އެއްވެސް ބަދަލަކާ ނުލައި ވެޓް މާކެޓް އެއްބަސްވުން ބާޠިލުކުރުމަށް ހައިރު އިންޖިނިއަރިންގ އިން އެދުނު ނަމަވެސް ކައުންސިލުން އެކަން ނުކުރާކަން ހާމަވެއްޖެ

ހ ހުސައިން އިސްމާއިލް
ޚަބަރު 21 Jun 2026

މާލޭގެ މާރުކޭޓުތަކުގެ އިންފްރާސްޓްރަކްޗަރ ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ހިންގާ "މާލެ ވެޓް މާކެޓް ކޮމްޕްލެކްސް" މަޝްރޫޢަށް ބޭނުންވާ ބިން ހަވާލުކުރުމަށް މާލެ ސިޓީ ކައުންސިލުން އުޒުރުވެރިވަމުންދާކަން ހާމަވެއްޖެއެވެ.

މި މަޝްރޫޢަކީ ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން 15 މާރިޗު 2026 ގައި ޓްރަސްޓެންޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ.

ސަރުކާރުން ހާމަކުރި ގޮތުގައި، މި މަޝްރޫޢަށް ބޭނުންވާ ބިން ހަވާލުކޮށްދިނުމަށް އެދި ތަކުރާރުކޮށް ސިޓީ ފޮނުވުމުންވެސް، ކައުންސިލުން ބުނަމުންދަނީ އެ ބިން ހަވާލުކުރެވެން ނެތް ކަމަށެވެ. ކައުންސިލުން ސަބަބެއްގެ ގޮތުގައި ދައްކަނީ 2023 ވަނަ އަހަރު ހައިރު އިންޖިނިއަރިންގ ކޮންސަލްޓަންސީއާއެކު ވެފައިވާ އެއްބަސްވުމެކެވެ. ނަމަވެސް، އެއްވެސް ބަދަލަކާ ނުލައި އެ އެއްބަސްވުން ބާޠިލުކުރުމަށް ހައިރު އިންޖިނިއަރިންގ އިން ކައުންސިލަށް ސިޓީ ފޮނުވާފައިވީ ނަމަވެސް، މިއަދާ ހަމައަށްވެސް އެ އެއްބަސްވުން އުވާލުމުގެ މަސައްކަތް ކައުންސިލުން ކޮށްފައެއް ނުވެއެވެ.

މި މަޝްރޫޢުގެ ދަށުން މާލޭ މަސްމާރުކޭޓާ ކުރިމަތިވާގޮތަށް އޮތް ފަޅުތެރެއިން ހިއްކާފައިވާ ސަރަހައްދުގައި ބޭސްމަންޓަކާއެކު 5 ފަންގިފިލާގެ އިމާރާތެއް ބިނާކުރުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫޢު ކުރިއަށް ގެންދަނީ މާލޭ ސިޓީ ކައުންސިލުން ޕްލޭންކޮށް ޑިޒައިންކޮށްފައިވާ ގޮތަށް ކަމަށްވާއިރު، ހައިރު އިންޖިނިއަރިންގ އިން ވަގުތީ ގޮޅިތަކެއް ހެދުން ފިޔަވައި އެއްވެސް އަމަލީ މަސައްކަތެއް ކޮށްފައި ނުވާތީ، އެއްބަސްވުން ބާޠިލުކުރުމަށް އެއްވެސް ހުރަހެއް އޮތް ކަމަށް ސަރުކާރުން ނުދެކެއެވެ.

ލާމަރުކަޒީ ޤާނޫނުގެ 56-2 ވަނަ މާއްދާގެ ދަށުން، ދައުލަތުގެ ބޭނުމަށް ނުވަތަ ޤައުމީ ތަރައްޤީގެ މަޝްރޫޢަކަށް ބޭނުންވާ ބިން ނެގުމުގެ އިޚްތިޔާރު ދައުލަތަށް ލިބިގެންވެއެވެ. ނަމަވެސް ކައުންސިލުން މިކަމަށް އިޖާބަ ނުދީ އޮތުމަކީ "އާންމު ރައްޔިތުންގެ ލާބައާއި މަންފާއަށްވުރެ ބޮޑަށް ސިޔާސީ މަޞްލަޙަތު އިސްކޮށްގެން ކުރަމުންދާ ކަމެއް" ކަމަށް ސަރުކާރުން ތުހުމަތުކުރެއެވެ.

