ދުވަސްވަރު މަގުބޫލު ސަބަބެއް ނެތި ސްކޫލަށް ނާންނަ ކުދިން ދެނެގަނެ، އެކުދިން އަނބުރާ ކްލާސްރޫމްތަކަށް ގެނައުމަށް ބޮޑެތި މަސައްކަތްތަކެއް ކުރެވުނު ނަމަވެސް، އެމްޑީޕީގެ ސަރުކާރުގައި އެ މޮނިޓަރިން ނިޒާމު ބަލިކަށިވެ، ބޮޑު ފަހަތްޖެހުމެއް އައިސްފައިވާ ކަމަށް މިނިސްޓަރު ތުހުމަތު ކުރެއްވިއެވެ.

"ހާޒިރީއާ ބެހޭ ސިޔާސަތެއް އޮވޭ. އޭގައި އޮންނަނީ ވަކި މުއްދަތަކަށް، އެބަހީ 3 ދުވަސް ނުވަތަ 10 ދުވަހަށް ކުއްޖަކު ހާޒިރުނުވެއްޖެނަމަ އެކަން ރިޕޯޓްކުރަންޖެހޭނެ ކަމަށް. ވިދިވިދިގެން ތިން ދުވަހު ކުއްޖަކު ހާޒިރުނުވާނަމަ އެ މައުލޫމާތު ވަގުތުން މިނިސްޓްރީއާ ހިއްސާކުރަންޖެހޭ،" މިނިސްޓަރު ތަފްސީލު ދެއްވިއެވެ.

މި އަހަރުގެ ޖުލައި މަހު ކުރެވުނު މަސައްކަތްތަކުން ސްކޫލަށް ހާޒިރުނުވާ ކުދިންގެ އަދަދު އިތުރުވަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށާއި، ކޮންމެ ދުވަހަކުވެސް ސްކޫލްތަކުން ހާޒިރީ ރިޕޯޓްކުރަންޖެހޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި އެއްވެސް ކުއްޖަކު ސްކޫލަށް ހާޒިރުނުވެ ހުރުމުގެ ފުރުސަތު މިނިސްޓްރީން ނުދޭނެ ކަމަށްވެސް ތަކުރާރުކޮށް ވިދާޅުވިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި "ކީ ސްޓޭޖް 3 ގެ 2025 ވަނަ އަހަރުގެ ނޭޝަނަލް އެސެސްމަންޓް އޮފް ލާނިންގ އައުޓްކަމްސް ރިޕޯޓް" އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައިވެސް މިނިސްޓަރު ވަނީ މިކަމާ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެގޮތުން ވޯލްޑް ކަޕް ދުވަސްވަރު ކުދިން ހާޒިރުނުވާ މިންވަރު އިތުރުވާކަން ފާހަގަކުރައްވައި، މިހާރުވެސް ގަވާއިދުން ސްކޫލަށް ހާޒިރުނުވާ 8،000 އެއްހާ ދަރިވަރުން އެބަތިބި ކަމަށާއި، އޭގެ ތެރެއިން 40 އިންސައްތައަކީ މާލެ ސަރަހައްދުގެ ކުދިން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.


ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ޤައުމީ ތަރައްޤީގެ ބިންގަލަކީ އަންހެނުން ބާރުވެރިކުރުވުން: ފަސްޓްލޭޑީ
ޤައުމީ ތަރައްޤީގެ ބިންގަލަކީ އަންހެނުން ބާރުވެރިކުރުވުން: ފަސްޓްލޭޑީ
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ، އަންހެނުންނަކީ ޤައުމުގެ އިޖުތިމާޢީ ހަށިގަނޑުގެ އެއްބައި ކަމުގައި ސިފަކުރައްވައި، ޤައުމު ބިނާކުރުމުގެ ވިސްނުމާއި އެ މަސައްކަތުގައި ހުރިހާ ދަރަޖައެއްގައި، އަދި ހުރިހާ ދާއިރާއެއްގައި އަންހެނުންގެ ބައިވެރިވުން އޮންނަންވާނެ ކަމުގައި ވިދާޅުވެފައެވެ. އަދި އެކަމަށް މަގުތައް ތަނަވަސްވެ ފުރުޞަތުތައް ފަހިވާނެ މި ފަދަ ޕްރޮގްރާމުތައް ހިންގެންވާނެކަމުގައި އެކަމަނާ ވިދާޅުވިއެވެ.
ޚަބަރު 27 Aug 2026
ނޭޕާލްގައި ހިނގި ފްލޭޝް ފްލަޑް ސަރަހައްދުގައި ދިވެއްސަކު ނޫޅޭ
ނޭޕާލްގައި ހިނގި ފްލޭޝް ފްލަޑް ސަރަހައްދުގައި ދިވެއްސަކު ނޫޅޭ
އަދި އިންޑިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނާއި ކަތުމަންޑޫގައި ހުންނަ ދިވެހިރާއްޖޭގެ އޮނޮރަރީ ކޮންސުލް މެދުވެރިކޮށް ބެލިބެލުމުން ނޭޕާލްގައި ދިރިއުޅޭ އެއްވެސް ދިވެހި ރައްޔިތަކަށް މިހާދިސާގައި އަސަރުކޮށްފައި ނުވެއެވެ.
ޚަބަރު 27 Aug 2026
އެމްއައިބީ އޭދަފުށި ބްރާންޗުން ބ. އަތޮޅަށް މާލީ ޚިދުމަތްތައް ފަހިވާނެ: މިނިސްޓަރ ޒަރީރު
އެމްއައިބީ އޭދަފުށި ބްރާންޗުން ބ. އަތޮޅަށް މާލީ ޚިދުމަތްތައް ފަހިވާނެ: މިނިސްޓަރ ޒަރީރު
ޝަރީޢާ ހުއްދަ ބޭންކިން ޚިދުމަތްތައް ރަށަށް ތަޢާރަފްވުމުން، ވިޔަފާރިވެރިންނާއި މަސްވެރިންގެ އިތުރުން، ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް، އަދި ޢާންމު ރައްޔިތުންނަށް ފައިދާ ކުރާނެ ކަމަށާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފައިނޭންސިން ހޯދައި ވިޔަފާރި ފުޅާ ކުރުމުގެ ފުރުސަތު ތަނަވަސްވެގެންދާނެ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.
ޚަބަރު 27 Aug 2026
އެމް.އައި.ބީ އޭޓީއެމްގެ ސަބަބުން ގޮއިދޫގެ މާލީ ދާއިރާ ފުޅާވެ، ފަތުރުވެރިކަމަށް ކުރިއެރުން ލިބޭނެ: މިނިސްޓަރ ޒަރީރު
އެމް.އައި.ބީ އޭޓީއެމްގެ ސަބަބުން ގޮއިދޫގެ މާލީ ދާއިރާ ފުޅާވެ، ފަތުރުވެރިކަމަށް ކުރިއެރުން ލިބޭނެ: މިނިސްޓަރ ޒަރީރު
މިނިސްޓަރ ޒަރީރު މިހެން ވިދާޅުވީ ރާއްޖޭގައި އެމް.އައި.ބީ.އިން ބެހެއްޓި 62 ވަނަ އޭޓީއެމް ރަސްމީކޮށް ހުޅުވައިދެއްވާ އެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޚަބަރު 27 Aug 2026