އުލިގަމު ޔޮޓް މެރީނާއާއެކު އުތުރު ވެގެންދާނީ ޔޮޓިންގގެ މުހިންމު މަރުކަޒަކަށް: މިނިސްޓަރ ސައީދު

އ އައިމިނަތުު މުޙައްމަދު
ޚަބަރު 24 Aug 2026

ހއ. އުލިގަމުގައި ތަރައްޤީކުރާ ޔޮޓް މެރީނާއާއެކު ރާއްޖޭގެ އުތުރު ވެގެންދާނީ މުނިފޫހިފިލުވުމާއި ވިޔަފާރި އުސޫލުން ދަތުރުކުރާ ޔޮޓްފަހަރުގެ މުހިންމު މައި މަރުކަޒަކަށް (ހަބަކަށް) ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، އުލިގަމުގައި ޔޮޓް މެރީނާ ތަރައްޤީކުރުމަށްޓަކައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާއި އުލިގަމު ކައުންސިލާ ދެމެދު ބިން ކުއްޔަށް ދިނުމުގެ އެއްބަސްވުމުގައި އިއްޔެ ސޮއިކުރުމާ ގުޅިގެންނެވެ. މިނިސްޓަރު ސަޢީދު ވަނީ މި މަޝްރޫޢަކީ އުތުރުގެ ސަރަޙައްދަށް ފެންވަރު ރަނގަޅު ބަނދަރުގެ ޚިދުމަތްތައް ގެނެސްދޭނެ އަގުހުރި އަދި މުހިންމު މަސައްކަތެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

މި މަޝްރޫޢުގެ ދަށުން އުލިގަމުގައި ބައިނަލްއަޤްވާމީ ފެންވަރުގެ ޔޮޓް މެރީނާއެއް ޤާއިމުކުރެވިގެންދާނެއެވެ. މީގެ ސަބަބުން ރާއްޖެއަށް ޒިޔާރަތްކުރާ ގިނަ ޢަދަދެއްގެ ޔޮޓްފަހަރަށް ޒަމާނީ ވަސީލަތްތަކާއެކު ފަސޭހަކަމާއެކު ޚިދުމަތްތައް ލިބިގަތުމުގެ މަގު ފަހިވެގެންދާނެއެވެ. އުލިގަމަކީ ޒަމާނުއްސުރެ ރާއްޖެއަށް އެތެރެވާ ބޭރުގެ ޔޮޓްފަހަރުގެ މައިގަނޑު އެންޓްރީ ޕޮއިންޓެއް ކަމަށްވާއިރު، މި އައު މެރީނާގެ ސަބަބުން އެ ރަށަށާއި މުޅި އުތުރުގެ ސަރަޙައްދުގެ އިޤްތިޞާދަށް ބޮޑެތި ފައިދާތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