600 ދުވަހުގެ ތެރޭގައި ނިންމުމަށް ކަނޑައަޅާފައިވާ މި މަޝްރޫޢުގެ ފައިނޭންސް ހަމަޖެހި، ކޮންޓްރެކްޓަރު މަސައްކަތަށް ތައްޔާރުވެފައިވީ ނަމަވެސް، މަސައްކަތް ނުފެށި އޮތް ހަމައެކަނި ސަބަބަކީ ބިން ހަވާލުނުކުރުމެވެ. މިކަމުގެ ސަބަބުން މަޝްރޫޢުގެ އަގު ބޮޑުވެ، ރައްޔިތުންނަށް ލިބެންޖެހޭ ޚިދުމަތްތައް ލަސްވަމުންދާކަން ސަރުކާރުން ވަނީ ފާހަގަކޮށްފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ގުރައިދޫ ޚާއްޞަ އެހީއަށް ބޭނުންވާ މަރުކަޒު ޒަމާނީ ފެންވަރަކަށް ތަރައްޤީކުރަން ވަޒީރުންގެ މަޖިލީހުން ނިންމައިފި
ގުރައިދޫ ޚާއްޞަ އެހީއަށް ބޭނުންވާ މަރުކަޒު ޒަމާނީ ފެންވަރަކަށް ތަރައްޤީކުރަން ވަޒީރުންގެ މަޖިލީހުން ނިންމައިފި
ކ. ގުރައިދޫގައި ހުންނަ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު، ހުރިހާ ޚިދުމަތްތަކެއް ފުރިހަމައަށް ލިބޭނެ ޒަމާނީ ފެންވަރުގެ މަރުކަޒަކަށް ބަދަލުކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމައިފިއެވެ. މި މަޝްރޫޢުގެ ޢަމަލީ މަސައްކަތްތައް ކުރިއަށް އޮތް ދުވަސްތަކުގައި ފެށުމަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ.
ޚަބަރު 19 Aug 2026
މާލޭ ވެޓް މާކެޓް ކޮމްޕްލެކްސް އެޅުމަށް ލޯކަލް މާރުކޭޓު އެއްމަސް ދުވަހުގެ ތެރޭގައި ހުސްކުރަނީ
މާލޭ ވެޓް މާކެޓް ކޮމްޕްލެކްސް އެޅުމަށް ލޯކަލް މާރުކޭޓު އެއްމަސް ދުވަހުގެ ތެރޭގައި ހުސްކުރަނީ
މާލޭގައި ޒަމާނީ ފެންވަރުގެ "މާލޭ ވެޓް މާކެޓް ކޮމްޕްލެކްސް" އެޅުމުގެ މަޝްރޫޢު ފެށުމަށްޓަކައި، މިހާރުގެ ލޯކަލް މާރުކޭޓުގައި ވިޔަފާރިކުރާ ފަރާތްތަކަށް ވަގުތީ އިންތިޒާމުތަކެއް ހަމަޖައްސައި އެއްމަސް ދުވަހުގެ ތެރޭގައި އެ ބިން ހުސްކުރުމުގެ މަސައްކަތް މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސްއިން ފަށައިފިއެވެ.
ޚަބަރު 19 Aug 2026
ދުންފަތާއި ނިކޮޓިންގެ ނުރައްކަލާ ގުޅުންހުރި މުހިންމު ނިންމެވުންތަކަކާއި، ސަރުކާރުން ކުރިއަށްގެންދާ އެހެނިހެން މަޝްރޫޢުތަކާ ގުޅޭ މުހިންމު ނިންމެވުންތަކެއް ވަޒީރުންގެ މަޖިލީހުން ނިންމަވައިފި
ދުންފަތާއި ނިކޮޓިންގެ ނުރައްކަލާ ގުޅުންހުރި މުހިންމު ނިންމެވުންތަކަކާއި، ސަރުކާރުން ކުރިއަށްގެންދާ އެހެނިހެން މަޝްރޫޢުތަކާ ގުޅޭ މުހިންމު ނިންމެވުންތަކެއް ވަޒީރުންގެ މަޖިލީހުން ނިންމަވައިފި
ދުންފަތާއި ނިކޮޓިންގެ ނުރައްކަލާމެދު ޢާންމުން ހޭލުންތެރިކުރުމާއި، ޖެނެރޭޝަނަލް ބޭން ތަންފީޒުކުރުމާ ގުޅުންހުރި މުހިންމު ނިންމެވުންތަކަކާއި، ސަރުކާރުން ކުރިއަށްގެންދާ އެހެނިހެން މަޝްރޫޢުތަކާ ގުޅޭ މުހިންމު ނިންމެވުންތަކެއް، ވަޒީރުންގެ މަޖިލީހުން ނިންމަވައިފިއެވެ.
ޚަބަރު 19 Aug 2026
ނޭކުރެންދޫގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމްކުރުމުގެ މަޝްރޫޢު ނިމިއްޖެ
ނޭކުރެންދޫގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމްކުރުމުގެ މަޝްރޫޢު ނިމިއްޖެ
ނޭކުރެންދޫގައި ޤާއިމުކުރެވިފައިވާ ފެނާއި ނަރުދަމާ ނިޒާމަކީ އޯޕެކް ފަންޑް ފޯރ އިންޓަނޭޝަނަލް ޑިވެލޮޕްމެންޓްގެ ލޯނު އެހީ އަދި ދިވެހި ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން، މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓްއިން، އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އަދި ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ ޖޮއިންޓް ވެންޗަރ އާއި ޙަވާލުކޮށްގެން ނިންމާފައިވާ މަސައްކަތެކެވެ.
ޚަބަރު 18 Aug 2026