އިސްލާމީ ތަރިކަ ދިރުވުމުގައި އުޒްބަކިސްތާނުން ދައްކަނީ ބޮޑު ނަމޫނާއެއް: މިނިސްޓަރު ޑރ. ޝަހީމް

އ އައިމިނަތުު މުޙައްމަދު
ޚަބަރު 11 Jul 2026

ދިވެހިރާއްޖޭގެ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، އުޒްބަކިސްތާނުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި އެގައުމުން އިސްލާމީ ހަޟާރަތް ދިރުވުމަށް ކުރަމުންދާ މަސައްކަތްތަކަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވައިފިއެވެ.

އުޒްބަކިސްތާނުގައި މިހާރު ކުރިއަށްދާ "ފަސްޓް އިންޓަނޭޝަނަލް ފޯރަމް އޮން އިސްލާމިކް ސިވިލައިޒޭޝަން" ގެ ހަވާސާގައި ދެއްވި މި އިންޓަވިއުގައި މިނިސްޓަރ ވިދާޅުވީ، މިއީ މިއަދުގެ ދުނިޔެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ މެދު އިލްމުވެރިންނާއި ފިކުރުވެރިން މަޝްވަރާކުރުމަށް ލިބުނު މުހިންމު ފުރުސަތެއް ކަމަށެވެ. އަދި އިސްލާމީ ތާރީޚާއި ތަރިކަ ރައްކާތެރިކުރުމުގައި އުޒްބަކިސްތާނުން މިއަދު އިސްލާމީ އުންމަތަށް ދައްކަމުންދަނީ އައު ނަމޫނާއެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ޑރ. ޝަހީމްގެ ވާހަކަފުޅުގައި، ބުޚާރާ، ތިރްމިޛް އަދި ސަމަރްގަންދު ފަދަ ރަށްތަކަކީ އިސްލާމީ ތާރީޚުގައި އެންމެ ނުފޫޒުގަދަ އިލްމުވެރިންނާއި އިމާމުން އުފެދުނު ބަރަކާތްތެރި ބިންތަކެއްކަން ހަނދާންކޮށްދެއްވިއެވެ. މި ފޯރަމް އެންމެ މަތީ ފެންވަރުގައި އިންތިޒާމުކުރެއްވި ކަމަށްޓަކައި އުޒްބަކިސްތާނުގެ ރައީސް ޝަވްކަތު މިރްޒިޔޮޔޭވް އަށާއި ސަރުކާރަށް މިނިސްޓަރ ޝުކުރު އަދާކުރެއްވިއެވެ.

ދިވެހިރާއްޖެއާއި އުޒްބަކިސްތާނާ ދެމެދު އޮތް ގުޅުމާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، ރާއްޖެއަކީ ދުނިޔެއަށް މަޝްހޫރު ފަތުރުވެރި މަންޒިލަކަށް ވާއިރު، އުޒްބަކިސްތާނުގެ ގިނަ އަދަދެއްގެ ޒުވާނުންނާއި ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރާ ކަމީ ލިބޭ އުފަލެއް ކަމަށެވެ. އަދި ރާއްޖޭގައި އުޒްބަކިސްތާނުގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

މީގެ އިތުރުން، ދީނީ ހަރުކަށި ފިކުރާއި، ތަކްފީރުކުރުމާއި، ޓެރަރިޒަމާ ދެކޮޅަށް ރާއްޖެއިން އަބަދުވެސް ސާބިތުކަމާއެކު ދެމިއޮންނާނެކަން ވަޒީރު ހާމަކުރެއްވިއެވެ. އިސްލާމްދީނަކީ ސުލްހައިގެ ދީންކަން ފާހަގަކުރައްވައި، މެދު މިންގަނޑުގެ އުސޫލުތަކުގައި ހިފެހެއްޓުމަށް އުޒްބަކިސްތާނުގެ ރައްޔިތުންނަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.

"އަޅުގަނޑުމެންނަކީ ހެޔޮކަމާއި، ސުލްހައާއި، ކެތްތެރިކަމަށް ގޮވާލާ ބައެއް. އިސްލާމްދީނުގައި ޓެރަރިޒަމަކީ ކަނޑައެޅިގެން މަނާކުރެވިފައިވާ ކަމެއް،" ކީރިތި ގުރުއާނުގެ އާޔަތްތަކުން ދަލީލު ދައްކަވަމުން މިނިސްޓަރ ވިދާޅުވިއެވެ.

