ޝަރުޢީ ދާއިރާއަށް ނުފޫޒު ފޯރުވުން ނިމުމަކަށް ގެނެސްފިން: ރައީސުލްޖުމްހޫރިއްޔާ

އ އައިމިނަތުު މުޙައްމަދު
ޚަބަރު 28 Jul 2026

ދިވެހިރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމުގެ ތެރެއިން ޝަރުޢީ ދާއިރާއަށް ނުފޫޒު ފޯރުވުމަށް އޮތް އޮތުން ނިމުމަކަށް ގެނެސް، އެ ދާއިރާ މިނިވަންކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނު ކުރައްވައިފިއެވެ.

ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދައުލަތް ހިންގުމުގެ ތިން ބާރު ވަކިވެފައިވާ ނިޒާމެއްގައި ޝަރުޢީ ދާއިރާއަށް އޮންނަ ނުފޫޒު ނައްތާލުމަކީ ޤައުމަށް ލިބުނު ވަރަށް މުހިންމު ކުރިއެރުމެއް ކަމަށެވެ. އަދި ޤައުމެއްގެ ސިޔާދަތީ މިނިވަންކަން ފުރިހަމަވަނީ ހުރިހާ ދާއިރާއަކުން މިނިވަންކަން ކަށަވަރުވެގެން ކަމަށާއި، ރައްޔިތުންނަށް މިނިވަންކަމުގެ އިޙްސާސް ކުރެވޭނީ މިނިވަން މުސްތަޤިއްލު ޝަރުޢީ ދާއިރާއެއް އޮވެގެން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ޝަރުޢީ ދާއިރާގެ މިނިވަންކަމަށް އޮތް އެންމެ ބޮޑު ހުރަހަކީ މާލީ މިނިވަންކަން ނެތުންކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވީ ތާރީޚުގައި ފުރަތަމަ ފަހަރަށް ޝަރުޢީ ދާއިރާއަށް މިނިވަން ބަޖެޓެއް މިހާރު ކަނޑައަޅާފައިވާ ކަމަށެވެ. މިއީ ސަރުކާރުން އަދުލު އިންސާފުގެ ދާއިރާއަށް ނުފޫޒު ފޯރުވާ ކަމަށް ކުރެވޭ ތުހުމަތުތަކަށް ނިމުމެއް ގެނައުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

"މީގެ ކުރިން ރައީސް އޮފީހުން ކޯޓުތަކަށް އަމުރުތައް ފޮނުވާ. އަޅުގަނޑު ވާނީ އެ އާދަ ނިމުމަކަށް ގެނެސްފައި. މިހާރު އެއްވެސް ފަނޑިޔާރަކަށް އެފަދަ ވާހަކައެއް ވިދާޅެއް ނުވެވޭނެ، އަދި ވިދާޅެއްވެސް ނުވާނެ. އެއީ ވަކި ގޮތަކަށް ޙުކުމް ކުރަން ސަރުކާރުން އަންގާ ކަމަށް ބުނުމަކީ ކަނޑައެޅިގެން ދޮގެއް ކަމަށްވާތީ. ޝަރުޢީ ދާއިރާ މިހާރު ވަނީ ފުރިހަމައަށް މިނިވަންކުރެވިފައި،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.

މާލީ މިނިވަންކަމުގެ އިތުރުން، ކޯޓުތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމާއި ވަޞީލަތްތަކުގެ ދަތިކަން ޙައްލުކުރުމަށް ސަރުކާރުން ދަނީ ޚާއްޞަ އިސްކަމެއް ދެމުންނެވެ. އެގޮތުން ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓުގެ މަސައްކަތްތައް ހުއްޓިފައި އޮތް އޮތުން ނިމުމަކަށް ގެނެސް، އެ ކޯޓުތައް ބޮޑެތި ޖާގަ ތަނަވަސް ޢިމާރާތްތަކަށް ބަދަލުކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ. މީގެ ސަބަބުން މައްސަލަތައް އަވަހަށް ނިންމުމަށް ބޮޑު ބާރަކަށް ވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ޝަރުޢީ ދާއިރާގެ ދިގު މުއްދަތުގެ ތަރައްޤީއަށްޓަކައި ހުޅުމާލޭގައި އެމް.ޓީ.ސީ.ސީ އާ ޙަވާލުކޮށްގެން ބިނާކުރާ "ސުޕީރިއާ ކޯޓު ކޮމްޕްލެކްސް" 2029 ވަނަ އަހަރަށް ނިންމުމަށް އަމާޒު ހިފާފައިވާކަންވެސް ރައީސް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭ.އެސް.ސީ) އިޞްލާޙު ކުރުމަށް ވެވަޑައިގެންފައިވާ ވަޢުދުފުޅު ފުރިހަމަކުރައްވާނެ ކަމުގެ ޔަޤީންކަންވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ.


ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
25ވަނަ ނޭޝަނަލް ޕެޓްރޯލް ލީޑަރސް ޓްރޭނިންގ ކޭމްޕް ނިންމުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ޝަރަފުވެރި ކޮށްދެއްވައިފި
25ވަނަ ނޭޝަނަލް ޕެޓްރޯލް ލީޑަރސް ޓްރޭނިންގ ކޭމްޕް ނިންމުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ޝަރަފުވެރި ކޮށްދެއްވައިފި
25 ވަނަ ނޭޝަނަލް ޕެޓްރޯލް ލީޑަރސް ޓްރޭނިންގ ކޭމްޕް ނިންމުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، އަދި ޗީފް ގައިޑް ސާޖިދާ މުޙައްމަދު ޝަރަފުވެރި ކޮށްދެއްވައިފިއެވެ.
ޚަބަރު 16 Sep 2026
މައްކާއަށް އަމާޒުކޮށް ހޫޘީން ޑްރޯން ބޭނުންކޮށްގެން ދޭން އުޅުނު ޙަމަލާ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކުށްވެރިކުރައްވައިފި
މައްކާއަށް އަމާޒުކޮށް ހޫޘީން ޑްރޯން ބޭނުންކޮށްގެން ދޭން އުޅުނު ޙަމަލާ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކުށްވެރިކުރައްވައިފި
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ މާތްވެގެންވާ މައްކާއަށް އަމާޒުކޮށް ހޫޘީން ޑްރޯން ބޭނުންކޮށްގެން ދޭން އުޅުނު ޙަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާ ކަމަށެވެ. އިސްލާމްދީނުގެ އެންމެ މާތްވެގެންވާ މުޤައްދަސް ސިޓީގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވާ ފަދަ ކޮންމެ ޢަމަލަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، އެއީ މުޅި އިސްލާމީ އުންމަތުގެ ހިތްތަކަށް ލިބޭ ފުން އަނިޔާއެކެވެ.
ޚަބަރު 16 Sep 2026
ޕީއެންސީގެ ވެރިންނަށް ސަރުކާރުގެ އަދާހަމަތައް އެނގުން މުހިންމު: މުންދު
ޕީއެންސީގެ ވެރިންނަށް ސަރުކާރުގެ އަދާހަމަތައް އެނގުން މުހިންމު: މުންދު
ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ލީޑަރޝިޕާއި އެކި ދާއިރާތަކުގެ އިސްވެރިންނަށް ސަރުކާރުގެ މަޝްރޫޢުތަކުގެ އަދާހަމަތަކާއި ރައްޔިތުންގެ ކަންބޮޑުވުންތައް އެނގުމަކީ ނުހަނު މުހިންމު ކަމެއް ކަމަށް އެ ޕާޓީގެ ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.
ޚަބަރު 16 Sep 2026
ޤާނޫނާޚިލާފަށް މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ މަސްބޯޓެއް، އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފި
ޤާނޫނާޚިލާފަށް މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ މަސްބޯޓެއް، އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފި
އެމްއެންޑީއެފުން ބުނީ ރާއްޖޭގެ ސަރަހައްދު ބެލެހެއްޓުމަށް ކޯސްޓުގާޑުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަހައްދުގައި ޤާނޫނާއި ޚިލާފަށް މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ މަސްބޯޓެއް، 16 ސެޕްޓެމްބަރު 2026 ގައި އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެދަށަށް ވަނީ ގެނެސްފައެވެ.
ޚަބަރު 16 Sep 2026