ޕީއެންސީގެ ޕާލިމަންޓަރީ ގްރޫޕުގެ ލީޑަރު އިބްރާހީމް ފަލާޙް / ފޮޓޯ: ޕީއެންސީ
ޕީއެންސީގެ ޕާލިމަންޓަރީ ގްރޫޕުގެ ލީޑަރު އިބްރާހީމް ފަލާޙް / ފޮޓޯ: ޕީއެންސީ

ޕީއެންސީގެ މެންބަރުންގެ އަދަދު 79،000 އިން މައްޗަށް، ކޮންގްރެސް ނިމޭއިރު 80،000 އަށް އަރާނެ: ފަލާޙް

އ އައިމިނަތުު މުޙައްމަދު
ޚަބަރު 15 Sep 2026

ވެރިކަންކުރާ މައި ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މެންބަރުންގެ އަދަދު 79،000 އަށްވުރެ މައްޗަށް އަރާފައިވާ ކަމަށާއި، މިހާރު ކުރިއަށްދާ އެ ޕާޓީގެ ކޮންގްރެސް ނިމޭއިރު މެންބަރުންގެ އަދަދު 80،000 އަށްވުރެ އިތުރުވާނެ ކަމަށް ޕީއެންސީގެ ޕާލިމަންޓަރީ ގްރޫޕުގެ ލީޑަރު އިބްރާހީމް ފަލާޙް ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ ކޮންގްރެސް ފެށުމުގެ ޖަލްސާގައި ވާހަކަދައްކަވަމުން ފަލާޙް ވިދާޅުވީ، 2008 ވަނަ އަހަރު ރާއްޖެއަށް ތައާރަފުވި ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމުގެ ތެރެއިން ވެރިކަން ކޮށްފައިވާ ދެ ޕާޓީން ތަމްސީލުކުރަނީ މައިގަނޑު ދެ ސިޔާސީ ފިކުރު ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު ޕީއެންސީގައި ތިބީ ގާތްގަނޑަކަށް 3،000 އެއްހާ މެންބަރުންކަން ފާހަގަކުރައްވައި ފަލާޙް ވިދާޅުވީ، ވޭތުވެދިޔަ ދެ އަހަރާއި ބައިގެ ތެރޭގައި އެ ޕާޓީގެ މެންބަރުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ.

"ދެ އަހަރު، ދެ އަހަރާއި ބައިވެ، ތިން އަހަރާ ގާތްވަމުންދާއިރު، މި ޕާޓީގެ ކޮންގްރެސް މި ބޭއްވޭ މިއަދުގެ މި ވަގުތާ ހަމައަށް މި ޕާޓީގެ މެންބަރުންގެ އަދަދަކީ 79،364. އިރާދަކުރެއްވިއްޔާ އަޅުގަނޑަށް ޔަގީން، ކުރިއަށް މިއޮތް ތިން ދުވަހުގެ ތެރޭގައި މި ކޮންގްރެސް ނިމިގެންދާއިރު މި ޕާޓީގެ މެންބަރުންގެ އަދަދު 80،000 އިން މައްޗަށް އަރާނެ،" ފަލާޙް ވިދާޅުވިއެވެ.

އާންމު ރައްޔިތުން ސިޔާސީ ޕާޓީތަކާ ގުޅުމަށް ނިންމާ މައިގަނޑު ސަބަބުތަކަށް އަލިއަޅުއްވާލައްވަމުން ފަލާޙް ވިދާޅުވީ، ރައްޔިތުން ޕާޓީތަކާ ގުޅެނީ ލީޑަރުންގެ ތަސައްވުރާއި، ފިކުރާއި، ދެކޭގޮތުގެ އިތުރުން ކުރިއަށް އޮތް ތަނުގައި ގައުމު ގެންދަން ގަސްތުކުރާ މިސްރާބަށް ބަލާފައި ކަމަށެވެ.