މި ފޯރަމަކީ ދެ ގައުމުގެ ދެމެދުގައި އޮތް ދީނީ އަދި ސަގާފީ ގުޅުން އިތުރަށް ބަދަހިވެގެންދާނެ މުހިންމު ދަތުރެއްގެ ގޮތުގައި ބެލެވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ޤައުމީ ތަރައްޤީގެ ބިންގަލަކީ އަންހެނުން ބާރުވެރިކުރުވުން: ފަސްޓްލޭޑީ
ޤައުމީ ތަރައްޤީގެ ބިންގަލަކީ އަންހެނުން ބާރުވެރިކުރުވުން: ފަސްޓްލޭޑީ
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ، އަންހެނުންނަކީ ޤައުމުގެ އިޖުތިމާޢީ ހަށިގަނޑުގެ އެއްބައި ކަމުގައި ސިފަކުރައްވައި، ޤައުމު ބިނާކުރުމުގެ ވިސްނުމާއި އެ މަސައްކަތުގައި ހުރިހާ ދަރަޖައެއްގައި، އަދި ހުރިހާ ދާއިރާއެއްގައި އަންހެނުންގެ ބައިވެރިވުން އޮންނަންވާނެ ކަމުގައި ވިދާޅުވެފައެވެ. އަދި އެކަމަށް މަގުތައް ތަނަވަސްވެ ފުރުޞަތުތައް ފަހިވާނެ މި ފަދަ ޕްރޮގްރާމުތައް ހިންގެންވާނެކަމުގައި އެކަމަނާ ވިދާޅުވިއެވެ.
ޚަބަރު 27 Aug 2026
ނޭޕާލްގައި ހިނގި ފްލޭޝް ފްލަޑް ސަރަހައްދުގައި ދިވެއްސަކު ނޫޅޭ
ނޭޕާލްގައި ހިނގި ފްލޭޝް ފްލަޑް ސަރަހައްދުގައި ދިވެއްސަކު ނޫޅޭ
އަދި އިންޑިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނާއި ކަތުމަންޑޫގައި ހުންނަ ދިވެހިރާއްޖޭގެ އޮނޮރަރީ ކޮންސުލް މެދުވެރިކޮށް ބެލިބެލުމުން ނޭޕާލްގައި ދިރިއުޅޭ އެއްވެސް ދިވެހި ރައްޔިތަކަށް މިހާދިސާގައި އަސަރުކޮށްފައި ނުވެއެވެ.
ޚަބަރު 27 Aug 2026
އެމްއައިބީ އޭދަފުށި ބްރާންޗުން ބ. އަތޮޅަށް މާލީ ޚިދުމަތްތައް ފަހިވާނެ: މިނިސްޓަރ ޒަރީރު
އެމްއައިބީ އޭދަފުށި ބްރާންޗުން ބ. އަތޮޅަށް މާލީ ޚިދުމަތްތައް ފަހިވާނެ: މިނިސްޓަރ ޒަރީރު
ޝަރީޢާ ހުއްދަ ބޭންކިން ޚިދުމަތްތައް ރަށަށް ތަޢާރަފްވުމުން، ވިޔަފާރިވެރިންނާއި މަސްވެރިންގެ އިތުރުން، ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް، އަދި ޢާންމު ރައްޔިތުންނަށް ފައިދާ ކުރާނެ ކަމަށާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފައިނޭންސިން ހޯދައި ވިޔަފާރި ފުޅާ ކުރުމުގެ ފުރުސަތު ތަނަވަސްވެގެންދާނެ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.
ޚަބަރު 27 Aug 2026
އެމް.އައި.ބީ އޭޓީއެމްގެ ސަބަބުން ގޮއިދޫގެ މާލީ ދާއިރާ ފުޅާވެ، ފަތުރުވެރިކަމަށް ކުރިއެރުން ލިބޭނެ: މިނިސްޓަރ ޒަރީރު
އެމް.އައި.ބީ އޭޓީއެމްގެ ސަބަބުން ގޮއިދޫގެ މާލީ ދާއިރާ ފުޅާވެ، ފަތުރުވެރިކަމަށް ކުރިއެރުން ލިބޭނެ: މިނިސްޓަރ ޒަރީރު
މިނިސްޓަރ ޒަރީރު މިހެން ވިދާޅުވީ ރާއްޖޭގައި އެމް.އައި.ބީ.އިން ބެހެއްޓި 62 ވަނަ އޭޓީއެމް ރަސްމީކޮށް ހުޅުވައިދެއްވާ އެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޚަބަރު 27 Aug 2026