އުލިގަމުގައި ބައިނަލްއަޤްވާމީ ފެންވަރުގެ ޔޮޓް މެރީނާއެއް ޤާއިމުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅުތަކުގެ ތެރޭގައި ހިމެނޭ މުހިންމު އެއް ވަޢުދެވެ. ސަރުކާރުން މިހާރު މަސައްކަތް ކުރަމުން ދަނީ އުތުރުގެ އިޤްތިޞާދު ނަގާ ކޮޅަށް ޖެހުމަށް ކުރަމުންދާ ފުޅާ މަސައްކަތްތަކުގެ ތެރެއިން އެ ވަޢުދު ފުރިހަމަކޮށްދިނުމަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ކުށް ކޮށްގެން ހޯދާ މުދަލާގުޅޭ ބިލެއް އެކުލަވާލައި މަޖިލީހަށް ހުށަހަޅައިފި
ކުށް ކޮށްގެން ހޯދާ މުދަލާގުޅޭ ބިލެއް އެކުލަވާލައި މަޖިލީހަށް ހުށަހަޅައިފި
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ މި ބިލު ހުށަހެޅުމުގެ މައިގަނޑު އެއް ބޭނުމަކީ، ޖިނާއީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން ނުޙައްޤުން ހޯދާ މުދާ އެ ފަރާތްތަކުގެ ކިބައިން ނަގައި، އެ މުދަލުން އިތުރު މަންފާ ހޯދޭނެ މަގުތައް ބަންދުކުރުމަށްޓަކައި، ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާބެހޭ ޤާނޫނީ އޮނިގަނޑެއް ތަޢާރުފުކުރެއްވުމެވެ.
ޚަބަރު 25 Aug 2026
އޮޑިޓަރ ޖެނެރަލް ތިލަފުށީ ކުނި މެނޭޖްކުރާ މަރުކަޒަށް ޒިޔާރަތްކުރައްވައިފި
އޮޑިޓަރ ޖެނެރަލް ތިލަފުށީ ކުނި މެނޭޖްކުރާ މަރުކަޒަށް ޒިޔާރަތްކުރައްވައިފި
މި ޒިޔާރަތަކީ ތިލަފުށީގައި މިހާރު ކުރިއަށްދާ ކުނި މެނޭޖްކުރުމުގެ މަސައްކަތްތައް ބައްލަވާލެއްވުމަށާއި، ކުންޏާއި ވަސީލަތްތައް ބެލެހެއްޓުމުގައި ބޭނުންކުރަމުންދާ ނިޒާމުތަކާއި އިޖުރާއަތްތައް ގާތުން ބައްލަވައި، އެކަންކަމާ ގުޅޭ މަޢުލޫމާތު ހޯއްދެވުމުގެ މަޤްޞަދުގައި ކުރެއްވި ޒިޔާރަތެކެވެ.
ޚަބަރު 25 Aug 2026
ހަވާލުކުރާ ކޮންމެ ރޭންކަކާއެކު އޮތީ އެއަށްވުރެ ބޮޑު މަސްއޫލިއްޔަތަކާއި ޒިންމާއެއް: ސީޕީ
ހަވާލުކުރާ ކޮންމެ ރޭންކަކާއެކު އޮތީ އެއަށްވުރެ ބޮޑު މަސްއޫލިއްޔަތަކާއި ޒިންމާއެއް: ސީޕީ
އަދި ޕްރޮމޯޝަނަށް ފަހު މަސައްކަތުގެ މާހައުލަށް ނުކުންނައިރު، ހަވާލުކުރެވުނު ރޭންކާ އެއްވަރަށް ހިދުމަތުގެ ފެންވަރު ހިފެހެއްޓޭތޯ ބަލާނެ ފަރާތްތައް ގިނަވާނެކަން ފާހަގަކުރައްވައި، މުއައްސަސާގެ އެތެރެއިންނާއި ބޭރުން ވެސް ސުވާލު ނުއުފެދޭނެ ފަދަ ގޮތަކަށް، ލިބުނު މަގާމާ އެއްވަރަށް މަސައްކަތުގެ ނަތީޖާ ނެރެދީ، ދަށުން މަސައްކަތްކުރާ މުވައްޒަފުންނަށް ރިވެތި ނަމޫނާއެއް ދެއްކުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.
ޚަބަރު 24 Aug 2026
ދިވެހިރާއްޖޭގައި ބިނާ ކުރެވޭ އެންމެ ބޮޑު ވަޤްފު ޢިމާރާތް، ދާރުއްސަލާމްގެ ޢަމަލީ މަސައްކަތް ފަށައިފި
ދިވެހިރާއްޖޭގައި ބިނާ ކުރެވޭ އެންމެ ބޮޑު ވަޤްފު ޢިމާރާތް، ދާރުއްސަލާމްގެ ޢަމަލީ މަސައްކަތް ފަށައިފި
ހުޅުމާލޭގައި ޢިމާރާތް ކުރާ ދާރުއްސަލާމް ވަޤްފް ޢިމާރާތުގެ ބިންގާ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އަޅުއްވައިދެއްވީ 26 ނޮވެމްބަރު 2026 ގައެވެ. އިމާރާތް ކުރިއަށްދަނީ ހުޅުމާލޭ ޕްލޮޓް ނަންބަރު 11646 ގައެވެ.
ޚަބަރު 24 Aug 2026