ވ. އަތޮޅު ހޮހަޅައަށް ގެނބުނު އިޓަލީ ފަތުރުވެރިން ނެގުމުގެ އޮޕަރޭޝަންގައި ބައިވެރިވި ފަރާތްތަކުގެ އަގު ރައީސުލްޖުމްހޫރިއްޔާ ވަޒަންކުރައްވައިފި

އ އައިމިނަތުު މުޙައްމަދު
ޚަބަރު 18 Jun 2026

ވ. އަތޮޅު އަލިމަތާ ކައިރީގައި އޮންނަ ކަނޑުއަށި ހޮހަޅައަކަށް ފީނަން ގޮސް އުޅެނިކޮށް މަރުވި އިޓަލީގެ ފަސް ފަތުރުވެރިއެއްގެ ހަށިގަނޑު ނެގުމަށް ހިންގި ޚާއްޞަ އޮޕަރޭޝަންގައި ބައިވެރިވި ދިވެހި ސިފައިންނާއި ފުލުހުންގެ އަގު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރަސްމީކޮށް ވަޒަންކުރައްވައިފިއެވެ.

މިކަމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި، ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން މި ޝަރަފު އަރުއްވާފައިވަނީ ހޯމް މިނިސްޓަރު ޢަލީ އިޙްސާން އަދި ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫންއެވެ. މި ރަސްމިއްޔާތުގައި ކޮމިޝަނަރު އޮފް ޕޮލިސް އަޙްމަދު މުޙައްމަދާއި، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީގެ އިތުރުން ދެ މުއައްސަސާގެ އިސްވެރިންނާއި އޮޕަރޭޝަންގައި ބައިވެރިވި މުވައްޒަފުން ބައިވެރިވިއެވެ.

މި ހާދިސާ ހިނގާފައިވަނީ މިދިޔަ މަހުގެ 14 ވަނަ ދުވަހު ވ. އަތޮޅު ކައިރީގައި ސަފާރީއެއްގައި އުޅުނު އިޓަލީގެ ފަސް ފަތުރުވެރިއަކު ޑައިވިންއަށް ގޮސް އުޅެނިކޮށް ގެއްލުމާ ގުޅިގެންނެވެ. މި އޮޕަރޭޝަން ކުރިއަށްދަނިކޮށް، ފަތުރުވެރިން ހޯދުމުގެ މަސައްކަތުގައި އުޅުނު އެމްއެންޑީއެފް ކޯސްޓްގާޑުގެ ސްޓާފް ސާޖަންޓް މުޙައްމަދު މަހުދީ ވަނީ ނިޔާވެފައެވެ.

މި އޮޕަރޭޝަންގެ ނުރައްކާތެރިކަމަށް ބަލައި، އިޓަލީ ސަރުކާރުގެ އެދުމުގެ މަތިން ފިިންލޭންޑްގެ ތިން މާހިރަކު ވެސް ރާއްޖެ ގެނެސް މި މަސައްކަތުގައި ބައިވެރިކޮށްފައިވެއެވެ. ބައިނަލްއަޤުވާމީ ސަމާލުކަން ލިބުނު މި އޮޕަރޭޝަންގައި، ވ. އަލިމަތާ ހޮހަޅައިގެ ތެރޭގައި ތާށިވެފައި ތިބި ފަސް ފަތުރުވެރިންގެ ހަށިގަނޑު ނެގިފައިވަނީ މެއި މަހުގެ 20 ވަނަ ދުވަހުއެވެ.

މި އޮޕަރޭޝަންގައި ދެއްކެވި ހިތްވަރާއި ހުނަރުގެ އަގުވަޒަންކުރުމުގެ ގޮތުން، އިޓަލީގެ ރައީސް ސާޖިއޯ މަޓަރެއްލާ ވަނީ މި މަސައްކަތުގައި އިސްކޮށް އުޅުނު ފިންލޭންޑްގެ ތިން މާހިރުންނަށް އެޤައުމުގެ އެންމެ މަތީ ޝަރަފު ކަމަށްވާ "އޯޑަރ އޮފް މެރިޓް" އަރުވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ވަނީ މި ނުރައްކާތެރި އޮޕަރޭޝަންގައި ދިވެހި ސަލާމަތީ ބާރުތަކުން ދެއްކެވި ސާބިތުކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ.


ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ގުރައިދޫ ޚާއްޞަ އެހީއަށް ބޭނުންވާ މަރުކަޒު ޒަމާނީ ފެންވަރަކަށް ތަރައްޤީކުރަން ވަޒީރުންގެ މަޖިލީހުން ނިންމައިފި
ގުރައިދޫ ޚާއްޞަ އެހީއަށް ބޭނުންވާ މަރުކަޒު ޒަމާނީ ފެންވަރަކަށް ތަރައްޤީކުރަން ވަޒީރުންގެ މަޖިލީހުން ނިންމައިފި
ކ. ގުރައިދޫގައި ހުންނަ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު، ހުރިހާ ޚިދުމަތްތަކެއް ފުރިހަމައަށް ލިބޭނެ ޒަމާނީ ފެންވަރުގެ މަރުކަޒަކަށް ބަދަލުކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމައިފިއެވެ. މި މަޝްރޫޢުގެ ޢަމަލީ މަސައްކަތްތައް ކުރިއަށް އޮތް ދުވަސްތަކުގައި ފެށުމަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ.
ޚަބަރު 19 Aug 2026
މާލޭ ވެޓް މާކެޓް ކޮމްޕްލެކްސް އެޅުމަށް ލޯކަލް މާރުކޭޓު އެއްމަސް ދުވަހުގެ ތެރޭގައި ހުސްކުރަނީ
މާލޭ ވެޓް މާކެޓް ކޮމްޕްލެކްސް އެޅުމަށް ލޯކަލް މާރުކޭޓު އެއްމަސް ދުވަހުގެ ތެރޭގައި ހުސްކުރަނީ
މާލޭގައި ޒަމާނީ ފެންވަރުގެ "މާލޭ ވެޓް މާކެޓް ކޮމްޕްލެކްސް" އެޅުމުގެ މަޝްރޫޢު ފެށުމަށްޓަކައި، މިހާރުގެ ލޯކަލް މާރުކޭޓުގައި ވިޔަފާރިކުރާ ފަރާތްތަކަށް ވަގުތީ އިންތިޒާމުތަކެއް ހަމަޖައްސައި އެއްމަސް ދުވަހުގެ ތެރޭގައި އެ ބިން ހުސްކުރުމުގެ މަސައްކަތް މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސްއިން ފަށައިފިއެވެ.
ޚަބަރު 19 Aug 2026
ދުންފަތާއި ނިކޮޓިންގެ ނުރައްކަލާ ގުޅުންހުރި މުހިންމު ނިންމެވުންތަކަކާއި، ސަރުކާރުން ކުރިއަށްގެންދާ އެހެނިހެން މަޝްރޫޢުތަކާ ގުޅޭ މުހިންމު ނިންމެވުންތަކެއް ވަޒީރުންގެ މަޖިލީހުން ނިންމަވައިފި
ދުންފަތާއި ނިކޮޓިންގެ ނުރައްކަލާ ގުޅުންހުރި މުހިންމު ނިންމެވުންތަކަކާއި، ސަރުކާރުން ކުރިއަށްގެންދާ އެހެނިހެން މަޝްރޫޢުތަކާ ގުޅޭ މުހިންމު ނިންމެވުންތަކެއް ވަޒީރުންގެ މަޖިލީހުން ނިންމަވައިފި
ދުންފަތާއި ނިކޮޓިންގެ ނުރައްކަލާމެދު ޢާންމުން ހޭލުންތެރިކުރުމާއި، ޖެނެރޭޝަނަލް ބޭން ތަންފީޒުކުރުމާ ގުޅުންހުރި މުހިންމު ނިންމެވުންތަކަކާއި، ސަރުކާރުން ކުރިއަށްގެންދާ އެހެނިހެން މަޝްރޫޢުތަކާ ގުޅޭ މުހިންމު ނިންމެވުންތަކެއް، ވަޒީރުންގެ މަޖިލީހުން ނިންމަވައިފިއެވެ.
ޚަބަރު 19 Aug 2026
ނޭކުރެންދޫގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމްކުރުމުގެ މަޝްރޫޢު ނިމިއްޖެ
ނޭކުރެންދޫގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމްކުރުމުގެ މަޝްރޫޢު ނިމިއްޖެ
ނޭކުރެންދޫގައި ޤާއިމުކުރެވިފައިވާ ފެނާއި ނަރުދަމާ ނިޒާމަކީ އޯޕެކް ފަންޑް ފޯރ އިންޓަނޭޝަނަލް ޑިވެލޮޕްމެންޓްގެ ލޯނު އެހީ އަދި ދިވެހި ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން، މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓްއިން، އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އަދި ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ ޖޮއިންޓް ވެންޗަރ އާއި ޙަވާލުކޮށްގެން ނިންމާފައިވާ މަސައްކަތެކެވެ.
ޚަބަރު 18 Aug 2026