މީގެއިތުރުން، ސިޔާސީ ޕާޓީތަކާއި އެ ޕާޓީތަކުގެ ލީޑަރުން ރިޔާސީ އިންތިޚާބުތަކަށް ނުކުންނަނީ މެނިފެސްޓޯއެއް ރައްޔިތުންނަށް ހުށަހަޅައިގެން ކަމަށާއި، އޭގެ ފަހުން ވައުދުވީ ސިޔާސަތުތައް ތަންފީޒުކުރުމަށް އެ ޕާޓީތަކުން ކުރާ މަސައްކަތްތައް ރައްޔިތުން ވަޒަންކުރަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ފަލާޙް ވިދާޅުވި ގޮތުގައި، ސިޔާސީ ޕާޓީތަކުން މަސައްކަތް ކުރަމުންދަނީ ގައުމާއި ރައްޔިތުންގެ އެންމެ މަތީ މަސްލަހަތުގައިތޯ ރައްޔިތުންނަށް ދެނެގަނެވެނީ މި ކަންކަމުގެ އަލީގައެވެ.


ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
25ވަނަ ނޭޝަނަލް ޕެޓްރޯލް ލީޑަރސް ޓްރޭނިންގ ކޭމްޕް ނިންމުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ޝަރަފުވެރި ކޮށްދެއްވައިފި
25ވަނަ ނޭޝަނަލް ޕެޓްރޯލް ލީޑަރސް ޓްރޭނިންގ ކޭމްޕް ނިންމުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ޝަރަފުވެރި ކޮށްދެއްވައިފި
25 ވަނަ ނޭޝަނަލް ޕެޓްރޯލް ލީޑަރސް ޓްރޭނިންގ ކޭމްޕް ނިންމުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، އަދި ޗީފް ގައިޑް ސާޖިދާ މުޙައްމަދު ޝަރަފުވެރި ކޮށްދެއްވައިފިއެވެ.
ޚަބަރު 16 Sep 2026
މައްކާއަށް އަމާޒުކޮށް ހޫޘީން ޑްރޯން ބޭނުންކޮށްގެން ދޭން އުޅުނު ޙަމަލާ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކުށްވެރިކުރައްވައިފި
މައްކާއަށް އަމާޒުކޮށް ހޫޘީން ޑްރޯން ބޭނުންކޮށްގެން ދޭން އުޅުނު ޙަމަލާ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކުށްވެރިކުރައްވައިފި
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ މާތްވެގެންވާ މައްކާއަށް އަމާޒުކޮށް ހޫޘީން ޑްރޯން ބޭނުންކޮށްގެން ދޭން އުޅުނު ޙަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާ ކަމަށެވެ. އިސްލާމްދީނުގެ އެންމެ މާތްވެގެންވާ މުޤައްދަސް ސިޓީގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވާ ފަދަ ކޮންމެ ޢަމަލަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، އެއީ މުޅި އިސްލާމީ އުންމަތުގެ ހިތްތަކަށް ލިބޭ ފުން އަނިޔާއެކެވެ.
ޚަބަރު 16 Sep 2026
ޕީއެންސީގެ ވެރިންނަށް ސަރުކާރުގެ އަދާހަމަތައް އެނގުން މުހިންމު: މުންދު
ޕީއެންސީގެ ވެރިންނަށް ސަރުކާރުގެ އަދާހަމަތައް އެނގުން މުހިންމު: މުންދު
ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ލީޑަރޝިޕާއި އެކި ދާއިރާތަކުގެ އިސްވެރިންނަށް ސަރުކާރުގެ މަޝްރޫޢުތަކުގެ އަދާހަމަތަކާއި ރައްޔިތުންގެ ކަންބޮޑުވުންތައް އެނގުމަކީ ނުހަނު މުހިންމު ކަމެއް ކަމަށް އެ ޕާޓީގެ ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.
ޚަބަރު 16 Sep 2026
ޤާނޫނާޚިލާފަށް މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ މަސްބޯޓެއް، އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފި
ޤާނޫނާޚިލާފަށް މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ މަސްބޯޓެއް، އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފި
އެމްއެންޑީއެފުން ބުނީ ރާއްޖޭގެ ސަރަހައްދު ބެލެހެއްޓުމަށް ކޯސްޓުގާޑުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަހައްދުގައި ޤާނޫނާއި ޚިލާފަށް މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ މަސްބޯޓެއް، 16 ސެޕްޓެމްބަރު 2026 ގައި އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެދަށަށް ވަނީ ގެނެސްފައެވެ.
ޚަބަރު 16 Sep 2026